މެލޭޝިއާގެ ޓްވިން ޓަވަރު ކައިރީގައި ބަޔަކު ހަރަކާތްތެރިވަނީ: އެ ގައުމުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ޓިކެޓް ވިއްކަން މިއަދު ފަށަން ވަނީ ހަމަޖައްސާފައި
06 އެޕްރީލް 2020 - 13:20
މެލޭޝިއާގަައިި ތިބިި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އޮންލައިން ޓިކެޓް ގަތުމުގެ ފުރުސަތު މޯލްޑިވިއަން އިން މިއަދު ހުޅުވާލައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ބައެއް ގައުމުތަކުގެ ވައިިގެ ދަތުރުތައް ހުއްޓާލުމުން ރާއްޖޭގެ ގައުމީ އެއާލައިިން މޯލްޑިވިއަން އިން އަންނަނީ އެ ގައުމުތަކަށް ޗާޓަރު ފްލައިޓްތައް ބާއްވައި، އެ ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ގެންނަން މަސައްކަތް ކުރަމުންނެވެ.
މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައިވަނީ މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް މިއަދު ހަވީރު 5 އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށާއި އެ ފްލައިޓް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހު ކަމަށެވެ. އަދި ފުރާ ގަޑިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޯލްޑިވިއަންގެ ޓްވީޓްގައިވެ އެވެ. އެކަމަކު ޓިކެޓް ވިއްކާ އަގު މޯލްޑިވިއަން އިން އަދި ހާމައެއް ނުކުރެ އެވެ.
މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް މިއަދު ހަވީރު 5ކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ބައްލަވައި ގަނެވޭނެ. މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައިވަނީ މި މަހުގެ 8 ވަަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު 6 ޖަހާއިރު. ފުރާގަޑިއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް.
— Maldivian (@MaldivianAero) April 6, 2020
މޯލްޑިވިއަން އިން ކުރި ޓްވީޓް
މެލޭޝިއާގައި ތިބި ދިވެހިން ރާއްޖެ ގެންނަން އަންނަ ބުދަ ދުވަހު ފްލައިޓްތަކެއް ބާއްވާއިރު، ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 100 މީހަކު ރޭ ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެންނަން ވެސް ފްލައިޓްތަކެއް ބާއްވަން މޯލްޑިވިއަން އިން ހަމަޖައްސާފައި ވާއިރު، އެއްކޮޅު ޓިކެޓްތަކުގެ އަގު އުޅެނީ 4،000ރ. އަށް ވުރެ މަތީގަ އެވެ. އެ އަގުތަކާ ގުޅިގެން ފާޑުކިޔުންތައް ބޮޑުވެފައި ވާއިރު، އެކަމާ ގުޅިގެން މޯލްޑިވިއަން އިން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާގައި ތިބި ދިވެހިން ގެންނަން މަސައްކަތް ކުރާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އެ އެންމެން ވެސް ރާއްޖެ އައުމަށް ފަހު 14 ދުވަހު ކަރަންޓީންގައި މަޑުކުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
100% ދިވެއްސެއް
07 April 2020
މިހާރު ޓިކެޓް ހުސްވެއްޖެޔޯ... ކިހިމެއްބާ 300 މީހުން ހަމަވީ. އިއްޔެސުރެން ވެބްސައިޓް އަދި މޯބައިލް އެޕް ޑައުން.
ޝުކުރިއްޔާކަވަރކޮށްދީފައްޔާ
06 April 2020
ހަބަރު ޖެހިޔަކަސް ކަމަކުނުދާނެ، ފޮލޯއަޕެއްވެސް ހަދާލަންވާނެ. މިހާރު އެތައްބަޔަކު އެބަތިބި ޓިކެޓުގެ ނުނެގިފަ 2ގަޑިއިރުވީއިރުވެސް މޯލްޑިވިއަންގެ ވެބްސައިޓުން ޓިކެޓް އެވެއިލެބަލްއެއްނޫން. މަވާ ރުޅިމަޑު.
ޠުއާގު
06 April 2020
މިވަރުގެ ބޮޑުހެޔޮ ކަމެއްސަރުކާރަކުން ރައްޔަތުންނަ ކޮދޭނީ އޭކިޔާފަ ފުލައިޓުގެ ހަރަދުރައްޔްތުން ހޯދުން
ޔަހްޔާ
06 April 2020
މިވަގުތަކީ އެކަކުއަނެ ކާއަށް އެހީވާންވީވަގުތު އެކަމަކު މިއަޑުއިވެނީ ގެންނާނެ ކަމެއްނެތޭ ބަލިހިފާގެން އަންނަނީޔޭ އެކަމު ސަރުކާރުންވެސް އެހީވާންވީ ވަގުތު ފެލާލަނީ
ަލައިޔާމު
06 April 2020
މިކަންރަގަލުވެގެން ވާހަކަދައްކާ މިހެއްގެދަރިޔެ ހުރިނަމަ ކީކޭބުނާނީ ލިތާތިބީމެ ލިބޭއެއްވެސް އެއްޗެއްނެތް މިހެންވީދުވަހުންފެށިގެން އަތުގަގަނެފަ ހުރިއެއްޗްެއްތި މިހާރުހުސްވަނީ
ައޮހެއި
06 April 2020
ދުނިޔޭގެއެހެން ގައުމުތަކުންވެސް އެގައުމުގެ މީހުންފުލަޓުއައިސް ގެންދިޔަ އެކަމަކު ލާރިޔެނުނަގާ...ރައްޔަތުންވެސް ސަރުކާރުގެ އެއްބާރުލުން ބޭނުންވިދުވަހު ކަންތަކުރި ގޮދޯ..
