މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ކޮލެޖުތައް ތަމްސީލުކުރާ ޖަމިއްޔާއިން ރޭ ބޭއްވި ބައްދަލުވުމުގައި، ކޮލެޖުތަކުގެ އިސްވެރިން ބައިވެރިވަނީ-- ފޮޓޯ: ފީމް
12 އެޕްރީލް 2020 - 14:07
ކޮރޯނާވައިރަސްއާ ގުޅިގެން، ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ސަބަބުން ކޮލެޖުތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބެމުން ދާތީ އެކަމަށް ހައްލު ހޯދައިދޭން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާ ބައްދަލުކުރަން، މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ކޮލެޖުތައް ތަމްސީލުކުރާ ޖަމިއްޔާ އިން އެދިއްޖެ އެވެ.
ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، ސައިރިިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ކޮލެޖުތައް ބަންދުކޮށް، ގިނަ ދުވަސްތަކެއް ވަމުން ދާތީ އެ ތަންތަނަށް މާލީގޮތުން ދަތިތަކާ ދިމާވާ ކަމަށެވެ. އެހެންވެ، އެކަމުގައި އަލިމަގެއް ހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އަދި ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ން ރައްކާތެރިވުމަށް، ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ބަންދުކުރިތާ ގާތްގަނޑަކަށް މަހެއް ވީ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން އިއުލާނު ކޮށްފައިވަނީ، ކޮލެޖުތަކަށް އެކަށީގެންވާ ރިލީފް ޕެކޭޖުތަކެއް ނޫނެވެ. ކޮލެޖުތަކަކީ، ފިހާރަތަކާއި ކުންފުނިތައް ހިންގާ ގޮތަށް ހިންގާ ތަންތަނެއް ނޫން ކަމަށާއި އެހެންވެ ކޮލެޖުތަކަށް ހާއްސަ ޕެކޭޖެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ކޮލެޖުތައް މި ހިންގަނީ ވިޔަފާރިއެއް ހިންގާ ގޮތަކަށް ނޫން. ފިހާރައެއް ބަންދުކުރާހެން ކޮލެޖެއް ބަންދެއް ނުކުރެވޭނެ. ކިޔަވައިދޭން ޖެހޭނެ. އެހެންވެ ވަކި ޕެކޭޖެއް އޮންނަން ޖެހޭނެ މި ކަމަށް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ކޮލެޖެއް ހިންގަނީ އެ މަހަކު ލިބޭ ކޯސް ފީ އަކުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގުތިސޯދަށް ކޮށްފައިވާ އަސަރުގެ ސަބަބުން، ކޯސް ފީ ލިބުމުގައި ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ.
އެ ޖަމިއްޔާގައި، މަތީ ތައުލީމް ފޯރުކޮށްދޭ އަމިއްލަ ހުރިހާ ކޮލެޖަކުން ބައިވެރިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކު ހުވާ
13 April 2020
މީ މުންސަނދިން ނޫންކަން. އެނގިހުރެ އޮންލައިންކޮށް މިދުވަސްވަރު ކިޔަވަން ފަށަން. ފޭސް ޓް ފޭސް ކޮށް ކިޔަވަދޭންޖެހޭ މޮޑިއުލްތައް ވެސް އޮންލައިން ކޮށް.
ބޯހަލާކު ހުވާ
13 April 2020
ސައިރިކްސް ހަމަ ގައިމުވެސް ބަންދު ނުކުރޭ ކޮން ހޮޅި ވާހަކައެއް ތި ދައްކަނީ. މިހާރު ތިބި ބެޗްތައް ޓާގެޓަށް ނިންމަންށޯ ކިޔާފަ ހުރިހާ ކުލާހެއް އޮންލައިން ކޮށް. ދުވާލަކު 3 ނޫނީ 0430 މިނެޓް އޮންނަލައިންކޮށް ވީޑިއޯ ބެލުމަކީ ގިނަ ކުދިންނަށް ވާ ވަރުގެ ކަމެއް ނޫން. ސައިރިކްސް އެންޑް ދެއަރ ޓާގެޓް. އެއުޅީ މި ޖޫން ނިމޭ ބެޗުތައް ނިމުނީމަ އާބެޗް ނެހެދޭނެކަން އިނގޭތީ.
