އެންޑީއެމްއޭގެ ވެރިންނާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރެެއްވުން-- ފޮޓޯ: އެންޑީއެމްއޭ
03 މާޗް 2020 - 11:46
އެކި ގައުމުތަކުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އެކަމުން ސަލާމަތްވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ރާއްޖޭގައި އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށްފި އެވެ.
ސަރުކާރުން މިއަދު ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އިމަޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމް ކޮށްފައިވާ ކަމަށެވެ.
"މި މަސައްކަތުގައި ދިވެހި ރާއްޖެ އޮތް ހާލަތު ބަލައި މި މުއައްސަސާތަކަށް ގާނޫނުން މަތިކުރާ ޒިންމާ އަދާކުރުމުގައި ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުން،" ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްޕީއޭ އާއި އެންޑީއެމްއޭގެ އިތުރުން ހެލްތް މިނިސްޓްރީ ގުޅިގެން ގައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމް ކުރުމަށެވެ. އެ ކްލިނިކުގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އަންނަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމެވެ.
އަދި މިދުވަސްވަރު ފެތުރެމުންދާ އެހެން ރޯގާ ތަކަށް ހާއްސަ ކޮށްގެން ފުލޫ ކްލިނިކެއް ސެނަހިޔާގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްގެން މާލޭގައި ޑްރިލްއެއް މިއަދު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ ޑްރިލް ބާއްވަނީ މީހުން ދިރިއުޅޭ ތަނެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އަމަލު ކުރާނެ ގޮތަށް ފަރިތަ ކުރުމަށެވެ.
ކޮވިޑް-19 މިހާތަނަށް 88،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރާއްޖެ އިން މިހާތަނަށް އެ ވައިރަސް ފެނިފައި ނުވިޔަސް، ރައްކާތެރިކަމުގެ ވަރަށް ގިނަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އަދި ކޮވިޓް-19 ފެނުނު ޗައިނާ އިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން އީރާނުންނާއި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން ވެސް ރާއްޖެ އަށް މީހުން މިހާރު މަނަލެވެ. އަދި ކްރޫޒްލައިނާތައް ރާއްޖެ އައުން ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަހުމަދު ވެކްސިން
03 March 2020
ޓުރަވަލް ކުލިނިކު އާއި ފުލޫ ކުލިނިކް. މީގެ ކުރިންވެސް ފުލޫ ކުލިނިކް ހުރޭ އައި ޖީ އެމް އެޗްގަ އާއި އޭޑީކޭގަވެސް. ޢަދި ހައްޖުން އަންނަ މީހުންނަށް އައި ޖީ އެމް އެޗްގައި ހާއްޞަ ކުލިނިކުހުރޭ. ސުވާލަކީ ކޮރޯނާ ކުލިނިކް ކިޔަން ބިރުގަންނަނީތަ؟ ސެނަހިޔާގައި ފުލޫ ކުލިނިކް ތިހަދަނީ އެތާގައި އިމަންޖެސީ ހާއްޞަ ޑޮކްޓަރެއް ނެތްތަނެއްގަ، ދިވެހި އިމަޖެންސީ ޑޮކްޓަރުން ބިރުގަންނަނީތަ؟
ކޮވިޑް
03 March 2020
މިހާ ވަރަށް ތައްޔާރީތައް ވަމުންދާތީ މަށަށް ވަރަށް ހީވޭ މިހާރު ކޮރޯނާވައިރަސް ރާއްޖޭގަ އެބަ އުޅޭހެން. އެކަމަކު އެކަން ސިއްރުކުރަނީ. ކީއްްވެގެން ކަމެއް ނޭނގެ. ހުރިހަ ތައްޔާރީއެއް ވެފަ އިއުލާނުކުރަން ކަންނޭނގެ. އެހެން ގައުމުތަކާ ޚިލާފަށް މިގައުމުގަ ކޮރޯނާވައިރަހަށް "މަރުހަބާ" ކީ ހުރިހާ ތައްޔާރީއެއް ވެފައޭ ބުނަން ބާ. އެއީ ހާދަ ތާކުންތާކު ނުޖެހޭ ކަމެކޭ.
