މިނިވަރު ދޯނި ވެސްޓް ޕާކު ތޮށިގަނޑަށް މިއަދު އަރާފައި.
15 މެއި 2020 - 14:26
ކ. ކާށިދޫން މާލެ އަށް ދަތުރުކުރި ދޯންޏެއް، ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް މިއަދު އަރައިފި އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، މާލެ ސަރަހައްދަށް ކަނޑުގަދަވެ، އާދަޔާ ޚިލާފަށް ބާރަށް ވައިޖެމުން ދަނިކޮށް ހިނގި މި ހާދިސާގައި ތޮށިގަނޑު މައްޗަށް އެރީ "މިނިވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެމްއެންޑީއެފުން ބުނީ، އެ ދޯނި "ރާޅާ ތަޅައިތަޅައި ހަލާކުވެއްޖެ" ކަމަށެވެ. އެއެމްއެންޑީއެފުން އާންމުކުރި ވީޑިއޯ އިން ވެސް އެ ފެންނަނީ ދޯނި ފުނޑުފުނޑުވެ، ރާޅާ ތަޅަތަޅައި އޮތް ތަނެވެ.
އެމްއެންޑީއެފުން ބުނީ، ތޮށިގަނޑު މައްޗަށް ދޯނި އެރިކަމުގެ މައުލޫމާތު ލިބުނީ މެންދުރު އެކެއް ޖަހާކަންހާއިރު ކަމަށެވެ. އެ ދޯނީގައި ހަތަރު މީހަކު ދަތުރުކުރި ކަމަށާއި ނަމަވެސް އެ މީހުން ސަލާމަތުން މިހާރު ވަނީ އެއްގަމަށް އަރާފައި ކަމަށް ބުންޏެވެ.
4 meehunnaaieku K. Kaashidhoo in Male' ah dhathurukuri
— Maldives National Defence Force (@MNDF_Official) May 15, 2020
" Minvaru" namakah kiyaa Dhoani, Engine huttigen Male' city west park aai dhimaa thoshi gadah erikamuge report miadhu 13: 00 haairu libigen, MNDF MA, Coast Guard squadron in Eheetherikan foarukohdheyn fashaifi.
އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދޯނި ތޮށިގަނޑު މައްޗަށް އެރީ އިންޖީނު ހުއްޓުމުންނެވެ.
ދޯނީގައި ހުރީ ކާށިދޫން މާލެ ގެނައި ތަކެތި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މޭވާ އާއި ކެއުމަށް ބޭނުކުރާ ބައެއް ބާވަތްތައް ދޯނިން ކަނޑަށް ދޫވެފައިވާ މަންޒަރު ބައެއް ފޮޓޯތަކުން ފެނެ އެވެ.
އެމްއެންޑީއެފުން ބުނީ، މި ދޯނިން ގިނަ އަދަދެއްގެ ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެ ކަމަށް ސަމާލުވާން އެދޭ ކަމަށެވެ.
މިއީ، މޫސުން ގޯސްވެ، ވައިބާރު ވާ ދުވަސްވަރެއް ކަމަށް ވުމުން ކަނޑުދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާ އިން އެދެ އެވެ. ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސްވަރު ރާއްޖެ އަށް ވައި ގަދަ ވާނެ ކަމަށް އެތަނުން މިއަދު ބުންޏެވެ.
ރޭ ފަތިހު މާލެ އަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި ގެތަކުގެ ފުރާޅަށް ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރު
15 May 2020
ދޯނި ފުޑުފުޑުވެގެން ދިޔައިރުވެސް އެމް އެން ޑީ އެފް ގެ އެހީތެރިކަމެއް ނުލިބުނީތީ ހިތާމަކުރަން
މުލޭ
15 May 2020
ތިޔަ ތޮށިގަނޑަށް ދޯނި އަރަން އުޅޭކަން އެނގުނު ނަމަ އެމްއެންޑީއެފް މީހުން އެތަނަށް ގޮސް ތައްޔާރުވެގެން ތިބޭނެ. ދޯނިއަރައިގެން ބަޔަކަށް ފޯނުކުރެވޭއިރު ދޯންޏަށް ވާނެ އެއްޗެއް ވެފަ އޮންނާނީ މި ގަދައިގައި. އެކަމުގައި ކުރެވޭނެ ކަމެއް ވެސް އޮންނާނެކަމަކަށް ނުބެލެވޭ. މިހާރު ދެން ބަލަންޖެހެނީ އިންޖީނު ހުއްޓެން މެދުވެެިވި ސަބަބު.
ފާތާނިކޭ
15 May 2020
ސަދަގާތް ފައުންޑޭށަނުން ކީއްވެބާ ދޯނި ސަލާމަތް ކުރަން ނުދިޔައީ!؟
އާއިޒް
15 May 2020
މުދާ ބީ ވުމުން ލިބުނީ ބަރަށް ބޮޑު ގެއްލުމެއްް
ސިއުރާ
15 May 2020
ޖާބިރު ކޮބާތަ؟ ކާށިދޫއާ މާލެއާ ދެމެދު ކޭބަލް ކާރުގެ ޚިދުމަތް ދީބަލަ! އޭރުން މިކަހަލަ ހިތާމަވެރި ހާދިސާއެއް ނުހިނގާނެ. ސީދާ ކޭބަލް ކާރުގައި ކާށިދޫގެ ރައްޔިތުންގެ އުފެއްދުންތައް މާލެއަށް ގެނެވޭނެ.
ކަކުނިބޯ
15 May 2020
ކޭބަލް ކާރުތަށް މިހާރުވަނީ ހަރުކުރެވިފައި ކޭބަލްއައިމަ ނިމުނީ