ރައީސް ޔާމީން، އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމްއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
07 ޑިސެމްބަރ 2019 - 18:08
ވެރިކަމުގެ އާރާއި ބާރަކީ ވެސް އިމްތިހާނެއް ކަމަށާއި އެހެންވެ، އެ ބާރުގެ ބޭނުން ހައްގު ގޮތުގައި ހިފުމަށް އިދިކޮޅުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން މިހާރުގެ ސަރުކާރުގައި ހިއްސާވާ ޕާޓީތަކުން އެންމެ ބޮޑަށް ވަކާލާތު ކުރީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށާއި އެ ދާއިރާ އަށް އިންގިލާބެއް ގެންނާނެ ކަމަށެވެ. އަދި އޭރު އޮތް ޝަރުއީ ދާއިރާ އިން އިންސާފު ނުލިބޭ ކަމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގަބޫލު ކުރި ކަމަށް ސަލީމް ވިދާޅުވި އެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު، ޝަރުއީ ދާއިރާ އަށް ގެނައި ބަދަލުތަކުގެ ސަބަބުން ކުރިއަށް ވުރެ ބޮޑަށް ކަންކަން ގޯސްވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ އެއީ ލިބިފައިވާ ބާރުގެ ތެރެއިން، ނުހައްގުން އެ މަނިކުފާނަށް ދީފައިވާ އަދަބެއް ކަމަށެވެ. އެކަމަކު ނުހައްގުގެ ގޮތުގައި ބާރުގެ ބޭނުން ކުރާނަމަ އިސާހިތަކު އެ ބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ސަރުކާރަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. ސަލީމް ވިދާޅުވި ގޮތުގައި މިއަދު ބާރުގައި ހުންނަ މީހާއަށް މާދަމާ އެހެން ހާލަތެއް ވެސް ކުރިމަތިވެދާނެ ކަމަށާއި އެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް އޭނާ މިސާލު ޖެއްސެވީ ނަމްރޫދު ރަސްގެފާނަށް ކުރިމަތިވި ހާލަތުންނެވެ.
"ބާރަކީ ވެސް ކުރެވޭ އިމްތިހާނެއް. އެ އިމްތިހާނުން ފާސްވުމަށް ހައްގު ގޮތުގައި މަސައްކަތް ކުރަން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާއިރު ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރާ ކަމަށާއި އެކަމަކު މިހާރު އެކަން ބަދަލުވެ، ސަރުކާރަށް ތާއީދު ކުރާ މީހުންނަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި މި ޒަމާނުގެ ތަރައްގީ ރާއްޖެ އަށް ގެންނެވި ކަމަށާއި އެ މަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންނެވި ނަމަ މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ގައުމަށް ރާއްޖެ ހެއްދެވީސް ކަމަށެވެ. އެހެންވެ، ޔާމީން ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރުމަކީ ގައުމުގެ ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަރޯ
08 December 2019
ކަލޭމެންގެ އާރާއި ބާރުގައި ޤައުމުގައި ތިބިހާ ބަޔަކު ޖަލުގެ ކުޑަގޮޅިތަކަށް ފެއްތިއިރު އެއީ ދާއިމީ ބާރުވެރިކަމެއް ކަމަށް ހީކޮށް ދޯ މީހުންނަށް އެވަރަށް އަނިޔާތައް ދިނީ، މިހާރު އެނގިއްޖެ ދޯ އެއީ ވަގުތީ ކަމެއްކަން.
ައަހުމަދުއަލޯ
08 December 2019
ހެހެ ދެން ޔާމީނު ޖަލަށްލީމަ އެނާއަށް މަލާމާތްކުރަނީ ދޯ.
