އުއްތަމަ ފަނޑިޔާރު އަހުމަދުު މުއުތަސިމް އަދުނާން: ސުޕްރީމް ކޯޓަށް ފޮނުވާ ހުރިހާ ލިޔުންތަކާއި ސިޓީތަކެއް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރަންޖެހޭ ގޮތަށް އެންގި ސާކިއުލާ ވަނީ ބާތިލް ކޮށްފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
10 މާޗް 2020 - 15:26
ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށާއި އެފަދަ ލިޔުންތަކުގައި އެ އިދާރާއެއްގެ އެންމެ އިސް ވެރިޔާ ސޮއިކުރަންޖެހޭ ގޮތަށް ނެރެފައިވާ ސާކިއުލާ އާއި އެ ކޯޓުގެ ކުރީގެ ބައެއް ސާކިއުލާތައް އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އެ ކޯޓަށް ފޮނުވާ ލިޔުންތަކާއި ސިޓީތައް އެޑްރެސްކުރަން ޖެހެނީ އުއްތަމަ ފަނޑިޔާރަށެވެ. އަދި އޭގައި ސޮއިކުރަން ޖެހޭނީ އެ ފޮނުވާ އިދާރާއެއްގެ އެންމެ އިސް ވެރިޔާ އެވެ.
ސުޕްރީމް ކޯޓުން ކުރި ޓްވީޓެއްގައި ބުނީ ހުރިހާ ސިޓީތަކާއި ލިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރަން ޖެހޭ ގޮތަށް އޮތް ސާކިއުލާ އާއި އެ ކޯޓުގެ ކުރީގެ ސާކިއުލާތަކުގެ ތެރެއިން އިތުރު ދެ ސާކިއުލާއެއް ބާތިލް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ސިޓީތަކުގައި ސޮއި ކުރުމާއި އެޑްރެސް ކުރުމާ ބެހޭ ސާކިއުލާ އާއި ހައި ކޯޓުގެ ހުކުމަކީ ނިިހާއީ ހުކުމެއްކަން ކަށަވަރު ކުރަންޖެހޭ ދުސްތޫރީ މައްސަލަތަކާ ބެހޭ ސާކިއުލާ ވެސް ބާތިލް ކޮށްފައިވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
ހައި ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަން ޖެހޭ ދުސްތޫރީ މައްސަލަތަކާ ގުޅޭ ސާކިއުލާ އަކީ ހައި ކޯޓުން އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ބާތިލްކޮށްފި ނަމަ، އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އަންގާފައިވާ ސާކިއުލާ އެކެވެ.
މީގެކުރިން ސުޕްރީމް ކޯޓުން އެކި ކަންކަމުގައި ސާކިއުލާތައް ނެރެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ސާކިއުލާތައް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ބެންޗް އޮތްއިރު ވެސް ބާތިލް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާކިމް
11 March 2020
ބާތިލް ކުރަމުން ގޮސް ކޯޓް ވެސް ބާތިލް ކޮއްލާ، އެއިރުން ކަލޭމެން ދިވެހި ރަތްޔިތުންނައް ހޯދަދޭން ވައުދުވި އިންސާފު ފުރިހަމަވާނެ، މޑޕ ގެ ނާގާބިލު އެކްޓިވިސްޓުން ތަކަކައް ސްޕރންކޯޓް ހިންގާކައް ނޭގޭނެ ކަން މިކަމުން ދޭހަވަނީ
ތުއްފާޝަނާކިލެގެ
11 March 2020
ތިޔަވަމުންދަނީ އިސްލާހު، ތިހާވަރަށް އިސްލާހުވާނީ، ކޯޓުތަކާއި ފަނޑިޔާރުންނަށް ޤަދަރުކުރަންނުޖެހޭކަން ދޭހަވާ ގޮތަކަށް ތިޔަވަމުންދަނީ ކޮންކަހަލަ އިސްލާހެއްބާއޭ ހިތަށްއަރާ! ކޮންމެ މީހަކު ކޮންމެ އެއްޗެކޭބުންޏަސް، ފަނޑިޔާރުގެއާ ފަނޑިޔާރުން ވާންވާނީ ޤަދަރާއި އިޙްތިރާމާއެކު މުޢާމަލާތުކުރެވޭ ދަރަޖައެއްގައި، ދުނިޔޭގެ އެދުމުން ފުރިގެންވާ ބަޔަކު ހިތުހުރިގޮތަކަށް ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ވެގެންނުވާނެ، ފެނިގެންމިދާ މަންޒަރުން ހިތާމައިގެ ކޮޅެއްވެސްނެތް.
