ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މިދިޔަ އަހަރު، އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ. --މިހާރު ފައިލް ފޮޓޯ
28 އެޕްރީލް 2020 - 12:13
ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު އިހުސާންތެރިވެ، އެ މަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަށް އެދި، އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފް މައްސަލަ އަދި ނުނިމެ އެވެ.
އެކި ސަބަބުތައް މަތިކޮށް، އިދިކޮޅުން އަންނަނީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި މި ފަހަކުން ގިނަ ނޫސް ބަޔާންތަކެއް ނެރެމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީގައި ވެސް މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އެ ސަބަބުތަކެވެ.
ޕީޕީއެމް/ޕީއެންސީން ރައީސަށް ފޮނުވި ސިޓީގައި ބުނީ ޔާމީން ބަންދުކޮށްފައި ހުންނެވި މާފުށީ ޖަލުގައި ފުލުހުން އޮޕަރޭޝަނެއް ހިންގައި، ގައިދީން ގޮޅިތަކުން ނެރެ އެ މީހުން ބަލާ ފާސްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަނެއް ހިންގާނީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިގެން ކަމަށާއި އެހެންވެ، ޔާމީން ޖަލުގައި ހުންނަވަނިކޮށް، މިފަދަ ކަމެއް ހިންގުމުން ކަންބޮޑުވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މިހާރު ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރެމުންދާ ދަނޑިވަޅެއްގައި، ޖަލަށް ވެސް އެ ވައިރަސް ފޯރުމުގެ ބިރު އޮތް ކަމަށާއި އަދި ރޯދަ މަހު، އެ މަނިކުފާނު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ވެސް އިދިކޮޅުގެ ކަންބޮޑުވުމެއް ކަމަށް ބުނެފައިވެ އެވެ.
"ވީމާ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުުތައް އިތުރަށް ވަރުގަދަކޮށް، އަނިޔާވެރިކަމަށް ފުރުސަތު ނުދެއްވައި، އިހުލާސްތެރިކަން އިސްކުރައްވައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ދެންނެވީމެވެ." އިދިކޮޅުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި އިދިކޮޅުން ވަނީ، ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް ގިނަ ދުވަސްވެފައި ވާތީ އެ މަނިކުފާނަށް ގާނޫނީ ގޮތުން ހައްގުވާ ކަފާލާތުގެ ފުރުސަތު ނުލިބިވާކަމަށް ފާހަގަކޮށްފަ އެވެ. އަދި އެއީ ޔާމީނާއި އެ މަނިކުފާނުގެ އާއިލާ އަށް ސަރުކާރުން ވަމުންދާ އަނިޔާއެއް ކަމަށް އިދިކޮޅުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުދާރު
29 April 2020
އަހަންގެ ވަރަށްގާތް ކުއްޖަކު ވެއްޖެ ބޮޑުކުށެއްގައި ޖަލަށްލާ ބަނދުކޮށްފަ. މީނަ ދޫކޮށްލަދީބަލަ އިހުސާންތެރިކަމާއެކު.
ރައްޔިތުކަލޯ 2
28 April 2020
އަދި ބުނަން ޔާމީން 25 ބުރިއަށްހަދާ ގޭގެ ބިން ގަންނަން އަދި އިމާރާތްކުރަން ފައިސާހޯދިގޮތްވެސް ބަލަންޖެހޭނެ. މާލެ މިވަރަށް ތޮއްޖެހިފައިވަނިކޮށް 25 ބުރިއަށް އިމާރާތްކުރަން ހުއްދަދިނީ އަމިއްލައެދުމުން ފޯވެހުރެ އަމިއްލަގެ 25 ބުރިއަށް އިމާރާތްކުރަން. މިއަށް ދިވެހިން ކިޔާއުޅެނީ އަމިއްލަ ބާލީހައް ބަންޑާރަކަފަލެއްވުމޭ. ޔާމީން އަށް ސިޔާސީ ނުރައްކަލެއްހެންހީވި އެންމެން ނުހައްގުން ޖަލައްލިއިރު މިދުވަސްއަތުވެދާނެކަމަކަށް ޔާމީން ކުޑަކޮށްވެސް ހީނުކުރޭ .
އެދޭނަމަލޯބިވާންވީވެސްހިތަށްކުޅަދާނަމިންވަރަކުން.