ލޮލްލީީނަމަދޯ
06 April 2020
ހެހެ، ގަމާރުކަން. އެންމެފުރަތަ ވޫހާންއިންބޭރުވި އެމެރިކާގެ ފްލައިޓުންވެސް ލާރިނެގި.
އަހުމަދުބޭ
06 April 2020
މީގަ އެންމެ ރަގަނޅު ގޮތަކީ ވީހައިލެއްގައި ތިބި ތަނެއްގައި ތިބުން ގެނެސްގެންވެސް ތިޔައެންމެން 14 ދުވަސް ވަންދެން ބެލެހެއްޓުމަކީ ކުޑަކަމެއްނޫން އަދި ކުޑަ ޚަރަދެއްނޫން، ދެން ޓިކެޓް ވިއްކަންވީ ހިލޭތަ؟ ދާން މިޖެހެނީ ހުސްކޮށް ތެޔޮއަދާނެ ދޯ އަދާވަރަށް އެހެންވީއިރު ކިހިނެތްތޯ މިވަގުތު ހިލޭ ކޮއްދޭނީ
ދަތްނެތްކުއްޖާ
06 April 2020
ތިމާގެއަތުން ފައިސާފޮއްޗެއް ޙަރަދުކޮއްގެން އެއްޗެއް ގަންނަން ބޭނުންވާ މީހާއަށް އަބަދުވެސް އެއްޗެއްގެ އަގުބޮޑު ވާނެއެވެ. އެއީ ދުނިޔޭގެއާދައެވެ. ވިސްނަންޖެހޭ ކަމަކީ ތިޔަބުނާ ފްލައިޓެއް މާލެއިން ފުރައިގެން މެލޭޝިއާ ނުވަތަ ލަންކާ ނުވަތަ އިންޑިއާ އަށް ދަނީ މިކޮލުން ހަމަ ފުލްކޮއް ޕަސިންޖަރުން ގޮވައިގެންތޯ މިއީވެސް ތިމާގެ އަމިއްލަ ނަފްސާއި ސުވާލުކުރުން ބުއްދިވެރިކަމެކެވެ. ހާލުގައި ޖެހިފައި ތިބި ބަޔަކު ބަލާ އެދަނީ ހުސް ފްލައިޓެވެ. އެ ޙަރަދު ކޮބާތޯއެވެ.
ކަޑަބައި
06 April 2020
ތައިލޭންޑުން އަންނަ ކާގޯ ފްލައިޓްގަވެސް މެލޭސިޔާގަތިބި ދިވެހިން ގެނެވެހެން ހެދީ މާ އަގު ހެޔޮ ކުރެވިދހަަނެހެން ހީވެއެވެ.
ކަޑަބައި
06 April 2020
ޓިކެޓްގެ އަގު އިންތިހާއަށް ބޮޑު. ސަބަބަކީ ހާލުގައިޖެހިފައިވާ މި ދަޑިވަޅުގައި ހަރަދު ކުރަށް ފައިސާވެސް ނުހުންނާނެތީ. ގައު މީ އެއަރލައިންއާ ގައު މީ އެއަރޕޯޓް ކުންފުނި ގުޅިގެން އިންސާނިއްޔަތަށްޓަކާ ކުރާ ދަތުރަކަށް ހަދާލުން ކިހާ ރަގަޅު.
ހަލީމަތު
06 April 2020
މިހާރު ޓިކެޓް ނަގަިގެން ނާދެވިފަ ތިބި މީހުންވސް އަނެއްކާ ޓިކެޓްނަގަން މި ޖެހެނީ. ކަލޭމެން ރައްޔިތުނަަށް ޚިދުމަތެއް ތިކޮށްދެނީ މިތާ ހާލުގަ ޖެހިފަ ތިބިއިރު. ގައުމުތަކުންނާ ވޯލްޑް ބޭންކު އަދި އެކި ފަންޑު ތަކުން އެހީ ލިބޭއިރު އަމިއްލަ ޤައުމުގެ ރައްޔިތުން ފެލަން މި މީހުން އުޅެނީ މި ނުރައްކާތެރި ބިރުވެރިކަމުގެ ތެރޭގަވެސް.