ކަނޑުހުޅުދޫގައި، އުމުރުން ދެ އަހަރު ވެސް ނުވާ އަންހެންކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ އާއި ޕީޖީ އޮފީސް އަދި ފުލުހުންގެ ކަމާ ގުޅޭ އިސް އޮފިސަރުން މަޖިލީހުގެ ކޮމިޓީއަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޖަވާބުދާރީވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
20 ޖެނުއަރީ 2020 - 13:21
ކުޑަކުދިންނަށް ކުރާ ގޯނާތަކުގައި ފުލުހުންގެ ތަހުގީގު އެތައް ދުވަހެއް ވާއިރު ވެސް ނުނިމޭ ކަމާއި، ޖެންޑާ މިނިސްޓްރީއަށް ފޮނުވާ ބައެއް ކޭސްތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތަށް ނުބަލަހައްޓާކަން، އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުން އަންނަ ގޮތް ދެނެގަތުމަށް މިދިޔަ ނޮވެމްބަރު މަހު ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ލިބޭ މައްސަލަތައް މިނިސްޓްރީއަށް ފޮނުވިޔަސް އެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންގޮސްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ދެ އިދާރާ އިން އެކަށީގެންވާ ވަގުތެއްގައި މިނިސްޓްރީއަށް ފޮނުވިތޯ ޔަގީން ކުރެވެން ނެތް ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެ ރިޕޯޓުން އެނގޭ ގޮތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހުށައަޅާ ބައެއް މައްސަލަތަކުގެ ތަހުގީގަށް ވަރަށް ގިނަ ދުވަސް ނަގަ އެވެ. އެކަމަކު އެ ޑިޕާޓްމަންޓްެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ ބުނާ ގޮތުން މައްސަލަ ހަވާލުކުރާތާ 10 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމަން ވާނެ އެވެ.
http://www.audit.gov.mv/Uploads/AuditReports/2019/12December/IRCA%20Performance%20Audit%20Report.pdf
އޮޑިޓް އޮފީހުން ތައްޔާރުކުރި ޕާފޯމަންސް އޮޑިޓް ރިޕޯޓް
"މިގޮތުން ބައެއް މައްސަލަތައް ނުނިމި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވޭ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
ފުލުހުންގެ ޕްރޮސިޖާ ބުނާ ގޮތުން ތަހުގީގު ކުރާ މީހާގެ އަތުގައި އެއްފަހަރާ 20 މައްސަލައަށް ވުރެ އިތުރަށް ހުރެގެން ނުވާނެ އެވެ. އެކަމަކު ބައެއް މުވައްޒަފުންނަށް އެއަށް ވުރެ ގިނަ މައްސަލަތައް ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެ އެވެ. އަދި މައްސަލައެއް ހުށައަޅާތާ އެތައް ދުވަހެއް ފަހުން ވެސް އެކަން ބަލަން ހަވާލުކުރާ ކަމަށް ރިޕޯޓުން އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
21 January 2020
މައި ފްރައިޑޭ އަކީ މަޤާމަށް ޤާބިލު މީހެއް ނުންވީމަ އޭނަޔަކަށް ރިކޯޑްތަކެއް ނުބެލެހެއްޓޭނެ.
މަހޭޝް
21 January 2020
މުސާރަކޮޅު ލިބެއެއްނޫންތަ އެނިމުނީ. ދެން ލަލަލާ.
ހަސަނު
21 January 2020
މުޅި ސިސްޓަމް އެރާ އަރާފަނު މި އޮތީ... ދެން ޖެހޭނީ ރީ އިސްޓާޓު ކުރަން.... ފުލުހުންނަށްވެސް އަދި އަހަރެމްން އާންމުންނަށް ވެސް ހީވެފާ މި އޮންނަނީ ފުލުހުންނަކީ ސިޔާސީ މީހާ ފަހަތުން ބިސްމަި ދުއްވަން ތިބި ބައެކޭ...
ތުއްފާށަނާ
21 January 2020
ތިއީ ހަމަ ޖެންޑާ އީކުއަލް ނުވާތީ ވާގޮތް، ތިތަން ތިއޮންނަނީ ހުސް އަންހެނުނަށް ބަރުވެފަ، ހީވާކަހަލަ ހަމައެކަނި އަންހެނުންގެ ޙައްޤުތައް އެކަނި ޙިމާޔަތްކުރަން އޮންނަ ތަނެކޭ، މަގުމަތިވެފައިވާ މުސްކުޅި ފިރިހެނަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދެއެކޭނޫން، ނިސްބަތުން ފިރިހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ގޯނާ މަދުހެން ހީވަނީ އެވާހަކަ ދައްކާ މީހުން މަދުވީމަ، އަނބިންގެ ފަރާތުން ފިރިންނަށް ލިބޭ ގެއްލުމުގެވާހަކަވެސް ދައްކަންއެބަޖެހޭ.