28 April 2020
ތިހާ ހެޔޮއެދެންޏާ ޢަދުރޭއާ ސަޢީދު ޖަލަށްދާގޮތަށް ޔާމީނު ގެއަށް ބަދަލުކުރެވިދާނެތޯ ދަންނަވަންވީނު.
މުޙުއްމާ
28 April 2020
ތިއެއްމެން ޖަލަށްލާ. ޝަރްޢީ ކޯޓަކުން ކޮއްފައިވާ ޙުކުމަކާއި ދެކޮޅުހަދާ ބައެއް. އަދި ޔާމީނުގެ ވައްކަމުގެ ބައިވެރިން.
ރައްޔިތުކަލޯ 1
28 April 2020
ޔާމީންއަށް އިހުސާންތެރިވާކަށްނުޖެހޭނެ .އޭނައަކީ މިގައުމުގެ ޚަޒާނާ ލޫޓުވާލައިފައިހުރި މީހެއް. ޔާމީން ގެއަށް ބަދަލުކުރާނަމަ ބްރޯއަދީބު ވެސް ގެޔަށް ބަދަލުކުރަންޖެހޭނެ. އެންމެފުރަތަމަ ޔާމީން ގައުމަށް ޚިޔާނާތްތެރިވެފައިވާ ހުރިހާ ފައިސާއެއް އިންޓެރެސްޓާއެކު ސަރުކާރާ ހަވާލުކުރޭ. ޔާމީން ވެރިކަމުގައިހުރިއިރު ބުނި އަދީބު ދޫކޮށްލާނީ އޭނަ ސަރުކާރަށް ޚިޔާނާތްތެރިވެފައިހުރި ހުރިހާފައިސާއެއް އަބުރާދިނީމައޭ. މިއަދުމިއޮތީ ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށްހެރިފަ .
ބަލަ
28 April 2020
އެއްގޮތަކަށްވެސް މާލެއަށް ބަދަލުކޮށްގެންނުވާނެ. އޭނަގެ އެއްބަފާ ބޭބެ އެމުސްކުޅިވިދުވަހު ޖަލުގައި ރޯދަމަހު ހަމަ ތަޅުވާލީ، މިޔަދު މަހާލުގައި ޖެހިދާނެކަމަށްވެސް އޭނާގެ ބޮޑާ ހިތަކަށް ނާރުވާ، ވީމާ އޭނަޔަށް އޭގެ ހިތި ފެންނަންވެސް ޖަހާނެ. މި ރޯދަަހު ހަމަ ޖަލުގައި ބަހައްޓާ.
ޡުލޭ
28 April 2020
ހިލަގަނޑަކަށް އަޑެއް ނީވޭނެ.
ކައްމަތިން
28 April 2020
އިސްތިއުނާފު އަވަސްކުރައްވާ. އިންސާފަކީ : އަދީބާ ޒިޔަތު ގޭގަ. ގާޒީގެ ކުއްލި ބަދަލު. ޢިއްތިފާގުން ހުކުމްކުރިއިރު، ފައިސާހުރީ ދައުލަތުަގެ ބެލުމުގެ ދަށުގައި
މަތީ
28 April 2020
ސަރުކާރުން އަޅާފައިވާ ފިޔަވަޅުުތައް އިތުރަށް ވަރުގަދަކޮށް، އަނިޔާވެރިކަމަށް ފުރުސަތު ނުދެއްވައި، ޔާމީން ދޫކުރުމަށް ގޮވާލާއިރު ގައުމުގެ ހަޒާނާއިން ވައްކަން ކުރުމަކީ މައާފުކުރެވޭ ޒާތުކަމެއް ނޫންކަން މި މީހުންނަށް ނޭގެނީތަ.
ވަގު ކަދުރު
28 April 2020
އިދިކޮޅުން ކުރަންވިކަމެކީ އެމް އެމް ޕީ ހިޔާނާތުގެ ސަބަބުން ދަޢުލަތަށް ޔާމިނު ދަންކަށްޖެހޭ ފަސްމިލިޔަން ޑޮލަރު ދެންކުމަށް ޔާމިނަށްގޮވާލަށްވީ އަދި އެފައިސާއިން ރެހެންދި 2 ފުލެޓާއި ރޮލެކުސް ގަނޑި ގައިމީހުންގެ އަތުން ދަޢުލަތަށް ލިބެއްޖެހޭ ފައިސާ ހޯދަށް ގޮވާލަށްވީ. އަދިވެސް ތިއުޅެވެނީ އޮޅުވާލަށްވެގެން.