ޚަބަރު / ޑރ. ނަޒްލާ ރަފީގް (އެޗްޕީއޭ)

ދެން ދާން ޖެހޭނީ އާ "ނޯމަލްއަކަށް": ޑރ. ނަޒްލާ

މީގެ ކުރިން ބޭއްވި ނިއުސް ބްރީފިންގައި މަބްރޫކް އަދި ޑރ. ނަޒްލާ ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ހެލްތު މިނިސްޓްރީ

ކުރިން އުޅުނު އާއްމު ހާލަތަށް އަލުން ނުދެވޭނެ ކަމަށާއި ދެން ދާން ޖެހޭނީ އާ "ނޯމަލްއަކަށް" ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅޭ ސިލްސިލާ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ބަލި ނުފެތުރެނީ އެކަން ކޮންޓްރޯލްކުރަން ގިނަ ކަންތައްތަކެއް ކުރާތީ ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ރާއްޖެއަށް ބަލި އަންނަ މިންވަރު މަދުކުރުމެވެ. ދެ ވަނަ ކަމަކަށް، ބަލި ހުންނަ މީހުން ދެނެގަތުމުގެ މަސައްކަތް ކުރާއިރު ތިން ވަނައަށް އޭނާ ފާހަގަކުރެއްވީ ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ހުރިހާ ކަމެއް އެއްވަރަށް ކުރެވިގެން ނޫނީ، މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ވެކްސިނެއް ލިބެންދެން ނުވަތަ ފަރުވާއެއް ހޯދެންދެން އެކަން ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރަން ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ އާއްމު މުޅިން އާ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ދައްކާ ވާހަކައަކީ އަލުން އަނބުރާ ނޯމަލް ހާލަތަށް ނުދެވޭނެއޭ. ދެން ދާން ޖެހޭނީ އާ ނޯމަލަކަށް، ނިއު ނޯމަލްއަކަށް. އެ ނިއު ނޯމަލްގައި އަޅުގަނޑުމެން، އެހެންޏާ އަޅުގަނޑުމެން ތިބޭ ގޮތަށް ކައިރި ކައިރިއަކު ނުތިބެވޭނެ. ދުރުދުރުގައި ތިބެން ޖެހޭނީ. މިކަހަލަ ކަންތައްތަކަކީ އާދައަކަށް އެބަ ހަދަން ޖެހޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އާދަތަކުގައި މަސައްކަތްކުރަން އެކި މުއައްސަސާތަކުން ވެސް މަގުފަހިކޮށްދީ އިންތިޒާމުތައް ވެސް އެގޮތަށް ހުންނަން ޖެހޭނެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ އާދަ ބަދަލުކުރުމަކީ ޕަބްލިކް ހެލްތު ދާއިރާއަށް އުނދަގޫ ކަމެއް ކަމަށެވެ. ހަމައެކަނި މައުލޫމާތު ދީގެން އެކަން ނުވާނެ ކަމަށާއި އާންމު އާދަތަކާ ބެހޭ ކެމްޕެއިނެއް ފަށާން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު މި ދައްކާ ވާހަކައަކީ އަލުން އަނބުރާ ނޯމަލް ހާލަތަށް ނުދެވޭނެއޭ. ދެން ދާން ޖެހޭނީ އާ ނޯމަލަކަށް، ނިއު ނޯމަލްއަކަށް. އެ ނިއު ނޯމަލްގައި އަޅުގަނޑުމެން، އެހެންޏާ އަޅުގަނޑުމެން ތިބޭ ގޮތަށް ކައިރި ކައިރިއަކު ނުތިބެވޭނެ. ދުރުދުރުގައި ތިބެން ޖެހޭނީ. މިކަހަލަ ކަންތައްތަކަކީ އާދައަކަށް އެބަ ހަދަން ޖެހޭ: ޑރ. ނަޒްލާ

ޑރ. ނަޒްލާ ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކާ ގައުމެއްގައި ފެތުރުމަށް ފަހު ކޮންޓްރޯލްކުރުމުން އެ ހިސާބުން އެކަން ނިމުނު ކަމަށް ހީވިޔަސް އެކަހަލަ ބޮޑު އައުޓްބްރޭކަކަށް ފަހު ބުރަ މަސައްކަތުން ބަލި ކޮންޓްރޯލް ވިޔަސް އަދި ނިމުމަކަށް ނާންނަ ކަމަށެވެ.

