ޕީޕީއެމްގެ ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕުން ދަރުބާރުގޭގައި ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (މ) ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
13 އޮކްޓޯބަރ 2016 - 16:33
ރައީސް އަބްދުﷲ ޔާމީނާ އެކު ވަކި ބޭފުޅަކު ނެތަސް 2018ގެ ރިޔާސީ އިންތިހާބާއި ދެން ކުރިއަށް ހުރި އިންތިހާބުތައް ވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮންޖައްސަވައިފި އެވެ.
މައުމޫނާ ނުލައި އިންތިހާބުތައް ރައީސް ޔާމީނަށް ކާމިޔާބުކުރެއްވިދާނެ ކަމަށް މެމްބަރުން ގަބޫލުކުރައްވަންތޯ ނޫސްވެރިން ސުވާލުކުރުމުން، ޕީޕީއެމްގެ ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕުން ދަރުބާރުގޭގައި ބޭއްވި ނިއުސްކޮންފަރެންސްގައި އަބްދުއްރަހީމް ނުސީދާކޮށް ވަނީ އެކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ 2018ގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކަމާ އެކު މި ދަންނަވަނީ އެމަނިކުފާނު 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއޭ. އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ބޭފުޅަކު އަރާވަޑައިނުގެން ގޭގައި ހުންނަވާށޭ. އަޅުގަނޑުމެން ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލުން އިރާދަކުރެއްވިޔާ ރައީސް ޔާމީން 2018 ގައި ވެރިކަމަށް ގެނެސްދޭނަން،" މައުމޫނާ ގުޅޭ ގޮތުން ކުރި ސުވާލުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު މައުމޫން ވަަޑައިގަންނަވަނީ. ޕީޖީ ގްރޫޕާއި ކައުންސިލްގެ ގިނަ މެމްބަރުން ވަނީ މައުމޫނަށް ފާޑުވިދާޅުވެފައި. ---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އަބްދުއްރަހީމް މިގޮތަށް ވިދާޅުވުމާ އެކު އޭނާގެ އެ ވާހަކަ އަށް ތާއީދުކުރެއްވުމުގެ ގޮތުން ޕީޖީ ގްރޫޕާއި ކައުންސިލް ބައެއް މެމްބަރުން ވަނީ ބާރަށް އަތްތިލަބަޑި ޖައްސަވައިފަ އެވެ. އަދި "ސާބަހޭ އަދުރޭ" ވިދާޅުވެ މަޖިލިސް ބައެއް މެމްބަރުން އޭނާ އަށް ހިތްވަރު ދެއްވި އެވެ.
އަދުރޭ މިހެން ވިދާޅުވި ނަމަވެސް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ހުރިހާ އިންތިހާބުތަކެއްގައި ވެސް މައުމޫން ހުންނަވާނީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ. ޕާޓީގައި އުފެދިފައިވާ މައްސަލަތަކާ މެދު ވާހަކަ ދައްކައި އުއްމީދުކުރައްވަނީ އަވަސް ހައްލެއް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރެސް ކޮންފަރެންސްގައި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާނާއި އަބްދުއްރަހީމާއި ޓޫރިޒަމް މިނިސްޓަރު ޒަމީރާއި ހޯމް މިނިސްޓަރު އަހްމަދު އަޒްލީންގެ އިތުރުން ކައުންސިލް މެމްބަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ވަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަށް ތާއީދުކުރައްވައި މި ބޭފުޅުން ވާހަކަ ދެއްކެވިއިރު ޓިކެޓް ދޭން ޖެހޭ ސަބަބެއްގެ ގޮތުގައި ދެއްކެވީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ރައީސް ޔާމީނަށް ޓިކެޓް ދެވިދާނެ ކަމަށް ލިއެފައި އޮތް އޮތުމެވެ. އެކަމަކު އެގޮތަށް ދެވެނީ ކޮން ހާލަތެއްގައިތޯ އަސާސީ ގަވާއިދުގައި ލިއެފައިވާ ކަން އެއްވެސް މެމްބަރަކު ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީނަށް ޓިކެޓް ދޭން ޖެހޭ ކަމަށް މެމްބަރުން އިޝާރާތް ކުރާ މާއްދާގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ. ރިޔާސީ އިންތިހާބުގެ ތާރީހާ އެންމެ ކައިރިކޮށް ބާއްވާ ކޮންގްރެސްގައި، މި ހާލަތުގައި ޕްރައިމަރީއެއް ބާއްވަން ނިންމައިފި ނަމަ އެކަން ކުރަން ޖެހެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފަ އެވެ. އެހެންވެ އަސާސީ ގަވާއިދުގައި ބުނާގޮތުން ޕްރައިމަރީއެއް ބާއްވަން ޖެހެ އެވެ.
އެކަމަކު ކައުންސިލް މެމްބަރުން ވިދާޅުވީ 2013 ގެ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެން ޕީޕީއެމަށް ފާޑުވިދާޅުވެފައިވުމާއި މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު ވަކިވެވަޑައިގެން އުމަރުގެ އަމަލުކުރައްވާ ގޮތުން ޕީޕީއެމް ޓިކެޓަށް އޭނާ ޝަރުތު ހަމަވާ ކަމަށް ގަބޫލުނުކުރެއްވޭ ކަަމަށެވެ.
ރައީސް ޔާމީނަށް ދެ ވަނަ ދައުރަކަށް ފުރުސަތު ދެއްވަން ޖެހެނީ، މެމްބަރުން ވިދާޅުވާ ގޮތުގައި، ފުރަތަމަ ދައުރުގައި ރައްޔިތުންނަށް މަޝްރޫއުތައް ހިންގަވައި އެދެވޭ ނަތީޖާ ނެރެދެއްވާފައިވާތީ އެވެ. އެހެންވެ އެމަނިކުފާނަށް ޓިކެޓް ދެއްވުމުގައި ޕާޓީގެ ރައީސާއި ކައުންސިލްގެ އިއުތިރާޒެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރުފާ
15 October 2016
ބޯހަލާކު މިކަހަލަ މީހުން ރައްޔިތުންގެ ސަފަތަކުގެ ކުރިއަށް ނެރެފަ ތިބީމަ. އަދި އަތްޖަހަން މިތިބޭ ގުރޫޕް ދޯ އަދުރޭ މޮޔަގޮވާއިރު.
ޙައިރާން
15 October 2016
އަޅުގަނޑުމެން ޔަގީންކަމާ އެކު މި ދަންނަވަނީ އެމަނިކުފާނު 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއޭ. އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ބޭފުޅަކު އަރާވަޑައިނުގެން ގޭގައި ހުންނަވާށޭ މިދެން ސިޔާސީ މީހުން ދައްކާ ވާހަކަތަ؟ މަކަރުހަދުމުގެ ނިޔަތް އޮތްކަމުގެ އަލާމާތެއް. އެހެން ނޫންނަމަ އިންތިޚާބެއްގަ ވެއްޖެއްޔާ އެރިޔަސް ނޭރިޔަސް ހެވޭ ބުނާނެތަ؟
ހާދާލު
15 October 2016
ހަނދާން ނައްތާލަ......ކާމިޔާބުގެ ވަސް ވެސް ނުޖެހޭނެ
އިސްލާހު
14 October 2016
މިބޭބޭފުޅުންގެ ޢަމަލުތައް މިހުންނަ ގޮތުން ނަގޫ ފިތިފައި ތިބިވަރު ވަރަށްރަނގަޅަށް ދޭހަވެއެވެ. މިވެރިން މިހިސާބަށް ގެނެސްދެއްވީ ކޮން ބޭފުޅެއް ކަންވެސް މިހާރު ހަނދާނެއްނެތެެވެ. މަހީހީ ހަލާކު.......
