ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ: ކޮމިއުނިޓީ ސާވައިލަންސްގެ މަސައްކަތް މިހާރު ވާނީ ފަށާފައި.
25 އެޕްރީލް 2020 - 19:31
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނެތް ކަމަށް ބެލެވޭ ތަންތަނުން ވެސް މި ބައްޔަށް މީހުން ޕޮޒިޓިވްވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ނެޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގުޅިގެން ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ މި ބަލި ފެތުރިފައިވާ ކަމަށް ނުބެލެވޭ ތަންތަނުންނާއި ސަރަހައްދުތަކުން ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ކަމަށެވެ.
މުޖްތަމައުގައި މި ބަލި ފެތުރިފައި ވަނީ ކިހާ މިންވަރަކަށް ކަން ބެލުމަށްޓަކައި ކޮމިއުނިޓީ ސާވައިލަންސް ހަދަމުން އަންނަ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެއީ ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓުކުރާ މީހުންނާއި ޕޮޒިޓިވް ކޭސްއަކާ ގުޅުން ހުރި ކޭސްއެއް ނެތް ތަންތަނުގައި ވެސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރުން ކަމަށް އަމީން ވިދާޅުވި އެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑެއްގެ ދަށުން އަތޮޅު ތެރެއިން އާއި މާލޭގެ އެކި ތަންތަނުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދެ ދުވަހު އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު، ކުރިން ބަލީގެ އަލާމާތްތައް ހުރިކަން ރިޕޯޓުކުރެވިފައި ނުވާ އަދި ބަލި ހުރި ކަމަށް ބެލެވިފައި ނުވާ ތަންތަނުން، އަޅުގަނޑުމެންނަށް ޕޮޒިޓިވް ކޭސްތައް ފެނިފައި އެބަހުރި. ޕޮޒިޓިވް ކޭސްތަކަށް ފަހު އަލާމާތްތަކެއް ވެސް ފެނިފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ރަށްރަށުން ވެސް މި ބައްޔަށް މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އަމަލުކުރާނެ އުސޫލު މިހާރު ވެސް އެކުލަވާލާފައިވާ ކަމަށާއި ނަމަވެސް އެކަންތައް މިހާރަށް ވުރެ ވެސް ރަނގަޅުކުރެވޭނެ ގޮތްތައް ބަލަން ސިއްހީ ތަޖުރިބާކާރުން އަންނަނީ މަޝްވަރާކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި ކަރަންޓީން ކުރުމުގެ އުސޫލާއި އެހެނިހެން ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ގައިދުރުކޮށް އެކަހެރިވުމަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. މި ބަލި މާލެ ތެރެއިން ފެނުމުގެ ކުރިން ވެސް އެކަހެރިވުމަށް ސަރުކާރުން އިރުޝާދު ދެމުން އައި ނަމަވެސް މަދު މީހަކު މިކަންކަމަށް ސަމާލުކަން ނުދިނުމުން ގިނަ ބަޔަކަށް ގެއްލުންވި ކަމަށް ވިދާޅުވި އެވެ. އަދި މާލެ އިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން ވެސް އަމިއްލަ އަށް އިސްނަގައިގެން އެކަހެރިވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
މި މަހުގެ ނިޔަލަށް މާލެ ސަރަހައްދު ކަރަންޓީންކޮށްފައިވީ ނަމަވެސް ލޮކްޑައުން އުވާލެވޭނީ ކޮންއިރަކުން ކަން ބުނަން ދަތިކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާ ގުޅުން ހުރި އެއްވެސް މީހަކު ނެތް ކްލަސްޓާތައް އަދިވެސް ފެންނަމުން ދާތީ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް 137 އަށް އަރާފައިވާއިރު، މާލެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 100 އަށް ވުރެ މަތީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްދޫ
26 April 2020
މިހާރު ދެކެން ބޭނުންވަނީ އަލްއަޚް އަމީން ގެ ފަރާތުން ޓްރަމްޕް ދައްކާ ކަހަލަ ވާހަކައެއް.
އެންނާ
26 April 2020
ކިތަންމެ ބަލައިގެން އުޅުނަސް ގޭގަ އޮތަސް އަރަންވީމަ އަރާނެ. އޭގެ ހެއްކަކީ އެނދުމަތިވެފަ އޮތް 80 އަހަރުގެ މީހާ.
ނިކަމެތި އަޅުގަނޑު
26 April 2020
ބަލިފެނުނީ ފެތުރުނުތާ 3 ހަފްތާ ފަހުންނޭ ކަމާބެހޭ ފަރާތުންވެސް ލަފާކޮށްފަ އެވަނީ، ބިންމައްޗަށް ކުޅުތަޅާހިތްވާ ބޮޑު ކޮމިޔުނިޓީއެއް އެބައޮތް، ބަސްނާހާ ބޭރުގައުޅޭހިތްވާ އެއަށްވުރެން ބޮޑު ކޮމިޔުނިޓީއެއް އެބައޮތް، މިދޭތި އެޑްކޮށްލީމަ ދެންކިހިނެތް ވާނީ...ޕޮޒިޓިވް މީހަކާ ގުޅުން ނެތަސް ފެންނާނެތާ
އިމޫ
26 April 2020
ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަހަކުން މި ގެންދަނީ ދުނިޔޭގެ ހުރިހާ ގައުމެއް ސުންނާފަތިކޮށް ނެތިކުރަމުން.. ޔާ ﷲ.. މި މާތް ރަމަޟާން ރޯދަމަހުގައިވެސް ދެގޮތެއްނުވެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަމުންދާ ހީވާގި މިނިސްޓަރު އަމީންއާއި އޭނާގެ ޓީމުގެ މަސައްކަތުގައި ބަރަކާތްލައްވައި އަޅަމެން މި ވަބާއިން ސަލާމަތްކުރައްވާށި.
