28 ޖެނުއަރީ 2020 - 07:18
އެކި ދާއިރާތަކުން ގައުމަށް އަގުހުރި ހިދުމަތްތައްކުރާ މީހުންގެ އަގު ވަޒަންކުރުމުގެ ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ދޭ ޕަދުމާ ޝްރީ އެވޯޑް މި އަހަރު ފިލްމީ ދާއިރާ އިން މަޝްހޫރު ތިން ފަންނާނަކަށް ދޭން ނިންމައިފި އެވެ
އެ ތިން މީހުންނަކީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ އިތުރުން ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ހުނަރުވެރި ބަތަލާ ކަންގަނާ ރަނާވަތެވެ.
މި ތިން މީހުން ވަނީ އެވޯޑް ލިބޭކަން އިއުލާންކުރުމާ އެކު އެ މީހުންގެ ޝުއޫރުތައް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ މީހުންނަށް މަރުހަބާ ކިޔަމުންނެވެ.
މި އަހަރު ޕަދުމާ ޝްރީ އެވޯޑް ލިބޭ މީހުންގެ ނަންތައް އިއުލާންކޮށްފައި މި ވަނީ އާދިއްތަ ދުވަހު ފާހަގަކުރި އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާތަކާ ދިމާކޮށެވެ.
ޕަދުމާ ޝްރީ އަކީ އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފުގެ ތެރެއިން ހަތަރު ވަނަ އަށް އެންމެ މަތީ އެވޯޑެވެ. މި އެވޯޑް ތައާރަފުކުރީ 1954 ގަ އެވެ
މި އަހަރު ޕަދުމާ ޝްރީ އެވޯޑް 118 މީހަކަށް ދޭން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy