އޭސީސީގެ ރައީސް ޝިއުނާ (ކ-2) އާއި އެ ކޮމިޝަންގެ މެމްބަރުން މަޖިލީހުން މީގެ ކުރިން ބޭއްވި ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
23 އެޕްރީލް 2020 - 00:52
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ދިނުމަށް ތައާރަފުކޮށްފައިވާ ރިލީފް ޕެކޭޖުގެ ހުރިހާ ކަމެއް ހިނގަނީ އިންސާފުވެރިކަމާއި ދެފުށްފެންނަ ގޮތަށްކަން ކަށަވަރުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެ އެވެ.
މުޅި ދުނިޔޭގައި ފެތުރެމުންދާ އަދި ރާއްޖެ އިން ވެސް ފެނިފައިވާ ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން ކުއްލި ގޮތަކަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނައިރު، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ހިމެނޭ ގައިޑްލައިނެއް އޭސީސީން ވަނީ ނެރެފަ އެވެ. އެ ގައިޑްލައިންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަންކަމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި ޖަވާބުދާރީވުމާއި ދައުލަތުގެ މާލިއްޔަތާއި ޕްރޮކިއުމަންޓުގެ ނިޒާމުގައި ހިންގާ ކޮރަޕްޝަން މަދުކުރުމާއި ފާރަވެރިވުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން އިޖުތިމާއީ އަދާލަތު ގާއިމްކޮށް ނިންމުންތައް ނިންމުމުގައި ނަޒާހަތްތެރިކަން ޔަގީން ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.
އެ ގައިޑްލައިންގައި ބުނެފައިވާ ގޮތުން، ދައުލަތުން ދޭ އެހީ ލިބޭނީ ކޮން ފަރާތްތަކަކަށް ކަން ސާފުކޮށް އެނގުމާއި އެ ފަރާތްތައް ކަނޑައެޅުމަށް ދައުލަތުން ގެންގުޅޭ މިންގަނޑު ރައްޔިތުންނަށް ފެންނަން އޮތުމާއި އިގުތިސާދީ އެހީ ދެވޭ ވިޔަފާރިތަކަށް އެ އެހީ ހަރަދުކުރާ ގޮތްތަކުގެ ރިޕޯޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ގޮތަށް ކަނޑައެޅުން ހިމެނެ އެވެ. އަދި އެ އެހީގެ ފައިސާ ހަރަދުކުރާ ގޮތް އާއްމުކޮށް ފެންނާނެހެން ރިޕޯޓުކުރަން ޖެހޭގޮތަށް ބޭއްވުމާއި އެފަދަ އެހީއާ ގުޅޭގޮތުން ޖަވާބުދާރީ ކުރެވޭނެ ނިޒާމުތައް ކަނޑައަޅައި އާއްމުކުރުމަކީ ވެސް ގައިޑްލައިންގައި ހިމަނާފައިވާ ކަންކަމެވެ.
އެ ކަންކަމުގެ އިތުރުން، ކާރިސާއާ ގުޅިގެން ހިންގާ ސްޓިމިއުލަސް ނުވަތަ ރިލީފް ޕްރޮގްރާމްތައް ހިންގާއިރު އެފަދަ ޕްރޮގްރާމްތަކުގެ ރިސްކް އެސެސްކުރުމަށް އިސްކަންދިނުމާއި ރިސްކް އެސެސްމަންޓް ނުހެދޭ ހާލަތުގައި ވެސް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ރިކޯޑުކޮށް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަން އަންގާފައިވެ އެވެ. އިގުތިސާދީ އެކި މަސައްކަތްތައް އާލާ ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން މަސައްކަތްތެރިންނަށް ދައުލަތުގެ ބިން ފަދަ އެކިއެކި ވަސީލަތްތައް ހިލޭ ނުވަތަ އެހެން ގޮތަކަށް ދިން ކަމުގައި ވިއަސް އެކަންކަން ކުރުމުގައި ނަޒާހަތްތެރިކަމާއި އިންސާވެރިކަން އިސްކުރުމާއި އަދި ގުޅުންހުރި ހުރިހާ ކަމެއް ތަފްސީލުކޮށް އާއްމުކޮށް ހާމަކުރުން ހިމެނެ އެވެ.
