މާލެ އަށް އައި ޓޫރިސްޓުން ޖެޓީ ސަރަހައްދުގައި މަޑުކޮށްލައިގެން-- ފޮޓޯ:ނިޝާން އަލީ/މިހާރު
27 ޖެނުއަރީ 2020 - 11:54
ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ދެ ވަނަ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.
ޓޫރިސްޒަމް މިނިސްޓްރީން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު އިންޑިޔާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ 83.5 ޕަސެންޓު އިތުރުވެފަ އެވެ. އެއީ 166،030 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 284،029 އަށް އަރައިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅަ ބަލާއިރު 0.3 ޕަސެންޓުގެ އިތުރުވުމެކެވެ.
އިންޑިއާގެ މާކެޓުގައި ރާއްޖެ އަށް އޮންނަ ތަރުހީބު އިތުރު ކުރުމަށް އެމްއެމްޕީއާރުސީ އާއި ސަރުކާރު ގުޅިގެން މިދިޔަ އަހަރު ވަނީ ތަފާތު ހަރަކާތްތަކެއް ގެންގޮސްފަ އެވެ. މީގެ ތެރޭގައި އިންޑިއާގެ ފެއާތަކާއި ރޯޑް ޝޯތަކުގައި ބައިވެރިވުމާއި އިންޑިއާގެ މީޑިއާ ތީމުތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.
މި އަހަރުގެ އެންމެ ފުރަތަމަ ޓޫރިޒަމްގެ ހަރަކާތެއް ގޮތުގައި ވެސް އެމްއެމްޕީއާރުސީން ބައިވެރިވެފައިވަނީ އިންޑިއާގެ ރޯޑް ޝޯއެއްގަ އެވެ. މި އަހަރު އިންޑިއާގެ މާކެޓުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފަ އެވެ.
އިންޑިއާއިން އަންނަ ޓޫރިސްޓުން މި އަހަރު އިތުރުވި ނަމަވެސް ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ގައުމުގެ ސަރުކާރުން ވަނީ ޓޫރިސްޓުންގެ ދަތުރުތައް ހަމަޖައްސާ އެޖެންސީތަކަށް އާ ދަތުރުތައް ނެގުން މެދުކަކޑާލުމަށް އަންގާފަ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަހަރު މި އަދަދު ދެ މިލިއަނަށް އަރުވަން މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުކަންތައް
28 January 2020
ކަންތަކާ ޖެހުނީނު ދެން. ފަތުރުވެރިކަމުގެ ނަމްބަރ1 ޕްރޮޑަކްޓަކީ ޗައިނާވީމަ ދެން އެމީހުން އައުން މަނައެއް ނުކުރެވޭނެ ވައިރަސް އަރާއިރުވެސް.
ލަކީ ޑުރޯ ރައީސް
28 January 2020
އިންޑިއާއިން އަންނަ ގިނަމީހުންނަކީ ހޮލިޑޭއަށް އަންނަ ބައެއްނޫނޭ، އެއީ ޓޫރިސްޓު ވިސާގައި ލުނބޯމިރުސް، ގަރަމްމަސާލާ ވިއްކަން އަންނަ އުނގުވިޔަފާރި ވަގުވިޔާފާރިކުރާ ކުރިމިނަލުންނޭ.
ދޮންމަނިކް
27 January 2020
ރިސޯޓް ހަދަން ރައްނަގާފައި ވިއްކާލަނީ ކޮބާ އެއިން ސަރުކާރައްލިބެންޖެހޭ ޓެކްސް ....
ދޮންވެލި
27 January 2020
ޓޫރިޒަމްގެ ފައިދާ ލިބެނީ ސިޔާސީ މީހުންނަށާއި ބޭރު މީހުންނަށެވެ. އާއްމުން ޓެކްސް ދައްކަން ވީ އެވެ. ފައިދާ އެއް ނުވެ އެވެ.
ގާގާ
27 January 2020
ކޮބާ ލިންކް ތިބަލަނެ
ހިޔާލެއް
27 January 2020
ރާއްޖެ އަށް ވަންނަ މީހުންގެ އަަދަދު ހާމަ ކުރުމާއި އެކު އެއިގެ ތެރެއިން ބޭރު ވީ ކިތައް މީހުން ކަމާއި ބޭރު ނުވަނީ ކިތަށް މީހުން ކަންވެސް ހިމަނާލުން ރަނގަޅު ކަމުގައި ދެކެން. ސަބަބަކީ މިފަހަރު 2 ވަނަ އަށް ތިޔަ އެރިގައުމުގެ މީހުން ގައުމު ތަކަށް އަރާފައި ފައިބަން ނޭނގޭ ކަން އެއީ ވަރަށް ގިނަ ބަޔަކު ދަންނަ ސިއްރެއް. އެކަމަކު ވެސް އަހަރެން އުއްމީދު ކުރަނީ ބަންގްލަދޭޝުން ޓުއަރިސްޓުން ގޮތުގައި އަންނަ މީހުން މިހާރު ވެސް މޮނިޓަރ ކުރަމުން ދާނެ ކަމަށް.
ކަރީމުއްދީން ބާޝާ
27 January 2020
ރަށުރައްޔިތުން ރަށަށްއަންނާނެދޯ. އެމީހުން އެއީ ޓުއަރިސްޓުންކަމަށްވެސް މިހާރަކުނުބެލޭނެ. މީ އެމީހުންގެވެސް ގައުމު.
މަނިކެ
27 January 2020
ތިއައި ގިނަ ޓުއަރިސްޓުން އެބަތިބި ރާއްޖޭގެ ރިޒޯޓްތަކުގެ ވަޒީފާތަކުގަ. ޙާއްސަކޮށް ފޯސީޒަންސް ލަނޑާގިރާވަރުގަ