ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު: އިތުރު ދާއިރާތަކުން ވެސް ރާއްޖެއަށް ޗައިނާއިން މިއަހަރު އެހީވާނެ ކަމަށް ސަފީރު ވިދާޅުވި -- ފޮޓޯ/މިހާރު
14 ޖެނުއަރީ 2020 - 17:39
ސިއްހީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުން ވެސް މި އަހަރު ޗައިނާ އިން ރާއްޖެ އަށް އެހީތެރިކަން ދޭނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިއޮން މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަރުކާރުން ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރި ލޮލުގެ ފަރުވާ ދޭ ސެންޓަރު އިއްޔެ ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ. އަދި ޗައިނާގެ މާހިރުންގެ ބެލުމުގެ ދަށުން އެތަނުގެ މުވައްޒަފުންނަށް ތަމްރީނު ދޭން ވެސް ވަނީ ނިންމައިފަ އެވެ.
ސަފީރު ލިއޮން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ޗައިނާ އިން ރާއްޖެއަށް އެހީވުމުގައި މިއަހަރަކީ ވެސް މުހިންމު އަހަރަކަށް ވެގެންދާނެ ކަމަށާއި ސިއްހީ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާ އާއި ދަނޑުވެރިކަމާއި ބަހުގެ ދާއިރާ އިން ޗައިނާ އިން ރާއްޖެ އަށް އެހީތެރިވާނެ ކަމަށެވެ. އެކަންކަން ފަހިކޮށް ދިނުމަށް ޗައިނާއަށް ފުރުސަތު ދޭން އެދިވަޑައިގަންނަވާ ކަމަށާއި އަދި މިހާތަނަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ލިއޮންގެ ޓްވީޓްގައިވެ އެވެ.
When look ahead, year 2020 will be a Year of Livelihood for 🇨🇳🇲🇻. Besides health sector, more progress will be made in sports exchanges, new measures for ppl-to-ppl exchange, agriculture and language area. let us work hard to unfold them one by one. Ur support is appreciated..
— Amb. Zhang Lizhong (@AmbassadorZhang) January 14, 2020
ޗައިނާ ސަފީރުގެ ޓްވީޓް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އެންމެ ބޮޑަށް ގުޅުން ބަދަހިކުރި އެއް ގައުމަކީ ޗައިނާ އެވެ. ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖުގެ އިތުރުން ވެސް ބޮޑެތި އެތައް މަޝްރޫއުއެއް ހިންގީ ޗައިނާ ސަރުކާރުގެ ލޯނު އެހީ އާއި ހިލޭ އެހީގެ ދަށުންނެވެ.
މި ސަރުކާރުން ވެސް ބުނެފައިވަނީ ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ރާއްޖެއަށް ތަރައްގީ ގެނައުމަށް އެ ގައުމުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި އެއްވެސް ގައުމަކާ ގުޅުން ކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްކާނުބެ
15 January 2020
ކިތަންމެ ވަރަކަށް އެހީތެރިވާން އުޅުނަސް އިންޑިޔާ ރުއްސަން ވެގެން ދޭތެރެ ދޭތެރެއިން މިވެރިން ޗައިނާއަށް ގާ އުކަނިކޮށް ކިހިނެތް ކަމެއް ކުރެވޭނީ، އަދި އެހެންނުނަސް މިވެރިންގެ ޖީބައި ބައި ނާޅާ ޕްރޮޖެކްޓެއް ނުހިންގޭނެ، ޗައިނާއިން ބޭނުންވާނީ އެމީހުން އެހީގެ ގޮތުގައި ދޭ ފައިސާކޮޅު އެމީހުންގެ ޤައުމުން ބޭރުނުވާގޮތަށް އެމީހުންގެ މީހުންލައްވައި މަސައްކަތް ކުރުވަން، މިވެރިން އެކަމަށް ރުހޭނެބާ!
