ވިޔަފާރި / އެމްޕީއެލް

އެމްޕީއެލުން، ހެވީ ވެހިކަލް ދުއްވާނެ އަންހެނުން ހޯދަނީ

ފޯކް ލިފްޓެއްގައި ކޮންޓެއިނާއެއް ގެންދަނީ: މިފަދަ ހެވީ ވެހިކަލްތައް ދުއްވަން ދަސްކޮށްދޭ ޕްރޮގްރަމެއް ފަށަން އެމްޕީއެލުން ވަނީ އިއުލާން ކޮށްފައި-- ފޮޓޯ: މިހާރު

މާލޭގެ ވިޔަފާރި ބަނދަރުގައި ހެވީ ވެހިކަލް ދުއްވާނެ އަންހެނުން ހޯދުމަށްޓަކައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައްޔާރުވެއްޖެ އެވެ.

ވިޔަފާރި ބަނދަރުގައި ދުއްވާ ފޯކް ލިފްޓާއި ޓާމިނަލް ޓްރެކްޓަރުތަކާއި ކްރޭން އޮޕްރޭޓު ކުރާން ގޮތްތައް މި ޕްރޮގްރާމްގައި ދަސްކޮށް ދޭނެ އެވެ. ބަރު އުޅަނދު ފަހަރު ދުއްވަން ދަސްކުރުމުގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ އުމުރުން 18-35 އަހަރުގެ އަންހެނުންނަށް އެކަންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެމްޕީއެލުން ހާއްސަ އިނާޔަތްތަކެއް ވެސް ދޭނެ އެވެ. ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 6،000ރ. ގެ އެލަވެންސެއް ލިބޭނެ އެވެ. އަދި ޕްރޮގްރާމް ނިމުމާ އެކު، ހެވީ ވެހިކަލް ދުއްވުމުގެ ލައިސަންސް ވެސް ލިބޭނެ ކަމަށް އެމްޕީއެލުން ބުނެ އެވެ.

ވިޔަފާރި ބަނދަރުގައި ބަރު އުޅަނދުފަހަރު ދުއްވަން އަންހެނުންނަށް މި ދަސްކޮށްދެނީ ޓިވެޓް އޮތޯރިޓީގެ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް އެ އޮތޯރިޓީގެ ލެވެލް 3 ގެ ސެޓްފިކެޓް ލިބޭނެ އެވެ. މި ސެޓްފިކެޓް ހާސިލް ކުރާ މީހުންނަށް އެމްޕީއެލުން ދާއިމީ ވަޒީފާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބަރު އުޅަނދުފަހަރު ދުއްވަން ދަސްކުރަން ބޭނުންވާ އަންހެނުން މި މަހުގެ 30 ގެ ކުރިން، އެ ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ކަމުގެ ފޯމާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަނެ ޖެހެ އެވެ.

އެމްޕީއެލުން އަންނަނީ ވިޔަފާރި ބަނދަރުގައި މަސައްކަތުގެ ތަޖުރިބާ ހާސިލް ކުރުމުގެ ފުރުސަތުތައް އެކި ފަހަރު މަތިން ދެމުންނެވެ. ނަމަވެސް އަންހެނުންނަށް ހާއްސަ ކޮށްގެން މިފަދަ ފުރުސަތެއް ހުޅުވައިލި މިއީ ފުރަތަމަ ފަހަރެވެ.

8 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 12%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމ،ަހޭ

25 January 2020

އެމްޕީއެލް އިން ވެހިކަލް ދުއްވާނެ ދިވެހި އަންހެނުން ހޯދާ އިރު އެމްޕީއޯއަށް (ޕެންސަން އޮފީހަށް) ކަމުދާ ދިވެހި ސީއީއޯ އެއް ނުލިބިގެން އެބަ އުޅޭ.

The name is already taken The name is available. Register?

ލަޓޯ

26 January 2020

ރަނގޅު ވާހަކައެއް މީހުން ހޭބުއްދި ފިލާފައި. ޕެންޝަން އޮފީސް ހިންގޭނެ ވަރުގެ ދިވެއްސެއް ނުލިބިގެން އަތްފުނާ އަޅަނީ. ޤައުމުގެ ހާލަތު. އަލީވަހީދު ޓޫރިޒަމް ސެކްޓަރ އަށް މީހުން ބިނާކުރަން ހެދިހެން ދެން "ޕޯޓްފޯލިއޯ އިނވެސްޓްމަންޓު ބައި ޕެންޝަނާސް ފަންޑު އޮފް މޯލްޑިވްސް" ކިޔާ ކޯހެއް ކޮންމެވެސް ބޭރުގެ ޔުނިވަސިޓީއަކާއި ގުޅިގެން ހިންގަންވީއެއްނުން. ބޯހަލާކު

The name is already taken The name is available. Register?

‫ދަރީން

25 January 2020

އަންހެނުން އަންހެނުން އަންހެނުން. ތަފާތުކުރުން ހުއްޓާލާކަށް ނުވޭތަ? އަންހެނުން ނަހަމަ ގޮތުގައި ބޭނުންކުރުމަކީ އާއިލާތައް ފަނާވެ ދަރީން ވިޔާނުދާ މަގުން ހިންގައި މުޖުތަމަޢު ފަސާދަވެދާނެ ކަމެއް. މިހާރު މި ޖެހިގެން އުޅޭ ޕާޓޭ މުސީބާތަކީ 30 އަހަރު އަންހެނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ނަތީޖާ.

The name is already taken The name is available. Register?

ހަނސްނާ

23 January 2020

ހެވީ ވެހިކަލް ދުއްވަން އަންހެނުން ތިބުމަކީ މައްސަލައެއް ނޫން. އެކަމަކު އެލަވަންސް ދީގެން ކޮންމެހެން ކުރާކަށް ނުޖެހެވެ. ޝަވްގުވެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާ ދިނުން އެންމެ ރަނގަޅެވެ.

The name is already taken The name is available. Register?

އަލިބޭ

26 January 2020

ގާނޫނުގައި އެންމެން ހަމަހަމަ ކަމަށްވަނީ މި ދެއް ކިހާ ދެރަވަރު ކަމެއް އަންހެނުން ވީމަ މުސާރަވެސް ބޮޑު އެހެން އިނާޔަށްވެސް.

The name is already taken The name is available. Register?

ދޮށީކޮއި ޢަލީގެ މުޙައްމަދު

23 January 2020

ތިކަމަށް މިހާރު ވަނީ އެމްޑީޕީގެ އަންހެނުން ތަކެއް ތަމްރީން ކޮށްފާ

The name is already taken The name is available. Register?

އިސާފުޅު

23 January 2020

ކީއްވެ ހަމައެކަނި އަންހެނުންނަށް. އެވެސް ޙާއްސަ އިނާޔަތްތަކާ އެކު. މިއީތަ މިހާރު ދެޖިންސުގެ ހަމަހަމަ ކަމަކީ ވަކި ރޭޝީއޯއެއް ކަނޑައަޅާފަ ޙާއްސަ އިނާޔަތް ދިނުން.

The name is already taken The name is available. Register?

އަލިބޭ

26 January 2020

ހަމަ ހަމަ އޭ ބުނެވޭނީ އެންމެންނަށްވެސް އެއްވަރެއްގެ ފުރުޞަތު އޮތުމަށް. ވަކި ރޭޝިއޯއެއް އޮތުމަކީ ޑިމޮކްރަސީ އާއި ޚިލާފުކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454