ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުމާ ދެކޮޅަށް ފުވައްމުލަކުގައި މުޒާހަރާ ކުރަނީ
04 އޮކްޓޯބަރ 2016 - 14:36
ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭން ފެށުމުން ކާޑުގެ އަގުބޮޑުވެފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ފުވައްމުލަކުގައި ހުންނަ އެސްޓީއޯގެ ފިހާރައިގައި މިއަދު ތަޅު އަޅުވައިފި އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އިސާމް ވިދާޅުވީ އެ ރަށުގައި ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކާ، އެސްޓީއޯގެ 136 ނަމްބަރު ފިހާރައިގައި ތަޅު އެޅުވީ، ކާޑުގެ އަގަށް ގެނައި ބަދަލާ މެދު ހިތްހަމަނުޖެހިގެން މުޒާހަރާ ކުރަމުން ދިޔަ ބަޔެއް ކަމަށެވެ.
އެ ފިހާރައިގެ ބޭރުގައި މިހާރު ވެސް މުޒާހަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި މިއުޅެނީ ވަކި ޕާޓީއެއްގެ ބައެއް ނޫން. މިއީ ހަމަ ސަރުކާރުގެ ނިންމުމުގެ ސަބަބުން އުނދަގޫވެގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ނިކުތް މީހުން،" އިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެ ރަށުގައި ރެސްޓޯރެންޓާއި ސައި ހޮޓާތަކުން ވިއްކާ ތަކެތީގެ އަގު ދެގުނަ ބޮޑުވެފައިވާ ކަމަށެވެ.
ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުމާ ދެކޮޅަށް ފުވައްމުލަކުގައި މުޒާހަރާ ކުރަނީ
"ކުރިން ދެ ރުފިޔާ އަށް ވިއްކި ސައިތައްޓެއް ވެސް މިހާރު މި ލިބެނީ ހަތަރު ރުފިޔާ އަށް. ހިދުމަތުގެ އަގުބޮޑުވުމުން ބާސްމަތީ ހަނޑުލުން ކައްކާ އެއްޗެހީގެ އަގު ވެސް ވަނީ ބޮޑުވެފައި،" އިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަޑު އަވަށުގައި ހުންނަ އެސްޓީއޯގެ ފިހާރައިގެ ބޭރުގައި ކުރަމުންދާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް މިހާރު ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ. އެކަމަކު ފިހާރައިގެ އެއްވެސް ވެރިޔަކު އެ ހިސާބުން ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.
ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އައްޑު އާއި މާލޭގައި ވެސް ވަނީ އިއްޔެ މުޒާހަރާ ކޮށްފަ އެވެ. އަދި މިކަމާ ދެކޮޅަށް، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.
މާލޭގައި ކާޑުގެ ބާވަތްތައް ވިއްކާ އަގަށް ވުރެ ފުވައްމުލަކުގައި ވިއްކާ އަގު ބޮޑެވެ. އެގޮތުން އެ ރަށުން މިހާރު ހަނޑޫ ކިލޯއެއް ގަންނަން ލިބެނީ 9.18 ރުފިޔާ އަށެވެ. އަދި ފުއް ކިލޯއެއްގެ އަގު 7.18 ރުފިޔާއަށް އަރާއިރު ހަކުރު ކިލޯއެއް ވިއްކަނީ 9.22 ރުފިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުޔޫމީ
06 October 2016
ސަރުކާރު ފެއިލް
ޏ އައިކު
06 October 2016
ކާޑުންދޭ ސަބުސިޑީ ހުއްޓާލުމަކުން އެއްވެސް މައްސަލައެއް ނެތް. މައްސަލައަކީ ސަރުކާރުން ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުނުކޮށް، ސަބުސިޑީ ކަޑާލުން. ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށް، އިންކަމް ޓެކްސް ނަގަންވީ، ކޮރޮޕޝަން ހުއްޓުވާ، ސަރުކާރުން އިސްރާފު ނުކުރަންވީ. ވޯލްޑު ބޭންކުން ލޯނު ނެގުމުން ރައްޔިތުން އިތުރަށް ދަރަނިވެރި ވާނީ.
އަހުމަދު
06 October 2016
ބްރިޖުވެސް އަޅާނަން . ތަކެތީގެ އަގުބޮޑުކޮށްގެން ރާއްޖެތެރޭ މީހުން ނުރުހުނަސް އޯކޭ. ދައުލަތުން ޕްރޮޖެކްތް ތަކަށް ދާ ހަރަދު ހޯދަން ޖެހޭނެ.
