އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ: މި ކޮމިޓީން ބޭނުންވާ މައުލޫމާތު ހޯދަން ހަތަރު މިނިސްޓަރަކާ އެކު ކޮމިޓީ ކުރިއަށް ގެންދަން އޮތީ ނިންމާފައި. --ފޮޓޯ/މިހާރު
05 އެޕްރީލް 2020 - 13:11
ކޮވިޑް19ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖް ތަންފީޒުކުރަން މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު މަޝްވަރާކުރަން ކެބިނެޓުގެ ހަތަރު ވަޒީރަކާ އޮންލައިންކޮށް ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރޭ ނިންމައިފި އެވެ.
އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ އެކު ކޮމިޓީ ކުރިއަށް ގެންދާށެވެ. އެ ކޮމިޓީ އަށް ހުށަހެޅި، މެމްބަރުން މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަރުދާހުގައި 17 ކަމެއް ހިމަނާފައިވެ އެވެ.
އޭގެތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅޭ ކަންކަން ހިމެނެ އެވެ. މި މިނިސްޓްރީތަކުގެ ވަޒީރުންނާ އޮންލައިންކޮށް ބައްދަލުކުރަން ކޮމިޓީން ފާސްކުރީ، އެ ބޭފުޅުންގެ އަރިހުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހުރި ކަމަށް ބައެއް މެމްބަރުން ވިދާޅުވަމުންނެވެ. އެއް ހުށަހެޅުމަކީ މިނިސްޓްރީތަކަށް ކަންބޮޑުވުންތައް ލިޔެ، ޖަވާބު ހޯދުމެވެ. އެކަމަކު އޭގެ ބަދަލުގައި ނިމުނީ، ކޮމިޓީ އަށް ހުށަހެޅި ކަންކަން ދިރާސާކުރުމުގައި ސީދާ ވަޒީރުންނާ މަޝްވަރާ ކުރައްވާށެވެ.
ކޮމިޓީން ކުރާ މަސައްކަތުގެ ތެރޭގައި، އެކި މިނިސްޓްރީތަކާ ގުޅައިގެން ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރި ކަން ކޮމިޓީގެ މުގައްރިރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވެސް ފާހަގަކުރެއްވި އެވެ. އޮންލައިންކޮށް ކޮމިޓީ ހިންގާއިރު ވެސް އެންމެ އެދެވޭ ނަތީޖާއަކާ ހަމައަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މުގައްރިރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ވާޗުއަލްކޮށް ކުރިއަށް ގެންދަން އެސްއޯޕީއެއް ހަދާފައި އޮތްއިރު، މިނިސްޓަރުންނާ ސުވާލުކުރުމުގެ ކުރިން ފަސް ދުވަހު ނޯޓިސްއެއް ދޭން ޖެހޭ ކަމަށެވެ. އެކަމަކު މި ހާލަތުގައި، އެ މުއްދަތު އަދި އެހެން އޮތަސް ވީއެންމެ އަވަހަކަށް ޖަވާބުދާރިވެވަޑައިގެން ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މިނިސްޓަރުގެ ފަރާތުން އަޅުގަނޑުމެން ހޯދަން ބޭނުންވާ މައުލޫމާތަކީ ކޮބައިން އަޅުގަނޑުމެން ދަންނަވަން ޖެހޭ، އެކަން ކުރިއަށް ގެންދަވަން ވެސް ޖެހޭ،" މުގައްރިރު ވިދާޅުވި އެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި މި ހަފުތާގައި ލޯނު ދޫކުރަން ފަށަން ވަނީ ނިންމައިފަ އެވެ. ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވަޒީފާއިން މުވައްޒަފުން ވަކި ނުކުރާ ކުންފުނިތަކަށް ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ރިސޯޓުތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. މި ލޯނު ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު ދެއްކުމަށްޓަކައި ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
05 April 2020
މަޖިލިހުން ދަންމާ ލާނެއެވެ. ޗަރުކޭސް ކުޅެނީ އެވެ. ކަމެއް ކުރެވޭނި ގާބިލް ބަޔަކު ހުރެގެންނެވެ.
ފޫހި
05 April 2020
ކަމެއްކުރާހިތްވަންޏާ މަޑުންގޭގައި ތިބެބަލަ. އަދި 3 މަހަށް ބޯޕޭލީވް ނަގާބަލަ. ޢަދި ދައުރުހަމަވިކައުންސެލަރުން ވަކިކޮށް ޒިންމާދާރުވެރިންނާ ހަވޅުކޮށްބަލަ.
ރަންނަ މާރި
05 April 2020
ތިޔަ މަޖިލީހެކެ ތިޔަ ކިޔާ ވަކަރުގޭ ސޮރުމެން ކޮމެޓީތައްހަދއި ކޮމެޓީތަކާ މަޖިލީހުގެ ޖަލްސާތައް މި ދަނޑިވަޅުގަ ކޮންމެހެން ބާއްވަން ޖެހޭތަ؟ ތިޔަ ޖަލްސާތަކާ ކޮމެޓީތައްބާއްވައިގެން ދިވެހިރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއްނެތް ބޭތިލްމާލުން ބޭކާރު ފައިސާތަކެއް ޚަރަދުވުން ފިޔަވައި މީހުން ގޭގަ ތިބުމަށް އިލްތިމާސްކޮށް ވަކި ވަގުތުތަކުގައި ބޭރަށް ނުކުތުން މަބާކޮށް ތިޔަ ތިޔަ މެމްބަރުންނޭ ކިޔާ އެޖެންޑާ 19 ބައިގަނޑޫ ކޮން ސަކަރާތެއްޖަހާކަށްތަ؟
އައިޝާތަ
05 April 2020
ވަރަށް ވަރެއް ވެއްޖެތާ!
ާއުނިމާ
05 April 2020
އަހަރުން ރަށަށްދާން ނިންމައިފިން
ޖ މޭފެއަރ
05 April 2020
ތީދެން އަހަރުމެން ހާސްވާކަމެއް ނޫން.. ކަންބޮޑުވެފަ ރަށަށް ދޭ..! އަހަރުމެންގެ ހީރޯ "އަންނީ" ވެސް އޮތީ ބުނެފަ ކުލިބޮޑު ކުރާށޭ.. އޭރުންނޭ ރާއްޖެތެރެ މީހުން ރަށަށް ދާނީ.. އަހަރުމެން ނަށް ހަމަ ޖެހިލެވޭނި.. އަދި މާލޭ މީހުންނަށް ފައިދާކުރަނިވި ބިލް ތައްފާސް ކުރެވޭނީ އޭރުންނޭ.. މި އުޅެނީ ރާއްޖެ އަބުރާލަން.. މީ ފެށުން.. ހާސްނުވޭ މާލޭކުދީންނޭ.. ކުރިޔަށް އޮތީ ފައިދާ ހުރި ދުވަސްތައް..