ގަޓް ބްރޯ
20 January 2020
ކޯލިޝަން ސަރުކާރުގެ ބޮޑުމަންޒަރު މިހާރު އެބަ ސާފުވޭ. ރައްޔިތުން ވޯޓުދިނީ ހެޔޮ ބަދަލަކަށް. ސިޔާސީ ވެރިން ސަރުކާރު ހަދާލީ ވާރުތަ މުދަލަކަށް. އަނެއްހެން ދެން ގޯހެއްނޫން.
ހަސަނު
21 January 2020
ރިޕޯޓުގަ އެއޮތީ ޔާމިނު ސަރުކާރުގަ ކަން ހިނގި ގޮތް...
ޕޮލިސް ނެއިބަރހުޑް
20 January 2020
އެއްފަޅިން މާ އިންސާނީވެފަ ތިބޭ ބަޔެއް. މާ ރަނގަޅު ބަޔަކަށް ވާން އުޅެނީ. ކުއްޖާ މާދަ މާ ބޮޑުވެ ތަޝައްރަފު ފުދުނީ މަ އެކުއްޖާ އަށް މަލާ މަތް ކުރާނީ ވެސް ހަ މަ ތި މުޖްތަ މާގެ މީހުން. ކުދީންގެ މައުލޫ މާތު ހާ މަ ނުކުރާށޭ. ދެރަކަ މެއްނު!
އިސްލަހީ އެޖެންޑާ
20 January 2020
ކަ މެއް އިސްލަހު ކުރަން އެދޭނަ މަ، ވަށާ ޖެހޭ ގޮތަށް ހުރިހާ ކަ މެއް އިސްލާހު ކުރަންވީ. ހަފްތާ އެއްވަންދެން ހަޅޭލަވާފަ ހަނދާން ނައްތާލަންވީއެއް ނޫން. ޖެންޑަރ މިނިސްޓްރީ ފުރިހަ މަ ގާނޫނީ ބާރަކާއެކު މުޅި ރާއްޖޭގެ ކޮން މެ ރަށަކަށް އޮފީސްތައް ފަތުރާލަންވީ. ކުދީން ބޮޑެތިވެ މުޖްތަ މައުގަ އުޅެން ދަތިވާނެ ގޮތަށް އެކުދީން ފާހަގަވިޔަ ނުދޭންވީ. އެކުދީންގެ ހައްގުތައް ރައްކާތެރި ކުރަންވީ. ދީނީ އިލް މުވެރީން މުޅި ރާއްޖެ އަށް ފަތުރާލަންވީ. ހޭލުންތެރި ވާންވީ.
ފެެއިލް
20 January 2020
އިއްޔެއަކު ނުވަތަ މިއަދު ވީކަމެއް ނޫންތާދޯ.. މިކަހަލަ އިހުމާލަށް ނޫނީ ފެއިލްވުމަށް ޒެނީޝާވުން ނުވަތަ ޝިދާތާވުން ކިޔަން ކިހިނެއްވާނެ؟
ސަޅި ނަސްލެއް
20 January 2020
ރަށުގަ މިވާ ގޮތުން އުޅެންވީ ހުސް އަންހެނުން ދެން. ހުރިހާ ފިރިހެނުން ރިސޯޓުތަކަށް ވަޒީފާ އަށް. އެއްވެސް ފިރިހެނަކު ރަށުގަ ހުރެގެން ނުވާނެ އަރާގެންވެސް ނުވާނެ. ފިރިހެނުން 60 އަަހަރު ވީ މާ އިންޖެކްޝަން ޖަހާ ސިކުނޑި ދުއްވާލާހަ ގުރައިދޫ ބޮޑުގެއަށް ކޯޓު އަ މުރެއް ނެރެ ލާނީ. ދަރިން ހޯދަން މަޖްލީހުގެ ހިއު މަން ރައިޓްސް ކޮ މިޝަނަށް ގޮސް ހުއްދަ ހޯދާ ކޯޓު އަ މުރަކުން ޖެންޑަރ އަދި ފުލުހުންގެ ބެލު މުގެ ދަށުން އައިވީއެފް އެއް ހަދާނީ.
4412
20 January 2020
އެއްމިއައްސަސާ އަނެއްމުއައްސަސާ ބްލޭމްކޮށްގެން ވާކަށްނެތް. ތިދެބައި މީހުންގެވެސް މައްސަލަ އެބައޮތް