އަހްމަދ
12 April 2020
ކޮލެޖްތައް ހިންގުމުގަ ތި އުޅެނީ ފައިސާއަށް މަރުދަން ޖެހިގެން އުޅޭ ބަޔެއްކަން މި ލިޔުމުން ވަރަށް ރަނގަޅަށް ސާފުވެއްޖެ! ތި މީހުންނަކީ ފެންވަރު ރަނގަޅު މަތީ ތަޢްލީމް ފޯރުކޮށްދިނުމުގެ ބަދަލުގައި ސެޓްފިކެޓް ވިއްކޭތޯ އުޅޭ ބަޔެއް! ރާއްޖޭގެ ތަޢްލީމީ ހަޔާތް ފުން އަނދަވަޅަކަށް ވައްޓާލަމުންދާ ބަޔެއް!
ބަޝީރާ ހުސަން
13 April 2020
ދިވެހިންގެ ފެންވަރު މިފަދަ ކޮމެންޓުން ފެންނަނީ، ސެޓްފިކެޓް ގަންނާނީ ފެންވަރު ހުރިއްޔާދޯ؟ ފެންވަރު ނެއް އެއްޗެއް ބަޔަކު ނުގަންނާނެ، އަދި ފެންވަރު ނެއް އެއްޗެއް ގަންނާނީ އޭނާގެ ފެންވަރު ނެތީމަ، އެހެންކަމުން ގަންނަމީހާގެ މައްސަލަވެސް އެބައޮތް،
އަލިފުތާ
12 April 2020
ސަރުކާރުވެސް އޮތީ ތިހާލުގައި... ދައުލަތަށް އާމްދަނީ ލިބޭ ހުރިހާ ދޮރެއް ވަނީ ބަންދުވެފައި... ދެން އެންމެ ރަގަޅީ ހުރިހާ ދިވެހިން މަސްވެރިކަމުގެ ދާއިރާ އަދި ދަނޑުވެރިކަމުގެ ދާއިރާއަށް ނިކުމެ ކައިބޮއި އުޅެގެން އުޅެވޭވަރުގައި ދެމިތިބުން .. މުޅިދުނިޔޭގެ ހުރިހާ ގައުމެއްވެސް މިދަނީ މިހާލަތަށް ކުރިމަތިލަމުން...މިބަލިމަޑުކަން މުޅިދުނިޔޭން އަރައިގަތުމުން ހުރިހާ އެންމެންނަށްވެސް ރަގަޅުވާން އޮތީ... ދުއާދަންނަވައި ހެޔޮކަމުގައި ތިބެމާބަހީ..
އޯލެވެލް
12 April 2020
މިވަގުތު ތިޔަ ކޮލެޖްތަކުން ކިޔަވައިދެނީ އޯލެވެލް އާއި ޔުނިވަރސިޓީ ޕްރިޕަރޭށަން ޕޮރުގްރާ މްތައް. އޮންލައިންކޮށް ކިޔަވައިނުދޭތަ ތިޔަ ކޮލެޖްތަކުން ކުރީގަ؟
ސްކިޕަރ
12 April 2020
ކޮލެޖް ޔުނިވާސިޓީތަކަކީގެ ދަރިވަރުންނަކީ އެތަންތަނުގެ ކަސްޓަމަރުންކަން ދަނެގެން ޚިދުމަތް ފޯރުކޮށްދެވުނުނަމަ މިފަދަ ހާލަތަކާ ކުރިމަތިލާންވެސް މިއަދު ތިބޭނީ ރެޑީއަށް. އެއާ ޚިލާފަށް މިރާއްޖޭގައި އެފަދަ ތަންތަން އާންމުކޮށް ހިންގަނީ ޕްރައިމަރީ/ސެކަންޑަރީ ސްކޫލް ހިންގާ ސްޓައިލަށް. ނަމެއްގަ ޔުނިވާސިޓީ ކިޔަނީ.
ޕިކްސް
12 April 2020
އޮންލައިންކޮށް ނަމަވެސް ކުލާސްތަށް ކުރިއަށް ގެންދާނަމަ ތި މައްސަލައެއް ނުޖެހޭނެދޯ. އެއްވެސް ވަރަކަށް ކިޔަވައިނުދީ ކޯސްފީހޯދަން އުޅުމަކީ މައްސަލައެއް.
ތެސް
12 April 2020
މިޒަމާނުގައި މީޓިންއެއް ބޭއްވުމަކީވެސް ހަބަރެއްނޫން. ދެން މީޓް ކުރަން ރިކުއެސްޓްކުރުން ހަބަރަކަށްވަނީ ކިހިނެއްބާ؟
ސާޑު
12 April 2020
ރާއްޖޭ ހުރިހާއެންމެންވެސް މިނިސްޓަރު އަރިހަށްދަންވީ. އެންމެންވެސް ވަރަށް ދަތީގާ މިއުޅެނީ.