ޢަލިބޭ
10 March 2020
މިހާރު ސިޓީ އެޑްރެސްކުރަންވީ ކޮން ބޭފުޅަކަށް
ކަނަމަނަ
10 March 2020
ތިހެދީރަގަޅައް އުއްތަމަފަޑިޔާރަކީމިހާރުއެއްވެސްއަގެން ހުރިމީހެއްނޫން މަޖިލިހުންއެއްލާލަންވީމަ ވަގުތުންއެއްލާލާނެ
އިސްލާހު ކުރި ޖުޑީޝަރީ
10 March 2020
މަޝްހޫރު ވުމަށް އެކްޓެވިސްޓް ކުރާ ޒާތުގެ ކަންތަކެވެ.ކަމަކަށް ވާކަހަލަ އެކަމެއް ވެސް ކުރެވިއްޖެ ބާއެވެ.ކުރެވުނުހާ ވެސް ކަމަކީ "އަންހެނުން ނަށް ދާއިރާ ތަށް ޚާއްސަ ކުރާތީ" ރައްޔިތަކު ކުށަހެޅި ދުސްތޫރީ މައްސަލަ ބަލަން ނުކެރިގެން ބޭރުކޮށް ކުމެވެ.
ފެހެންދޫ
10 March 2020
ގެސްޓް ހައުސް ހިންގަވަން ބ ގޮއިދޫ ގައި ހުންނެވި ނަމަ މާރަގަޅު ވީހެވެ.
ދަތް ނެތް
10 March 2020
މިރާއްޖޭގައި އުއްތަމަ ފަނޑިޔާރެއް އެބަ ހުންނެވިތަ؟ ނުދެނަ ހުރީ މެވެ.
ރަޓުކޯރު
10 March 2020
އަހަރުމެން ދަންނަ ދޫނި ރާއްޖޭގަ ގޮތް ނިންމަނީ ރނ. ބޭނުން ގޮތަކަށް ނޫންނަމަ ސުޕަ މެޖޯރިޓީ އިން ރނ. ބުނާ މީހަކަށް މަގާމު ހަމަޖައްސާނެ
ވާގޮތް ވީގޮތް
10 March 2020
އެގިފައިވާ ގޮތުގައި މިހާރު ކޯޓް ހިންގުމުގެ އެއްމެ އިސް ވެރިޔާ އަކީ ރަޖިސްޓްރާ އެވެ.މެޖުސްޓްރޭޓް ކޯޓްގައި ނަމަ( އެބަހީ ރަޖިސްޓްރާ ނެތް ކޯޓް ތަކުގައި) އެޑްމިނިސްޓްރޭޓަރެވެ.މި ދެމަޤާމަކީ ޖޭއެސްސީ އިން ކަންޓްރޯލް ކުރާ ދެމަޤާމެވެ. ނަތީޖާ އަކީ ދަށުކޯޓް ތަކަށް ހުށެހެޅޭ މައްސަލަ ތަކާއި މުއްދަތު މައްސަލާ ތަކާ ބެހުމުގެ ފުރުސަތު ޖޭއެސްސީގެ ރައީސަށް އޮތު މެވެ. އެ މަގުން އެކަން ހިގާ ވެސް މެވެ.
ޕަހެލޭ ކިތާބު
10 March 2020
ވީމާ ޖުޑީޝަރީ އިސްލާހު ވެއްޖެ ތާއެވެ.
ހިތާދޫ ހުސޭނު
10 March 2020
ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީ ތަށް ވެސް ހިސާނު ހުސޭނަށް އެޑްރެސް ކުރަން ޖެހޭ ހިސާބަށް ދިއުމަކީ ވަރަށް ދެރަ ކަމެކެވެ.
ވަޜުދީ
10 March 2020
ޤައުމުގެ އެއްމެ ހައިބަތު މުވައްސަސާ، ހާދާ ވަރަށް ނިކަމެތި ވެގަންނަނީ ތި@
ކައްދައިދީ
10 March 2020
އަތް ނުފޯރާ ފަށަށް ހައިބަތާއި ދެން ޖެހުނު އެއްޗެއް އަރުވައިގެން އާންމުންނަށް ކައިރި ނުވެވޭ ވަރުވީމާ ދެން ރަނގަޅު ތޯ
ބަތިލް
10 March 2020
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާ ސިޓީ ތަކުގައި މިނިސްޓަރުން ސޮއިކުރައްވަން އަންގާ ފައިވެއެވެ. އަދި މިނިސްޓަރީގެ ދަށުން ހިނގާ ޑިޕާޓްމަންޓް ތަކުން ރައީސް އޮފީހަށް ފޮނުވާ މައްސަލަ ތަށް މިނިސްޓްރީ މެދުވެރި ކޮށް ފޮނުވާން އަންގަވާފައި ވެއެވެ.