ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު. އޭނާ މިރޭ ފުލުހަށް ހާޒިރުވާން ވަނީ އަންގާފައި
22 ފެބުރުއަރީ 2020 - 17:29
ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުކަމަށް އިދިިކޮޅު ޕީޕީއެމުން މި ފަހަރު ވާދަކުރައްްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ޕީޕީއެމުން ބުނީ، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒު މިރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވެ އެވެ.
އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް މުއިއްޒު ވާދަކުރައްވާނެކަން އިއުލާން ކުރުމާ އެކު، އެމްޑީޕީން އެންމެ ބޮޑު ރައްދެއް ދީ، ބަހުގެ ހަމަލާތައް ދޭން ފަށާފައިވާ އެއްބޭފުޅަކީ އެއީ ކަމަށް މިހާރު ވަނީ ވެފަ އެވެ.
ލޯކަލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އެންމެ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވީ މުއިއްޒަށެވެ. އެގޮތުން، ފާޑުފާޑުގެ ވަނަންތަކުން މުއިއްޒަށް މުހާތަބު ކުރައްވައި ޖަލްސާގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޖޯޝާއި ފޯރި އިތުރު ކުރުމުގެ އުކުޅަކަށް ވެސް ނަޝީދު ބޭނުންކުރެއްވީ މުއިއްޒުގެ ނަމެވެ.
މުއިއްޒު، މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ލައްވައި، ކެމްޕެއިނަށް ތައްޔާރުވެވަޑައިގަތުމާ އެކު، މިހާތަނަށް ފައިލް ނުހުޅުވައި އޮތް މައްސަލައިގައި ކުއްލި ގޮތަކަށް މިރޭ ފުލުސް އޮފީހަށް އޭނާ ހާޒިރުކުރާއިރު، އެމްޑީޕީ އަކީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރުމާއި ދައުވާ ކުރުން ފަދަ ކަންކަމާ ދެކޮޅު ޕާޓީ އެކެވެ.
މިހާރު ރާއްޖޭގައި އޮތީ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ސަރުކާރެކެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޕާޓީ އަކީ އެއީ އެވެ.
މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ މާލޭގެ މޭޔަރުކަމަށް އޭނާ ނުކުންނަވަން ނިންމެވުމާ އެކު، އެމްޑީޕީ ބިރުގެންފި ކަމަށާއި އޭނާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގަން މި ސަރުކާރުން ނިންމީ އެހެންވެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނުކުންނަވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަދި، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު މިދިޔަ ހަފުތާގައި ވިދާޅުވީ މުއިއްޒުގެ މައްސަލަ މިހާރު ފުލުހަށް ފޮނުވާފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ.
ލޯކަލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވެސް އެންމެ ބޮޑަށް ބަހުގެ ހަމަލަތައް ދެއްވީ މުއިއްޒަށެވެ. އެގޮތުން، ފާޑުފާޑުގެ ވަނަންތަކުން މުއިއްޒަށް މުހާތަބު ކުރައްވައި ޖަލްސާގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޖޯޝާއި ފޯރި އިތުރު ކުރުމުގެ އުކުޅަކަށް ވެސް ނަޝީދު ބޭނުންކުރެއްވީ މުއިއްޒުގެ ނަމެވެ.
"ކުރީގެ ސަރުކާރުން ބަލަން ޖެހޭ ވަރަށް ކަންތައްތައް ނުބަލައި އެ ކަންތައްތައް ކުރެވުނީމާ މިހާރު އަޅުގަނޑުމެންނަށް މިހާރު މިބަދަލު ދޭން ޖެހުނީ. ސެޓުލްމެންޓް ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ވާނެ އެޓާނީ ޖެނެރަލްގެ ފަރާތުން ފުލުހަށް ހުށަހަޅާފައި. އޭރުގެ ހައުސިން މިނިސްޓަރުު ޑރ. މުއިއްޒުގެ ޖިނާއީ ތަހުގީގެއް ކޮށް، އެ މައްސަލަ ޕްރޮސެކިއުޓާ އަށް ފޮނުވަން އަޅުގަނޑުމެން ވާނެ ކޮމިޓީގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައި،" އަމީރު އޭރު ވިދާޅުވި އެވެ.