ފާއްޓަ
04 March 2020
ދިވެހިންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ...ކަމެއް ނުކޮށް ތިއްބަސް ސަރުކާރުހާ ގޯސް ބަޔަކު ނޫޅޭނެ...ކަންކަން ކުރީމަ ވެސް ރަނގަޅެއް ނުވިއެއްނު
ބޮޑުމީހާ
03 March 2020
ވައިރަސްއާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަމަށް ގަބޫލުކުރެވޭ
ހަސަންދީދީ
03 March 2020
ކޮވިޑް އައިމާ ބޮޑުތަދު އަނެއްކާވެސް އަތުވެދާނެކަމަށް ބަލައިގެން ކަންކަން ރާވަންޖެހޭނީ.... އަހަރަމެން ރަށްރަށުމީހުން މާލޭގެ ކުލިބަންދުން ނެއްޓި ރަށަށް ހިޖުރަކުރަން ޖެހިދާނެކަމަށް ބަލައިގެން ކަންކަން ރާވަމުންދާންޖެހޭނީ... ކުލިބަންދުން ނެއްޓުމާއެކު ރަށްފުށުގެ ދިރިއުޅުމަށް ރުޖޫއުވާނެ.. ދާނެރަށެއް ނެތި ކޮންކްރީޓު ޖަންގަލީގައި ގޮތެއް ނުފެނި ތިބިބިންވެރިންނަށް އެދުވަސްއަުމާއެކު ސަރުކާރުން ގޮތެއް ހޯދަދޭނެ ޕްލޭންކުރަންވާނެ...
ޞސޖސޖސކމސ
03 March 2020
ކާކު ބުނެގެން ކަލޭ ތިއުޅެނީ މާލޭގަ ނެތް ފެންވަރުން. ކަލޭ ކުލިނުދިނަކަސް މީހަކު ބަޑަކަށް ނުޖެހޭނެ. ބޮޑު ބަލި މަޑު ކަ މެއް ފެތުރެ މުންދާއިރު ވެސް ކަލޭ ތިއުަޅެނީ ޖެއްސިގަނެގެން.
އޮން އަ ސައީޑް ނޯޓް
03 March 2020
ހީރައްޕަންނަ އާއި ފޯއް މިއީ ސިއްހަތަށް ކިހާ ފައިދާ އެއް ހުރި އެއްޗެއްތޯ؟ ސިއްހަތާއި ބެހޭ މީޓިން އެއްގެ މޭޒުމަތިން ފެނުނީމަ އަހާލީ.
ބަރީ
03 March 2020
ހެލްތު މިނިސްޓަރާއި އެތަނުގެ މުވައްޒަފުންނަށް ހުރިހާ މަސައްކަތްތެއް، ބާކީ ތިބި މީހުންނަށް މެޑަލް ޖެހުން. ސާބަހޭ.
ދަރޭ
03 March 2020
އިމަޖަންސީ ސެންޓަރެއް ގާއިމުކުރީއިރު ފޯނުނަންބަރެއްވެސް ހިއްސާކޮއްލިނަމަ ފުރިހަމަވީސް
ސަން ސިފާ
03 March 2020
ކީއްވެ ތަ އިޓަލީން ޓުއަރިސްޓުނަށް އަދިވެސް ރައްޖެ ވަދެވެނީ؟
މިރަށުމީހާ
03 March 2020
ވަރަށް މުހިއްމު ސުވާލެއް، ވަރަށް ގިނައިން އެޗްޕީއޭ އާއި މިނިސްޓްރީއަށް ތިސުވާލު އަމާޒުކުރެވިއްޖެ، އަދި ޖަވާބެއް ނުލިބޭ، އަަލަށް ވައިރަސް ފެނުނު ގައުމުތަކުގެ 90 ޕަސެންޓަކީ، އިޓަލީއާއި އިރާނުން އައި މީހުންގެ ފަރާތުން ބައލި ފެށުނު ގައުމުތައް!
ނަކް
03 March 2020
ނަންބަރ ވަން އިޓަލީ މާކެޜު ފުނޑުނީމަ ކަލޭ ސުވާލުނުކުރާތި ތަކެތީގެ އަގުބޮޑުވެ ޚިދުމަތްތައް ނުލިބެނީ ކީއްވެތޯ.. ޗައިނާއަށް ވުރެއް ބޮޑު އާންމްދަނީ ލިބޭ މާކެޓެއް. އެއީ އެމީހުން ރާއްޖެ އައިސް ހަރަދުކުރާލެއް ގިނަވީމަ. ނަންބަރ 2 ޗައިނާއިންވެސް ހުރިހާ ޤައުމަކުންވެސް ޓޫރިސްޓުން އާދެއޭ މަނައެއްވެސް ނުކުރޭ ވަކި ޤޢުމެއްގެ ބަޔަކު އައުމެއްވެސް.. ހަމައެކަނި ޗައިނާއިން ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތް ހެދީ.. މިހާރު އިޓަލީން ރާއްޖެއަކަށް ވެސް ދަތުރެއް ނުކުރޭ..