ރާއްޖެއަށް މިވަގުތު ބޭނުންވާ ވަރަށް ވެންޓިލޭޓަރު ހޯދަން އުނދަގޫތަކާ ދިމާވެގެން އުޅޭ އިރު އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފަށައިފިއްޔާ ފަރުވާ ދޭން އުނދަގޫވުމެވެ.

"ވަރަށް އުނދަގޫވާނެ އެންމެންނަށް ފަރުވާ ދޭން. އެކަން ހުއްޓުވަން ކުރެވޭނީ ތިން ކަމެއް. އެއް ކަމަކީ ބަލި އަންނަ ވަރު މަދުކުރުން. އަނެއް ކަމަކީ ބަލި ހުންނަ މީހުން ހޯދުން. ދެން ތިން ވަނަ ކަމަކީ ގައިދުރުކަން ބެހެއްޓުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

56 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 33%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދޫ

14 April 2020

އަމިއްލަޔަށް އުދުހިފަ 417 މޭލު ދުރުން ވައިރަސް މިގައުމަށް އަތުވެދާނެ ތަ؟ ބަލި އަންނާނީ ކޮންމެވެސް މީހަކަށް ޖެހިފަ ހުރެގެން ރާއްޖެ އައިސް އެމިހަކު ބަލިޖެހިފަ ހުރިކަން ނޭގިހުރެ ގައުމުގަފެތުރިގެން ކަން މިހާރު ކޮށްފަހުރި ދިރަސާތަކުންއެބައެގޭ މިހާތަނަށް މިގަުމުގަ ބަލިފެނުނީވެސް މިފަދަ ހާލަތްތަކުން. ކޮންމެ ނޯމަލަކަށް އަޔަސް ބޭރުގައުމުތަކުން މީހުންއައުމަށް ދޫކުރަންވަނީ ދުނިޔޭގެގައުމުތަކުގަ މިބަލިނައްތާލެވުނު ދުވަހަކުން .އޭރުންފުރިހަމަނޯމަލް އަކަށް އައީ

The name is already taken The name is available. Register?

ފިރުޝާން

14 April 2020

ތީ ރަގަޅުވާހަކައެއް.. މިހާރު ބޮޑުންނާއި އެމީހުންގެ އާއިލާ ތިމާގެ ރައްޓެހީން ގެނެވިއްޖެ.. މެލޭޝިޔާއިންވެސް އެގޮތަށް ފްލައިޓެއްފުރާ މީހުން ހޮވާއިގެން ގެނައި.. ބަލަދު އަރާ މީހުންގެ ނެވުނީމަ، ރާގު ބަދަލު ކޮށްލީ.. އާންމު މީހާ ހާލުގައި ޖެހުނަސް ހެޔޮ.. ޒަކާތުފަންޑުންވެސް މި ހޭދަކުރީ މިދެންނެވި ދައުލަތުން ބަލަދު އަރާ ބޮޑުންނަ.. އެހެންމީހުން މުހިއްމެއްނޫން ގެންނަންވެސް.. އަދި އެވިދާލުވަނީ ނާންނާށޭ..! ކޮންމެހެން އަންނަ ޖެހޭމީުން ހަމަވެއްޖެ..

The name is already taken The name is available. Register?

އުދޭހޭ

14 April 2020

ލޮކްޑައުން އިޒް ނޮޓް ނޯމަލް.

The name is already taken The name is available. Register?

ނިއުނޯމަލް

14 April 2020

ނިއުނޯމަލް އަސްލު ވަރަށް ހިތްގައިމު. އެތައް ހަރަދެއްކުޑަވެ ގިނަ ވަގުތުތަކެއް އެބަ ލިބޭ ވައިރަސްއާހެދި. ކުރީގަ ބޭރަށް ގޮސްއުޅެންޖެހުމުން ހޭދަވަމުން ދިޔަ ފައިސާތަކާ ވަގުތުތައް އަދި އެތައް އެތައް މައްސަލައެއް މިވަގުތަށް ހައްލުވެއްޖެ ކޮރޯނާއާހެދި.

