މަރުކަޒީ ބޭންކުގެ މައި އިދާރާ: ދައުލަތުގެ ހަރަދުތައް ދަނީ މައްޗަށް
13 އޮކްޓޯބަރ 2016 - 13:35
ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަން ރާއްޖޭގެ ބޭންކްތަކުންނާއި އެހެން އިދާރާތަކުން ނެގި ދަރަނީގެ ޖުމްލަ މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު 24.5 ބިލިއަން ރުފިޔާއަށް އިތުރުވެ، އެ މުއްދަތުގައި ވިއްކި ޓީ ބިލާއި ޓީ ބޮންޑުގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރޭ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ސަރުކާރުގެ އެތެރޭގެ ދަރަނި 24.5 ބިލިއަނަށް އިތުރުވިއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ދަރަނި ހުރީ 21.6 ބިލިއަން ރުފިޔާގަ އެވެ.
ސަރުކާރުން މިހާތަނަށް ޓީ ބޮންޑްގެ ގޮތުގައި އެމްއެމްއޭ އަށް 6.3 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވެ އެވެ. އޭގެ އިތުރުން ކޮމާޝަލް ބޭންކްތަކަށް 115 މިލިއަން ރުފިޔާ އަދި އެހެނިހެން މާލީ ކުންފުނިތަކަށް 1.4 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވެ އެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީ ބިލްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ކޮމާޝަލް ބޭންކުތަކަށެވެ. އެގޮތުން ބޭންކުތަކަށް ނުވަ ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު ބޭންކުގެ ގޮތުގައި ނުހިމެނޭ ތަންތަނަށް 4.4 ބިލިއަން ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 547 މިލިއަން ރުފިޔާ އަދި މާލީ އެހެން ތަންތަނަށް 3.5 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
އެމްއެމްއޭގެ ހިސާބުތަކުން އެނގެނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުތަކަށް ވިއްކި ޓްރެޝަރީ ބިލްގެ އަދަދު 31 ޕަސެންޓް އިތުރުވެފައިވާ ކަމެވެ. އަދި މި އަހަރުގެ ޖޫން މަހާ ހަމަޔަށް ބޭންކުންތަކުން ނަގާފައިވާ ދަރަނީގެ ޖުމްލަ 12.5 ބިލިއަނަށް އަރާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ހަ ޕަސެންޓް އިތުރު މިންވަރެކެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި ސަރުކާރުން ބޭންކުތަކުން ނަގާފައިވާ ޖުމްލަ ދަރަނި އިތުރުވި މައިގަނޑު ސަބަބަކީ ޓީ ބިލްގައި އިންވެސްޓްކުރި އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެއީ 31 ޕަސެންޓް އިތުރުވުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
17 January 2017
ކޮމާޝަލް ބޭންކު ތަކުން 10ބިލިއަން ޓީބިލް، ޓީބޮނޑް ގަތީމަ، އެ ބޭންކު ތަކުން އަމިއްލަ ވިޔަފާރި ތަކަށް ދޭ ލޯން ޕަރސެންޓް ކުދަވީމަ، ދެން ވަޒީފަ ގެ މާކެޓަށް އަންނާނެ ބަދަލު ވިސްނާ
ޢަހުމަދު
14 October 2016
ޝުކުރިއްޔާ ރައީސް. މާބޮޑައްވެސް 2018 ޔަގީން ވެއްޖެ.ހެޔޮ ހުރިހާ ރައްޔިތުން ވޯޓްނުލާ ގޭގަތިއްބަސް މަނިކުފާން ސާފް އަގްލަބިއްޔަތުން ހޮވޭނެ.
ބީރުބޮލު ވަޒީރުގެ އެޑްވައިޒަރު
13 October 2016
އަހުން ހަމަ އާޝޯހުވެގެން، ހަދާނެ ގޮތް ހުސްވެ، މުސްތަގުބަލަށް ބަލަހައްޓައިގެން އިނީ މި!
