އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުމަތީގައި: ފިޔޯރީން ގަނެގެން އައްޑޫ ހިތަދު އަށް ގެންދިޔަ ލޯންޗެއްގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑުން އަންނަނީ އެ އުޅަނދު ހޯދަން ފަށާފައި.---ފޮޓޯ: މިހާރު
07 ފެބުރުއަރީ 2020 - 01:07
މި ލޯންޗު ރޭ ފަތިހު ހަތަރެއް ޖަހާކަން ހާއިރު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި، ލޯންޗު ފެނުނީ ހިތަދޫގެ އުތުރުން 15 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނޭ. ލޯންޗު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރޭ ފަތިހު 5:30 ހާއިރު ހިތަދު އަށް ގެންގޮސްފައި، އޭގައި ދަތުރުކުރި ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނޭ.
ގދ. ފިޔޯރީން ފުރައިގެން އައްޑޫ ހިތަދު އަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓް ގާޑުން އެ ލޯންޗު ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ފިޔޯރީން ގަނެގެން ހިތަދު އަށް ގެންދާ "މިހޯ ޕެލަސް" ލޯންޗުގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓު ލިބުނީ ރޭ 11:33 ހާއިރު ކަމަށެވެ. ހިތަދު އަށް ދާން އެ ލޯންޗު ފުރީ އިއްޔެ އިރުއޮއްސި 6:45 ހާއިރު ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުންޏެވެ.
ލޯންޗު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓް ގާޑް ސްކޮޑަން ވަނީ އެ ލޯންޗު ހޯދުމަށް ހަރަކާތްތެރިވާން ފަށައިފަ އެވެ. އަދި ކޯސްޓް ގާޑް، ދޮށިމޭނާ ލޯންޗުން ދަނީ ހިތަދޫ ކޯއްޓޭ ސަރަހައްދުން ފެށިގެން 14 މޭލު ބޭރުން [ފުވައްމުލަކާ ދެމެދު] ލޯންޗު ފެނޭތޯ ހަރަކާތްތެރިވަމުންނެވެ.
ލޯންޗުގައި ހުރި މީހަކާ ދަންވަރު 12:05 ހާއިރު ގުޅުމަށް ފަހު، ދެއްކި ވާހަކަ ސާފުނުވެ އުޅެނިކޮށް ފޯނުގެ ރޭންޖު ކެނޑިފައިވާ ކަމަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވީގޮތޭ
07 February 2020
ތިޔަ ފޯނުގެ ސިގްނަލް ލިބުނު ޕޮސިސަން ސާވިސް ޕްރޮވައިޑަރ އަށް އެގޭނެކަމަށް އުއްމީދުކުރަމެވެ.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
07 February 2020
އިންޝާﷲ އަޅުގަޑުމެންގެ މިލިޓަރީއަކީ ފަހުރުވެރި ހުނަރު ކަނޑުފަޅު އިގޭ ޖެހޭ އޮޔާވައި އިގޭ ބޭފުޅުން. އިންޝާﷲ ފެންނާނެ.