ލައިފްސްޓައިލް / މާބަނޑުވުން

މިހާރު 14 ދަރިން ލިބިއްޖެ، ފިރިހެން ދަރިއަކު ނުލިބޭތީ އަދިވެސް ކުރިއަށް

އޮގަސްޓީނާ (ވ) އާއި ފިރިމީހާ އެމީހުންގެ 14 އަންހެންދަރިންނާއެކު

އޮގަސްޓީނާ ހިގުއެރާއަށް އަދި ވީ އެންމެ 29 އަހަރެވެ. އެކަމަކު މިހާރު 14 ދަރިން ވިހައިފި އެވެ. އަގުއެރާ މީގެ ދެ މަސް ކުރިން ވިހޭ އެއްމާބަނޑު ދެ ކުދިންނާ އެކު އޭނާ ވަނީ ޖެހިޖެހިގެން ތިން ފަހަރު އެއްމާބަނޑު ދެ ކުދިން ވިހައިފަ އެވެ. މިގޮތަށް އެއްމާބަނޑު ދެ ކުދިން ލިބުމުގެ ފުރުސަތު އޮންނަނީ ކޮންމެ ފަސް ލައްކަ ފަހަރަކުން އެއް ފަހަރު އެވެ.

ޓެކްސަސް އަށް އުފަން އޮގަސްޓީނާ އަށް ލިބިފައިވާ 14 ކުދިންނަކީ މުޅިން ވެސް އަންހެންކުދިންނެވެ. ނަމަވެސް ފިރިހެން ދަރިއަކު ނުލިބެނީސް ހުއްޓާނުލާން އޮގަސްޓީނާ އާއި އޭނާގެ ފިރިމީހާ ޖޯސް، 30، ވަނީ އަޒުމު ކަނޑައަޅާފަ އެވެ. އޮގަސްޓީނާ ބުނަނީ އެ ދެމަފިރިން ފިރިހެން ދަރިއަކު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެކަން ހާސިލުވާ ދުވަހަކުން ވާނެ އުފާ ބުނެދޭން ވެސް ނޭނގޭ ކަމަށެވެ.

ގިނަ އަންހެނުންނާ ޚިލާފަށް، ބަލިވެ އިނދެގެން ހޭދަވާ ދުވަސްތަކަކީ ވެސް އޮގަސްޓީނާ އަށް އުފާވެރި ދުވަސްތަކެކެވެ. އަދި ވިހެއުމުގައި ވެސް މިހާތަނަށް މާ ބޮޑެތި އުނދަގޫތައް އޭނާއަށް ދިމާނުވާކަމަށް ބުންޏެވެ.

އަންހެންކުދިން އެކަނި ތިއްބަސް އޮގަސްޓީނާގެ މައްސަލައެއް ނެތެވެ. ނަމަވެސް ފިރިމީހާ ފިރިހެން ދަރިއަކު ބޭނުންވާހެން ހީވާތީ އޭނާ ކޮންމެހެން ވެސް އެކަން ވޭތޯ މަސައްކަތްކުރަނީ އެވެ. އެހެންކަމުން ދަރިން ހޯދުމުގައި އަދިވެސް މަޑުޖައްސާލުމެއް ނެތެވެ. އަދި 10 އަންހެންދަރިން ލިބުނަސް އޭނާގެ މައްސަލައެއް ނެތެވެ. ފިރިހެންދަރިއަކު ލިބެންދެން މަސައްކަތް ކުރަމުން ގެންދާނެ އެވެ.

މިހާ ގިނަ ދަރިން ތިބުމުން އޮގަސްޓީނާ އަށް އުޅެން ޖެހިފައިވަނީ ވަރަށް ބުރަކޮށެވެ. އެންމެ ފަހުން ލިބުނު އެއްމާބަނޑު ދެބެއިން ލިބިގެން ގެއަށް އައިތާ 24 ގަޑިއިރު ތެރޭ އޭނާއަށް 42 ފަހަރު މެޝިން ފުރެންދެން އެއްޗެހި ދޮންނަން ޖެހުނެވެ. ދުވާލަކު އަށް ވައްތަރެއްގެ ކެއުން އޭނާއަށް ތައްޔާރުކުރަން ޖެހެ އެވެ. އަދި މިނީ ބަހެއްގައި ހުރިހާ ކުދިން ސްކޫލަށް ގެންދަން ޖެހެ އެވެ.

ރޭގަނޑު ނިދާލަން އޭނާއަށް ލިބެނީ އެންމެ ދެ ގަޑިއިރެވެ. ނަމަވެސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއް ބަދަލުކުރާކަށް ވެސް ބޭނުމެއް ނޫނެވެ.

އޮގަސްޓީނާ ބުނި ގޮތުގައި 14 ދަރިން ބެލުމަކީ ވަރަށް ބުރަ ކަމެކެވެ. ނަމަވެސް އެންމެ ކުޑައިރުއްސުރެ އޭނާއަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ އަދި ބައިވަރު ދަރިން ހޯދަން ބޭނުންވެގެން އުޅުނު މީހެކެވެ. އޭނާގެ ދެ ކޮއްކޮ ކުޑައިރު ބެލީ ވެސް އޭނާ ކަމަށް އޮގަސްޓީނާ ބުންޏެވެ.

އެއްމާބަނޑު ދެބެއިން ލިބުމަކީ އޭނާއަށް އާއިލީ ގޮތުން ވާރުތަވެފައިވާ ކަމެއް ނަމަވެސް ޖައްސަޖައްސައިގެން ތިން ފަހަރު އެކަން ވެދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ.

