މާސްކު އަޅައިގެން ބަންގްލަދޭޝް ރައްޔިތުންތަކެއް ވިޔަފާރި ކުރަނީ: ބަންގްލަދޭޝް އާއި ނޭޕާލްގައި ތާށިވެފައި ހުރި 69 ދިވެހިން ރާއްޖެ ގެންނަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން -- ފޮޓޯ: އޭއެފްޕީ
18 އެޕްރީލް 2020 - 20:56
ކޮވިޑް-19 ފެތުރޭތީ ބަންގްލަދޭޝް އާއި ނޭޕާލުގެ ބޯޑަރުތައް ބަންދުކުރުމުން އެ ގައުމުތަކުގައި ތާށިވި ދިވެހިން، އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ދެ ގައުމުގައި ތާށިވެފައިވާ ދިވެހިން ގެންނަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށެވެ. މި ބޯޓުގައި ބަންގްލަދޭޝްގައި ތިބި 51 ދިވެހިންނާއި ނޭޕާލުގައި ތިބި 18 ދިވެހިން ގެންނާނެ އެވެ.
ނޭޕާލުގައި ތިބި ދިވެހިން ވެސް ރާއްޖެ ގެންނަނީ ބަންގްލަދޭޝް މަގުން ކަމަށް ވާތީ އެ މީހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މާދަމާ ދަތުރުކުރާނެ އެވެ. ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ތިބި ދިވެހިން އިއްޔެ އިން ފެށިގެން، ޑާކާ އަށް ގެންދިއުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބަންގްލަދޭޝްގައި ތިބި ދިވެހިން ގެންނަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު އަބްދުލް މޯމެންއާ ދެ ފަހަރެއްގެ މަތިން ފޯނުން މަޝްވަރާކުރައްވައިފަ އެވެ.
ބަންގްލަދޭޝްގައި ތާށިވެފައި ތިބި ގިނަ ދިވެހިންނަކީ ޑޮކްޓަރުކަން ކިިޔަވަމުން އަންނަ ދަރިވަރުންނެވެ. ނޭޕާލުގައި ތިބީ، ޑޮކްޓަރުކަމުގެ ލައިސެންސް އޮތް އެކަމަކު ސްޕެޝަލައިޒްވުމަށާއި އިންޓާންޝިޕް ހަދަން އެ ގައުމުގައި ކިޔަވަން ތިބި 17 ޑޮކްޓަރުންނެވެ. ނޭޕާލުގައި ތިބި ދިވެހިން އެ ގައުމުގައި ތާށިވީ، ރާއްޖެ އަނބުރާ އަންނަން އެއާޕޯޓަށް ދިޔަ ފަހުން، މުޅި ގައުމު ލޮކްޑައުން ކުރުމުންނެވެ.
މި ދެ ގައުމުން ގެންނަ ދިވެހިން، ރާއްޖެ ގެނައުމަށް ފަހު ގެންދާނީ ކަރަންޓީން ފެސިލިޓީތަކަށެވެ. އެ މީހުން ދޫކުރާނީ 14 ދުވަސް ފަހުން، ކޮވިޑް-19 ޖެހިފައި ހުރިތޯ ބަލަން ކުރާ ޓެސްޓު ކުރުމަށް ފަހު، ނަތީޖާ ނެގަޓިވްވުމުންނެވެ.
ބަންގްލަދޭޝް އިން ހޯމަ ދުވަހު އަންނަ ފްލައިޓުގައި، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމަށް 10 މެމްބަރުންގެ މެޑިކަލް ޓީމެއް ވެސް ރާއްޖެއަށް އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ބައްޔާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ 100 ޓަނުގެ މެޑިކަލް ސަޕްލައި ވެސް އެ ގައުމުން ވަނީ ރާއްޖެއަށް ހަދިޔާކުރަން ނިންމާފަ އެވެ. އެ ތަކެތި ހިފައިގެން މިދިޔަ އަންގާރަ ދުވަހު ފުރި މަނަވަރު ހަފުތާއެއްގެ ތެރޭގައި މާލެ އަށް ބަނދަރުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އިން މި ބަލި އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. މިދޭތެރެއިން އެއްވެސް ގައުމަކަށް ދަތުރު ނުކުރާ، އަދި ބޭރުން އައި މީހަކާ ބައްދަލު ނުވާ ދިވެއްސެއް މި ބައްޔަށް ޕޮޒިޓިވް ވީ، މިދިޔަ ބުދަ ދުވަހު މާލެއިންނެވެ. އެއަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފުރިހަމަ ކުރަން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބަ
19 April 2020
ރާއްޖޭގަތިބި ދެލައްކަ 70 ހާސް ބޭރުމީހުން އެމީހުންގެ ގައުމުތަކަށް އެގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ނުފޮނުވަންތިއުޅެނީ ކީވެ
ބޮޑުމީހާ
19 April 2020
ކޮބާތަ ކޮމަންވެލްތު! ބައި ރުފިޔާވެސް ދިންތަ! ބަންގްލަދޭޝް މީހުންވަރު ވެސް ނުވި. ދިވެހި ސަރުކާރާއި ދައުލަތުން ބިދޭސީ މަސައްކަތްތެރިންގެ ޚާއްސަކޮށް ބަންގްލަދޭޝް މީހުންގެ ހައްގުތައް ހޯދައިދޭންޖެހޭ. އިންސާނީ ހައްގަކީ ވަކި ބޯޑަރެއް އޮންނަ އެއްޗެއް ނޫން
ޚިޔާލު
18 April 2020
މާލޭގައި ހާލުގައިޖެހިފައިތިބި ރާއްޖެތެރޭ މީހުން 14 ދުވަހަށް ކޮންމެވެސް ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސްފައި އެމީހުންގެ ރަށަށް ބަދަލުވުމުގެ ފުރުސަތުދެއްވާ. މިބަލިން އަރައިގަނެވޭނެ ދުވަހެއް ނޭގޭ. ނަފުސާނީ ބޮޑު ބިރުވެރިކަމެއްގެތެރޭ މީހުން އުޅެންޖެހިފައިވަނީ. ބޭރުގައި ތިބި ބިދޭސީން ގެންނަ ގޮތަށް މާލޭގައި ތިބި ރާއްޖެތެރޭމީހުން ރަށަށްވެސް ގެންގޮސްދޭންވާނެ.