ގޮލމަ33
26 April 2020
ޢަމީން ޓީމްއޭ؟ އެކޮންޓީމް އެއް؟؟
ނަޝީދު.
26 April 2020
ތިހެން ބުނަންޔާ އެއީ ކީއްވެކަންވެސް ބުނަންޖެހޭނެ ދޯ!
ކޮވިޑް
26 April 2020
ނެއްތަންތަނޭ...ކޮބާ އޭގެ މާނަޔަކީ...ފެންނަ އެއްޗެއްތަ އެއީ...ބޯ ހަލާކް
މިވަރެއްނެތް
26 April 2020
ރައީސު އިބޫ، އަޅެ ޕޮރޮޖެކްޓް މެނޭޖަރަކާއި ކޮރޯނާއާއި ގުޅިގެން މަނިކުފާނަށް ލަފާދޭނެ ދެތަޖްރިބާކާރުން ބޭރުން ވަރަށް އަވަހަށް ގެނެސްބަލަ. ތިއުޅޭ އޮޔާވަޔާދާ ކުދިންކޮޅު ދައްކާވާހަކަ ދެއުޅިއެއްނުވާކަން އެންގިއްޖެނޫންތޯ؟ މުޅިއެތި މިއޮތީ އަތަށްގޮވާފަ ނޫންތޯ؟ ދެންވެސް މިންޖުވާނީ ޕްރޮފެނަޝަލް އެޑްވައިޒް ހޯދާއިގެން. ހެލްތް މިނިސްޓަރާއި އެޗްޕީގެ ލައިމްލައިޓް ގެއްލޭފަދަ އެއްވެސް އެފަރާތްތަކުން ނުކުރާނެ. އަދުގެ މިސްރާބު ބަދަލުނުކޮށްފިނަމަ ހިތާމަކުރަންޖެހޭނެ.
ދިވެސް ކުއްޖާ
26 April 2020
އެމީހުންނައްވެސް ނުކަތަިއިން އެއުޅެނީ...އެގައުމަކާ އެގައުމެއް
ކިޔަވާ
26 April 2020
އަހަރެމެންގެ އަނބިދަރިންނާ ވެސްހަވާލުވާންޖެހޭނެ ހެލްތު މިނިސްޓަރު
ލޮލްސް
26 April 2020
ތި އެންމެ ފަސޭހަގޮތް ބޮލުން ކަޓުވަން
މިވަރެއްނެތް
26 April 2020
ކޮރޯނާޖެހިއްޖެކަން އަމިއްލަނަފްސަށް ގަބޫލުކުރެވި އެޗްޕީއޭ އަށް ގުޅާތާ 7 ދުވަސްވާއިރުވެސް މިކުޑަކުޑަ މާލޭގައި ޓެސްޓުނުކުރެވޭ. ޕޮޒިޓިވްވެގެން ފަރުކޮޅުފުށްޓަށް ގެންދާއިރު މުޅިތާ މަދިރި. ދެންޖެހޭނީ ޑެންގީ. ފޮގްކޮށްލަންވެސްކު ނޭގެނީބާ! ތިބޭފުޅުންނަށް ނާގާބިލުކަމުގެ ދާއިރާއިން ޝަރަފުގެ އިނާމު ހައްގު. ބަލަ ސުނާމީގައި މިއަށްވުރެން ބޮޑެތިކަންކަން ސިފައިން މެނޭޖްކުރި. އެބޭފުޅުން އެކަހެރިކޮށް ކުފޫހަމަނުވާ މީހުންނަށް ޒިންމާ ހަވާލުކުރުމުގެ ނަތީޖާ މިފެންނަނީ.
ޟައުނަސް12
26 April 2020
ސީރިއަސްކޮއް. ޢެކަހެރި ކުރީތަ. ހެލްތު ކުރައިސްއެއްގަ ކުފޫހަމަ ނުވާމީހުންނަކީ ޑަކްޓަރުންތަ؟؟
ދިވެސް ކުއްޖާ
26 April 2020
ނާގާބިލު ވާހަކަ ދިވެހިން ނުދައްކާ...ކިތައް ފަހަރު ގޭގަ ތިބެން ބުނި..ބަލީގެ ނުރައްކާތެރިކަން ކިޔާދިން...އަޑު އިވުނު އެކަކު ނެތް..މުޅި ދުނިޔޭގަ ތެޅި ބޭލީ...
ހަބީބު
26 April 2020
އޭރުވެސްބުނިން އެއާޕޯޓު މުވައްޒަފުން ޑިޔުޓީނިންމާފަ ގެޔައްދިޔަނުދީ އެއާޕޯޓުގަ ބަންދުކޮއްފަ ބައިތިއްބާށޭ ޗައިނާޔާއެކު ހުރިހާގައުމަކުންވެސް މީހުން އައުންމަނާކުރާށޭ ނަމަވެސް ރަޖާއަޅާނިކަމެއްނެތޭ މީހަމަ އާދައިގެ ކަމެކޭކިޔާ ބޮޑާހޭކީ މީއެހެންނަމަ ރާއްޖެޔައް އަންނާނެ އެއްޗެއްނޫން މިރޯދަމަހު މިސްކިތްވެސް ބަންދުވީ ކިހާދެރަ
ދިވެސް ކުއްޖާ
26 April 2020
ގަދަ ކަމުން ނެއް ނުން ހުރިހާ ކަމެއް ކުރުވަން ޖެހޭނީ ....ފަރުދީ ޒިންމާ ކޮބާ