ޚަބަރު / ސިއްހަތު

ދަތުރުކުރުން ފިޔަވައި، ލޮކްޑައުން ނެތް ރަށްރަށަށް މިހާރު އެއްވެސް ހުރަހެއް ނެތް: އެޗްޕީއޭ

މިރޭގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

27 މެއި 2020 - 21:20

75 comments
27 މެއި 23:19

ނަޒްލާ: ސަރުކާރުގެ އޮފީސް ހުޅުވޭނީ އެންމެ ގިނަވެގެން އެއްފަހަރާ ފަސް މީހުންނަށް. އެއީ ރައީސް އޮފީހުގެ ހުއްދަ ލިބިގެން. މީގެ ތެރޭގައި ހައި ރިސްކް މީހުންނާއި ދުވަސްވީ މީހުންނަކަށް ނުނުކުމެވޭނެ. މިގޮތުން އަމިއްލަ އޮފީސްތައް ވެސް ހުޅުވޭނެ. އެއީ އިކޮނިމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން.

27 މެއި 23:16

ނަޒްލާ: ޓެކްސީ އަށް އަރާއިރު ފަސިންޖަރުންްނާއި ޑްރައިވަރުން ވެސް މާސްކް އަޅަން ވާނެ. ފަސިންޖަރުން ތިބެން ވާނީ ފަހަތު ސީޓްގައި އެކަނި. މަގުމަތިން ޓެކްސީ ނަގައިގެން އެރުމަކީ ހުއްދަ ކަމެއް ނޫން. ޓެކްސީ ހޯދަން ވާނީ އެޕަކުން ނުވަތަ ޓެކްސީ ސެންޓަރަކުން. އަދި އެއްފަހަރާ ދެ ދަތުރު ކުރުމަކީ ވެސް ހުއްދަ ކަމެއް ނޫން. ޕިކަޕަށް އަރާއިރު ވެސް ކުޑަ ޕިކަޕަކަށް ގިނަވެގެން ދެ ފަސިންޖަރުންނަށް އެރޭނީ އެ ވެސް ފަހަތަށް.

27 މެއި 23:14

ނަޒްލާ: ދެ ހަފުތާގެ ފަހުން ހަފުތާއަކު ފަސް ދުވަހަށް އަނެއްކާ ވެސް ހުޅުވާލެވޭނެ. އެކަމަކު އެއީ ވެސް ރެސްޓްރިކްްޝަންތަކާ އެކު. ކެފޭތަކާއި ރެސްޓޯރަންޓްތައް ވެސް ހުޅުވާލެވޭނީ ހަމައެކަނި އޮންލައިންކޮށް އޯޑަރު ނަގަން އެކަނި. އަދި ކޭޝްގެ ބަދަލުގައި ކާޑު ބޭނުންް ކުރުން މުހިންމު.

27 މެއި 23:09

ނަޒްލާ: ފުލުހުންގެ ހުއްދައިގެ ދަށުން ވެސް އާއިލާތަކާ ބައްދަލުކޮށް ގޭގެއަށް ދިއުމަކީ ހުއްދަ ކަމެއް ނޫން. ކުޑަކުދިންނަށް ވެސް 5-8 އާ ހަމައަށް ބޭރަށް ނުކުމެވޭނެ. ޕާޓީތަކާއި އާއިލީ އެއްވުންތަކެއް ނުބޭއްވޭނެ. ޖަނާޒާ ބޭއްވޭނީ މިހާރު ވެސް ހުއްދަ ދޭ ގޮތަށް އެ ފަރާތްތަކަށް.

27 މެއި 23:07

ނަޒްލާ: ފަތިހު 5-6 އާ ހަމައަށް އެކަނި ދުވަސްވީ މީހުންނަށް އެކަނި ބޭރަށް ނުކުމެވޭނީ. އެއީ ފުލުހުންގެ ހުއްދަ އާ އެކު.

27 މެއި 23:06

ނަޒްލާ: ލޮކްޑައުން ފެނިފައި ނުވާ ރަށްރަށުގައި މާ ބޮޑު ރެސްޓްރިކްޝަނެއް ނޯންނާނެ. އެހެން ރަށަކަށް ދަތުރު ކުރުމެއް ނެތް ވަރަށް ބޮޑު އަސާސީ ކަމެއްގައި ނޫނީ.