ޚިޔާލު
18 April 2020
އަދިވެސް ލަހެއްނުވޭ ،މާލެ ލުއިކުރަން. ސިފައިންނާއި ފުލުހުންނާއި މުސާރަދީފައި ބަންގާޅީން ނެރެގެން ހުޅުމާލޭގައި ނުނިންމާހުރި 7000 ފްލެޓް ދެހަފުތާތެރޭ ނިންމާފައި އެތަނަށް ބަދަލުވާން ބޭނުން އާއިލާތައް އެއްއަހަރުދުވަހަށް އެއްވެސް ކުއްޔެއް ނެތި ބަދަލުކުރަންވީ. އަދި އެތަނަށް ބަންގާޅީންވެސް ބަދަލުކުރަންވީ. ބަންގާޅީންނަކީވެސް ހަމަ އިންސާނުން. މުސްލިމުން. އެމީހުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސާދޭންވާނެ.
އެސްކޮބާރ
18 April 2020
ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތުމީހުންގެ ތެރޭ ކޮވިޑް19 ފެތުރިއްޖެނަމަ ހިތާމަވެރި ކާރިސާއަކަށް ވެގެންދާނެކަމަށް މީގެ ދެތިންހަފުތާ ކުރިންވެސް ކޮމެންޓްކުރިން. ރޮހިންޖާ މީހުންނާއި ރާއްޖޭގައި ތިބި މަސައްކަތުމީހުންނާއި ތަފާތު. މިތާގައި ތިބި ކޮންމެ މީހެއްގެ ވެސް އާއިލާ ބަންގްލަދޭޝްގައި އެބައޮތް. އެމީހުންނަކީ އެގައުމުގެ މީހުންކަމަށް ހެކިދޭނެ ކިތަންމެ ބަޔަކު އެބަތިބި. އެހެންވީމާ އެމީހުންގެ އާއިލާތައް ކައިރިއަށް ގެންގޮސްދޭންޖެހޭ.
ޚާދިމުކުމް
18 April 2020
ސޮރީ ސާރ މީގެ ދެތިން ހަފްތާ ކުރިން މަނިކުފާނު ލިޔުނު ކޮމެންޓަށް އަމަލު ނުކުރެވުނީތީ. ހަމަ މިހާރު ތިކަމާ މިއުޅެނީ.
އެހެން
18 April 2020
ތިކުދިން 21ދުވަހު ކަރަންޓީންގައި ބައިތިއްބާނެކަމަށް އުންމީދުކުރަން.
ނަޖުމުއްދީން
18 April 2020
ސަޅި.
އިންސަަފް
18 April 2020
މިދަނޑިވަޅުގައި ގެނެސްގެން މެނޭޖް ކުރެވޭނެބާ... އެހާގިނަ އައިސޮލޭޝަންތައް ހިންގުމަކީ ދަތިކަމެއް...
މުސްތަފާ
18 April 2020
އަހަރުމެންވެސް ރަށަށް ގެންދަބަލަ ޓިކެޓް ނަގައިގެން މިތިބީވެސް ރޯދަައަށް ދާންވެގެން.. ރަަށުން އަހަރުމެންނަން އެހީ ފޮނުވޭނެގޮތް ހަދައިދީ. އަހަރުމެންވެސް މިއުޅެނީ ހާލުގައި. ރަށަށްގޮސް ތިބެފާނަން ވަކިން ކޮޓަރީގައި..
ވިސްނާލުމަށް އެދެމޭ
18 April 2020
ރާއްޖޭން ބޭރުގަތިބި މީހުން ގެންނަގޮތަށް މާލޭގަ ހައްޔަރުވެފަތިބި މީހުން ރަށަށް އާދެވޭނެގޮތް ހަދާދީބަލަ..ރަށުގަ ކަރަންޓީނު ކުރަންވިޔަސް ހެޔޮ.. މާލޭން ބޭރުވިޔަދީބަލަ..ވަރަށް ހާލުގަ އެބަތިބި ރައްޔިތުންތަކެ..ހައްލެބޭނުން..ސަރުކާރުން މިކަ މުގަ ހެޔޮބަދަލެ ހޯދަދީބަލަ.އިޖުތި މާއީ އެތައް މައްސަލައެއް އެބައުފެދޭ މާލޭގަ ތާށިވު މުން.