ޔާމީން އަނބުރާ ޖަލަށް ވަޑައިގަތުމަށް ލޯންޗަށް އަރުއްވަނީ: އެމަނިކުފާނު ގެއަށް ބަދަލުކުރަން އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައި -- ފޮޓޯ/މިހާރު
27 އެޕްރީލް 2020 - 12:08
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި ކ. މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން އެރަށާއި މާފުށީ ޖަލުގެ ހާލަތު ނޭނގޭތީ، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރަން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފް މައްސަލަ އަދި ނުނިމެ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޔާމީން ބަންދުގައި ހުންނަވަނީ މާފުށީ ޖަލުގައި ކަމަށް ވާއިރު ކޮވިޑް-19 އާ ގުޅިގެން މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައި ސަބަބެއް އެނގެން ނެތުމުން އެ ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ. އަދި ޖަލުގެ ހާލަތު މިވަގުތު އޮތް ގޮތް ނޭނގޭތީ އާއި ޔާމީނަށް އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ގެއްލިދާނެތީ އެކަމާ މެދު ވެސް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، ޔާމީން މިވަގުތު ގެއަށް ބަދަލު ކުރަން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިހާރުން މިހާރަށް އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޖަލުގެ ހާލަތު ރަނގަޅުކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައި ސަބަބު ރައްޔިތުންނަށް ހާމަކޮށްދޭން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން ޔާމީން ގެއަށް ބަދަލުކުރަން އިދިކޮޅު ކޯލިޝަނުން ގޮވާލިއިރު، އެމަނިކުފާނު ގެއަށް ބަދަލުކުރަން އެ ކޯލިޝަނުން އެކިފަހަރު މަތިން ކުރިން ވެސް އެދުނެވެ. އަދި އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތް އަވަހަށް ނިންމައިދޭން ވެސް އެ ކޯލިޝަނުން ކުރިން ގޮވާލާފައިވެ އެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު ބަންދުން މިނިވަން ކުރަން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން ވަނީ ކަފާލާތު ދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
މާލެ އާއި ބައެއް ރަށްރަށުން ވެސް ކޮވިޑް-19ގެ ކޭސްތައް ފެނި ބައެއް ރަށްރަށް ލޮކްޑައުންކޮށްފައި ވާއިރު ޝައްކުވާ ކޭސްތައް ހުރި ރަށްރަށާއި ކޭސްތަކާ ގުޅުން ހުރި އެތައް ރަށެއް އޮތީ މޮނިޓަރިން ހާލަތުގަ އެވެ. ރާއްޖޭން މިހާތަނަށް 214 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރީރާ
27 April 2020
ޔާމީނު ހުރީ އެހެން އެންމެންނާ ވަކިން ވަކި ހާއްސަ ފިނިކޮށް ފްރިޖް ބަހައްޓާފަ ހުންނަ ބަގީޗާލީ ތަނެއްގަ ނޫންތަ؟ މާލެއަށްވުރެ ރައްކާތެރިވާނެ ކަމަށް ބެލެވޭ. އާނ އެކަމު އެތާހުރެގެން ގޭސް އަނބުރަން އުނދަގުވެދާނެ.
މަންޑޭލާ
27 April 2020
ރޔާމިން ދައުރުގަ ސިޔާސީ ކުއްވެރިން ކޮމްމެ ރޯދަމައެއްގަ ގެޔައް ބަދަލުކުރޭ. މި ސަރުކަރުގެ އަނިޔާވެރިކަން ވަރައް ބޮޑު.
ޝޮކްތެރަޕީ
27 April 2020
މިގޮތަކަށް ރޔާމިނަ ހުކުމެއް ނުކުރެވޭނެ. މީ ސީދާ ޒާތީ ހަސަދަވެރިކަމެއް ފިލުވާލީ. މިކަމުގެ އިސް ދެމީހުން އަދީބުއާ ޒިޔަތު ގޭގަ ޓީވީބަލަން ރައިސް ޔާމިން ޖަލުގަ.
މަޖިލިސް
27 April 2020
ޖަލުގައި ތިބި ހުރިހާ ކުށްވެރިން ވެސް ދުކުރަންޖެހެނެ
ބަހުރުވަ
27 April 2020
މިޔޮއްމެއް!މި ނޫންކަމެއްނެތީތަ!
ފަގީރު ގައިދީ
27 April 2020
ޔާމީނު އެކަނި ގެއަށް ބަދަލުކުރުމަކީ އިންސާފެއްނޫން. ޙުރިހާ ރައްޔިތުން ހަމަހަމަ ވާންޖެހޭ. އެއީ އަދި މާބޮޑު އަދަބު ލިބެންޖެހޭ މީހެއް. މަ ނެގީ ރިގާކުރުފުޅިއެއް އެކަނިި.
އަލްޖިބްރާ
27 April 2020
ނަޝީދު ޖަލުން ނެރުނީ ޔާމީނު ! މިހާރު ވެރިކަމުގައި ހުރީ ނަޝީދެއް ނޫން ! މިވަރުން އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން !
ވިލާ އިބްރާހީމް
27 April 2020
މާފުށީގެ ހާލަތުނޭންގުނަސް މާލޭގެ ހާލަތު ޔަޤީނުންވެސްގޯސް ކޮންމެދުވަހަކު މިދަނީއެތައްބަޔަކު ޕޮޒިޓިވް ވަމުން މިވަގުތައް މާލެއަށްވުރެ މާފުށި ރަގަޅުކަމަށްހީވަނީ
އަހމަދު
27 April 2020
ބަހަނާ ނުދައްކާ ރައީސް ޔާމީން ދޫކޮށްލާ
އަލީގ
27 April 2020
ޔާމީނަކީ ރަނގަޅު މީހެއްކަމަކައް މަށެއްނުދެކެން އަދި ހައްގު އަދަބު ލިބެންޖެހޭނެކަމައްވެސް ދެކެން އެކަމަކު މިވަގުތައް އެންމެ ރަނގަޅު ގޮތަކީ ވަގުތީގޮތުން ޔާމީނުގެއައް ބަދަލުކުރުންކަމައް ދެކެން އެކަމަކު އެއީ މިހާލަތު ހަމަޔަކައް އެޅެންދެން. އެހެންނޫނީ ޖަލުގަހުއްޓާ މިވައިރަސް ޔާމީނައް ޖެހިއްޖެނަމަ ބަޔަކު ދައްކާނެ ވާހަކަތަކެއްވެސް ހުރެދާނެ މިފަދަ ފުރުސަތުތައް މިވަގުތުނުދިނުން އެންމެ ބުއްދިވެރިވާނެކަމައްދެކެން.