10 ޖެނުއަރީ 2020 - 16:04
މާލެ އަތޮޅު ހެލެނގެލި ރިސޯޓްގެ ކައިރީގައި އޮންނަ މާފަޅު ގައި ހަދަމުން އަންނަ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ ފިރިހެނަކު ޑައިވިނަށް ދިޔަ ފަހުން ޚަބަރެއް ނުވެގެން ހޯދަނިކޮށް ކަނޑުމަތިން ފެނިއްޖެ އެވެ.
އެމްއެންޑީއެފް މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ޑައިވިނަށް ދިޔަ މީހުންގެ ޚަބަރެއް ނުވެގެން ރިޕޯޓްކުރީ މިއަދު މެންދުރު ފަހު 2:30 ހާއިރު ކަަމަށެވެ.
ގެއްލުނީ އިނގިރޭސި ވިލާތުގެ ދެ މީހަކު ކަމަށް ވަނީ އެނގިފަ އެވެ. އެ ދެ މީހުން ކަނޑުމަތީ ތިއްބާ ފެނުނީ ހޯދާތާ ދެ ގަޑިއެއްހާއިރު ފަހުން، ހެލެނގެލި ރިސޯޓްގެ ލޯންޗަކަށް ކަމަށާއި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީހުން ގެއްލިގެން ހޯދުމުގެ އެހެން ދެ އޮޕަރޭޝަނެއް މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ. އެއީ ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލުނު ނަސްރުﷲ އަބްދުﷲ ހޯދުމާއި މާލެ އަތޮޅު ކަގި ކައިރީފައިވާ ފަރަކަށް އުރުނު ދޯނިން ގެއްލުނު މުހައްމަދު ޔޫސުފް ހޯދުމުގެ އޮޕަރޭޝަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަ މީހާ ދޯ
10 January 2020
މަތްޗަށް އެރީ ބެލޫންސް ނުޖަހާ ؟