ގާޒީ ބާރީ: އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައި، އޭނާ ވަނީ ސަސްޕެންޑް ކޮށްފައި -- ފޮޓޯ/ޑީޖޭއޭ
12 ޑިސެމްބަރ 2019 - 14:24
ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން ފަނޑިޔާރުންތަކަކަށް މާލީ މަންފާ ލިބުނު މައްސަލާގައި ގާޒީ ބާރީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
އެހެންވެ، ގާޒީ ބާރީގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައި، ފަނޑިޔާރު ކަމުން އޭނާ ވަގުތީ ގޮތުން ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ގާޒީ ބާރީއަކީ އެ ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ. އޭރު އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކެއް ވެސް އޭނާ ބެއްލެވި އެވެ. އޭނާ ޖުވެނައިލް ކޯޓަށް 2017 ވަނަ އަހަރު ބަދަލުކުރީ ކުއްލި ގޮތަކަށެވެ.
ގާޒީ ބާރީ ސަސްޕެންޑް ކުރިއިރު، އެކި މައްސަލަތަކުގައި ގިނަ ފަނޑިޔާރުންތަކެއް މައްސަލަތައް ބަލަން ނިންމައި، އަދި ބައެއް ފަނޑިޔާރު ސަސްޕެންޑް ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެއްސެއް...
13 December 2019
އެތައްބައެއްގެ ހައްގުތަކަށް އަރާގަތް ފަޑިޔާރުންނަށް އިންސާފަކަށްވާނީ ދިގު މުއްދަތަކަށް ޖަލަށްލާ އަދި ފަޑިޔާރުކަމުގައި ލިބުނު މަންފާތަށް އަތުލެވުމުން. ނަމަވެސް ރާޖޭގެ ހާލަތަށްބަލާފަ މިކަހަލަމީހުން ފަޑިޔާރުކަމުން ދުރުކުރެވުނީތީވެސް އެކަމަށް ޝުކުރުވެރިވަން. ހިތާމައަކީ އެހެން ސަރުކާރެއްއައިސް އަނެއްކާވެސް މީނަ ފަޑިޔާރުކަމަށް ގެންނަ މަސައްކަތް ކޮށްފާނެތީ.
އަޙުމަދު.
13 December 2019
ދެން ރާކަނިމަސް ފަރީއްކުޅުއްވައިގެން ގޭގައި އަރާމު ކޮށްލައްވާ.
ސާދާސީދާ
12 December 2019
83% މީހުން އުފާވީމައި ހޯޕް އެބަލިބޭ. ކޮރަޕްޓް ފަނޑިޔާރުގެ ސާފުކުރެވޭނެ!
ދަތްނެތްކުއްޖާ
12 December 2019
ތިސޮރު މި ހާރަކު ހާ ހެއް ނުވާނެ. އުމުރުގެ ބާކީ އޮތްދުވަސްތަކުގައި އުލެވޭނެ ވަރަށް ފައިސާ ހުންނާނީ ޖަމާޢު ކޮށްފާ.
ޔާނު
12 December 2019
އޭރު ވާނުވާ ޖަހާދިން ގާޒީ، ކިތައް މީހުން ނުހައްގުން ހައްޔަރުކުރި މީހެއް މީ. އިންސާފެއް ނޫން. އެހެން ނަމަވެސް ވަޒީފާގެ ފަހިވެތިކަމުގަ ތައްގަޑު ޖަހާމީހުންނަށް ފިލާވަޅެއް ލިބޭނެ ކަމަށް ހީކުރަން.
އެކޮޅު މި ކޮޅު
12 December 2019
އަދި އެކޮޅު މިކޮޅަށް ވެސް ޖަހާނެއެވެ. އިންސާނާ ދުނިޔެއަށް އައުމަށް ފަހު ދެން ދަތުރު ކުރާނީ "ކައްވަޅަ"މިސްރާބު ޖަހާގެން ނެވެ. އެ ދަތުރު ނިމޭ އިރު ދުނިޔެ މަތިން ފެންނަން ހުރި ހުރިހާ ކަމެއް ފެންނާނެއެވެ.
ގޮއިދޫހަސަނު
12 December 2019
ނަހަމަގޮތުގައި މަސައްކަތްކޮށް ފައިދާނެގިކަމުގެ ތުހުމަތެއްގެމިންވަރު ކުރެވޭއެކަކުވެސް ނުބަހައްޓާ ސާފުކުރޭ! އެހެންނޫނީ މިޤައުމު ޤައުމެއްގެގޮތުގައި ދެމިނޯންނާނެކަމާއިމެދު ބިރުބޮޑުވާވަރަށް މިޤައުމުގައި އިންސާފުގެކަންތަކާއި މަކަރާއި ޙީލަތުގެކަންތައް މިވަނީ ޤާއިމްވެފަ. ހުރިހައިތަނެއް ކަހާސާފުކުރޭ!
އެނގޭ
12 December 2019
އެމްޑީޕީގެ އެންމެ ގިނަ އެކްޓިވިސްޓުންނަށް މުއްދަތު ޖަހައި ޝަރީއަތްކޮށް ބޮޑެތި ހުކުމް އިއްވި ގާޒީޔަކީ މިއީއެވެ. ނަޝީދުގެޝަރީއަތުގެ ބޮޑުބައެއް ގެންދިޔައީވެސް މީނައެވެ. އެމްޑީޕީން އެންމެ ރުޅިއަންނަ ގާޒީންގެތެރޭގައި މީނަ ހިމެނޭނެއެވެ. އެހެންވީމާ މިހާރު ކަންކަމާ ނުބެހި ހުއްޓެއްކަމަކު ހަސަދަފިލުވާނުލައި އެމްޑީޕީ ހިމޭނަކުން ނޯންނާނެއެވެ. އެމްޑީޕީގެ އިންސާފަކީ އެމްޑީޕީ ބޭނުންގޮތަކަށް ކަންވުމެވެ. އެކަން މިހާރު އެބަފެނެއެވެ.
ޢީސާބެ
12 December 2019
މުއްދަތަކީ ފަނޑިޔާރުން ޖަހާ އެއްޗެކެވެ." ވަކަރު ގަޑު ހަލާކު ވާނީ މާވަޑިޔާގެ އަތުން" ނެވެ. "އަޅި ބުރާނީ ކަނބުރު ވެރިޔާ ގެ ގަޔަށް" ށެވެ. ވީމާ ފަނޑިޔާރަށް ކުށް ކުރެވުނަސް ފަނޑިޔާރު ރަގަޅަށް ކުރި ގިނަ ކަންކަން ވެސް އަޅާ ކިޔަން ވާނެ ނޫން ތޯއެވެ؟
މުދަލީ
12 December 2019
މާބޮޑަށް ލަސްވެއްޖެ ކަމެއް. ތިއީ ޖިނާއީ ދައުވާވެސް ކުރަންޖެހޭ މީހެއް.
ސަހަރޯ
12 December 2019
ސަސްޕެންޑް އެކަންޏެއްނޫން ކުރަންވީ. މީގެ އަހަރުތަކެއް ކުރިން މީނަވެސް ހީވީ އުޑާއި ބިމާދެމެދު އުދުހި އުދުހި އުޅުނުހެން. ދުވަހަކު ބިމަށް ވެއްޓިދާނެކަމަށް މީނާވެސް ހިނުކުރޭ. ކޮށްފައިހުރި ހުރިހާ ޖަރީމާތައް ބަލާ ފިޔަވަޅު އަޅަން ގޮވާލަން