ިބިދޭސީން ރީރެގިއުލަޒަރައިޒްވާން ގަލޮޅު ދަނޑުގައި. ވޮޑުމުލާގައި މަސައްކަތްކުރި ބިދޭސީންތަކެއް ދާންދުއަށް ދޫކޮށްލި ކަމަށް ބުނާ މައްސަލައެއް ފުލުުހުން އަންނަނީ ބަލަމުން
24 ޖެނުއަރީ 2020 - 01:04
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ގއ. ވޮޑަމުލާގައި މަސައްކަތް ކުރަން އުޅުނު 18 ބިދޭސީއަކު އެ އަތޮޅު ދާންދު އަށް ގެންގޮސް، އަޅާނުލައި ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ، އެ ބިދޭސީން ދާންދު އަށް އިއްޔެ ހެނދުނު ގެންގޮސް ބޭލި ގޮތަށް އެ މީހުން އަދިވެސް އެ ރަށުގައި ތިބި ކަމުގެ މައުލޫމާތު ދާންދޫ ކައުންސިލުން ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެެވެ. އެހެންވެ، އެ ކަންބޮޑުވުންތަކާ ގުޅިގެން، ރަށު ކައުންސިލާއި ފުލުހުން، ވޮޑަމުލާގެ މެނޭޖުމަންޓާ ވާހަކަ ދައްކައިގެން އެ ބިދޭސީން ދާންދޫން ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނާ ގޮތުގައި އެ ބިދޭސީން ދާންދު އަށް ގެންގޮސްފައި ވަނީ ވޮޑަމުލާގައި އެ މީހުން ތިބެން ބޭނުން ނުވުމުން، މިއަދު ފުރާ ބޯޓަކުން މާލެ ފުރުވައިލުމަށެވެ. އެ މީހުން މާލެ ފޮނުވައިލަން ނިންމާފައި އޮތީ ތިން މަހުގެ މުސާރަ ވެސް ދިނުމަށް ފަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ނަމަވެސް އެ މީހުން ވަނީ އެ މީހުންނާ ހަވާލުވާނެ މީހަކު ނެތް ކަަމަށާއި އެ ރަށަށް އެ މީހުން ދޫކޮށްލާފައި ދިޔަ ކަމަށް ބުނެފައި،" ފުލުހުން ބުންޏެވެ.
ދާންދޫގެ ކައުންސިލަރަކު ވެސް ބައެއް މީޑިއާތަކުގައި ވިދާޅުވެފައި ވަނީ އެ ބިދޭސީން ދާންދު އަށް ބޭލުމަށް ފަހު، ވޮޑަމުލާގެ ދޯނި ވަނީ ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މީހުން ދާންދު އަށް ދޫކޮށްލީ އެ ރަށުގައި ތިބެވޭނެ އިންތިޒާމެއް ވެސް ހަމަނުޖައްސައި ކަމަށް އެ ކައުންސިލަރު ވިދާޅުވެ އެވެ.
އިސްމާއީލް ވިދާޅުވި ގޮތުގައި، ބިދޭސީންގެ ފަރާތުން މައުލޫމާތު ސާފުކުރިއިރު، އެ މީހުން ދައްކާ ވާހަކަ ދިމަލެއް ވެސް ނުވެ އެވެ. އެގޮތުން، އެއީ ވޮޑަމުލާގައި މަސައްކަތް ކުރާ ނޭޕާލް ބަޔަކާ ދެމެދު ހިނގި ޒުވާބެއްގައި އެ ރަށުގައި ތިބެން ބޭނުން ނުވެގެން ދާން އެދުމުން މާލެ އަށް ފުރުވައިލުމަށްޓަކައި ދާންދު އަށް އަމިއްލަ އަށް ދިޔަ ބައެއް ކަން އެނގިވަޑައިގެންފައިވާ ކަމަށް ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވެ އެވެ.
އެކަމަކު، އެ ކައުންސިލަރު ވިދާޅުވާ ވާހަކަތަކާއި ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދުގެ ވާހަކަ ތަފާތެވެ.
