"މަޓްކާަ" ފެއާގައި ރާއްޖޭން ބަހައްޓާފައިވާ ސްޓޭންޑު-- ފޮޓޯ: އެމްއެމްޕީއާރުސީ
17 ޖެނުއަރީ 2020 - 10:14
ފިންލެންޑުގައި މިއަހަރު ބާއްވާ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއާ "މަޓްކާ" ގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
ފިންލެންޑުގެ ވެރިރަށް ހެލިންސްކީގައި ކުރިއަށްދާ މި ފެއާ އޮންނާނީ މި މަހުގެ 16-19 އަށެވެ. މި ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްްއެމްޕީއާރުސީ) ގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހަތް ކުންފުންޏަކުން ބައިވެރިވެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ފެއާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާއި އުތުރު ޔޫރަޕުގެ ގައުމުތަކުގެ މި ދާއިރާގެ އިސް ބޭފުޅުންނަށް ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ މީޑިއާތަކުގައި ރާއްޖެއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
މި އަހަރުގެ މަޓްކާ ފެއާގައި 90 ގައުމަކުން 935 އެގްޒަބިޓަރުން ބައިވެރިވެ އެވެ. މި ފެއާގައި އެގްޒެބިޓަރުން ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ވެސް ދޭނެ އެވެ.
މަޓްކާ ފެއާގައި ރާއްޖޭގެ ސްޓެންޑުން މީހަކު މައުލޫމާތު ހޯދަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ
މި ފެއާގައި ރާއްޖޭން ވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ 60 އަކަފޫޓުގެ ސްޓެންޑެއް ބަހައްޓާފަ އެވެ. މި ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަ ސޯޝަލް މީޑިއާ މުބާރާތެއް ވެސް ވަނީ ހުޅުވާލާފަ އެވެ. މި މުބާރާތުގައި ހޮވޭ މީހަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ މި ސްޓޭންޑުގައި ރާއްޖޭގެ އުފެއްދުންތަކުގެ ރަހަ ބަލާލުމަށް ކުދި ގުޅަ އާއި ބޮނޑި ފަދަ ތަކެތި ބަހައްޓަހައިފަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު އުތުރު ޔޫރަޕުގެ ގައުމުތަކުން 57،370 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އެހެންކަމުން މި އަހަރު ވެސް އެ މާކެޓަކީ ރާއްޖެއަށް ވަރަށްމުހިންމު މާކެޓެއް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންދު ކުރި ލޯކަލް މާރުކޭޓް
17 January 2020
މަސްވެރި ކަމާ ދަނޑުވެރި ކަމާ ބެހޭ މިނިސްޓްރީ އުވާލަން ފެނެއެވެ. އެމިނިސްޓްރީ އަށް ބޭނުންވަނީ ލާރި އެވެ. ދަނޑުވެރިން ނަށް ކަމެއް ކޮށް ދީގެނެއް ނުވެއެވެ.
ހަމަހޭގާ
17 January 2020
ދަނޑުވެރިކަން ކުރުމަށް ފަޅުރަށް ރަށް ދެނީ އެ ހިފި މީހަކު ބަގުރޫޓް ވާ ގޮތަށެވެ. ބޮޑެތި ފީތަށް ނަގާފައި ބިރު ދައްކާ ގޮތަށް އެގުރިމެންޓް ހަދާ ފައެވެ. ރުކެއް ހެދި ފޯދެން ވެސް 5 އަހަރު ނަގައެވެ. ރަނިންގ ކޯސްޓް އާއި ސަރުކާރަށް ދޭން ޖެހޭ ފީތަށް ކަޑާފައި ރައް އޮޕަރޭޓް ކުރަން ޖެހެނީ ދަރަނީ ގައެވެ. ދަނޑުވެރި ކަމަކީ ނުހަނު ރިސްކް މަސައްކަތެކެވެ.މާކެޓިންގ ދަތި ވުމާއި ވިއްސާރަ ވުމުން ނެވެ. ގަސްކާނާ އަގު ބޮޑުކަމާއި ލޮޖިސްޓިކް ކޯސްޓް މަތި ކަމުން ނެވެ.