ކުޑަ ކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ އިންޑިއާގެ ޑޮކްޓަރެއް
13 މާޗް 2020 - 15:38
ސްޕީޗް ތެރަޕީ ދިނުމުގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ޑޮކްޓަރަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގައި ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރެއް، ޕްރައިވެޓް ޕްރެކްޓިސްގެ ތެރެއިން ފިރިހެން ކުއްޖެއްގެ ކަންފަތުގައި ހިފާ އަނިޔާކޮށްފައިވާ ކަމަށް ބުނެ ރޭ 11:00 ހާއިރު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ކުޑަ ކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ އިންޑިއާގެ ޑޮކްޓަރެކެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ކުއްޖާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކަން ހިނގާފައިވަނީ މިިދިޔަ ބުދަ ދުވަހުގެ ރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
13 March 2020
ވިސްނަބަލަ...
ޒުވާނާ.
13 March 2020
ޑީޕޯޓުކުރޭ ވަގުތުން
އަހު
13 March 2020
ސްޕީޗް ތެރަޕިސްޓުންނަކީ ޑޮކްޓަރުން ބާ؟
ދޭސީ
13 March 2020
ފުރަތަމަ ޔަގީންކޮށްބަލަ ތީ ޑޮކްޓަރެއްތޯ؟ އާއްމުކޮށް ސްޕީޗްތެރަޕީ ދެނީ މެޑިކަލް ޑޮކްޓަރުންނެއްނޫން. ދެންބަލާބަލަ ތިގޮތައް ޕްރައިވެޓް ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮތްތޯ. އަމިއްލަ ގައުމެއް ނޫންވިއްޔަ އައިސް ހިތުހުރިގޮތަކަށް ޕްރެކްޓިސް ކުރާކަށް. އަނެއްކަމަކީ ތީ ބެލޭނެ މައްސަލައެއް ނޫން. އިންޑިޔާ މީހަކަށްވީމަ. އިމިއުނިޓީ ލިބޭނެ
ކަނބިލި
13 March 2020
ޔަގީން އިންޑިއާގެ ޑޮކްޓަރެއް
ލޮބުވެތި..
13 March 2020
އެއްކަލަ ވަރަށް ފޫހިވާ އިންޑިއާ ދޯ.
ބޯވަދިލަބެ
13 March 2020
އެކަލޭގެ ފުރުވާލާފަ ބުނާނެ އޭނަ ޑީޕޯރޓް ކޮށްފީމޭ، އިތުރަށް ތަހުޤީގް ކުރަމުންނޯދަނީ - ފުލުހުންނޭ ކިޔާފަ ތިތިބީ ވަރުގަދަ ބައެއް!
ކޮބާ އިންސާފު
13 March 2020
ފްލައިޓެއްގެ ތެރޭން އަންހެނަކާ ބެހުނު އިންޑިޔާ މީހާވެސް ވީ ޣައިބު! ތިޔަ ޑޮކްޓަރުވެސް އިންޑިޔާ މީހަކަށް ވީތީ ސަރުކާރު އަރާމު ޚާނާގައި ބަހައްޓާފައި ވާނީ ޣައިބު! މައްސަލަ ބަލާކަށް ނުކެރޭނެ! ކުޑަމިނުން ކޮވިޑް 19 އެހާބާރަށް އިންޑިޔާގެ ކެރެލާގައި އެހާ ބާރަށް ފެތުރެމުން ދާއިރުވެސް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އިންޑިޔާއިން މީހުން އައުން މަނާކޮށްލުވާހާ ހިތްވަރުވެސް މި ސަރުކާރުގައި ނެތިގެން މިއުޅެނީ!
ހިޝާ
13 March 2020
އަވަހަށް ފުރުވާލާ އިންޑިއާ މީހުންނަކާއި މި ސަރުކާރަކު ނުކުޅެވޭނެ
އަހުމޭ
13 March 2020
އިންޑިއާ މީހުން ކިޔަވައިދޭ ގޮތް. ހަރުކަށިކަން. މިކަންމި ކޮޕީ ކުރަނީ މެޑިކަލް ސުކޫލުން