ކާށިދޫ ދޯނިން ކަނޑަށް އެޅުނު ދޮންކޭލާއި ބައެއް ކަހަލަ ފަތް ކޮމާޝަލް ހާބަރަށް ލައްވުމުން، އެމްޕީއެލްގެ މުވައްޒަފުން އެތަކެތި ނަގަނީ
15 މެއި 2020 - 17:11
ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑަށް މިއަދު އެރި ކާށިދޫ ދޯނިން ކަނޑަށް ބޭރުވި މޭވާ އާއި ބައެއް އެހެން ތަކެތި އެމްޕީއެލުން ނަގައި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސަރަހައްދުގެ މޫސުން އާދަޔާ ހިލާފަށް ގަދަވެފައި ވަނިކޮށް، ތޮށިގަނޑުމައްޗަށް އަރާފައިވަނީ "މިނިވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެއީ މި ރޯދަމަހަށް ހާއްސަ ކޮށްގެން ކާށިދޫ ދަނޑުވެރިން ހެއްދި ބައެއް ތަކެތި ވިއްކުމަށް މާލެ އައި ދޯންޏެވެ. އެކަމަކު، މާލޭގެ ފަޅުތެރެއަށް ނުވަދެވެނީސް، ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް ދޯނި އަރައި، އަދި ރާޅާ ތެޅުމުގެ ސަބަބުން އެ ދޯނި ފަހުން ވަނީ އެއްކޮށް ހަލާކުވެފަ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ ދޯނީގައި ތިބި ހަތަރު މީހުން ތޮށިގަނޑުމައްޗަށް ސަލާމަތުން އަރާފައިވާ ކަމަށެވެ.
އިންޖީނު ހުއްޓި، ދޯނި ރާޅާ ތަޅަން ފެށުމާއެކު އޭގައި ހުރި ދޮންކޭލާއި ލެޓިއުސް އާއި ބައެއް އެހެން ތަކެތި ވަނީ ކަނޑަށް ދޫވެފަ އެވެ. އެ އެއްޗެހި ލައްގަމުން ދަނީ، މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގެ ހުޅަނގުފަރާތަށެވެ.
އެމްޕީއެލުން ބުނީ ލައްގަމުންދާ އެ ތަކެއްޗާއި ކަނޑަށް ދޫވި ބައެއް ތަކެތި ނަގައި، އޭގެ ވެރިފަރާތާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްޕީއެލުން އާއްމު ކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ދޮންކެޔޮގަނޑުތަކަށް މާބޮޑު ގެއްލުމެއް ނުވެ އެވެ. އެކަމަކު ލެޓިއުސް ފަދަ ފަތްތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
މިއީ، މޫސުން ގޯސްވެ، ވައިބާރު ވާ ދުވަސްވަރެއް ކަމަށް ވުމުން ކަނޑުދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާ އިން އެދެ އެވެ. ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހު ރާއްޖެ އަށް ވައި ގަދަ ވާނެ ކަމަށް އެތަނުން މިއަދު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާނާ.
17 May 2020
މިހާރު ތިހިރީ ސެނަޓައިޒް ކުރެވިފަ ދެންވިއްކާލާ
ދޮންފުތާ
16 May 2020
އަހައްމާފުތާ ދީދީންނަށް. ސަރުކާރުން ބަދަލުދޭކަށް ވެސް އަދި އިންޝްއަރޭންސް މަޖްބޫރުކުރާކަށްވެސް ނުފެނޭ. އެމީހަކަށް އެންމެ އެއްޗެއް ސޭވްވާނެ ގޮތަކަށް އެމީހަކަށް އިޚްތިޔާރު ދީފަ ހޭލުންތެރި ކުރުވުން ރަނގަޅީ. އެކްސިޑެންޓްތަކުގައި ރެސްކިޔު ދިނީމެ ފުދޭނެ. ދެން މިންވަރަށް ރުހެންވެސް އެނގެންވާނެ.
10ރުފިޔާ
16 May 2020
10 ރުފިޔާއަށް ދޮންކެޔޮވަކެއް ވިއްކުމުން ރައްޔިތުންނަށް ވާ ގެއްލުންވެސް އޮވޭ. ރޯދަމަހު އާއްމުކޮށް އަބަދުވެސް ބޮޑުއަގުގަ ތަކެތި ވިއްކާއިރު މިފަހަރު ހީވަނީ އަދި އެހެންފަދަ ކަމެއްހެން އެއްޗެހި އަގުބޮޑުކަމުން. ލޮކްޑައުންގަ އެހާ މަދުން އެއްޗެއް ގަނެލަން ބޭރަށް ނިކުމެވޭއިރު ވިޔަފާރިވެރިންގެ ހުރި ދަހިވެތިކަން އެހާ ބޮޑު. ދެރަކަމެއްވީމަ ދައްކާނީ އެކަމު އެވާހަކަ.