އޮގަސްޓީނާ އާއި އެންޓޯނިއޯ ކައިވެނި ކުރިއިރު އެންޓޯނިއޯގެ އުމުރުން 17 އަހަރެވެ. އޮގަސްޓީނާއަށް 15 އަހަރެވެ. މި މީހުންނަށް ލިބިފައިވާ ބައެއް ދަރިންނަކީ އަހަރު ދެކޮޅު ވިހާފައިވާ ކުދިންނެވެ.

ސާދަ ދަރިން ލިބުނަސް ސަރުކާރުގެ ވެލްފެއާ އެހީ ނުހޯދާ މިހުރިހާ ކުދިން ގެންގުޅެވޭ ވަރުގެ މާލީ ތަނަވަސްކަން މި ދެމަފިރިންގެ އެބަހުއްޓެވެ. ޖޯސް އަކީ ލޭންޑްސްކޭޕް ގާޑްނިން ވިޔަފާރިއެއް ހިންގާ މީހެކެވެ.

އޮގަސްޓީނާ ބުނި ގޮތުގައި ހަފުތާއެއްގެ ހުރިހާ ދުވަހަކު ވަރަށް ގިނަ ވަގުތު ޖޯސް އުޅެނީ ބުރަކޮށް މަސައްކަތުގަ އެވެ.

އެންމެ ފަހުން ލިބުނު ދެބެއިންގެ ފަހުން އޮގަސްޓީނާ ވަނީ ދޭތެރެ ދުރުކުރުމަށް ފަރުވާއެއް ހޯދާފަ އެވެ. ނަމަވެސް އެންމެ ހަގު ކުދިންނަށް ހަތަރު އަހަރު ފުރުމުން އަނެއްކާވެސް ފިރިހެން ދަރިއަކު ހޯދުމުގެ މަސައްކަތް ފަށާނެކަމަށް އޭނާ ބުންޏެވެ.

10 ކޮމެންޓް, 82 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަމާރު

17 February 2017

ތަސްވީރާއި ހަބަރާއި ދިމާއިދިކޮލު

The name is already taken The name is available. Register?

މުސްލިމް

07 October 2016

މިއީ މުސްލިމަކު ކުރިކަމެއްނަމަ ހާދަހާ ވާ މަލާމާތަކާ ފުރައްސާރައެއް ކޮށްލީހެވެ... މުސްލިމަކަށް ނުވީތީ "ސަޅި" ކަމަކަށްވީ... (ގޯސްކަމެކޭނޫން މިދެންނެވީ) އެހެނަސް ދުނިޔޭގެ މީޑިއާ ތަކާ މީސްމީހުން ރިއެކްޓު ކުރާނެގޮތް ހަމަ ހިތަށް އެރީ...

The name is already taken The name is available. Register?

Fasy

07 October 2016

ތި ވިދާޅުވަނީ ކޮން ފުރުޞަތެއްގެ ވާހަކަތޯ. ތިޔަ ފުރުޞަތަކީ އެއްވެސް ޓެސްޓަކަށް ނާޜާ ފުރުޞަތެއް. ވިހޭމާ ތިވާހަކަ ތިދައްކަނީ.

The name is already taken The name is available. Register?

އަލީ

06 October 2016

ދުވާލަކު ކިތަށް ކިލޯ ހަނޑޫ ކާލާނެބާ މި އާއިލާ؟ މިރާއްޖެއަކު ދެނެއް އޮތްބެއް ނޯންނާނެ މިކަހަލަ ނަލަ އާއިލާޔަކަށް!

The name is already taken The name is available. Register?

ވިސްނާލީމާ

06 October 2016

އަހަރެމެންނަށްއޮތީ މަސައްކަތްކުރުން! އެފަރާތުން ދެއްވަންވީމާ ލަހެއްފަހެއް ނުވާނެ! ބަލާބަލަ 14 އަންހެންދަރިންނަށް! ލިބުނީނު! އެހެންވީމާ ފިރިހެންދަރިޔަކު ނުލިބެނީސް ހުއްޓާނުލާނަމޭ ނުބުނެ، ފިރިހެންދަރިޔަކު ލިބޭތޯ އަދިވެސް މަސައްކަތްކުރާނޭކަމަށް ބުނޭ! -އިބްރާހީމް-

The name is already taken The name is available. Register?

އިބްރާހީމް

06 October 2016

ސަޅި ފެމިލީއެއް

The name is already taken The name is available. Register?

އަލްޖިބްރާ

06 October 2016

ކިތަންމެވަރަކަށް މަސައްކަތް ކުރިއަސް ހުރިހާ ކަމެއްވެސް ކާމިޔާބުވަނީ ﷲ ގެ އިރާދަފުޅުންކަން މިމީހުންނަށް ޤަބޫލު ކުރެވޭނަމަ ހުރިހާކަމެއްވެސް ކާމިޔާބު ވެދާނެއެވެ.

The name is already taken The name is available. Register?

ޙަސަންބެ

06 October 2016

24 ގަޑިއިރުތެރޭ 42 ފަހަރު ފުލް ލޯޑުގަ އެއްޗެހި ދޮންނަންޏާ ތި ދޮންނަ އެއްޗެހި ހުންނާނީ ކިހިނެއް.

The name is already taken The name is available. Register?

ޖަބޭ

06 October 2016

ރަންގަޅައް އާޓިކަލް ކިޔާފަކޮމެންޓް ކޮއްބަލަ

The name is already taken The name is available. Register?

ހަމަހޭ

06 October 2016

ގެއަށް އައިތާ 24 ގަޑިއިރު ތެރޭ... މޮޅު ކޮމެންޓެއް ކޮށްލާނަމޭ ހިތާ ދޯ ތިއުޅުނީ... ހާހާހާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454