ޒަރީ
08 December 2019
ބާރަކީ އިމްތިހާނެއްކަން ޕީޕީއެމް/ ޕީއެންސީ މީހުންނަށް މިއެނގުނީ އެކަން އަތުން ބީވެގެން ދިޔައިމާ. ކުރިން އެކަން ވިސްނުނުނަމަ ހާދަރަނގަޅޭ ހިތަށްއަރާ. ޔާމީނުގެ ފަސްއަހަރުގެ މުއްދަތުގައި ސިވިލްސާވިސްގައި ބައެއް މުވައްޒަފުންނަށް ތިބުނާ ޕީޕީއެމް މީހުން އަނގަބަހުން ހުރިހާއިރު ތިބެނީ އިންޒާރުދީދީ. މިހާރު އެކަމު ހިނިއަންނަނީ.
ޓާކޫރު
08 December 2019
ވަކި ފަރުދެއްގެ މަސްލަހަތައްވުރެ މުޖުތަމައުގެމަސްލަހަތު އިސްކުރަންޖެހޭނީ، ކުށެއްކުރީމަ އިންސާފްވެރިޝަރީއަތެއްކޮށް އަދަބުދޭން އޮންނަނީ، އެއީހެޔޮ ޔާމީނައްވިޔަސް ކޮއްމެމީހަކައްވިޔަސް،
ރަބަރު
08 December 2019
ގުދޯގުދޯ ގޮވަނީއޭ މީހުން ބުނާތީއިވޭ. ގުދޯ މިއަދުފެނިއްޖެ. ނުހައްގުން ބާރުގެ ބޭނުން އެންމެބޮޑަށް ހިފި ރަސްގެފާނު މި ފޮޓޯއިން އެބަފެނޭ.
ޝޮކްތެރަޕީ
08 December 2019
ނަޝީދުމެން މަސައްކަ ކުރަނީ ސިއްރުބައެއްގެ އެހީގަ.
ހޯރަ
08 December 2019
ސަލީމް މީ ހާދަ ލާނެތް މީހެކޭ އަބަދުވެސް ކައިރީގަ ހުރެގެން ވައްބަހުން ތަޅާނި. ޖަލުގަ އެ އޮތް މަނިކުފާނު ހިތަށް ތިބުނި ބަހުން ހައިރާތެއް ކޮށްފިޔާ ރަގަޅު.
އަލްޖިބްރާ
07 December 2019
ހައްޤުގޮތުގައި ބާރުގެ ބޭނުންކުރީމަދޯ ކަލޭގެ ވިޔަފާރި ބަގްރޫޓް ކޮށްލަން ދިމާކުރީ ؟ ކަލެއަށް އެކަމަށް ކެއްނުކުރެވިގެން ޔާމީނުގެ ފައިބުޑަށް ޖެހުނު ހަދާން ނެތީތަ . މިނެދިން ނާޅިއަކުން މިނެދިނީމަ ނޫނީ ތިޔަމީހުން ހަމަޔަކަށް ނޭޅުވޭނެ ! ކަލޭތިހިރީ ބޯގޮވާފަ ދޯ ؟
އާރީ
07 December 2019
ސަލީމް ލަދެއް ނުގަނޭތަ ތިކަހަލަ ވާހަކަ ދަށްކާކަށް. ސަލީމަކަށް ނޫންތަ ޔާމިނު އެއްމެ ބޮޑަށް ބާރުގެ ބޭނުން ކޮށްލީ. ތިކަހަލަ އަމިންލައެދުން ގިނަ މީހުން އުޅޭތީ ގައުމް ފަސާދަ ވަނީ. ސަލީމް ގެ ވިޔަފާރިއަށް ސަލީމް މައުމޫނަށް ތާއިދު ކުރިހިސާބުން ކޮށްލިވަރު ހަނދާން ނެތުނީމަ އެވާހަކަ ބުނެލީމި. ވަރަށް ސަލާން
ނޫރާނީމާ
08 December 2019
މިހާރު މި ރޮނީ. އިންކަމް ޓެކްސް ނަގާތީ
ޕީޓާ
07 December 2019
ޢަމިއްލައަށް ހުރިހާ އިމްތިހާނަކުން ފެއިލްވީމަ އެހެންމީހުނަށް ނަސޭހަތްދެނީ