ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރައްވާއިރު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
12 މާޗް 2020 - 16:52
ކޮރޯނާވައިރަސް ފެތުރުމުގެ މިންވަރު މިހާރު އޮތް ގޮތުން، ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު އިއުލާނުކޮށްފައިވާ ތާރީހާ ހިސާބަށް ދާއިރު، ބޮޑެތި އެއްވުންތައްް ބޭއްވޭ ވަރަށް ރާއްޖޭގެ އާއްމު ސިއްހަތު ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ދެންނެވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ރާއްޖޭގެ އާއްމު ސިއްހަތު މިއަދު އޮތް ހިސާބަށާއި ކޮރޯނާވައިރަސް ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުން ދާ މިންވަރަށް ބަލާއިރު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ވެސް އެއްވުންތައް ބޭއްވޭ ހާލަތަކަށް އަތުވެދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
"އެހެންވީމާ އެއާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން ނިންމަން ޖެހޭ ނިންމުންތައްް ކަމާ ބެހޭ އިދާރާތަކުން ނިންމަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރުމުގެ ހާލަތަށް ކޮންމެ ދުވަހަކު ވެސް ބަދަލުތައް އަންނަ އިރު، ފިޔަވަޅުތައް އަޅަން ޖެހޭނީ އެ ހާލަތަށް ރިއާޔަތްކޮށްގެންނެވެ. އެ ބައްޔާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރުމުގައި ވެސް އަމަލުކުރާނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ހުރިހާ ކަމަަކަށް އެޗުޕީއޭ އިން ހުރިހާ އިރުޝާދެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކައުންސިލްގެ އިންތިހާބު ފަސްކުރުމުގެ އެއްވެސް ވިސްނުމެއް، މިއަދާ ހަމައަށް، އިލެކްޝަންސް ކޮމިޝަނުން ގެންގުޅެފައެއް ނުވެ އެވެ. އެކަމަކު މިއަދު މެންދުރުފަހު އީސީން ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން މިއަދު ވަކި ގޮތެއް ނިންމާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާމި
13 March 2020
ތޮއްޑޫ އަލީ ވަހީދު ބުނާގޮތަށް ނަހަދާތި. މަނިކުފާނުގެ ހިންގުންތެރި ކަމަށް ކުރިއެރުން ލިބޭނެ. އެމް.ޑީ. ޕީ މެމެބަރުން ބޭނުންވާ ގޮތެއް ނުހެދޭނެ ހަސަން އަފީފަށް އެއްޗެއް ވިސްނޭނެ. މިހާރު
ހައިވް
12 March 2020
ރަގަޅު ވާހަކައެއް
އިލެކްޝަން
12 March 2020
ސާބަހޭ ހެލްތު މިނިސްޓަރު.. މަނިކުފާނު ތިހެން ބުނީމަ ގޮތް ހުސްވެގެން މިހާރު އިންތިހާބު ފަސްކޮށްފި. އެހެންނޫމަ އަދިވެސް ތިބޭނީ ފަޅޮލޭ ކިޔާލަ ކިޔާލާ
ކެބިނެޓް
12 March 2020
އަސްތާ، ތިމީ ގޮތުން މާދަމާ މަނިކުފާނު މަޖިލީހަށް ހާޒިރުކުރާނެ މަޖިލީހުގެ ރައީސާއި އޭނާގެ މެންބަރުވެގެން މަނިކުފާނު ނޮޅަން. އެކަމަކު ހަމަ ބުނެލަން އޮތީ އެ ކަމާ މާ ބޮޑު އަޅާލުމެއް ބަހައްޓާނެ ކަމެއް ނެތޭ. ރައްޔިތުންގެ ހައްގުގައި ތި ކޮށްދެއްވާ ބުރަ މަސައްކަތުގައި ތި ގޮތަށް ސާބިތުވެ ހުންނަވާށޭ< މުޅި ކެބިނެޓުގައި ރައްޔިތުންގެ އުއްމީދެއް އޮތް ވަޒީރަކީ ތިޔައީ
އަމީނު
13 March 2020
ކޮމެންޱު ކޮއްލާށޭ ބުނީމަވެސް ނޯތު ކޮރެޔާގަވެސް ނުކުރާވަރު ތިކުރަނީ. ކަލޭމެނައް ރަނގަޅައް މިވަރު ކަމެއް ވެސް ނުވަނީއޭ
އަސުރު
13 March 2020
އަމީނަށް ލިބޭ ހެޔޮ ބަސްތަކާއި ރަނގަޅު ކޮމެންޓުތައް ފެނި ހަސަދަވެރިވީ އަލީ ވަހީދު.. އޭނާއަށް ދިމާވީ މާ ރަނގަޅަކަށް ނޫން. އެހެންވީމަ ދީނުގައިވެސް އޮންނަނީ ހަސަދަވެރިނުވާން. ތިބޭފުޅާވެސް މަޑުން ހުރޭ ފިތުނަ ނަހަދާ
ފޫޅުމާ
12 March 2020
ސާަބަހޭ އަމީނު. މި ނޫނީ ނެތް ދެ ދުލުން ވާހަކަ ނުދައްކާ ހަގީގަތާއެކީ ރައްޔިތުންނާ ބައްދަލުކުރާ ވެރިއެއް.