ކާދަރޭ
14 October 2016
އަދުރޭ މޮޅުވާހަކަ ދައްކާއިރު އެސް.ޓީ.އޯގެ ދަރަނި ޚަލާސް ކޮށްފިންތޯ ބަލައިލަން ބޭނުން.
ޙައްވަ
14 October 2016
ވަގަކަށް ހާސް ދުވަސް. ވެރިޔަކަށް އެއް ދުވަސް.
އިބުރާހިމް
14 October 2016
ޕާޓީގެ ޒައީމް އަދި ޕާޓީގެ ރައީސްއާ ޕާޓީގެ ނައިބުރައީސް(އަބުދުއްރަޙީމް) ބަޣާވާތް ކުރުމުން އެންމެ ހިނދުކޮޅަކަށްވެސް އޭނާ އެމަގާމު ބަހައްޓާކަށް ނުފެނޭ. އަބުދުއްރަހީމް ވަކިކުރުމަށް މައުމޫނަށް ގޮވާލަން.
ހުސެން
14 October 2016
ރައީސްކަމަށް ޔާމީން ހޮވީ ޒައީމް އެދުމުން އަދި ނައިބަަކަށް ޑޮކްޓަރ ޖަމީލު ހުރީމަ. މިހާރު އެއިންމީހަކުނެތް. ތިވީ އަނެއްކާ ކުރީގެ ގުއިފޯއްޔަށް. ތިޔަކަށް ވޯޓެއް ނުދެވޭނެ.
އަލިދީދީއައްޑޫސިޓީ
14 October 2016
ފާރިޝް ޕީޕީއެމުން ވަކިކުރަން އިލެކްޝަނަށް ސިޓީ ފޮނުވި ގޮތަށް ތިގުރޫޕު އެންމެން ސޮއިކޮށްފަ އެކަމިޝަނަށް ސިޓީއެއް ފޮނުވަންވީ ނޫންތޯ " އަހަރުމެން ޔާމީނު އަބްދުލް ގައްޔޫމް 2018 ނޮވެމްބަރ 11 އިން ފެށިގެން 5 އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވައިފީމޭ" ކިޔާފަ. ދެން އެކަމިޝަނުން އެކަން އިއުލާން ކުރީމަ އެނިމުނީއެއް ނޫން. މިއެއް ނޫންތަ މިހާރު ވެރިކަން ތިޔަ ހިންގާ މަގަކީ؟ ރައްޔިތުންގެ ވޯޓު ދޭނީ ރައްޔިތުންނަށް ފެންނަ މީހަކަށް. މިފަހަރު ރައްޔިތުންނާ ހަމަޔަށް ވޯޓު ހޯދަން އަންނަން ކެރޭނެތަ؟ ލަދު ނުގަންނާނެތަ؟ ރައްޔިތުމީހާ ކާން ގަންނަ ހަނޑޫ ހަކުރު ފުށް ކޮޅުވެސް ތިޔަ އަގުބޮޑުކުރީ. އަންނަގަ ނިކަން ވޯޓު ހޯދަން.
ދިގު ބޯ2
14 October 2016
ހުރިހާ ނޫސްތަކުގެ ކޮމެންޓް ތަކަށް ބެލީމަވެސް އެނގޭ ޔާމީނު އެއީ ޗޮއިސް އެއް ނޫންކަން. މިގައުމަ އޮތީ 2 ޗޮއިސް އެއީ މައުމޫން އާއި އަންނި. ހުދު ޔާމީނާވެސް އެކަން އެނގޭތީ ވެރިކަމުގަ ދެމިހުރުމަށް ކުރަންޖެހޭ ހުރިހާކަމެއް މިވަނީ ހުސް ޖަރީމާއަށް. އަދުރޭމެން އެކަނި އަރާ ތިބޭ ޔާމީނު ފަހަތަށް. ޢަދުރޭމެންނަށްވެސް ޔަގީންވެ ކަށަވަރުވަނީ ޔާމީނެއް މިގައުމަކު އިންސާފުވެރި ވޯޓަކުން ނުހެވޭނެކަން، ދެއްތޯ؟