އަލީ
05 October 2016
ތިދެން ހިލޭ ކާޑު ލިބުނީ.
ޕީޕީއެމްގެ މެމްބަރެއް
05 October 2016
ޔާމީނު އެކުރެއްވީ ވަރަށް ދެރަކަމެއް ސަބަބަކީ 2018 އަހަރުގެ އިންތިހާބު ބާއްވަން ކައިރިވެފައިވަނިކޮށް އެކުރެއވި ކަމެއްދޯ ވަރަށް ދެރަވަރުކަމެއް ޔާމީން ވަރަށް ބޮޑަށް ދެރަވެއްޖެއީމް އަހަރެން ( ދެން ސުކުރިއްޔާ)
ޢަލީ
04 October 2016
ސަރުކާރުގެ ނިންމުމަށް އަޅުގަނޑު ނަޒަރު ހިންގާލި އިރު، މި ނިންމުމަކީ ހަމަގައިމުވެސް ގައުމައްޓަކައި ނިންމި ނިންމުމެކެވެ. މީގައި އަލިއްލަ އެދުމެއް ނެތެވެ. މިއޮތް ހުރިހައި ދުވަހު އެބޭފުޅުން ގެންގުޅުއްވި ސިޔާސަތަކުން މިއަދު މިކަން މި ދިމާވީ، ކުރިންވެސް ރާއްޖެއިން ބޭރުން ކާޑުގެ އަގަށް އަންނަ ބަދަލާ އެއްވަރަށް އަގު ބަދަލުނުކޮށް މާ ހެޔޮވެގެން އުޅެން ހަދައިގެންނެވެ. މިކަން ސިޔާސީ ނުކޮށް ގައުމާމެދު ވިސްނާ ކެއްތެރިކަމާއެކު ކުރިއަށް ދިއުން އެންމެ ރަނގަޅުވާނީ. މިކަމުން އެނގެނީ ރައީސް ޔާމީނުގެ އަމިއްލަ އެދުމެއް ނެތްކަމެވެ. އެމަނިކުފާނު ވިސްނަނީ ޤައުމާމެދުކަމެވެ. މިކަމަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންވެސް ކުރަންބޭނުންވެ ނުކުރެވި އޮތްކަމެކެވެ.
ފިޔާތޮށި ރީދޫ އަސުރުމާ
05 October 2016
އެހެންވެގެންތަ އިތުރުގަޑުވެސް ކަނޑާކަނީ. އެހެންވީމަ ބޮޑުކުރަންވީ ވަޒީރުން ކޭންބައްލަވާ ބާސްމަތީ ހަނޑުލާއި އާޓާ ފުށުންނާއި ޕެކްޓްގައި ބަންދުކޮށްފަހުންނަ ހަކުރުންނާއި ސިއްހަތަށް ގެއްލުންވާ ސިގިރެޓުންނެތް ނޫންބާ. މިއީމޮޔައިންކަމަށް ހީކުރަނީދޯ. ނުހެއްދޭނެ
ޕޯޓަބަލް
05 October 2016
މިވެރިކަމުގަ އެމްއެމްޕީއާރުސީ ކަންތަށްގަނޑު ހިނގީވެސް ހެޔޮފުޅު ކަމުން؟؟؟
ޙަސަން
04 October 2016
ކަންމަތީ ފިހާރަތަކަށް އަގުބޮޑުކޮށް ކާޑުގެ ބާވަތްތަށް ވިއްކާފަ މިބުނަނީ ގަންނަ އަގުގަ ވިއްކާށޯ. ބަލަ ކިހިނެތްތަ މާލޭގައި ހެސްކިޔާފަ ބޮޑުކުލި ދީގެން ހިންގާ ފިހާރަތަކުން އެސްޓީއޯ އިން ގަނެގެން އެ ގަންނަ އަގުގަ ވިއްކާނީ؟ ކާޑުގެ އެންމެ ބަސްތާއެއްވެސް އެއްތަނުން އަނެއްތަނަށް ގެންދަން 40ރ ހޭދަކުރަންޖެހޭ. ސަރުކާރުން އެޚަރަދުތަކަށް ސަބްސިޑީ ދޭތަ؟ ރައްކާކުރާ ތަންތަނުގެ ކުލިދޭތަ؟ އެ އަޅާ ކޮތަޅުތަކުގެ ޚަރަދު ސަރުކާރުންދޭތަ؟ މީ ކޮންކަހަލަ އިކޮނޮމިސްޓެއް؟
ފުތާ
05 October 2016
ދެން ނުވިއްކަންވީ ނޫންތަ؟ އެސްޓީއޯއިން ވިއްކާނެ. އެތަނުން ގަނެވޭނެ ގަންނަން ބޭނުން ބަޔަކަށް.