އިބޫ
13 October 2016
އިކޮނިމިސްޓް މިހަދަނީ ކިހިނެއް ޓީބިލް ވިއްކި އަދަދު %31 މައްޗަށް ދަރަނި 21 ބިލިއަނުން 24 ބިލިއަނަށް މަތިވީ... ދެނ ްމިކިޔަނީ އަދި އެއް ދައުރު ދޭށޭ.. ދައުރު ގިނަވާވަރކަށް ދަރަނި މަތިވަންީ ދެނޯ؟؟ ރައީށް ނަޝީދު ހަވާލު ވިއިރު ދައުލަތުގެ އާންމު ދަނީ 6ބިލިއަން، ޙަރަދު 12ބިލިއަން، ރައީސް ނަޝީދުގެ ޓެކްސް ނިޒާމުން ދައުލްތުގެ އާންމު ދަނީ އަދު ވަނީ 24 ބިލިއަން އަށް ނަގާދީފަ، އެކަމު މި ސަރުކަރުން އާންމު ދަނީ އިތުރުނުކޮށް، ޙަރަދު ބޮޑު ކުރަމުން މިދަނީ
ރަޒްވާން
13 October 2016
ބޭރުގެ ދަރަންޔާއެކު 42.8 ބިލިޔަން
ލަބީދް އެންޑް ކަބީރް
13 October 2016
ސުބްހާނަﷲ. މަށެއްވާނެތް.
ހިތާމަވެރި ޚަބަރެއް
13 October 2016
24.5 ބިލިއަން 35000 ރައްޔިތުންގެ މަގުން ހިސާބު ކޮށްލީމަވެސް 700000 ރުފިޔާ ބޮލަކަށް ދަރަނި ޖެހިއްޖެ. 700000=24500000000/35000 އަދި ބޭރުގެ ދަރަނި ކޮބާ؟ ޝުކުރިއްޔާ ގައުމު...
އިކޮނޮމިސްޓް
13 October 2016
ހިސާބު އަދި އެއް ފަހަރު ޗެކްކޮށްލުން ރަނގަޅުވާނެ ކަމަށް ފެނޭ...
ލޮލުން
13 October 2016
70000 ހިސާބުކޮށްލީމަ އަންނަނީ،
ދަރަނިބޯ
13 October 2016
"ބޭންކުގެ ގޮތުގައި ނުހިމެނޭ ތަންތަނަށް 4.4 ބިލިއަން ރުފިޔާ " މީ ކޮންބައެއްގެ ވާހަކަތޯ؟؟؟؟؟؟؟؟ ވިޔަފާރިވެރިން ބޭނުން ގޮތަކަށް ސަރުކާރު މިހާރު ޖެހޭނީ ނަށަން...
ސާލިމް
13 October 2016
"މިހާރު" ބުނެދީފާނަނަތޯ ބޭރުގެ ދަރަންޏާ އެއްކޮށް މުޅި ޖުމްލަ ދަރަނީ ގެ އަދަދު.
މުގާބޭ
13 October 2016
ތިޔެއް ނޭންގުނިއްޔާ ރަނގަޅީ. އެގިއްޖިއްޔާ ހުރިތަނަށް މޮޔަވެ މަޖުނޫނެއްހެން ދެކޮޅަށް ދުވެވެންފަށާފާނެ.
ސޯޓު
13 October 2016
ދައުލަތުން ގެއްލުނު 1.5 ބިލިއަން ނޫނީ 2 ނުވަތަ 3 ބިލިއަން ރުފިޔާ ހޯދިނަމަ މިހާ ދަރަނި ބޮޑުނުވީހެއްނޫން... އެފައިސާ ނުހޯދިގެން މިއުޅެނީ ކީއްވެގެން ބާ... އެވެސް ހޯދަން ޖެހޭނެ އެކި މީސްމީހުންގެ ބޭންކު އެކައުންޓުތަ ޓްރެކް ކޮށްގެންނަމަވެސް... އެވެސް ހޯދޭނެ އުޅެފިކަމަވަންޏާ...