ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ފައިސާ އެބަހުރި، ޕެންޝަން ފަންޑުގައި އަތްލާކަށް ނުޖެހޭ: ނަޝީދު

ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ބޭނުންވާ ވަރަށް ފައިސާ އެބަހުރި ކަމަށާއި ޕެންޝަން ފަންޑުން ފައިސާ ނަގަން ނުޖެހޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލް ބަލައި ނުގަތުމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ދެ ފަހަރު ހުށަހެޅުއްވުމުން ވެސް އެ ބިލް ބަލައިނުގަތީ ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާ ކަންތައްތައް ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަނި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮންނާތީ އެވެ.

Pension fund aa gulhey Saeed ge bill anehkaaves fonuvaalaifi

Pension fund aa gulhey Saeed ge bill anehkaaves fonuvaalaifi

The most trusted news source in the Maldives

Mihaaru

ސައީދުގެ ބިލް ބަލައި ނުގަންނަން ނިންމުން

މިއަދުގެ މަޖިލިސް ބަހުސްގައި އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ އިޖުތިމާއީ ގޮތުން ގައުމަށް މިފަދަ ކަންތައްތަކެއް ކުރިމަތިވެފައިވާއިރު އެ ބިލަކީ މުހިންމު ބިލެއް ކަމަށެވެ. އަދި އެ ބިލް މަޖިލީހުން ބަލައި ނުގަންނަން ނިންމި ސަބަބު ބަލައި ނުގަނެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެ ބިލް ބޭރުކޮށްލުމަކީ ޑިމޮކުރްޓިކް އުސޫލްތަކާއި މިފަދަ ހާލަތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަންވީ ގޮތާ ތަންކޮޅެއް ބީރައްޓެހި ގޮތަކަށް މިކަން މިދިޔައީ،" ކުރީގެ ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަނީ ވާދަވެރި ސިޔާސީ ފަރާތްތައް ބައިވެރިނުކޮށް ކަމަށް ޝަރީފް ވިދާޅުވުމުން އެކަމަށް ޖަވާބު ދެއްވައި ނަޝީދު ވިދާޅުވީ ވާދަވެރި ސިޔާސީ ފަރާތްތައް ބައިވެރިނުކޮށް މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދާނެ ކަމަށެވެ. އެ ބިލް މަޖިލީހަށް ބަލައި ނުގަނެވުނީ އެއީ ފައިސާއާ ގުޅޭ ބިލަކަށް ވާތީ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ނަގަން، ސައީދު ހިމަނުއްވާފައިވާ ކަންކަން ކުރަން ދައުލަތުގައި ފައިސާ އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މަނީ ސަޕްލައި އިތުރުކޮށްގެން ފައިސާ އުފައްދާފައި. އަދި އޭގެ އިތުރުން ބޭރުން ލިބޭ އެހީތެރިކަމާ އެކުގައި ފައިސާ އެބަހުރި. ޕެންޝަން ފަންޑުގައި އަތްލާކަށް ނުޖެހޭނެ. ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމައި އެ ގައުމެއްގެ މާޒީ އެކީގައި އެ ދިޔައީ،" ނަޝީދު

މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދަން އިދިކޮޅުން ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ. އެ ކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުމަކީ މިހާރު ދިމާވެފައިވާ ހާލަތުގައި ޕެންޝަން ފަންޑުގައި ނުޖެހި، އެހެން ގޮތް ގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުން ކަމަށެވެ. އެ ފަންޑަކީ ކިހާ މުހިއްމު ކަމަކަށް ހުރި ފައިސާއެއްކަން އެންމެން ވެސް ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރަން، އެ ފައިސާ ބޭނުންކުރަން ވިސްނުމަކީ އެހާ ބުއްދިވެރި ވިސްނުމަކަށް ނުވެދާނެ،" އަމީރު ވިދާޅުވެފައި ވެ އެވެެ.

އެމްޑީޕީން ހިންގާ ސަރުކާރެއްގައި ޕެންޝަން ފަންޑުން އެގޮތަށް ފައިސާ ނެގުމަކީ ވަކި ދަތިކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

44 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 2%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދޫ

17 May 2020

ފަންޑު ފައިސާ ވަނީ ޓީބިލަށް ބަދަލުވެފަ.ޓީބިލަކީ ކަރުދާސް ކޮޅެއް އެފަިއިސާ ނަގާ ރައްޓެހިންނާ ޕާޓީ މީހުނާ ތިމާގެ މީހުންގެ ޖީބު ވަނީ ފުރާލާފަ.ބޭންކް ޙުސްވެއްޖެ. ޜިޒާވް ހުސްވެއްޖެ ރައްޔިތުންނަށް ދޭނެ އެއްޗެއް ނެތް

The name is already taken The name is available. Register?