ސަރުކާރުން ވަނީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ އަނދަވަޅުގައި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ދިނުމަށް 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން އެސްއެމްއީތަކަށް 400 މިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، އެ އެހީއަށް އެދުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
- ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުން ރާއްޖެއަށް ދޭ އެކި ކަހަލަ އެހީ ބޭނުންކުރެވޭނީ އެ އެހީ ދޭ މަގުސަދު ހާސިލްކުރުމަށްކަން ޔަގީންކުރުމަށްޓަކައި އެހީގެ ބާވަތާއި މިިންވަރާއި އެހީ ދިން ފަރާތް އަދި އެކަމާ ގުޅޭގޮތުން އެހީ ދިން ފަރާތުުން ކަނޑައަޅާފައިވާ ހުންނަ އެންމެހާ ޝަރުތުތައް ހާމަކުރުން
- ކޮވިޑް-19 އާ ގުޅިގެން ކުރަމުން ގެންދާ ހަރަދުތަކުގެ ތަފްސީލު، ކަނޑައެޅޭ ވަކި މުއްދަތެއްގައި ފިނޭންސް މިނިސްޓްރީ އަށް ރިޕޯޓުކުރުމާއި އެގޮތަށް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމްކުރުން
- މި ހާލަތު ނިމުމުން ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ކުރި ހުރިހާ ކަމެއްގެ ހާއްސަ އޮޑިޓެއް ހެދުން އަދި މި ހާލަތަށް ބަދަލު ނައިސް ދިގުދެމިގެންދާ ހާލަތުގައި ކަނޑައެޅޭ ވަކި މުއްދަތަކުން އޮޑިޓްކުރަމުން ގެންދިއުން
- އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުމެއް ހަދަންޖެހޭ ހާލަތުގައި އެއްބަސްވުންތަކުގައި ހުންނަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ މިންގަނޑުތައް އެ އެއްބަސްވުންތަކުގައި ހިމެނުމާއި ކުރާ މަސައްކަތެއްގެ މަގުސަދު ހާސިލްކުރެވޭނެ ފަދަ ބަޔަކާ މަސައްކަތް ހަވާލުކުރުމާއި ރައްޔިތުންނަށާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުން
- ކާރިސާގެ ހާލަތުގައި ދައުލަތަށް ހޯދާ ހިދުމަތާއި ތަކެތި ދައުލަތަށް ހޯދާނީ ރައްޔިތުންގެ ފުރާނަ އާއި ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމާއި އާއްމު މަސްލަހަތު އިސްކުރެވި، ކާރިސާގެ ވަގުތު ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރުން
- ކަރަންޓީން ފެސިލިޓީތަކަށް މީހުން ހަމަޖެއްސުމާއި އެ ތަންތަނުގައި ތިބޭ މީހުންނަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމާއި އެ ގައުމުތަކުގައި ތިބި ދިވެހިންނަށް "ކެއާ ޕެކޭޖު" ފޮނުވުމުގެ އިތުރުން އެކި ކަންކަމުގައި ދީފައިވާ ލުއިފަސޭހަ އާއި ދީފައިވާ ހުއްދަތަކުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާ ނެގިޔަ ނުދީ ރިޝްވަތުގެ އަމަލު ހިންގިޔަ ނުދީ، ކަނޑައެޅޭ އިންސާފުވެރި އުސޫލެއްގެ ދަށުން ލިބިފައި ހުރި އެކި ވަސީލަތްތަކަށް ބިނާކޮށް އަމަލުކުރުން
- ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ނިންމާ ނިންމުންތަކުގެ ތަފްސީލުތައް ލިޔެކިޔުމުން ފަސޭހައިން ފެންނާނެ ގޮތް ހެދުން
- ކޮވިޑް-19 އާ ގުޅިގެން ހަރަދުތައް ކުރަން ޖެހުނު ސަބަބާއި އެ ހަރަދުތަކާ ހަވާލުވި ފަރާތްތަކާ އަދި އެ ހަރަދުތަކާ ގުޅޭގޮތުން ރިޕޯޓު ކުރެވެން އޮންނަ އެންމެ ބޮޑަށް ރިޕޯޓުކުރުން
- ވަކި މުވައްޒަފަކަށް ގިނަ މަސްއޫލިއްޔަތުތަކާއި ބާރުތައް ނުދީ އަމަލުކުރަންޖެހޭ އުސޫލުތަކާއި މަސްއޫލިއްތުތަކާއި މުއާމަލާތްތައް ހިންގަންޖެހޭ ގޮތް ކަނޑައަޅައި ތަންފީޒުކުރެވެން ހުރި ވަރަކަށް ތަންފީޒުކުރުން
- ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރަނގަޅަށް ސުޕަވައިޒްކޮށް މޮނީޓާކުރަން ބޭނުންވާ ގޮތްތައް ކަނޑައަޅައި ތަންފީޒުކުރުން. ސިއްރު ހިފަހައްޓަންޖެހޭ މަސައްކަތްތަކުގެ ސިއްރު ހިފެހެއްޓުމަށް ބޭނުންވާ ނިޒާމެއް ގާއިމްކުރުން
އޭސީސީން ބުނީ ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ބޮޑެތި ކާރިސާތަކުގައި ވެސް އަމިއްލަ މަސްލަހަތު އިސްކޮށް ނާޖާއިޒު ފައިދާ ހޯދުމުގެ ކަންކަން ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ އެ ގައިޑްލައިންގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގައި ކޮރަޕްޝަންގެ ސަބަބުން އެޅިދާނެ ހުރަސްތައް ކުޑަކޮށް ކަންކަމާ ގުޅޭގޮތުން އިރުޝާދު ދިނުންކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭސީ ޑީސީ
23 April 2020
ބޮޑު ކާރިސާއެއް ގައުމަށް ދިމާވެގެން އުޅޭއިރު އޭސީސީ މިއުޅޭ ގޮތުން ފާހަނގަވަނީ މިސަރުކާރު ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު!!