ސަމަޅޭ
15 May 2020
އެހެންނޫނަސް މޫސުމާބެހޭ އިދާރާއިން ދެއިރުދެދަޅައަށް ނެރޭ ކުލަކުލައިގެ ސަމާލުތަކާށް ނުބަލާ ފުރަނީ ކާކުބުނެގެންތަ. ކަމެއްދިމާވީމަ އެވާހަކަ...
ބިދޭސީ
15 May 2020
:ކަލާސީނަށް ނައު ބަލެއް ނުވާނެ" އެވެ. ފަރަށް ދޯނި އަރުވާލާފައި ފަޅުވެރިން ބަޗާގެން ދިޔައީ ކިތަށް އޮޑީގެ ތޯއެވެ؟ ހުރިހާ ގެއްލުމެއް އޮޑިވެރިޔާ އަށެވެ.
އެނގޭ މީހާ
15 May 2020
އޮޑި އައް ވީ ގެއްލުން ކޮބާތޯ.މަރާމާތައް ފަހު ކުރި ފުރަތަމަ ދަތުރު ތީ.ދޯނި ފުނޑު ވެގެން އެދިމާލައް އަޑިއައް ގޮސްފަވީ.ބެންކު ލޯން އަދި އޮތީ. ފަރައް އެރުމުގެ ކުރިން އެމްޑީއެފް އައް ގުޅާފަ އޮތީ.އެމީހުން އެތަނައް ގޮސް އެހީ ނުވީ
ކުއްޓި
15 May 2020
އެނގޭ މީހާ އަކަށް އެކައްޗެއްވެސް އެނގޭ ހެނެއް ހިޔެއް ނުވެ.
ނޭނގޭ މީހާ
15 May 2020
ދެން އެދޯނި ކުރި ދަތުރުގެ ކަންކަން ފެށިގެން ނިމެންދެން ކިޔާބަލަ އެނގެންޔާ.
ފަނޑިޔާރު މަނިކުފާނު
16 May 2020
ހުރިހާ ކަމެއް ކޮއްދޭން ޖެހެނީ އެހެން ބައެއްތަ. އިންސުއަރެންސް ކޮއްފަ އޮތް ނަމަ ލާރި ލިބުނީސް. އަމިއްލަ ޒިންމާ އެބަނަގަން ދަސް ކުރަންޖެހޭ.
ހޭކެނޑޭ
15 May 2020
ކުރާނެ ކޮމަންޓެއް ނެތް! ސަބަބަކީ ބަޔަކު މީހުންގެ އިޙުމާލުން ކަމަށް މިކަންވަފައި ވާތީ ކަމަށް ދެކެން. މޫސުން މޫސުން ނަބަލާ ދަތުރު ކުރާތީ ކަމަށް ދެކެން. ކުރާނެކަމެއްނެތް. ކަންތިއޮތީ ނިމިފާ. ހިތާމަހުރި.
އޮނަރަބްލް އަފީފު ދީދީ
15 May 2020
މޫދު ލޮނުޖެހުމުން ތަރުކާރީއާއި މޭވާގެ ބޭނުންކެޑި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަލާކުވާނެ. # ސަރުކާރުން ކުރާންޖެހޭ ކަމަކީ އޮޑިގައިހުރި މުދަލުގެ ތަފްސީލް ދެނެގަނެ މީހުނަށް ފުރިހަމަ ބަދަލެއް ދިނުން. ތިގޮތަށް ކަނޑުމަތިން ކޮޕީފަތް ބޮނޑިއެއް ހޮވާފައި ދީފީމޭ ބުނުމަކުން ކަމަކު ނުދާނެ.
އަހަންމާފުތާ
15 May 2020
މިދިމާވީ ވަރަށް ދެރަކަމެއް. މުދަލުގެ ވެރިފަރާތަށް ވަރަށް ބޮޑު ގެއްލުމެއް. އެކަމަކު ސަރުކާރުން ބަދަލު ދޭންފަށައިފިނަމަ އެފެށުނީ ބަދަލު ދިނުމުގެ މުޅިން އާ ސަފްހާއެއް. މާލޭން މުދާ ގަނެގެން ރަށްރަށް ދާ ބޯޓް ތައް ފަރަށް އަރާ، މުދާ ކަޑުވެ އެއްކޮށް ހަލާކުވެފައި ހުރި. ސަރުކާރުން ބަދަލެއް ނުދޭ. ތަކެތީގެ އަގު ބޮޑުވިއަސް މިގޮތަށް މުދާ އުފުލާއިރު މުދާ އިންޝުއޯރަންސް ކުރުން ބުއްދިވެރީ.