ސައިހޮޓާ
04 October 2016
ސައި ހޮޓާތަލަށް އަރާފަ މީހާ އަންގަނީ 'ޕާޕާރު ގެނޭ' 'ފިޔާ މިރުސް ގެނޭ ' ހިލޭއޭ ބުންނަސް އޭތި ހިލޭ ވަނީ ކިހިނެއް؟ ސަރުކާރުން ހިލޭ ބޭސްކޮށްދޭން ޖެހޭނެ ކަމަށް ބުނެދިނީ އެމްޑީޕީ މީހުން. އެ ހިލޭގެ މުސީބާތް މިއޮތީ ޖެހިފަ. މުސްކުޅިންނަށް ދޭ 5000 ރުފިޔާގެ މުސީބާތް ވެސް މިއޮތީ ޖެހިފަ. ސަރުކާރުން ޖެހޭނެ މަ ހޭލައްވާފަ، މަ ފެންވަރުވާ ދީފަ، ދަތް އުގުޅުވާފަ...މިހެން މިކަން ވާން ބޭނުންތަ؟ އޭރުން ހަބޭހަށް އަގުބޮޑު ވާނެ. 1 ލައްކަ ރުފިޔާ އިންސާނެއްގެ ބޭސް ފަރުވާއަށް ހަރަދު ކުރާކަށް ނުޖެހޭ. ކޮންމެ މީހަކުވެސް އެމީހެއް ސިއްހަތަށް ސަމާލުވާންޖެހޭނެ. ތިކިޔާ ތެލެސީމިޔާ އަށް ވެސް ފަސޭހަ ފަރުވާ އެބަހުރި. އެކަމަކު އޭރުން މަ މުއްސަންތިވާނީ ކިހިނެއް؟ އެމްޑީޕީ ވެރިކަމުގަ ނަޝީދު ވަރަށް އުޅުނު މަޖްލިސް މީހުންގެ މުސާރަ ކުޑަ ކުރަން،އަޅެވި ތަ؟ މަޖްލިސް މީހުންގެ މުސާރަ ބޮޑުވީމަ، އެއާ އެއްވަރަށް މިކޯޑިނޭޓަރޭމެންގެ މުސާރަވެސް ބޮޑުވީ.
GAN Island
04 October 2016
ތަރައްޤީ ބޭނުން ނަމަ އަންނާން އޮތް ޖީލުތަށް ވިސްނުން ތޫނު ''އަމިއްލަވަންތަ ބައެއްގެ ގޮތުގައި ބޮޑުކުރާން އެދޭނަމަ'' ރާއްޖޭގެ ރައްޔިތުން އެމީހުންގެ ''ފިނޑިކަން ދޫކޮށް'' ޤައުމުގެ ކަންކަމުގައި ތިމާމެންނަށް ބަސް ބުނުމގެ ބާރު ''ލިބެންވާނެ'' ކަން ޤަބޫލު ކުރާން ޖެހޭ. އެފްރިކާގެ ނިކަމެތި ޤައުމު ތަކާއި އޭޝިޔާގެ ތެރޭގައި ހިމެނޭ ޤައުމު ތަކުގެ ރައްޔިތުންނަށް ވުރެ ''ވެރިންގެ ބާރު'' ގަދަ ޤައުމު ތަކާއި ހުޅަޤޫ ނުވަތަ Europe ޤައުމު ތަކާއި ހުރި ތަފާތަކީ ހަމަ އެކަނި ''ފައިސާ'' ނުވަތަ މުއްސަނދިކަމުގެ ތަފާތެއްނޫން. ފުވައްމުލަކުގައި ''ރައްޔިތުންގެ ކަންބޮޑޫވުން'' ސަރުކާރަށް ދެއްކުމަށް އެއްވި އެއްވުމަށް މަލާމާތް ކުރާ ފަރާތް ތަކުން އަދި މިއެއްވުމަކީ ސަރުކާރަށް ނުވަތަ ދައުލަތަށް އުދަގޫ ކުރުމަށް ކުރާ ކަމެއްކަމަށް ދެކޭ މީހުން އެކަން އެގޮތަށް ޤަބޫލު ކުރަނީ ''ސިނކުޑީގެ އުނިކަމެއް'' ނުވަތަ ދުނިޔެ އިގޭލެއް ކުޑަކަމުން. ރައްޔިތުން ''އިހްތިޖާޖު ކޮށްގެން'' ސަރުކާރަށް ކަންކަން އިސްލާހު ކުރުމަށް މަޖުބޫރު ކޮށްގެން މިރާއްޖޭޣެ ފަތުރު ވެރިކަމަށް އަދި އިޤްތިސޯދަކަށް ވެސް އަސަރެއް ނުކުރާނެ. ސަބަބަކީ ރާއްޖޭގެ އިޤްތިސޯދުގެ އެންމެ ''މުހިންމު ބައިވެރިން'' ކަމުގައިވާ Europe މީތުންނަކީ އިންސާނީ ކަރާމާތަށާއި ބަސްބުނުމުގެ ހައްޤު ހޯދާ ދިނުމަށް ކެޑިނޭޅި މަސައްކަތް ކުރާ ބަޔަކަށް ވުން. ފަހަރެއްގައި ''މިފަދަ އެއްވުން ތަކުގެ ސަބަބުން'' ދައުލަތުގެ މުއްސަނދިކަމުން ނަހަމަ ފައިދާ ނަގާ މީހުންނަށާއި ''ރައްޔިތުންގެ ތިޖޫރީގެ ތެރެއަށް އަތް ބާނަން އުޅޭ މީހުންނަށް'' ދަތި އުދަގޫ ތަކެއް ކުރިމަތިވެދާނެ
ފަހުރު
04 October 2016
"ފިނޑިކަން" ދޫކޮށްލަން ބޭނުން ނަމަ އަމިއްލަ ސިއްހަތަކީ އަމިއްލަ ޒިންމާ އެއް ކަމަށް ހަދަން ދަސްކޮށްދީ. ތިކިޔާ އިޔުރަޕް ގެ ވެލްފެއަރ ސްޓޭޓްތަކަކީ އެންމެ ޑިޕްރެޝަން ބަލީގެ ބޮޑު ގައުމުތައް. އިންސާނާގެ ނަފްސު މިހާރު މި ކައުނަށް ވުރެން ވެސް ބޮޑު ވެގެން މިއުޅެނީ... އަހަރުމެން ސްކޫލަށް ދިޔައީ އެކަނި ހިނގާފަ، މިހާރު އެކަމަށް ވެސް ޓެކްސީ ބޭނުންއެބަވޭ. ކުޑަ ކުއްޖާ އަށް އިންޓަރނެޓް ބޭނުންވޭ. އެހެންވީމަ މީގެ އަނެއްކޮޅު އޮންނާނެ
ނަފްސު
05 October 2016
ޑިޕްރެޝަން ބަލި ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ހަޔާތުގަ "purpose" ނެތުން. އަޅުކަންކުރުން އަދި ތިމާގެ ދަރިންނަށް ރަނގަޅުމާދަމާއެއް ހޯދައިދިނުން އެއީ ތިމާގެ އެންމެ ބޮޑު "purpose"... އަމިއްލަ އެދުން އިސްކުރާ މީހާ އަކަށް ނުވިސްނޭނެ ތިމާގެ ސަބަބުން އެހެން ބައެއްގެ ހަޔާތް އުޖާލާވުމަކީ ކިހާ އުފާވާ އަދި ހިންހަމަޖެހޭ ކަމެއްކަން، ސަބަބެއް ވެގެންދޯ ދުނީޔޭގެ މައްޝޫރު ގިނަ މުއްސަދިން އެހެންމީހުންނަ އެހީވުމަށާއި އެއީ އެންމެ ހިންހަމަޖެހޭ އެއް ކަމެކޭ ބުނަނީ
ފެމިލީ
04 October 2016
ހުރިހާ ވެސް މައްސަލައަކީ ތަރައްގީއޭ ކިޔާ އެއްޗެއް މީހުން ބޭނުންވާތި.