ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ޕޯސްޓަރެއް: ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައި
14 ފެބުރުއަރީ 2020 - 16:21
ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި ހަތް އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުުގެ އަންހެން ކުއްޖެއްގެ އިތުރުން 13 އަހަރުގެ ފިރިހެން ކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓު މިދިޔަ ބުދަ ދުވަހު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އުމުރުން 22 އަހަރުގެ ފިރިހެނަކު އިއްޔެ އަދި މިއަދު 30 އަހަރުގެ ފިރިހެނަކު ވެސް ހަައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހަައްޔަރު ކުރުމުގެ އިތުރުން އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާމީ
14 February 2020
ޖެންޑާމިނިސްޓްރީއާއި ފެމެލީކޯޓާއި ކުޑަކުދިންގެ ކަންތައް ބަލާ ޕޮލިސްގެ އިހުމާލު ވަރަށްބޮޑު! އަހަރެން މިތަންތަނަށް މައްސލައެއް ވައްދައިގެން އުޅޭތާ 5އަހަރުވެއްޖެ އަދި ކަހާތަން ހިރުވާވެސް ނުލާ. މިހާރު އޮންނާނީ ހިއުމަންރައިޓަސްއަށްވެސް މިކަން އިންޒާރުކޮށްދީފައި.
އެންޓި
14 February 2020
ޝިދާތާ އެކަމަކު އިސްތިއުފާދީފި. މިކަން އަދިވެސް ނުހުއްޓޭ؟
ޑާޑާ
14 February 2020
މި ހަޑިހުތުރު އަމަލުތައް ހިންގުމުގައި މާލެ ނޫން ރަށްރަށުގެ މީހުން މިއުޅެނީ ހާދަ ކުރީގައޭ އުތަ، މިހުރިހާ ކޭސްތަކެއްގަވެސް %99 މީހުންނަކީ ހަމަ މާލެ ނޫން ރަށްރަށުގެ މީހުން، ކީއްވެގެންބާ! ކައިބޮއެ އުޅޭ އެއްޗެއްގެ ސަބަބުންބާ ނޫނި އުޅެބޮޑުވާ މާހައުލުގެ މައްސަލައަކީބާ!؟