27 ފެބުރުއަރީ 2020 - 14:07
ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައި ވިޔަސް ރާއްޖޭން މިއަދު އުމްރާ އަށް ފުރާ މީހުންނަށް ހުރަހެއް ނެތް ކަމަށް ބުނެފި އެވެ.
ސައޫދީގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އުމްރާ އަށް މީހުން ދިއުން ވަގުތީ ގޮތުން ހުއްޓުވީ ސައޫދީ ރައްޔިތުންނާއި ހަރަމްފުޅުތަކަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.
މި ނިންމުމާ އެކު، ރާއްޖޭން އުމުރާ އަށް ފުރަން ތައްޔާރު ވެފައި ތިބި ބައެއް ޖަމާއަތްތަކަށް ނުފުރިދާނެ ކަމުގެ ބިރު ހީވި އެވެ. އޭގެ ތެރޭގައި މިއަދު 49 މީހުންނާއެކު އުމްރާއަށް ފުރަން ތައްޔާރުވެފައިވާ ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕު ވެސް ހިމެނެ އެވެ.
މިއަދު ހަވީރު ސައުދީ އެއާލައިނުން ފުރާ ނަވާ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފުރުމަށް ހުރަހެއް ނެތް ކަމަށް ސައުދީ އެއާލައިނުން ވެސް ވަނީ އަންގައިފަ އެވެ. އަދި ހުރިހާ އެންމެންނަށް މިހާރު ވިސާ ވެސް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އެޑްވާސް ޓީމްގެ ދެ ބޭފުޅުން ވެއްޖެ ދެ ދުވަސް ކުރިން ގޮސް. މިއަދު ފުރޭނެ ކަމަށް އަންގާފައި އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމްރާ އަށް ނުދެވޭނެ ކަމަކަށް ސައުދީގެ އެއްވެސް ރަސްމީ އިދާރާއަކުން އަންގާފައިނުވާ ކަމަށެވެ. އުމްރާ އަށް ދިއުން ވަގުތީ ގޮތުން މަނާކުރާ ނަމަ، މިހާރު ފުރަން ތައްޔާރުވެފައި ތިބި މީހުންނަށް އެ ފުރުސަތު ދިނުމަށް އެދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ވައިރަސް ފެތުރޭ ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، އެ ގައުމުން ވަނީ ވިސާއާ ނުލައި، އައިޑެންޓިޓީ ކާޑު ބޭނުންކޮށްގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކުގެ މީހުން އެ ގައުމުތަކުގެ ދެމެދުގައި ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވެސް މި ވަގުތަށް މެދުކަނޑާލައިފަ އެވެ.
ކޮރޯނަވައިރަސްގެ ވައްތަރެއް ކަމަށްވާ މިޑްލްސް އީސްޓް ކޮރޯނާވައިރަސް (މާސް) 2018 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި ފެތުރިފައިވެ އެވެ. އެފަހަރު ވެސް ސައޫދީން ވަނީ ހައްޖާއި އުމްރާ އަށް މީހުން އެތެރެވުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހައްޖާއި އުމްރާ އަށް މީހުން ގެނައުން ހުއްޓައެއް ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކީ
27 February 2020
ވާނުވާ އެއް ނޭގުނު. ހަބަރުގަ އޮތީ ފުރަނީއޭ. ރަސްމީ ގޮތުން ނާންގައޭ. އެކަމަކު ރަސްމީ ޓުވިޓަރުގަ އެބައޮތް މަނާ ކުރި ވާހަކަ. ދެން ކޮމެންޓު ތަކުގައި އެހެރީ ނަވާ މީހުންނަށްވެސް ނުފުރުނޭ. ނޭނގުނު ހަމަ އެއްގޮތަކަށްވެސް މި ވާގޮތެއް.