ފަރުހާދު

16 May 2020

ފައިސާހުރީމަ ކީއްވެގެންތޯ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ފިނޭންސްމިނިސްޓަރ އެއުޅުއްވަނީ.؟ކިޔާ އެއްޗެއް ދިމަލެއް ނުވޭ.މިއޮތީވާ ސަރުކާރެއް.ނުކުރަންބުނާ ކަމެއްވިއްޔާ ވަރަށް ފަސޭހައިންކުރާނެ.ބަޔެއްފަހަރު ހީވޭ ގައުމުގަ ދެރައީސުން އުޅޭހެންވެސް.

The name is already taken The name is available. Register?

ާާހަގީގަތް

15 May 2020

ޙޭޙޭޙޭ އަނީއްކާ ވެސް މި ލިބޭމުސާރަ އިންތަ މައިންބަފައިންނައް ދޭންވީ؟ ޕެންސަން ސްކީމަކީ ކަމެއްދިމާވާއިރަށް ނަގަންހުންނަ އެއްޗެއްނޫން. ބޮލުރޮދިކެޑިފަބާ ދިވެހި ބައެއްމީހުން މިތިބެނީ!!!!!!! އޯކޭ ދީ...... ދެން އަންނަމަހުންފެސިގެން ކޮންމެ މުސްކުޅިމައްމަ އާއި ބައްޕަ އަކައް 100ރުފިޔާ ސަރުކަާރުން ދެން ބާކީ4900 ރުފިޔާ ދޭނެ ޕީޕީއެމް އިން. ނޫނީ ދަރިންނައްލިބޭމުސާރައިން. ދެން އަޔްޖަހާ........

The name is already taken The name is available. Register?

އެޑަމް

14 May 2020

ނަސީދުބޭނުންވަނީ ސަރުކާރުގެ އުނިކަމާކަމެއްނުވެވޭކަން ރައްޔިތުންނައްދެއްކޭތޯބެލުމެވެނަމަވެސް ނަސީދަކީއެވަރުގެޤާބިލް މީހަކައްނުވާތީ ތަޅާކޮންމެއަގަޔަކުން އަގުވެއްޓި ފެއިލްވަނީމުޅިޤައުމައްއެގޭ ނަސީދުގެމަގުސަދު އިރެއްގައެމްޑީޕީއޭބުނީމަނަސީދައްވިޔަސް މިއަދުޤައުމުއޮތީއެގޮތަކައްނޫން ޖާބިރުސޭޓާއެކު ކޭބަލްކާރުގަ ސަންސެޓުބަލަންދާކަހަލަވެރިންނެއްނޫންބޭނުންވާނީ,ރައްޔިތުންގެލޯހުޅުވިއްޖެ,ދަސްވެއްޖެމިހާރުތިޕާޓީއޮތްގޮތްވެސްނޭގޭނެ ކޮމެންޓުތަކުންއެކަންވަރައްރަގަޅައްއެގޭ!!

The name is already taken The name is available. Register?

އަޒީޒ

14 May 2020

ނެތިއަޔާ ނެތްކަން ސީދާކޮއް ބުނޭ.. ހުރިއްޔާ ހެއްކާ އެކު ހުރިކަން ދައްކާ.. އެކަން ކުރާނީ ސަރުކާރުން .. މަޖިލީހުގެ ރައީސްގެ އިހުތިސޯސުގަ އޮތްކަ މެއް ނޫން އެެއީ.. ތަޅުން ބަލަހައްޓަން ހުރޭ.

The name is already taken The name is available. Register?

ސަސަލާ

14 May 2020

މަޖިލީހުގެ ރައީސްގެ އިހުތޮސޯސުން ބޭރުކަން ކަ މުގައި ގޮތްކަނޑަ އަޅައި ވާހަކަ ނުފަތުރާށެވެ. މަޖީލީހުގެ އިދާރާއާއި މެމމ މްބަރުން ވާހަކަ ދެއްކު މާއި ތަޅު މުގެ ގަވާއިދާއި ބެހޭވާހަކަ ދައްކާށެވެ. ބިލުތަކައް ބަހުސް ކުރާނީ މެމމ މްބަރުން.. ބިލުތައް ފާސް ކުރާނީ މެމ މްބަރުންގެ ވޯޓުން. މަޖިލީހުގެ ތަޅު މުގެ ރައީސްކަން ކުރަން ނޭގެންޏާ ކުރީގެ އެކަން ކޮއްފަ ތިއްބެވި ފަރާތްތަކުގެ ވީޑިއޯ ބައްލަވައިގެން ދަސްކުރައްވާ. ނޭގެންޏާ ކޮން މެ މީހަކައްވެސް ދަސްކުރެވޭނެ.

