ކޮވިޑް-19 އާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ހަމަައެކަނި ޕްރެސް ކޮންފަރެންސްގައި މިދިޔަ މާޗް މަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
20 މެއި 2020 - 18:09
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިރޭ 9:00 ގައި ގައުމާ މުޚާތަބު ކުރައްވަން ނިންމަވައިފި އެވެ.
މިދިޔަ މާޗް 7 ގައި ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން އެ މަނިކުފާނު ވަނީ މާޗް 26 ގައި ނިއުސް ކޮންފަރެންސެއް ބާއްވަވައިފަ އެވެ. އޭގެ ފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ގައުމާ މުޚާތަބު ކުރައްވައި، އެ ބައްޔާ ގުޅޭ ފަހުގެ މައުލޫމާތުތަކާއި ސަރުކާރުގެ ބައެއް ސިޔާސަތުތައް ހާމަކޮށްދެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރައީސް އެންމެ ފަހުން ގައުމާ މުޚާތަބު ކުރެއްވީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އޭގެ ކުރިން ދެން ގައުމާ މުޚާތަބު ކުރެއްވީ ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެ އިން ފުރަތަމަ ފެނުނު ދުވަހު އެވެ. އެއީ މިދިޔަ އޭޕްރީލް 15 އެވެ.
ކޮންމެ ރެއެއްގެ 10:00 ގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބާއްވާ މީީޑިއާ ބްރީފިން، ރައީސް ގައުމާ މުޚާތަބު ކުރައްވާތީ މިރޭ ނޯންނާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް 1،186 މީހަކަށް އެ ބަލި ޖެހިފައިވާއިރު، މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ވަނީ މިދިޔަ މަހުގެ 15 ން ފެށިގެން ލޮކްޑައުންގަ އެވެ. އެއީ ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެ އިން ފުރަތަމަ ފަހަރަށް އެ ދުވަހު ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. އޭގެ ފަހުން ލޮކްޑައުންގެ މުއްދަތު 14 ދުވަހުން 14 ދުވަހުން އިތުރުކުރަމުން އައިސް މިހާރު ލޮކްޑައުންގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 28 އެވެ.
ނަމަވެސް، މިހާރުގެ ހާލަތަށް ރިއާޔަތް ކުރައްވައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ލޮކްޑައުން އުވައިލާނެ ކަމުގެ އިޝާރާތެއް މިދިޔަ ހޯމަ ދުވަހު ދެއްވައިފަ އެވެ.
މި މަހުގެ ފަހު ދެ ހަފުތާގައި ރާއްޖޭގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ކޮވިޑް-19 ފެތުރޭނެ ކަމަށް ސިއްހީ މާހިރުން ކުރިން ލަފާކުރިޔަސް މިހާރު ބުނަނަކީ އެ ހިސާބަށް ނުގޮސް ސަލާމަތް ވެވިދާނެ ކަމަށެވެ. އެހެންވެ، "ނިއު ނޯމަލް" ނުވަތަ އާ އާންމު ހާލަތެއްގައި ރާއްޖޭގައި މެދުކަނޑާލާފައިވާ ކަންކަން ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
20 May 2020
މީގަ ދެން އެންމެ ފޯރިގަދަވާނީ ބަޖެޓް އާ ބޭރުގެ އެހީ ގެ ރާހަތް ކުރި މީހުންނާ ނުކުރާ މީހުންގެ ކޯޅުންގަނޑު ފެށުނީމަ. މިހާރުވެސް މިއޮތީ ފާޑަކަށް ދެބައިވެފަ!
ހޭބަލިމިތުރު
20 May 2020
ރައިއްޔަތަކައް ލޮކްޑައުންގަ ދޮޅު މަސްވާއިރު ބައިރުފިޔާއެއްވެސް ފޯރުކޮއްނުދެވި ދައުލަތުގެ ބަޖެޓް ކަރަންޓީން ފެސިލިޓީގެނަ މުގަ ވަކިބައެއްގެ ޖީބައް ހުސްވެ، ފއނ އެރިފަ ހުންނެވި ވާހަކަ ކީރިތިކުރައްވާ ވިދާޅުވަންހެން ހީވަނީ.