ކޯޓުން ބޭރުގައި ނޫމަޑި އަށް ބަދަލު ދޭން މިހާރުގެ ސަރުކާރުން އެއްބަސްވީ އެމްޑީޕީގެ ސަރުކާރުން 2011 އާާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައި، ހައުސިން ޔުނިޓްތަކެއް އަޅަން ވީ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުންނެވެ. އެ އެއްބަސްވުންތަކުގެ ދަށުން ނޫމަޑި އަށް ލަގުޒަރީ ވިލާ އަޅާށާއި ރިސޯޓް ހަދަން ދެ ރަށެއް ދިނެވެ.
މި ސަރުކާރުން ބުނާ ގޮތުގައި ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަ، އާބިޓްރޭޝަން ނިމޭ ގޮތަކުން ބަދަލަށް 200 މިލިއަން ޑޮލަރު ވެސް ދޭން ޖެހުނީހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
12 April 2020
މާލޭރައްޔިތުންނާ ރާއްޖެތެރޭ ރައްޔިތުންވެސް މިފަހަރު ހޮވާނީ ޕީޕީއެމްގެ ފަރާތުން ނިކުންނަ ކެންޑިޑޭޓުން ރައްޔިތުން މަގުމަތިކޮއް ރަށައްދާންގޮވާ ހޮޅިމުއިއްޒުއައްގޮވާ ގަދަބަސްބުނާނި ކަމެއްނެތް
އާޒިމާ
23 February 2020
ހުރިހާ ރައްޔިތުން ވޯޓް ލާންވާނެ. ވޯޓް ލާން ނުނުކުތުމަކީ، ގައުމުގެ ޙާއިނުންނަށް ގައުމު ދިނުން. ހުސް ކޮރަޕްޓް މީހުން ގައުމުގެ އިސްމަގާމު ތަކަށް ހޮވޭނީ. މިކަން ހުއްޓުވޭނީ ނިކަން ކެރޭ އިލްމީ ގާބިލް ގައުމުގެ މުސްތަގްބަލަށްވިސްނާ ދަރިންތަކަކަށް ދިވެހިން ވެގެން. ޣާފިލު ކަން ދޫކޮށްލާ ހީވާގިވެ މި ކޮރަޕްޓް ސަރުކާރު ސައިޒް ކުރަންއެބަޖެހޭ. އެމީހުންގެ ގާތް ޑރ ޝަހީދުވެސް ބުނީ މިހާ ކޮރަޕްޓް ސަރުކާރެއް ދުނިޔެވެސް ދެކިފައިނެތްކަމަށް.
އައްލާބެ
22 February 2020
މިހާރުތާ މިއިނގެނީ ހިއތިރިކުިރާށޭ ކިޔާފަ މައުމޫނު ސަރުކާރުގައި ހިންގާފައި ހުރި ޙިޔާނާތާ މިހެންގޮސް އެދިގުރާސްތާ 30 އަހަރު ކޮއްފައިފާ ކަންތައްތައް ނުބެލީ މިމީހުންވެސް ހަމަ އެގޮތައް ކަންކަން ކުރަންކަން އެޖީއެމްއާރް އަށް ބަދަލް ދޭންޖެހުނީ ހަމަ އެމްޑީޕީސަރުކާރުން އެއަރޕޯޓް ޖީއެމް އާރ އައް އެއަރ ޕޯޓްދިނީމަ ވީމާ މިކަމުގެ އިހްމާލް ވީ ފަރާއްތައްވެސް ސަރިޔަތައް ގެންދަންޖެހޭނެ ކޮބާތޯ އެމް އެމް ޕީއާރ ސީގެ ރުފިޔާތައް ވަންކަމައް ބުނާ އެކައުންޓްތަކުގެ ވެރިން
އަނިޔާ
22 February 2020
ހާދަހާ ބޭއިންސާފުގެ ސަރުކާރެކޭދޯ މުއީޒުގެ ޕޮޕިއުލަރަޓީ މަތިވާތީ ތިއުޅެނީ އޭނާ އަށް ނުހައްގުން އަދަބުދޭން ހާދަހާ އިންސާފުވެރި ބަޔެކޭދޯ ނުހައްގުން އަނިޔާދީ ތިޔަހާ އަނިޔާވެރި ނުވުމަށް މިސަރުކާރަށް ގޮވާލަން