The name is already taken The name is available. Register?

ހާސް

14 May 2020

ޕެންސަން ސްކީމަކީ ކަމެއްދިމާވާއިރަށް ނަގަންހުންނަ އެއްޗެއްނޫން ދަރިންނޭ. އެއީ މުސްކުޅިވެ ގައިބާރުދައްވެ މަސައްކަތް ނުކުރެވޭ ދުވަހު އަބުރުވެރިކަމާއެކު ދިރިއުޅުމ މަށް ފަހަށް ރައްކާކުރާ އެއްޗެއް. ކަ މެއްދިމާވާއިރަށް އެފައިސާ ނަގަންޏާ ސްކީމްގެ ބޭނުންކެނޑުނީ. މިހާރުވެސް ހައްޖަށްދާން ބޭނުންކުރެވޭގޮތް ހަދައިދީފި. ފްލެޓަށް ޑައުންޕޭމަންޓް ދެއްކޭގޮތް ހަދައިދީފި. ކޮންމެ ކަމެއްދިމާވާއިރަށް ޕެންޝަން ސްކީމް ވާހަކަ ނުދައްކަބަލަ. ކިހާދެރަކަމެއްދޯ!!!!

The name is already taken The name is available. Register?

ސަ މާނ

14 May 2020

ދުނިޔޭގަ 3 ވަނަ ބޮޑުހަނގުރާ މައެއްފެށި... ނުވަތަ ބޮޑު ގުލޯބަލް މިފަދަ ކާރިސާއެެއް ދެށުނަސް ޕެންޝަން ހަ މަ ޕެންސަނުގެ ގޮތުގަތޯއޮންނާނީ.. ޕެންސަނަކީ ސޯސަލް ސެކިއުރިޓީގެ ކޮ މްޕޯނަންޓެއް.. ސޯސަލް ސެކިއުރިޓީ އަން ޕުރެސިޑެންޓެޑް ހާލަތަކައް ވެއްޓިއްޖެއިޔާ ޕެންސަން ކީއްކުރަންތޯ ހައްޖު ފަންޑުވެސް ޖެހޭނީ ހުޅުވާލަން. ސަރުކާރު އަދު އޮތީ ބިކަވެ ނިކަ މެތިވެ ސަލާންޖަހާ ހާލަތެއްގަ. ޕެންސަނުގަ ފައިސާއެއް އޮތިއްޔާ އޭގެނަ 25 ޕަސެންޓު ނަ މަވެސް ދޫކުރަން ޖެހޭ.

The name is already taken The name is available. Register?

ލުގުމާން

14 May 2020

ތިޔަބޭފުޅުން ނިކަމެތި އަޅުގަނޑު ވާހަކައެއް ބުނެފިއްޔާ ގަބޫލު ކުރާނަންތޯ؟ ތިޔަ ޕޭނަޝަންފަނޑަކު ނެތް ހަމަ އެކައްޗެއްވެސް. ޕެންޝަންފަނޑޭބުނީމަ ތިބޭފުޅުން ހީކުރަނީ ވަކިން ޖަހާފަހުރި ފޮއްޓަކަށް ލާތަޅުލާފައި ހުއްނަ އެއްޗެއް ކަމަށްތޯ؟ ބަލަ އެފައިސާވެސަ މިފައިސާވެސް ހަމަ ހުއްނަނީ އެމްއެމްއޭގެ ބޮޑުފޮށީގަ. އެފޮއްޓަކުނެތް އެކައްޗެއްވެސް. އޮރިޔާން ވެދާނެތީ ކިޔާއެއްޗެއް އެކިޔަނީ އޭގައި އަތްލާކަށް ނުޖެހެއޭ. ބަލަ ނަޝީދުގެ ފައިސާތަ އެއީ؟މީހަކު ހައިރާނެނުވާނެތަ؟

The name is already taken The name is available. Register?

ފަރުގާލު

14 May 2020

އަނެއކާވެސް ތިޔަ ޗާރޓުން ބޭރުވީ އެވެ.

The name is already taken The name is available. Register?

ޢެޑަމް

14 May 2020

އަހަރެން ޕެންސަންފަންޑުގަހުރި ފައިސާގެވާހަކައެއްނުދައްކަން އަހަރެންގެ ސުވާލަކީނަސީދު ތިޔައީ ޤައުމުގެރައީސްހޭ?މަޖިލީހުގެރައީސްހޭ?މިސުވާލުގެޖަވާބުކޮންމެސްފަރާތަކުންދެއްވިއްޔާވަރައްރަގަޅު!ހާދައަގަގަދައޭދޯ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454