ފޮނުމަތް
23 April 2020
ރޭވުންތެރިކަން ވަރަށް ދަށް ދަނޑުވެރިން އުފެއްދި ތަކެތި އަގެއް ނުލިބި ފީވެ އުކާލަނީ ރަށްރަށުން އައިސް މާލޭގަ އުޅެމުމް ދިޔަ މީހުން ވަޒީފާގެއްލި ކުލިނުދެއްކި ރަށަށް ދާން ހުއްދަނެތި ފުރަބަންދުގަ އިތުރުން ބޭސް ފަރުވާއަށް އައިމަިހުންވެސް ތާށިވެފަ ރަށްރަށުން މާލެ އައިސް ފުރާ ނާލަުބައްތެިލި ފަހަރު ދަނީ ހުހަށް ހުއްދަ ނެތިގެން އެއްވެސް މީހަކު ނުގެއްދެވޭ އެކަމަކު ދުރު ކަރަކަރާގަ ތިބި މީހުން ގެނެވިއްޖެ ދެން މުޅިންވެސް ދައްކަނީ ބަންގާޅު ހައްގުގެވާހަކަ އެކނި
ދެރަ
23 April 2020
ކޮރަޕްޝަނެކޭ ވައްކަމެކޭ ކިޔާނެކަމެއްނެތް. ދުނިޔޭގަ އެންމެމަތީ މިންވަރަށް ކޮރޮޕްޝަންއޮތީ ދިވެހިރާއްޖޭގަ. އޭގެ އެންމެ ބޮޑު ލާމަސީ މިސާލަކީ ބިދޭސީން. ދައުލަތުގެ މުޅި ފޯކަސް އޮތީ ބިދޭސީންނަށް. ހުރިހާ ސަރުކާރުގެ ކުންފުނިތަކާއި ފުލުހުންނާއި ސިފައިން ރެޔާދުވާލުކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ ބިދޭސީންނަށް ދާއިމީ ހިޔާވަހިކަން ހޯދައިދިނުން. މިއީ އެތައް ސުވާލެއް އުފެދޭކަމެއް. މިމީހުންނަށް ކިހާދުވަހެއްވަންދެން ކާންދީގެން ބެލެހެއްޓޭނެތޯ. ޢަދި މިއީ ތާއަބަދަށްކުރާނެކަމެއްތޯ.
ޚިޔާލު
23 April 2020
ސިއްހީ ދާއިރާއަކީ ކަރަޕްޝަން ވަރަށް ބޮޑު ދާއިރާއެއް. ކުރީގައިވެސް މީސްމީހުން ކުންފުނިތައް ހަދައިގެން އައިޖީއެމްއެޗަށް ސިއްހީ ދާއިރާގެ ސާމާނު ވިއްކުމުގައި ކަރަޕްޝަން ހިމެނުނުކަން އޮޑިޓް އޮފީހުގެ ރިޕޯޓުތަކުން ފެންނަން އޮންނާނެ. ސިއްހީ ދާއިރާއަށް ސާމާނު ވިއްކުމުގައި ކުރީގެ މަޖިލިސް މެންބަރުންނާއި މިހާރުގެ މެންބަރުންވެސް ހަރަކާތްތެރިވޭ. ރަގަޅަށް އޭސީސީއިން ބަލައިފިނަމަ ކޮވިޑްގެ ކަންތަކުގައިވެސް ކަރަޕްޝަން ފެންނާނެ.