ެވާނުވާ
27 February 2020
ނަވާ މީހުނަށް މިއަދު ފުރޭ ގޮތްވި. އެކަމު ދެން އިތުރު ބަޔަކަށް މީގެ ފަހުން ހިޔެއްނުވޭ ފުރޭނެހެނެއް
ހާސަރު
27 February 2020
އުމްރާއަށް ގޮސްފަ އަންނަމީހުން ކަރަންޓީން ކުރުން ވަރަށް މުހިއްމު ސަބަބަކީ އިންޑޮނޭޝިޔާގެ އެތައްބައެއް އުމްރާއަށްދޭ މިހާތަނަށް މިވައިރަސްގެ ކަންތަކުގާ އިންޑޮނޭޝިޔާއިން އަމަލު ކުރަނީ ވަރަށް އެހެންކަހަލަ ގޮތަކަށް ! އިންޑޮނޭޝިއާގައި މިކަމެއްނެތޭ ކިޔައެއްކަމަކު އިންޑޮނޭޝިޔާގައި ޗުއްޓީހޭދަކޮށްަ ޖަޕާނަށް ދިޔަ މީހަކު މިހާރު އެއުޅެނީ ބަލިވެގެން! އެހެންވީމަ އެތާގައި ވައިރަސް އެބައުޅޭތާ! ރައްކާވެތިބެން އެބަޖެހޭ
ތުއްތުނާ
27 February 2020
އެތަކެއް ބަޔެއްގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް...ކަރަންޓީގެ އުސޫލަކީ މީގެ 1400 އަހަރު ކުރިން އިސްލާމްދީން ގެނެސްދީފައިވާ އުސޫލެއް .. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ؛ ..'ތިޔަބައިމީހުންނަށް ބިމެއްގައި ޠާޢޫން ފެތުރިފައިވާ ކަމުގެ ހަބަރު ލިބިއްޖެނަމަ، ފަހެ އެ ބިމަކަށް ތިޔަބައިމީހުން ނުފައިބާހުށި ކަމެވެ! އަދި އެކަން ފާވެފައިވަނީ ތިޔަބައިމީހުން ދިރިއުޅޭ ބިމަށް ކަމުގައި ވާނަމަ، އެއިން ފިލުމަށްޓަކައި ތިޔަބައިމީހުން އެ ބިމުން ނުނިކުންނާށެވެ.
އައިނިންޔަ ފަރުލު
27 February 2020
ތިޔަ ގުރޫޕޮންވެސް އަންގަތްޕޯ މިއަދު ފުރުން ކެންސަލް ވި ކަމަށް. އަޅޭ ރަނގަޅަށް މަޢުލޯމާތު ސާފުކޮއްލަބަ. ސަރުކާރުން އެބަޖެހޭ ރަށްޔިތުންގެ ސަލާމަތަށްވެސް މިކަން ހުއްޓުވަން. މިދުވަސްވަރު އުމުރާޔަށް ދިޔުން ސޭފެއްނޫން.
ާއަލީބޯއީ
28 February 2020
ތި ބޭފުޅާގެ މީޙަކު ނުަދަނީ ދޯ؟
ބުރޭ
27 February 2020
މިއަދުވެސް ނުފުރުން ބުއްދިވެރި.... އިރާދަކުރެއްވިއްޔާ އަދި މިައަހަރު ފަހުން ދެވިދާނެ ދެއްތޯ!
އިހޫ
27 February 2020
ހުރަހެއް އޮތީމައެއް ނޫނޭ ނުދާންވީ.. ނުރައްކާތެރި ބަލިމަޑުކަމެއް މުޅި ދުނިޔޭގަ މައިތިރި ނުކުރެވި ފެތުރޭތީ. ދަތުރުގައި ތިއިން ކޮންމެ މީހަކަށްވެސް މިބައްޔާއި ކުރިމަތިވުމުގެ ފުރުޞަތު އޮތްލެއް ބޮޑުކަމުން. އަދި އެނބުރި އަންނައިރު އާއިލާއާއި އަވަށްޓެރިންނާއި މުޅި ގައުމަށްވެސް މިބަލި ގެނެވިދާނެ ކަމުގެ ފުރުޞަތު އޮތް މިންވަރު އިންތިހާއަށް ބޮޑު ކަމުން. މި ވަގުތަށް އުމްރާ އަޅުކަން ފަސްކުރުން އެންމެ ރަގަޅީ!
ގުރުޑުފިޔަ
27 February 2020
މީ ކޮންތާކުން ނުކުތް މީޑިޔާ އޮފިސަރެއް؟ އެމީހުންގެ ފޮރިން މިނިސްޓަރީން އެޔޮތީ ބަޔާން ނެރެފަ. ދެން ވަކި ވަކިން ނުޖެހޭ ދޯ ކޮންމެ ގައުމެއްގެ މިނިސްޓަރީއަށް ގުޅާފަ ބުނާކަށް.
ޢާލިސް
27 February 2020
އެކަމަކު މިދަތުރު ކުރުން މިވަގުތު ބުއްދިވެރިއެއްނޫން. މިވެރިން ރާއްޖެއައުމުން ކަރަންޓީނު ކުރަންޖެހޭނެ!
ޝައިޚް.
27 February 2020
ދެން ބުނަންވީނު މިވެސް ދީނާ ދެކޮޅަށް ރައީސް ނަޝީދު ރާވައިގެން ކުރުވާ ކަމެކޭ،
ޢެހެންތަ ހީވަނީ
27 February 2020
މިއަދ ނުފުރާ .1 ޖަހާއިރު ފުރާގޮތަށް ހަމަޖެހިފަ ކެންސަލްވީ .