ޖޭއެސްސީގެ މެމްބަރުންތަކެއް: ފަނޑިޔާރުންނަށް ވެސް ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީއެއް ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
03 ފެބުރުއަރީ 2020 - 13:45
ވިހެއުމާ ގުޅިގެން ދައުލަތުގެ މުވައްޒަފުންނަށް ދޭ ހަ މަހުގެ ޗުއްޓީ ފަނޑިޔާރުންނަށް ވެސް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީ ދިނުމުގެ އިތުރަށް އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް އެއް މަހުގެ ޗުއްޓީއެއް ދައުލަތުގެ ގިނަ މުއައްސަސާތަކުން މިހާރު ދެ އެވެ. އެކަމަކު ފަނޑިޔާރުންގެ ގާނޫނު އޮތް ގޮތުން ފަނޑިޔާރުންނަށް މުސާރަ ލިބޭ ގޮތަށް ދެވެނީ އަހަރަކު އެއް މަހުގެ ޗުއްޓީއެއް ކަމަށް ވާތީ އެ މުއްދަތުގެ ޗުއްޓީއެއް ނުލިބެ އެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަންހެން ފަނޑިޔާރުން ވިހެއުމާ ގުޅިގެން ހަ މަހުގެ ޗުއްޓީއެއް ދިނުމަށާއި އަނބިމީހާ ވިހެއުމުގެ ފިރިހެން ފަނޑިޔާރުންނަށް އެއް މަހުގެ ޗުއްޓީ ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފެންނަ ކަމަށް ބަންޑާރަ ނައިބުގެ އޮފީހާއި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ވިހެއުމާ ގުޅިގެން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ޗުއްޓީ ދޭން މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަާއަބްދުލް
06 February 2020
އަންހެން ފަޑިޔާރަކު އަހަރަކު ެއެއްފަހު ވިހެޔަސް އޭނަ ހުންނާނީ އަހަރީ ޗުއްޓީ އާއި އާއިލީ ޗުއްޓީ އާއި ވިހެޔުމުގެ ޗުއްޓީ އާ އެކު އަހަރަކު 8 މަހުގެ ޗުއްޓީގައި އަހަރަކު ޚިދުމަތް ކުރެވޭނީ 4 މަހަށްވުރެން މަދުން
ހިސާނު
03 February 2020
އަންހެން ފަނޑިޔާރު އަހަރު ދެކޮޅު ވިހަން ފަށައިފިއްޔާ ކޮން އިރަކުތޯ ފަނޑިޔާރު ކަން ކުރާނީ
އިންލި
03 February 2020
މައިސަރުކާރު އެއްކޮ ޗުއްޓީއަށްދޭޭޭޭ.......
ކިހިނެއްވީ
03 February 2020
%50 އަށް އަންހެނުން ވައްދާ ށެވެ.
ޖޭސީ
03 February 2020
ޢާންމު މީހަކަށް ލުއެއްދެންޏާ އެ ލުއެއް މިމީހުނަށް ލިބެންޏާ، ޢާންމު މީހުނަށް މިމީހުނަށް ލިބޭ ފަސޭހަތަށްވެސް ލިބެންޖެހޭ! ކީއްވެ ފަނޑިޔާރުން ބޭނުން ގަޑިއެއްގަ އައިސް ބޭނުން ގަޑިއެއްގަ ގޮސް ހަދަނީ ؟؟؟؟
ރައިޔަތުމީހދ
03 February 2020
ދިވެހި ހަމަ ކޮއްމެ މީހަކަށްމެ 6 މަހުގެ ޗުއްޓީއެއް ދެވެންވާނެ، އެހެން ނެހެދޭ ކަމަށް ވާނަމަށް ހުރިހާ ދިވެހިންނަށް ވެސް 30 ދުވަުހުގެ ޗުއްޓީ ލިބެންވާނީ. ގާނޫނު އަސާސީ ކުރިމަތީގަ ހުރިހާ ދިވެހިން ވެސް ހަމަހަމަ. ޓެކުސް ދައްކަނީ ހަމަހަމަޔަށް. ފަނޑިޔާރުންނަށް ވީތިވެ ގިނައިން ޓެކްސް އެެއް ނުދައްކާ. ވީމާ ޓެކުސް ލާރިން ފަނޑިޔާރުންނަށް 6 މަސް ދުވަހުގެ ޕޭ ލީވް ލިބޭކަށް ނުޖެހޭ
ހަވީ
03 February 2020
ޤާނޫނު އަސާސީ ގައި ސަރީޙަ ޢިބާރާތުން ލިޔެފައިވަނީ ފަނޑިޔާރުން އެމީހުންގެ ހުރިހާ ވަގުތެއްމެ ތަޚުސީސް ކުރަންވާނީ މައްސަލަތަކާއިމެދު ވިސްނުން ހިންގާ ފިކުރު ކުރުމަށް ކަމަށް! ބަަލަ މީގެ ގިނަމީހުނަށް ވަގުތަށް އޮފީހަކަށް ނާދެވޭ! މައްސަލަލާތާ އެތައް އަހަރެވާއިރު ނުހިންގާ މައްސަލަ އެބަހުރި! ހަދަނީ ބޭނުން އެއްޗެއް! އާދައިގެ މީހަކު މިގޮތަށް އުޅެބަލަ ވާއެއްޗެއް ބަލަން! ވަކިކޮށް އެއްލާލާނެ! ގިނަ ފަނޑިޔާރުންނަކީ ވަކީލުންގެ ޝަރުތުވެސް ހަމަނުވާމީހުން!
ކިޔު5
03 February 2020
ދައުލަތުގެ އަންހެން މުވައްޒަފަކު ވިހައިފިނަމަ 6 މަހުގެ (ވިހެއުމުގެ ޗުއްޓީ) ލިބޭ ނޫންތޯ؟! ފަނޑިޔާރުންގެ ތެރޭގައި އަންހެން ފަނޑިޔާރުންވެސް އުޅުއްވާ ނޫންތޯ!؟ ނަމަވެސް، އަންހެން ފަނޑިޔާރަކު ވިހެޔަސް މި 6 މަހުގެ ޗުއްޓީ ފަނޑިޔާރަކަށްވީތީ މިހާތަނަށް ނުލިބޭ!! އެވެސް ހަމަ އަންހެނެއް! ވިހަނީ ހަމަ މައުސޫމު ކުޑަކުއްޖެއް! ފަނޑިޔާރަކަށްވީތީ މި އަންހެނާއާއި މި ތުއްތު މައުސޫމު ދަރިފުޅުގެ ހައްޤުތައް ނުދޭންވީތޯ!؟ ވ ދެރަވޭ ތިޔަކަހަލަ ހަސަދަވެރި ކޮމެންޓް ފެނުމުން.