ޟާސް
23 April 2020
މިދިޔެ ސަރުކާރުގައި ސިއްހަތާއި ބެހޭ ވުޒާރާގެ ކުޑަ ދުވަސްކޮޅަކަށް ހުންނެވި ވަޒީރެށް މިހާރު ހުޅުމާލެއިން ދެ ބިންގަނެ ދެ ޢިމާރާތް ކޮއްގެން އެ އުޅެނީ
ބޮޑުމީހާ
23 April 2020
ބަލަ އެކަންތައް އިންސާފުންދޭތޯ ކަށަވަރުކުރަން އޭސީސީ ކިޔާ ކޮމިޝަނެއް ހަދާފަ ބޮޑު މުސާރަ ދީފަ ތިބެނީ. ގައިޑްލައިނެއް ނެރުނަސް ނުވާނެ. މި މީހުން މިހިންގާ ޖަރީމާތައް ހާމަކޮށް ޕީޖީއަށް މައްސަލަ ހުށަހަޅާބަލަ. އޭސީސީން ސަރުކާރުގެ ފައިބުޑަށް ވެއްޓުނީމަ ދެން ކާކު ކޮރަޕްޝަން މައްސަލަތައް ބަލާނީ
ގޯސް
23 April 2020
ކުދިވިޔަފާރިއަކީ ސީދާ ބިދޭސީންނަށް ކުރެވޭ ވިޔަފާރިއެއްނޫން. ޢެކަމަކު އެހީއަށް ވޯކްޕާމިޓް އޮންނަ މީހުންނަށް އެޕްލައި ކުރެވޭ. މިވަނީ ކިހިނެއްބާ? އިނގޭމީހަކު ބުނެލަދީބަލަ.
ނޮޓް އަ ރިލީފް
23 April 2020
ފްރީލާންސް މަސައްކަތްކުރާފަރާތްތަކަށް ގިނަވެގެން ދޭ /18000ރ އިން %6 އިންޓަރަސްޓް ނުނަގަގޮތެއްނުވާނެބާ؟ ފްރީލާންސް މަސައްކަތްކުރާ ގިނަ ފަރާތްތަކަކީ މާބޮޑެތި އާމްދަނީއެއް ލިބޭ ފަރާތްތަކެއްނޫން. %6ކޮމްޕައުންޑްއާއެކު ފައިސާ ދައްކާނަމަ އެއީ ވަރަށްބޮޑުއެއްޗެއް.
ޟާސް
23 April 2020
އޭސީސީގެ ރައީސަކަށް އަލީ އަޟްރަފް މާ ތަސައްރަފް ފުދޭނެ. ކިޔަވައިގެން ހުރި ގޮތުގައި ހުންނަ ބޭފުޅެށް. ސްކޫލްތަށް ވެސް ވަރަށް ކާމިޔާބު ކަމާއި އެކު ހިންގެވި. ރިޟްމީ އަދި ވަރަށް އާވާނެ. އޭސީސީ ފަދަ ތަނެއްގެ ރައީސަކަށް
ހަމަވިސްނާ
23 April 2020
އިޖުތިމާއީ އަދާލަތު ގާއިމްކޮށް ނިންމުންތައް ނިންމުމުގައި ނަޒާހަތްތެރިކަމާއެކު ކަންކަން ކުރުމުގެ ލަޔާްަތެއް މިސަރުކާރަކު ނެތެވެ. އެކަން ކަން ކުރަން ވެސް އެކަން ކަންކަން ބަލަން ވެސް އަދި އެކަންކަނމުން ނުކުންނަ ނަތީޖާ ފައިސަލާ ކުރަން ވެސް ތިޔަތިބީ ހަމަ އެއްބައެކެވެ. ޤައުމުގެ ލީޑަރޝިޕް ވަރަށް ބަލިކައްޓެވެ.
ޢަލީ އަކްބަރު
23 April 2020
ޢަހަރެންގެ ތަޖުރިބާގަ ތިކަން ކުރަން އުޅުން އެއީ މޮޔަކަމެއް، އަހަންނަކީ މާބޮޑު ސިޔާސީ މީހެއްނޫން، އެކަމް ވ ސަކްސަސްފުލްކޮށް ވިޔަފާރިއެއް ފަށާ ކުރިއަށް ގެންދިޔައިން، ދެން އެސްއެމްއީބޭންކް އަށް ލޯނަކަށް ލީމަ ހައެއްކަ މަސްފަހުން ގުޅާފަ ބުނީ ޕާސަނަލް ލޯނެއް އެންމެ ދެމަހު ނުދައްކަ އިނީމަ ލޯން ނުލިބެއޭ، އެއަދަދު އެއީ ވ ކުޑަ އަދަދެއް 6000ވަރު، އެދަދު ދެއްކީމަ ދޭން ބުނިނަމަވެސް އެދުވަހުވެސް ދެއްކުނިސް، ހަމަ މިހަބަރު ފެނުނީމަ ހިތައްއެރީ، އެމީހުންގެތެރޭބަހާނި