27 މެއި 23:06

ނަޒްލާ: ކުރިއަށް އޮތް ދޭއް އަދި ހަތަރު ހަފުތާ އަށް ކަންކަން ދޫކޮށްލާއިރު، ވަރަށް މުހިންްމު ކަންތައްތަކެއް އެބަހުރި. ފުރަތަމަ ކަމަކީ މިއީ އަދިވެސް ވެކްސިނެއް ނެތް ބައްޔެއްކަން ހަނދާން ކުރުން. އެހެންވެ ފުރަތަމަ ކަމަކީ އަތް ދޮވުމާއި ސާފުތާހިރު ކަން ހިފެހެއްޓުމާއި ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުން. އަދި ތަންތަނުގައި އަތް ނުލުން. މި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ. އެކަންކަން ފުރިހަމަ ކުރޭތޯ ޔަގީންކުރަންވާނެ.

27 މެއި 23:04

ނަޒްލާ: މާދަމާއިން ފެށިގެން އަޅުގަނޑުމެން މި ލޮކްޑައުން ދޫކޮށްލަނީއެއް ނޫން. ލުއިތަކެއް މި ދެނީ. ލުއިތައް ދޭން ބަލާއިރު ޑަބްލިޔުއެޗްއޯ އިން ވެސް ފާހަގަކޮށްފައި އެބައޮވޭ ސިއްހީ ކަންތައްތަކާ އެއްވަރަށް އިޖުތިމާއީ ކަންތައްތަކާއި ހިއުމަން ރައިޓްސް އަށް ވެސް ބަލަން ޖެހޭ ކަމަށް. މާދަމާ އަޅުގަނޑުމެން މި ފަށަނީ މީގެ ފުރަތަމަ ކަންތައްތައް. އެއީ ދެ ހަފުތާ އަށް.

27 މެއި 23:02

ޑރ. މޫސަ؛ އަޅުގަނޑުމެންގެ ޓީމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ. ބައެއް ގައުމުތަކުގައި ވެންޓިލޭޓަރަށް ލައިގެން ވެސް ރަނގަޅު ނުވާނޭ ބުނާ މީހުންނަށް އަޅުގަނޑުމެންނަށް ފަރުވާ ދީގެން ރަނގަޅު ކުރެވިއްޖެ.

27 މެއި 22:59

ޑރ. މޫސަ: އޮކްސިޖަން ކެޕޭސިޓީ ރާއްޖޭގައި ހުންނަނީ 7 މިލިއަނުގައި. އެކަމަކު ސާޖެއް އަތުވެއްޖިއްޔާ އަޅުގަނޑުމެން ބޭނުންވޭ އެންމެ މަދުވެގެން ވެސް އެ ސްޓޯރޭޖް 14 މިލިއަނަށް ގެންނަން. އެކަމަކު މިއަދު ސްޓޯރޭޖް 36 މިލިއަނަށް ވަނީ އިތުރު ކުރެވިފައި. މިއީ އަޅުގަނޑުމެންގެ ގައުމަށް ލިބިގެން ދިޔަ ވަރަށް ބޮޑަށް ކުރިއެރުމެއް، ޑޮކްޓަރެއްގެ ގޮތުން އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް.

27 މެއި 22:57

ޑރ. މޫސަ: ތިން ކަމެއްގައި އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވެދާނެ ކަމަށް ބެލިން. އެއް ކަމަކީ އޮކްސިޖަން ކެޕޭސިޓީ. ދެން ބެޑް ކެޕޭސިޓީ އަދި ވެންޓިލޭޓާ ކެޕޭސިޓީ. މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީގައި މިހާރު ވާނީ ޓްރޭނިންތަކެއް ދީފައި. އެއީ ގާތްގަނޑަކަށް 600 މީހުން. އޭގައި ކޮވިޑާ ބެހޭ ގޮތުން އެކިއެކި ތަމްރީނު ދިނިންް. މީގެ އިތުރުން ރަށްރަށުން 11 މީހަކު އައިޖީއެމްއެޗަށް ވެސް ގެނެސްގެން އެ މީހުން ވާނީ ތަމްރީން ދީފައި.

27 މެއި 22:45

ޑރ. އަލީ ނަޒީމް: ޑީއެޗްގައި 11 އެނދު މިހާރު ކޮވިޑަށް ބޭނުން ކުރެވެމުން ދަނީ. އެކަމަކު މިހާރު 500 އަށް ވުރެ ގިނަ ބެޑް ޓްރީޓޮޕާއި ހުޅުމާލޭގެ ފެސިލިޓީއާ އެކު އެބަހުރި. އިތުރަށް 30 އަށް ވުރެ ގިނަ ޑޮކްޓަރުން ވެސް މިހާރު ވަނީ ގުޅިފައި. އެއީ އެކި ގައުމުތަކުގައި ކިޔަވަމުން އަންނަ ދިވެހި ޑޮކްޓަރުން.

27 މެއި 22:41

އެންއޯއީސީން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ޑރ. ނަޒްލާ ރަފީގާއި ޑރ. އަލީ ނަޒީމް އަދި ޑރ. މޫސާ ހަސަން.