ބޮޑުމީހާ
15 January 2020
ޗައިނާއަށް ވާނެ. ޗައިނާ އިން ދޭ އެހީއާއިއެކު ސިފައިން ފޮނުވާ ގައުމުގެ އެތެރޭގެ ކަންތަކާ ބެހި ނަހަދާ
އޮނަރަބްލް އަފީފު ދީދީ
15 January 2020
ޔާމީން އަދި ސޯލިޙްގެ ސަރުކާރުގައި ސަފީރު އެތައްފަހަރަކު އައްޑޫސިޓީއަށް ވަޑައިގެންނެވި. # އިވޭއަޑުތަށްތެދުނަމަ މިސަރުކާރުއައުމާއިއެކު މޭޔަރާއި ބައްދަލުކުރައްވާ އެމްޑީޕީގެ މެނިފެސްޓޯގައިވެސްއޮތް ހުޅުމީދޫ ހިތަދޫ ބްރިޖާއި އެއަރޕޯޓް، ސީޕޯޓް ގެ އިތުރުން އައްޑޫ ބިންހިއްކުމާއި ރޯޑް ޕްރޮޖެކްޓަށް ޗައިނާ ޝައުޤުވެރިވެ އެހީތެރިކަންދެއްވާނެކަމަށް ސިޓީގެ މޭޔަރަށް ޔަޤީންކަންދެއްވި. # ސުވާލަކީ މިއިންއެއްވެސްކަމަކާއި ނެގޯޝިއޭޓްކުރާހިސާބަށް ނުދެވުނީ ކީއްވެގެންތޯ؟
ވިސްނާލުމަށް އެދެމޭ
15 January 2020
ސަފީރު އަނެއްފަ ހަރު 2ކިލޯ ލުއިވާންތިއުޅެނީ....ނަޝީދަށް ޖަވާބުދީދީ މިދިޔަހަ ހު 2ކިލޯ ލުއިވިކަމަށް ސަފީރުބުނި....ކައުންސިލު އިންތިޙާބު ނިމުމާއެކު ނަޝީދު ޗައިނާއަށް ކުރުދޮށިން ބާނާނެ... ގުޅުން ބާއްވާ އެކަމަކު ފައިސާއިންކުރާ މުއާމަލާތްތަ އި ހައް ބާއްވާ ހަމައެކަނި އަނގަބަ ހުން ބުނާބަ ހަކަށް....
ޝޮކްތެރަޕީ
14 January 2020
ނަޝީދު އުޅެނީ ރައްޖެ އިންޑިޔަގެ މުށުތެރެޔަށް ލައިގެން. ޗައިނާ ކިތަމްމެ ބެނުންވިޔަސް ރައްޖެ ކުރިޔައް ދިއުމަކީ ނާދިރުކަމެއް މިހާރު. މީ ދިވެހިން ވިސްނާ ފިކުރު ކުރަންޖެހޭ ވަގުތު. ޤައުމު މިދަނީ ރަގަޅައްތޯ ނޫނީ ތަރައްގިޔަ ދެކޮޅައްތޯ؟
ނަޝީދު.
14 January 2020
އޮޅުވާނުލާ. އިތުރު ދާއިރާ ތަކުންވެސް ބޮޑެތި ލޯނު ބޮލުގަ އަޅުވަނީ. އެއީ އަސްލު ރަގަޅު ހެޑްލައިން އަކީ.
ިއިބްރާ
15 January 2020
އިންޑިއާއިން ފައިސާދެނީ އަނގައިން. އިންޑިއާއިން ނަގާ ފައިސާ އަބުރާ ދައްކަންވެސް ނުޖެހ ހޭނެ. ނުވެސް ލިބޭނެ. ބްރިޖުވެސް އިންޑިއާ މީނުނަށް އެޅޭނެ ހެން ހީނުވޭ
ކުޑޭ2
14 January 2020
މިޖީލުވެސް އަދި އަންނަން އޮތް ޖީލުވެސް ޗައިނާއަށް އިތުބާރުކޮށްފާނެ. އެކަމު އިންޑިއާއަށް ދިވެހިން އިތުބާރެއްނުކުރާނެ.
aliam
14 January 2020
ޗަައިނަ އަކި ބެސްޓު
އަހުމަދުބޭ
14 January 2020
ކޮންމެ ކަމެއްކޮއްދިނަސް ހެޔޮނިޔަތުގައި ކޮއްދިނުމަށް ސަފީރަށް ދަންނަވަން، އަދި ނަސީދު އެކިޔާއެއްޗަކަށް ނުބަލާ ސޯލިހައި މަސްވަރާކޮއްގެން މިގައުމަށް ފައިދާވާނެ ކަންކަން ކޮއްދިނުން ދިވެހިރައްޔިތުން އެދޭވަހަކަވެސް މިފުރުސަތުގައި ބުނަމެވެ.
މަންޑޭލާ
14 January 2020
ޗައިނަ އޮތީ ރާއްޖެ ތަރައްގީކޮއްދޭން ތައްޔާރަ. އެމްޑީޕީ އިންޑިޔާގެ އެހީތެރިކަމާ އެކީ ވެރިކަން ކުރަން އެއްބަސްވެގެން އައި ބައެެއް. އެމްޑީޕީގެ ފީޔަކާ ކަމުން ރާއްޖެ ތަރައްގީޔާ ދުރައް ރާއްޖެ މިދިޔައީ. މީތިކަޑަ