ލޮސް
15 May 2020
ސަރުކާރުން ޖެހެނީ މިހެން އުފުލާ މުދާ އިންޝުއާ ކުރަން ގާނޫނާ ގަވާއިދު ހަދާ މަޖުބޫރުކުރުވަން ނޫނީ މިކަހަލަ ކޮންމެވެސް ހައްލެއް ހޯދަން. އޭރުން މިކަހަލަ ހާދިސާތަކުން ލިބޭ ގެއްލުން ފޫބެއްދޭނެ.
ކާމަރަނގަ
15 May 2020
ރޯނުއެދުރު!
އޮނަރަބަލް ހޯގުޅާ ދޮންދީނި
15 May 2020
ބަލަ ކަމެއްވާއިރަށް ބަދަލު ހޯދަން މީ ގަސްދުގަ ކުރާ ކަންކަމެއް ނޫން.. މިކަހަލަ ކަންކަން ވީމަ ޖެހޭނީ ދެން މިކަހަލަ ކަންކަން ނުކުރަން.. މިއޮތް ގަދައިގަ ދޮންކެޔޮ ކެއުމަށްވުރެން ހަނޑޫކޮޅެއް ކައްކާލައިގެން ކާލުން މާރަނގަޅު
އަލީމް
15 May 2020
މާލެދަތުރު ކުރާ ބޯޓުފަހަރާއި ފެރީކުރާ ދޯނިތަކާއި ލޯންޗުގައި ދަތުރު ކުރާ މީހުންނާއި މުދާ އިންޝުރެންސް ނުކުރާތީ އަތޮޅުތަކުގެ ރައްޔިތުންނަށް ނުހަނު ގެއްލުމާ ކުރިމަތިލާންޖެހޭ. އެކަމަކު ސައިކަލް އިންޝުރެންސް ކަހަލަ ބަދަލު ނުލިބޭއެއްޗެއް ކަމަކު ނުދާނެ.
އޮނަރަބްލް އަފީފު ދީދީ
15 May 2020
އަހަންމާފުތާއަށް ތާއީދުކުރަން. އޮޑިވެރިޔާ އެއަށް އަރުވާމުދަލާއިއެކުހިމެނޭ އިންސްއަރެންސް ޕެކޭޖެއްނަގާން މަޖުބޫރުކުރުން ރަނގަޅު. # ދަނޑުވެރިކަމަކީ ވަރަށްގިނަފަހަރު މޫސުމީ ވިޔަފާރިއަކަށްވެފަ ބާޒާރުމުދާ ގަނެވިއްކާވިޔަފާރިތަކުން މުދާލާއިވިޔަފާރި އިންސްއަރެންސް ކުރާގޮތަށް ދަނޑުވެރިންނަށް އެކަންނުކުރެވޭނެ. # ދައުލަތަށް ބުރައަކަށްވިޔަސް ދަނޑުވެރިންނަށް ލިބޭ މިފަދަ ގެއްލުން ތަކަށް ބަދަލު ދިނުމަށް އަހަރެން ތާއީދު ކުރަން. މިކަމުގައި އެމީހުންގެ އިހްމާލެއްނެތް.
އަހަންމާފުތާ
15 May 2020
އޮނަރަބްލް އަފީފު ދީދީ ގެ ޚިޔާލަށް އިހްތިރާމްކުރަމުން ބުނަން ބޭނުންވަނީ، ދަނޑުވެރިންނަށް އެއްވެސް ގެއްލުމެއް ލިބުމަކަށް ނޭދެމޭ. އެކަމަކު ތިގޮތަށް ބަދަލުދޭންފަށާނަމަ، ކެލާއާއި، ހިތަދޫން ނާލު ބޯޓަކުން މާލެ ގެންނަ 5 ކެޔޮގަޑާ، 30 ފަޅޯ ކަޑުގަދަކަމުން މާލެ ނުފޯރައިގެން ހަލާކުވެއްޖެނަމަ ބަދަލުވެސް ދޭން ޖެހޭނެ. ހައްދާފައޮތް 30ކިލޯ ކައްޓަލަ ފުރާބޯޓެެއް ނެތިގެން މާލެ ނުފޮނުވި ހަލާކުވިއަސް ބަދަލު ދޭންޖެހޭނެ. ގޯތިތެރޭގައިއޮތް ކެޔޮގަޑު ވަޔާވެއްޓުނަސް ބަދަލު.
ރޯނުއެދުރު ހެދިގެންއުޅޭ އަފީފު
16 May 2020
ބަލަ އަފީފާ، ކަލޭ މޮޔަވީތަ
މާކޯން
15 May 2020
ކާނާގެ ބާވައްތައް ނުލިބޭ ދުވަސްވަރެއްގައި މިކަހަލަ ކަމެއްގައިވާ ގެއްލުމަކީ ވެސް ވަރަށް ބޮޑު ގެއްލުމެއް.
ޙަސަން އަލީ ތައްޚާނު
15 May 2020
ކޮންބަޔަކަށް ތޯ ނުލިބިގެން އުޅޭނީ؟