އިސްމާއީލް ވިދާޅުވި ގޮތުގައި، ބިދޭސީންގެ ފަރާތުން މައުލޫމާތު ސާފުކުރިއިރު، އެ މީހުން ދައްކާ ވާހަކަ ދިމަލެއް ވެސް ނުވެ އެވެ. އެގޮތުން، އެއީ ވޮޑަމުލާގައި މަސައްކަތް ކުރާ ނޭޕާލް ބަޔަކާ ދެމެދު ހިނގި ޒުވާބެއްގައި އެ ރަށުގައި ތިބެން ބޭނުން ނުވެގެން ދާން އެދުމުން މާލެ އަށް ފުރުވައިލުމަށްޓަކައި ދާންދު އަށް އަމިއްލަ އަށް ދިޔަ ބައެއް ކަން އެނގިވަޑައިގެންފައިވާ ކަމަށް ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވެ އެވެ.
"ރިސޯޓުގައި އެ މީހުން ތިބޭނެ ތަނާއި ކެއުންބުއިމުގެ އިންތިޒާމް ވެސް އެބަހުރި. އެ މީހުން ދާންދު އަށް ގެންނަން [ކުރިން] ހަމަޖައްސާފައި އޮތީ ދާންދޫން މާލެ އަށް ދާން ބޯޓެއް ފުރާ ވަގުތަކާ ދިމާކޮށް. އެކަމަކު އެމީހުން ބޭނުން ނުވީ ވޮޑުމުލާގައި [މި ވަގުތު ވެސް] ތިބެން. އެހެންވެ، [މާލެ އަށް] ބޯޓެއް ފުރަންދެން ދާންދޫގައި ތިބުމުގެ ކަންތައް އަމިއްލަ އަށް ހަމަޖައްސާ ގޮތަށް އައީ،" އިސްމާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން ނަމަ، ދާންދޫ ކައުންސިލަށް ބިދޭސީން ދީފައި ވަނީ ދޮގުު މައުލޫމާތެކެވެ. އެހެންވެ، ކައުންސިލުން އެ މީހުން ގެންގޮސް ބޭތިއްބީ ކައުންސިލްގެ އިދާރާގަ އެވެ. އަދި އެކަން ފުލުހުންނަށް އެންގުމުން، ފުލުހުން ވޮޑަމުލާގެ މެނޭޖްމެންޓާ ވާހަކަ ދެއްކި ކަަމަށާއި މިހާރު އެ ބިދޭސީން ތިބީ ވޮޑަމުލާގެ ފަރާތުން ދާންދޫގައި ހުންނަ މީހެއްގެ ގޭގައި ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އެ މީހުން މިހާރު ތިބީ ދާންދޫގެ ގެ އެއްގައި. ވޮޑަމުލާގެ ފަރާތުން މި ރަށުގައި ހުންނަ މީހަކު އެ މީހުންނާ ހަވާލުވީ. މާދަމާ އަލުން ވޮޑަމުލާ އަށް ގެންދާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ،" އިސްމާއިލް ވިދާޅުވި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމަނިކް
24 January 2020
ކުއްލި ހާލަދު އިއުލާނު ކޮއްގެން ވިޔަސް މިކަން ހައްލު ކުރަންވީ
ބޮޑުމީހާ
24 January 2020
ރާއްޖޭގެ ރައްޔިތުން ކުރަންވީ ފިލައިގެން އުޅޭ ހުރިހާ ބިދޭސީން ހިފާ ހައްޔަރުކޮށް އިމިގްރޭޝަން ތެރެއަށް ވައްދަންވީ، ފުލުހުންވެސް ސައިކަލް އިސްޓިކާ ނުޖަހާ މިމީހުންގެ ގައިގައި އިސްޓިކާ ޖެހިނަމަ ދައުލަތަށް ކިހާ ލާރިއެއް ލިބުނީސް. އެމީހުންވެސް ދައުލަތަށް ދައްކަންޖެހަެ ފީ ނުދައްކާ ތިބީ
ނޫސް ބަލާމީހާ
24 January 2020
މާލެ މަގިމައްޗަށް ނޫނީ އަތިޅުރެރެއަށް ދޫކޮށްލަން ތިއުޅެނީ. ޢެއްގިތަކަށްވެސް އެހެން ވިޔަދީގެން ނުވާނެ. ވެޑަމުލާ މެނޭޖުމެންތުގެ މަސައްކަތަށް ގެނައިބަޔަކު އެތަނުގެ މަސައްކަތް ނިމުނީމާ އެމީހެއްގެ ރަށަށް އެމީހަކު ފޮނުވައި ލެވެންވާނެ. ޓިކަމުގައި ފުލުހުން ތިނެގި ޒިންމާއަށް ސާބަސްދެން. އަހަރެންގެ ރަށު ފުލުހުން ތިކަހަލަ ކަމަކާ ގުޅިމާ ބުނީ ތިމަންނަމެންގެ ކަމެއްނޫނޯ އެމީހުމްނާ ބެހޭކމކަމަކީ.