The name is already taken The name is available. Register?

ހަސަނާނު

14 April 2020

ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާފަ މިސްކިތްތައް ބަންދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ރާއްޖެ އަންނަ މީހުންނަށް 14 ދުވަސް އެކަހެރިކޮށްފަ، ރިސޯޓުތައް ބަންދުކޮށްފަ. އެހެންކަމު މިވައިރަސް މާލެތެރޭ ފެތުރޭނެ ގޮތެއް ނުވިސްނުނު!

The name is already taken The name is available. Register?

ޑހހސ

14 April 2020

ބޭކާރު ވާހަކަ ނުދައކާ ގޭގައި ޖަމާއަތްބހަދައިގެން ނަމާދު ކޮށް ބަލަ... ތި މިސްކިތަ ތައް ނުހުޅު ނުވައިގެން އުޅޭ ގުނަ މީހުން ކޮންމެ ނަމާދެއް ޖަމާއަތުގަ ކުރނީ އެއ ނޫން އެކްނ އެގޭނެ ފަތިން ނަމާދުން. ދެންރާ ނަމާދެއް ކޮށް ގެން ތިބޭނީ މީހުންގެ މަސްކާން. ޢެއައް ވުރެ ރަަގަޅު މިގޮއް ގޭގައި ޖަމާއްތް ހަދައިގެން ކުދިވެރިން އާއި ހުރިހާ އެްންމެން އެކޮއް ނަމާދު ކުރުން

The name is already taken The name is available. Register?

އިންސާނާ

15 April 2020

މިހާރު ވިސްނިއްޖެ؟

The name is already taken The name is available. Register?

ކޮރަލް

14 April 2020

ނޯ މަލް ދެން ކިޔަނީ ނިއު ނޯމަލް އެވެ. މިމީހުންނަށް ސޯދުބޭ ދިވެހި ކިޔަވާ ދޭން ފެނެ އެވެ. މިހެން ބުނަން ލަދުވެސް ގަނެ އެވެ.

The name is already taken The name is available. Register?

ޑޯޓް.....

14 April 2020

ތިޔަ ބޭފުޅާ އެއްް ވިރެ ދިވެހި ބަހައް އޭނަ މޮޅުވާނެ ކަން ޔަޤީން... ދިވެހި ބަހަކީ ޓެކްނިކަލް ފީލްޑްސް ގަ ބޭނުން ކުރަން ފުދޭ ބަހެއް ނޫން. ޟީހުން އަށް ނޭ ޣެ އެއްޗެއް ކިއުމަށް ވުރެ މީހުން އާމު ކޮށް ބޭނުން ކުރާ ބަސް ބޭނުން ކުރުން މާ މުހިއްމު މައުލޫމާތު ފެތުކުމަށް. ކޮން އައްސި އަކާއި ފައްސި އަކާ. ޢައްސިއަކާ ކިޔަ ކަށް މީހުން އެއީ ކޯޗެއް ތޯ ބަލަން ރަދީފް ހުޅުވަން ޖެހުނީމަ އަމިއްލަ ބަހުގެ ބޭނުން ކެޑުނީ...

The name is already taken The name is available. Register?

ދޮންވެލި

14 April 2020

ރާއްޖެ އިން ބޭރުގަ 10 ވަރަކަށް އަހަރު ހޭދަ ކުރީމަ ދިވެހިބަސް ނުފަރިތަ ވާނެ އެވެ. އިނގިރޭސި ބަސް ފަރިތަ ވާނެ އެވެ. ވަގޮތަކީ އެއީ އެވެ. މިކަން ވެސް ގަބޫލު ކުރަން ވީ އެވެ.

The name is already taken The name is available. Register?