27 މެއި 22:16

އަމީން: އަޅުގަނޑުމެންގެ މި ގައިޑްލައިންގެ ތެރޭގައި ތިބޭ ނަމަ ސިއްހީ ދާއިރާ އަށް ނުކަތާ ވަރަށް މީތި ކޮންޓްރޯލަކުން ނުނެއްޓޭނެ. ހަމަތަކުގެ ތެރޭގައި ތިބެއްޖެ ނަމަ އަޅުގަނޑު ކަށަވަރުކަން ދެން ސއިްހީ ނިޒާމުގެ ތެރޭގައި މިއަށް ކޭޓާ ކުރެވޭނެކަން.

27 މެއި 22:12

އަމީން: ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު 65 ވެންޓިލޭޓަރު ލިބޭނެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީތަކުގައި ބޭނުންވާ ބައެއް ސާމާނު ވެސް މިާރު ވަނީ ލިބިފައި

27 މެއި 22:08

އަމީން: ރާއްޖޭގައި ކޮވިޑަށް ހަދާ ޓެސްޓްތަކުން ޕޮޒިޓިވް ވަނީ 5 ޕަސެންޓް.

27 މެއި 22:08

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ލަތީފް ވާހަކަ ދައްކަވަނީ.

27 މެއި 22:05

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ.

27 މެއި 21:58

އަލީ ލަތީފު: އައިޖީއެމްއެޗުން ިހާރު ވެސް 600 ޓެސްޓް ހެދޭނެ. މީގެ އިތުރުން ޕޮލިހާއި އޭޑީކޭ އާ އެކު 800 ޓެސްޓް ހެދޭނެ މިހާރު ވެސް. އަޅުގަނޑުމެންގެ ޓާގެޓަކީ މި އަދަދު 1000 އަށް މަތިކުރުން. ހަގީގަތުގައި ރާއްޖެ ކަހަލަ ތަނަކަށް ބަލާއިރު 1000 އެއީ ވަރަށް ގިނަ އަދަދެއް.

27 މެއި 21:54

ޑރ. ޝީނާ: ލުއި ދޭ އިރު އެޗްޕީއޭ އިން ވަރަށް ގާތުން ބަލަން ޖެހޭނެ. މީގެ އަސަރުތައް ވަރަށް ކައިރިންް ބަލަން ވާނެ.

27 މެއި 21:49

އަމީން: މި ޕްލޭންގައި މިހާރުން މިހާރަށް އޮފީސްތައް ހުޅުވާ ގޮތަކަށް ހަމަޖެހިފައެއް ނެތް. އެކަމަކު ސަރުކާރުގައި ޕޮލިސީ ލެވެލްގައި ކުރަން ޖެހޭ ކަންކަމުގައި ދެވޭ ހުއްދަތަކެއް ހުންނާނެ، އެއީ ވެސް ވަކި ގައިޑްލައިންތަކެއްގެ ތެރެއިން.

27 މެއި 21:44

އަމީން: މިސްކިތްތައް މާލޭގައި އަދިވެސް ބަންދު ކުރާނެ. މާލެ އިން މުދާ ގެންދިއުމާއި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެއީ އަދި ހުއްދަ ދީފައިވާ ކަންކަމެއް ނޫން.

27 މެއި 21:43

އަމީން: ލުއި ދިނުމުގެ ހާލަތުގައި ކޮންމެ ގެއަކުން ތިން މީހަކަށް ހަފުތާއަކު އެއް ފަހަަރު ދެ ގަޑިއިރަށް ނުކުމެ އުޅުމުގެ ފުރުސަތު. އަދި ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔެވުގެ ފުރުސަތު ދެވޭނެ.

27 މެއި 21:41

ޑރ. ޝީނާ: ޖުމްލަކޮށް ބަލަންޏާ މިހާރު ވެސް ބަލި ފެތުރެމުން ދާއިރު ވެސް ލޮކްޑައުން ލުއި ކުރަނީ. ހަގީގަތުގައި އެވްޕީއޭގެ އިރުޝާދުތަކަށް އާންމުން އިޖާބަ ދީފި. އަނެއްކޮޅުން އެހެން މީހުންގެ ފަރާތުން ބަލި ފެތުރުން ވަރަށް ބޮޑު ކޮންޓްރޯލް ވެފައި މިއޮތީ. އަދި ބަލިވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތް މިހާރު އޮތީ ތައްޔާރުވެފައި.