ޙިނި
24 January 2020
ބަލައްޗޭ މުވައްސަސާ ތަކައް މިކަން ބަލާ ކަމެއް ވޭތޯ، އަޅާވެސް ނުލާނެ، ވަގައް އުޅޭ ބަންގާޅީން ނައް ހިއްވަރުދީ ގިނަކުރަނީ ކޮރަޕްޓު ސަރުކާރާ މުވައްސަސާތަކުން، މައުމޫނު ދައުރުގަ ރިސޯޓު ތަކުގަ ނުގެކޭރޭނެ ގަވައިދާ ހިލާފު ބަންގާޅީން ވަޒީފާދީ ގެންގުޅޭކައް
ހަބީބު
24 January 2020
މާލެޔައް ފޮނުވާލީމަ ހުރިހާ މުސީބަތެއް މަލެޔައް މިގޮތައް ގެންނަ ގުރޫޕުތައް މަސަތްކަތް ނިމުމުން ރާއްޖެއިން ފޮނުވާލަން ޖެހޭ ހަރުކަށި ގަނޫނު ހަދަންޖެހޭ ރިސޯޓު ތަކުގަ މަސަތްކަތްކުރާ މިހެއްނަމަ 10000 ރުފިޔާ ދޭންޖެހޭ ގޮތައް ގަނޫނު ބަދަލުކޮއް އަމަލު ކުރަންޖެހޭ ވެރިން ކުރާކަމެއް ނުފެނޭ ފޮނިކެނޑުން ކަމަކީ އަމަލުން ކަމެއްނުކުރެ
ހަކީމް
24 January 2020
މިކަމުގައިވެސް ކުއްވެރިވާ މީހަކު ނުހުންނާނެ. ދައުވާއެއް ނުކުރެވޭނެ. ވިޔަފާރިވެރިން ދަށުވެފަ. ޓީ.އެމް.އޭ ވެސް ކިޔަކިޔަ އޮއްވާ ޕްލެޓްފޯމް އެއޮއް ކައްވަލީ.
ވަގު ކަދުރު
24 January 2020
ރިޒޯޓުން އިނާޔަތެއް އޮވޭތޯ ކައުންސިލުގެ ރައީސްއަށް؟
ވޮޑޭ މުލި
24 January 2020
މިގޮތަށް ވެސް ރިޒޯޓް ހަދާ ނިމުނީމާ ވާނީ ރިޒޯޓެއް ހެދި ކަމަށެވެ..
ޖަމަލު
24 January 2020
ސްޕޮންސަރ އެއްނެތި ތިގޮތަށް ބެހެއްޓަެގޮތަކަށް ނޫން ގަވައިދު އޮތީކީ. ގެނައި މަސައްކަތް ނުކުރަންޏާ ފޮނުވާލަން ޖެހޭ. ރިސޯޓެއް ވީމަ ގަވައިދު ތަފާތުވާނެ އަބަދުވެސް. ގާނޫނުން ލިބޭ ހަމަހަމަ ކަމުގައި އެބޭފުޅުން ތަންކޮޅެއް ބޮޑަށް ހަމަހަމަ ވާނެއެވެ
ކއތާ
24 January 2020
ޥަރައް ހައިރާންވާ ކަމެއް ބަނގްލަދޭޝްމީހުންގެ ހަގީގަތް ދިވެހިނޫސްވެރިންނައް ނޭގޭކަން... މި އުޑުހިޔަލު ދަށުގަ ނުލައްވާ ތިވަރުނުބައި ބައެެއް !!