ރާޖާ

14 April 2020

އެން މެ ފިރަތަ މަ ކުރަންޖެހޭ އެއްކަ މަކީ ތޮއްޖެހިފައިވާ މާލޭގެ މިއޮތް އާބާދީގެ ބޮޑުބައި މާލެއިން މަދުކޮށް އަތޮޅުތަކަށް ދިރިއުޅުން ބަދަލު ކުރެވޭނެގޮތް ސަރުކާރުން ހަދަން ޖެހެނީ. އެހެން ނޫންނަ މަ ސޯޝަލް ޑިސްޓެންޓޭ ކިތަން މެ ވަރަކަށް ގޮވިޔަށް ނަތީޖާއެއް ނިފެންނާނެ. މާލޭގަ އިންސާނުން އާދައިގެ ހާލަތުގައިވެސް ދިރިއުޅެން ހެޔޮނުވާވަރަށް މީހުން ތޮއްޖެހިފަ އޮތީ . މީ މިހާލަތުގައި ބޮޑު ނުރައްކަލެއް

The name is already taken The name is available. Register?

ޅިޔަނާ

14 April 2020

އޭރުން މާލޭ މީހުން ބަނޑަށް މަރުވާނެ. ގަވައިދާ ޚިލާފަސް މާލޭގައި އުޅޭ އެއް ލައްކަ ބަންގާޅީން ރަށް ފޮނުވަންވީ ކަނޑު ބޯޓަށް ލާފަ އޭރުން ނިމުނީ. ކާބޯ ތަކެތިންވެސް އެއް އަހަރަށް ވާނެ އޭރުން އިރާދަކުރެއްވިއްޔާ.

The name is already taken The name is available. Register?

ޚިޔާލު

14 April 2020

މާލޭގެ މިސާލަކީ ގޮވަން ތައްޔާރަށް އޮތް ޓައިމް ބޮމެއްގެ މިސާލު. މާލެއިން މީހުން މަދުނުކޮށް އެޕިޑަމިކެއް ނުވަތަ ޕެންޑެމިކެއް މެނޭޖްކުރެވޭނެ ގޮތެއް މަބްރޫކްވިޔަސް ނޫނީ އެޗްޕީއޭގެ ޑޮކްޓަރެއް ވިޔަސް ކިޔާދީބަލަ. އެޗްޕީއޭއަށް ލިބިގެންވާ ބާރުގެ ދަށުން މާލެއިން މީހުން މަދުކޮށް މާލެއިން ރަށްރަށަށް އަނބުރާ ދާން ބޭނުންވާ މީހުންނަށް ފައިސާގެ އެހީދިނުމަށް ސަރުކާރަށް އިރުޝާދުދޭކަށް ނުވޭތޯ

The name is already taken The name is available. Register?

ހާމަ333

14 April 2020

މިއޮތްހާ ޒަމާނު މަސައްކަތްކުރީ މާލެ ތޮއްޖައްސަން...ތިބުނާ އާ ނޯމަލް ދެން މާލެއިން މީހުން ހުސްކޮށްގެންނޫނީ ނުވާނެ...އޮފީސްތައް މިހުންނަނީ ކުދިކުދި އިމާރާތްތަކުގަ...ފައިލްތައް ބޯމަތީގަ...ނޫނީ ފައިދަށުގަ....މިފަދަ އެންވަރަމެންޓެއްގަ ތިބުނާ އާ ނޯމަލް ގެންނާނީ ކޮންތާކުންތޯ...

The name is already taken The name is available. Register?

3344

14 April 2020

ބޮންދުންނަށް ފިލާވަޅުނަގައިދޭން ފެނޭ ގައިދު ރުވުމާއި މަގުތަކަށް އޮލަ ކުޅުޖެހުއްހުއްޓުމާއި ސާފުތާހިރުވުމުގެ ހުރިހާކަމަކާއި ގުޅޭގޮތުން..

The name is already taken The name is available. Register?

ޖޯޖް

14 April 2020

ކަލޯ ދިވެހިންގެ ވެސް ހުރޭ ތިމުޑުދާރު އާދަ ކޮންމެހެން ބޮނދުން ކިޔާނެ ކަމެއްނެތް

The name is already taken The name is available. Register?

ކަރިޝް

14 April 2020

ވަރަށް ރަނގަޅުވާހަކައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454