ސަފާ
22 February 2020
ބަދަލު ހިފުމުގެ ރޫހުން އެއްކިބާވެ ޑިމޮކްރެޓިކް އުސޫލްތަކަށް ޖާގަ ދޭން ޖެހޭ. އެނޫން ގޮތަކަށް މިތަނަކަށް ހަމަޖެހުން އަންނާނެ ގޮތެއް ނުވިސްނޭ
އުމަރުބެ
22 February 2020
ހެޔޮނުވާނެ މުއިއްޒު މަޝްހޫރުކުރަން ޕޮލިހަށް ނުގެންދޭ، އިލެކްޝަނަށް ފަހުގައި ގެންދޭ، މިހާރު ގެންދިޔައީމާ އޭނާއަށް ލިބޭނީ އިތުރު ތާއިދު، އަހަރެން ބޭނުމެއްނޫން މުއިއްޒު އަށާއި އަދި އަލްހާނު ފަހުމީއަށް މާލޭގެ މޭޔަރުކަން ލިބެން
ސާބަސް1
22 February 2020
ކުރީގެ ސަރުކާރުން ކޮށްފައިވާ ކަމަކާ ގުޅުވައިގެން މުޢިއްޒުގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށް ފުލުހަށް މައްސަލަ ހުށަހެޅުމުން ފުލުހުން މައްސަލަ ތަޙްޤިޤުކުރޭ އެކަމަކު މަދަނީ އެއްބަސްވުމަކާގުޅޭ މައްސަައެއް އެހެން ފަރާތަކުން ފުލުހަށް ހުށަހެޅިޔަސް ދޭ ޖަވާބަކީ މަދަނީ މައްސަލަތަކަކީ އަމިއްލަޔަށް ޝަރީޢަތަށް ހުށަހަޅާއިގެން ކުރިޔަށްގެންދަންޖެހޭ މައްސަލަތަކެއްކަމަށް 08 ފެބުރުއަރީގަ މުޅި ރާއްޖޭގަ ހުޅުޖެހި މައްސަލަ ތަޙްޤީގުކޮށް ދަޢުވާކުރުން މާ މުހިންމު
މުރާސިލް
22 February 2020
ބަޔަކަށް ގޮތްހުސްވެ ހިނގާނެ މަގު ގެއްލި ފެއިލްވާނީ ތިޔަވަރަށެވެ. ޤައުމުން ލިބެން އޮތް ހުރިހާ އެއްޗެއް ހިތަކަށް ތިމާމެންނަށް ލިބުނީމާވެސް މިފެންނަނީ ކުރިއަށް ނުދެވޭ ތަނެވެ. އުއްމީދަކީ މާލޭގެ މޭޔަރުގެ މަޤާމަށް ޑރ.މުއިއްޒު އިންތިޚާބު ވުމެވެ. ރައީސް ޔާމިން ގެނެސްދެއްވި ތަރައްޤީގައި އެންމެ މުހިއްމު މަސައްކަތްޕުޅު އަމަލީގޮތުން ކުރެއްވި ބެފުޅަކީ ޑރ މުއިއްޒަށް ވުމުން މާލެފަދަ ސިޓީއެއް އިތުރަށް ތަރައްްޤީ ކުރުމަށް ޑރ.މުއިއްޒު އެއީ އެންމެ ރަނގަޅު ނަމެވެ.
ދަންފުޅިބޭ
22 February 2020
ތިޔަ ތައްޔާރުވެވެނީ އަމިއްލައަށް އަރަން.
ދިވެއްސެއް...
22 February 2020
އިންތިހާބާކާ ދިމާކޮށް މީހުންގެ މައްޗަށް ތަހުގީގުތައް ފެށުމަކީ އަހަރެން ދެކޮޅުކަމެއް. ނަމަވެސް ތިޔަ މުއިއްޒު ސޯޝަލް ފްލެޓް ތަކަށް ހެދިގޮތް އަދިވެސް ހަދާން ނުނެތޭ. އޭނައަށް ކޮންމެވަގުތަކު ތަހުގީގު ކުރިޔަކަސް، އެމައްސަލަ ޝަރީއަތައްގޮސް ހުކުމާ ހަމައަށް ދަންޏާ އަހަރެންގެ މައްސަލައެއްނެތް.