އިންޑިއާގެ ޑިފެންސް މިނިސްޓަރާ މާރިއާ ސަލާމްކުރައްވަނީ
08 ފެބުރުއަރީ 2020 - 18:36
ނުރައްކާތެރި ހާލަތްތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ސިފައިން އަޅާ ހެދުން ނުވަތަ ޕްރޮޓެކްޓިވް ގިއާ، ދިވެހި ސިފައިންނަށް އިންޑިއާއިން ދިނުމަށް މަޝްވަރާކޮށްފި އެވެ.
ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު މިދިޔަ މަހު 31 ވަނަ ދުވަހު ރާއްޖެ އައުމުން އޭނާ ކަރަންޓީން ކުރަން ގެންދިޔައީ ސިފައިންނެވެ. އެ ދުވަހު ސިފައިން ތިބީ ވެސް، ނިވާވުމަށް ހާއްސަ ހެދުމެއް ލައި މާސްކް އަޅައިގެންނެވެ.
މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ އަށް ކުރެއްވި ދަތުރުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގާ ބައްދަލު ކުރައްވައި އެ މަޝްވަރާތައް ކުރައްވާފައިވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ސިފައިންގެ ރައްކާތެރިކަމާ މެދު ވާހަކަ ދައްކަވަމުންނެވެ.
މާރިޔާގެ މި ދަތުރުގައި ވަނީ އިންޑިޔާގެ އަސްކަރިއްޔާގެ މެޑިކަލް ކޯގެ އިސް ޖެނެރަލުންނާއި ޑޮކްޓަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ވައިރަހާ ގުޅިގެން ގާއިމު ކުރާ އައިސޮލޭޝަން ސެންޓަރުތައް ހިންގުމާ ބެހޭ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާތަކާ ގުޅޭގޮތުންނާއި ވައިރަހަށް ޝައްކު ކުރެވޭ މީހުން އިވެކުއޭޓް ކުރުމުގައި އުޅޭ ދިވެހި ސިފައިންނަށް، ޕްރޮޓެކްޓިވް ގިއާ ހޯދުމާ ގުޅޭގޮތުން އެ ބޭފުޅުންނާ ވެސް މަޝްވަރާ ކުރެއްވި އެވެ.
އެ ބައްދަލުވުންތަކަށް ފަހު އިންޑިއާގެ ބައެއް ޓީވީ ޗެނަލްތަކަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ މިދިޔަ އަހަރަކީ ދިފާއީ އަދި އަސްކަރީ ރޮނގުން ދެ ގައުމަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި އަސްކަރީ ގުޅުން ވަރުގަދަކުރުމުގައި ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށެވެ.
އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި، "ސީޖީއެސް ކާމިޔާބު" ފަދަ އިތުރު އުޅަނދެއް ހޯދުމަށް ރާއްޖެއިން ޝައުގުވެރިވާކަން އިންޑިޔާ ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ""ޕޮޒިޓިވް ސިގްނަލެއް" ލިބިފައި ވެ އެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭން އެދޭ ކޮންމެ ކަމެއްގައި ވެސް އެއްބާރުލުން ދޭން އިންޑިއާއިން އޮންނަނީ ތައްޔާރަށް ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ގިނަ ދާއިރާތަކަކުން އިންޑިއާގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިލް
09 February 2020
އިންޑިއާ ކައިރިން އެވަރަށް ސަލާންޖަހާތީ ހާދަ ލަދެއް އެބަ ގަނެއޭ. މައުމޫން ޒަމާނުގައި މިގައުމު އޮތީ ވަރަށް ބޮޑަށް ތަރައްގީނުވެ. އެއިރު ކޮންމެ އެއްޗަކާ އެހީއެއް އިންޑިއާއިން ހޯދުމުގެ ސަގާފަތެއް އޮތަސް މިހާރު ދިވެހިންނަކީ އެއަށްވުރެ ގާބިލް ކިޔަވައިގެން ތިބި ކަންކަން ކުރަން އެނގޭ ތަންދޮރުދަންނަ މީހުން ވަރަށް ގިނަ ގައުމެއް. އެއްކަލަ ބޯދާ ގޮތުގައި ނުތިބެ އާ ގޮތަކަށް ކަންކަން ކުރަން ހަމަ ނޭނގެނީތޯ؟
ސައިނީ
09 February 2020
މިހާރު ތީ ވަރަށް ފޭކް ނިއިސްއެއްކަން މަށައް ޔަގީން ވެއްޖެ
ހަޤުބަސް
09 February 2020
ރައިސް ޔާމިން ރާއްޖެ ތަރައްގީ ކޮއްދިނީ އިންޑިޔާގެ ދަށުވެގެންނެއްނުން. ވެރިކަން ކުރަން ނޭގެންޏާ ރޔާމިނާ އަނެއްކަވެސް ހަވާލުކުރަންވީ.