ހޮޓްކިންގ
03 March 2020
ޔޫރަޕްގައި ބަލި ފެތުރެނީ ބާރުކޮށް. އެކަމަކު ޓޫރިޒަމަށް ގެއްލުން ވެދާނެތީ އެގައުމުތަކުން މީހުން އައުން މަނާނުކޮށް ތިބީ ތިމާމެންގެ ހުޝިޔާރުކަމާއި ކުޅަދާނަކަން ދައްކަންހެން ހީވަނީ. މިހެން ތިއްބައި މިގައުމަށް ތި ބަލި އައިސްފިނަމަ އީރާނުން ދުވާލެއްގެ މައްޗަށް މަރުވާ އަދަދުގެ ދެގުނަ މިރާއްޖޭން މަރުވެދާނެ. ކުޅިވަރު ކުޅެން ސަރުކާރުން އުޅޭހެން ހީވަނީ އެއްވެސް ސީރިއަސްކަމެއްނެތް.
ދަގަތްފާނު
03 March 2020
ހެލްތު މިނިސްޓްރީއިން މިކަމުގައި ހަމައެކަނި ކ.މާލޭގަނަމަވެސް ރަނގަޅު ފިޔަވަޅުތަކެއް އެބައަޅާ. އެހެން މިނިސްޓްރީތައް ކޮބައިތޯ. މިސާލަކަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވައިރަސް ފެނުމާއިއެކީ ސްކޫލުތައް ބަންދުކޮށްގެން ދަރިވަރުންނަށް ކިޔަވަނީ އޮންލައިންކޮށް. އެޑިއުކޭޝަނާއި ސައިންސް މިނިސްޓްރީއިން މިކަމަށް ތައްޔާރުވާން އެއްވެސްކަމެއް ކޮށްފިތޯ. ތައްޔާރުވާން މިހާރުވެސް 2 މަސްދުވަސް ލިބިއްޖެނޫންތޯ.
މަޒީނާ
03 March 2020
ތި ބޭފުޅާގެ ވާހަކައިގެ ކުންނަކީ "ދުނިޔޭގެ އެހެން ގައުމުތަކުގައި ވައިރަސް ފެނުމާއެކީ" - އެހެންވީމަ އަދި ރާއްޖެއިން މި ބަލި ފެނުނީމަ އިތުރަށް ފިޔަވަޅުތައް އަޅާނެ. އަދި މި ރާއްޖޭ އެއްވެސް މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ނުވޭ. މިހާރުވެސް ސްކޫލުކުދިންގެ އިތުރު ހަރަކާތްތަށް ހުއްޓާލައިފި.
ވިސްނާލުމަށް އެދެމޭ
03 March 2020
ބުނަން ވާހަކައެއް..ކ މާލެއޭ ކިޔާއިގެން ނަފްރަތު އުފައްދަންނޫޅޭ...ލަންކާ މީހުން ނުކިޔާ ނެޝަނަލް ކޮލަ މްބޯއޭ. ނެޝަނަލް ދިއްލީއޭ.. ތްރިވަނަންތަޕޫރަ މްގެ ރައްޔިތުން ތިގޮތަށް ވަކިވެގަންނަން ނޫޅެނީ މައި ސަރުކާރުން ދިއްލީއަށްވުރެ ގިނައިން ތްރިވަނަންތައަށް ހިދު މަތާ ތަރައްގީ ކޮއްދީގެންތަ..ނުވަރައެލިޔާގެ ފެސިލިޓީސް ރަގަޅީތަ ކޮލަންބޯއަށްވުރެ. ކޮއް މެ ވީކެންޑަކަށް ރާއްޖޭން ބޭރަށްދާ މީހުންނަ ދުނިޔޭގަ ކަންއޮންނަގޮތް ނޭގެނީތަ ބައިބާވު މަށް ވާގިދެނީ.
ދަގަތްފާނު
03 March 2020
އަހަރެމެން އަޑެއްނާހަން ނެސަނަލް ކެންޑީއޭ ނޫނީ ނެސަނަލް ބޮމްބޭ ނެސަނަލް ބެންގަލޫރު ކިޔާއަޑެއްވެސް.
ދަގަތްފާނު
03 March 2020
ޓުރިވެންޑުރަމް ބޮމްބޭ ބެންގަލޫރު މިަންތަނަށް ކަލޭ ތިވަރަށް ދާއިރު އެތަނުން މީހެއްކައިރީ އަހާލަބަލަ ޑޮކްޓަރަށް ދައްކަން ހަފްތާއަކު އެއްފަހަރު ދިއްލީއަށްދާންޖެހޭތޯއާއި އިންޑިއާ އެންމެން އުޅެނީ ލިބޭހާ އެއްޗެއް ދިއްލީގޮލާމެންގެ ގޭގެއަށް ކުއްޔަށްދީގެންތޯ.