މިރިހި މަލާ
20 May 2020
ގަނޑުފިލީމަ ނުކުންނަނީ ދެއްތޯ، ގަނޑު ފެފަ އޮތްދުވަސް ކޮޅު ގައުމުގަ ވީކަންތަށްތަށް ދަސްކޮއްގެން އަރާތި....
ކޯކުފުޅި
20 May 2020
އެއްވެސް ހައްގަކާ ނުލާ އައްޑޫ މީހުން ގޭބަންދުކޮށް ހިސޯރުކޮށްގެން ތިބޭ ތިބުން އުވާލާނެކަމަށް އުއްމީދު ކުރަން. ކައުންސިލްތަށް އިސްލާހުކޮށްދެއްވާ. ކޮވިޑު މުސީބާތަށްވުރެ ބޮޑު މުސީބާތެއް މީ. ސަހާދެއް ބުނަން.
ފަރުދީ
20 May 2020
ބަލަގަ ރައްކާތެރިކަމަށް ގޭގައި ތިބުން އެއީ ހިސޯރު ކުރުންތަ؟ ކަލޭމެންގެ ތިހިރަ ޖާހިލު ވިސްނުމެއް އުތަ؟ޖެހޭނީ ކޮންރަށެއްގެ ކާކަށް ކަމެއް އިގޭ ބަޔެއް ނޫން މީ. ކޮންމެ ކަމެއްގައި ސިޔާސީ އެކްޓިވިސްޓް ވާން ނޫޅެބަލަ
އަކުން ބަކުން
20 May 2020
ކީރިތި ނުކުރައްވާނެކަމަށް އުއްމީދުކުރަން.
ނަންރީތި ދޯނި
20 May 2020
މަމެން ރަށު މެންބަރަކަށްވެސް މިހާރު މިހުންނަނީ ގުރައެއް މާ މަސްމަޑު ކޮށް ލޮނުމަޑުވެފަ ހުންނަނީ މަޖިލީހުގަވެސް ރަށަށް ކަންކަން ހޯދާކަށް ބަހެއް ނުކިޔާ
ވާލް
20 May 2020
މި އެޕިސޯޑުތައް ނެޓްފްލިކްސްއަށް އަޕްލޯޑްކުރަންފެނޭ. ތާރީޙީ ރެއެއް.
ޢިބޫ
20 May 2020
ރައީސް އަކީ އިހުލާސްތެރިއެއް ކަމަށް ގަބޫލް ކުރާނީ މިސަރުކާރުގަތިބި ކޮރަޕްޓް ކަމަށް ތުހުމަތު ކުރެވޭ ވަޒީރުން ބޭރުކުރި ދުވަހަކުން.
ދިއްދޫމީހާ
20 May 2020
ކިތަ ރައީސް ހުރޭތޯ؟؟ މިހެން މިބުނީ މަޖިލިސްގެ ރައީސްވެސް ބައެފަހަރު އެބަ ހީވޭ މީ ގައުމުގެ ރައީސްހެން،
ރާއްޖެ.
20 May 2020
މި ރައީސް މިއީ އެ ރައީސް ދަށުން ހުންނަ ރައީސް.
@ދޫ
20 May 2020
ބައެއް ކަހަލަ ހީއަކީ ފާފައެއް ފަސާދަ ނުއުފައްދާ
ސާލިހު
20 May 2020
ހުޅުމާލެއިން ފުލެޓްދެނީ ދިރިއުޅޭނެ އެއްވެސްތަނެއް ނެތިގެން އެމީހާދިރިއުޅުމށްޓައެވެ ނަމަވެސް އެމީހާގެ އެއްވެސްމީހަކުނެތި މުޅިގެއެހެނބަޔަކަށް ދިރިއުޅެން ދިނުމުގެސަބަބުން އިންސާނީކަރާމަތަށާއިޖުތިމާއީއެތަށް މއްސަލަތަކެއްމިދަނީ ނިކުންނަމުނެވެ އެންމެފަހުންމިވަނީ މަރުގެއިންޒާރުވެސް ދީފައެވެ މިއިންޒާރުދިނީ 96.02.3 މިއެޕާޓްމަންޓުގަ އުޅޭ ދިވެހިފިރިހެނެކެވެ މިހާރުއެެްމަސް މިމައްސަލަޔަށް ވީއިރުމިިކަމަށްހަލެނުލިބުނެވެ