ޢާމާ ޢަދުރޭ
10 February 2020
ޔާމީން ކުރީ ކޮންތަރައްގީއެއްބާ ފެނުނީ އިންތިހާޔަށް ވަށްކަން ކުރަމުން ބައިވެރިން ގޮވާގެން ކުރިޔަށޭ ކިޔާފަ ދިޔަތަން
އަޅުވެތި
09 February 2020
އިންޑިއާއިން އެހާ ބައިވަރު ތަކެތި ހިލޭ ހޯދީމަ އެކަމުގެ އަގު ފަހުން ނުނަގާ ނުތިބޭނެ. ފަހުން ހިތާމަ ކުރާނެ ބަދަލުގައި ދޭންބުނާ އެއްޗެހީގެ ސަބަބުން. މިވަގުތު ހިލޭ ވެދާނެ. ފަހުން އެ ދިން ތަކެއްޗާ އަޅުވާ ކަންކަމަށް އެދޭނެ. އެތައް އެއްޗެއް ބަލައިގަނެވިފައި ހުރީމަ ދެން މިކޮޅުން ނުދީ ނުވެގެން ކޮންމެފަދަ އެއްޗެއްވެސް ދޭންޖެހިދާނެ.
ހޮޓްކިންގ
09 February 2020
މިސަރުކާރުން މިފެންނަނީ ވަރަށް ލަދުވެތި ޢަމަލުތަކެއް. ދައުލަތަކުން ދައުލަތެއްގައި އެދިގެން ހޯދާކަހަލަ އެހީގެ ވާހަކައެއްނޫން ތިދައްކަނީ. ލާނެ ހަރުވާޅު ބާވީމާ އެފަދަ ހަރުވާޅެއް ހޯދާކަހަލަ ވާހަކަ ދިއްކަނީ. ޗައިނާއާއި ރަނގަޅު ގުޅުމެއް އޮތްނަމަ ތިޔަފެންވަރަކު ނޫން ދިވެހިން މިއަދު އުޅޭނީ. މީ ސަރުކާރެއް ހިންގުންތޯ؟
ދެރަވ
09 February 2020
މާތްރަސްކަނލާންގެއާވަކީލް. އެތައް ބައިވަރު ފަތުރުވެރިންނެއް އަންނަވާަހަކަ ފޮނިވެފަ ޓީވީތަކުން މިނިސްޓަރުން ގޮވާނަގާފަ. ދެން ދަނީ ބިޒިނަސްކްލާހުން ޓިކެޓްނަގައިގެން ސަލާންޖަހަން. މާރިޔާ ކަނޑައެޭ އިސްތިއުފާ. އަދި ނަޝީދު އާއި އިންޑިއާ ނޫން އެހެންގޮތެއް ދިވެހިން ހޯދަންއެބަޖެހޭ.
އަހްމަދުކަލޯ
09 February 2020
ޗައިނާ ކިހިނެއްވަނީ
ވަތުބަތާނަ
09 February 2020
ތިކުރާ ކަންކަން އެއްގޮތަކަށްވެސް ބަލައި ގަނެވޭކަށްނެތް! ތިފަދަތަކެތި ސަލާން ނުޖަހައި ހޯދެންޖެހޭނެ.
ލަދުން ބޯހަލާކު
09 February 2020
ފަސްލައްކައެންހާ މީހުން 190 އަށް ވުރެ ގިނަރަށުގައި ވަޒަންވެރިކުރުވައިގެން ދައުލަތުގެ އާމްދަނީގެ 70 ޕަސެންޓް ރިކަރަންޓު ހަރަދަށް ތަޅާބުރުވާފަ ހުރިހާކުންފުންޏަކަށް ސަބުސިޑީދީފަ ހޭވައްޓާލާފަ ދުނިއޭގަ ސަލާންޖަހަން އުޅުނީމަ ތިހިންގެނީ ގައުމު
ރީތި މޫސަ
09 February 2020
އަދި އިތުރުން އެމީހުންގެރިގުއިކޮޅެއްވެސް އަތުލާތި ދުނިޔޭގެ ތަހްޒީބުވެފައިވާ ޤައުތަކާގުޅިގެން އުޅުމުގެބަދަލުގަ އަބަދުވެސް މިމީހުންމިއުޅެނީ އިންޑިޔާމީހުންގެ އުނގަށްވަންނަން މިދެންކިހާބޮޑުކަމެއް
ކަނބިލި
08 February 2020
އަޅެ މިވެރިންނަށް ސަލާންޖެހުން ނޫން ކަ މެއް ކުރަންނޭގެނީތަ. އަ މިއްލަ ފުދުންތެރިކަ މެއް ހޯދު މުގެ އެއްވެސް ވިސްނު މެއް ނެތީ. އެހެން ގައު މުތަކުން ބަލަނީ އެހެން ގައު މުތަކަށް ބަރޯސާވުން ކުޑަވޭތޯ. މިވެރިން މިބަލަނީ އެހެން ގައު މުތަކުގެ އުނގައްވެއްޓި ގަނެވޭތޯ. އަޅެ އެވެރިން މަލާމާތްވެސް ކުރާނެނު