27 މެއި 21:36

ޑރ. ޝީނާ: ބަލީގައި ސިވިއާ ވާ މީހުންނަށް ބަލާއިރު އައިސީޔޫގައި ވެސް އައި ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށް. އެއީ ޒުވާން އާބާދީއެއް އޮތް ގައުމެއް ކަމަށް ވެދާނެ. މިއީ ދުނިޔެ އަށް ބެލިޔަސް ފާހަގަކޮށްލެވޭ އަދަދެއް.

27 މެއި 21:35

ޑރ. ޝީނާ: ހޯމް ކަރަންޓީން ކުރުމާ ގުޅިގެން ގޭގޭގައި ބަލި ފެތުރުން ވަނީ ކުޑަވެފައި. ކުރިން އަޅުގަނޑުމެން ކީ ވަރަށް ވުރެ މާ ބޮޑަށް ވެސް އޮތީ ކުޑަވެފައި.

27 މެއި 21:33

ޑރ. ޝީނާ މޫސާ: ލޮކްޑަައުނަށް ލުއި ދޭއިރު މާލޭގައި ބަލި ފެތުރުމުގެ ހާލަތު އޮތް ގޮތް ދަންނަވާލާނަން. މިހާރު 6 ހަފުތާ ވެއްޖެ ކޮމިއުނިޓީ ސްޕްރެޑް އައިތާ. މިހާރު ކޮންޓެކްޓް ބަބްލް ވަނީ ވަރަށް ބޮޑަށް ކުޑަވެފައި.

27 މެއި 21:32

އަލީ ލަތީފު: އަޅުގަނޑުމެން މި ވަނީ ފޭސްތަކަކަށް ބަހާލައިފައި. އެކަމަކު ކޭސްތައް ގިނަވެއްޖިއްޔާ އަލުން އަނެއްކާ ލޮކްޑައުންއަކަށް ދާން ޖެހިދާނެ.

27 މެއި 21:32

އަލީ ލަތީފު: ފިހާރަތަކާއި އޮފީސްތައް ހުޅުވާއިރު ކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި. އާންމުކޮށް މާސްކް އެޅުން އެއީ މުހިންްމު ކަމެއް. ބޮޑެތި އޮފީސްތަކުގައި ޓެމްޕަރޭޗާ ޝެކްކުރެވޭ ގޮތް ހެދުމާއި ދުރުދުރުގައި ތިބެވޭނެ ގޮތް ހެދުން އެއީ މުހިންމު. އަތްދޮވެވެން ހުރުން ވެސް މިއީ މުހިންމު ކަމެއް.

27 މެއި 21:30

ޑރ. އަލީ ލަތީފު: ކޮވިޑް ޕޮޒިޓިވްވާ ރޭޓް ދަނީ ދަށަށް. ކުރިން ފުދޭވަރަކަށް ގިނަ އެ އަދަދު. މިހާރު ލުއިތައް ދޭއިރު އަޅުގަނޑުމެންނަށް ވަނީ ވަރަށް ބޮޑެތި ތައްޔާރީތަކެއް ވެފައި. އެހެންވެ، މިހާރު ކޭސްތައް ފެނިއްޖިއްޔާ އެޑްމިޓް ކޮށްގެން ފަރުވާ ދެވޭ ވަރުވާނެ.

27 މެއި 21:27

އަމީން: ފުރަތަމަ ފިޔަވަހީގައި، ދެ ހަފުތާގެ ތެރޭގައި ކުޑަކުދިންގެ ފިހާރަތަކާއި ބޭސްފިހާރަތަކާއި ސުޕަމާޓްތަކާއި ކަންމަތީ ފިހާރަތައް ވެސް ހުއްދައިގެ ދަށުން ހުޅުވާނެ. އެކަމަކު ކެފޭތަކެއް ނުހުޅުވާނެ އާންމުކޮށެއް. ކެފޭތައް ހުޅުވާލެވޭ ވަރުވާނީ ދެ ހަފުތާ އަށް ފަހު. އެކަމަކު ފުރަތަަމަ ފިޔަވަހީގެ ތެރޭގައި ކެފޭތަކުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ. މަސްމާރުކޭޓު ހުޅުވާލެވޭނެ. ފޯން ފިހާރަތަކާއި ފޮތިފިހާރަތައް ވެސް ހުޅުވާލެވޭނެ. އެކަމަކު ސްކޫލުތައް އަދި މި މުއްދަތުގައި ހުޅުވުމުގެ ވިސްނުމެއް ނެތް. މިސްކިތްތައް ވެސް ހުޅުވައެއްނުލާނެ.

27 މެއި 21:24

އަމީން: އާންމު ހިދުމަތަށް ފުރަތަމަ ފިޔަވަހީގައި އޮފީސްތައް ހުޅުވާ ގޮތަކަށް ހަމަޖެހިފައެއް އަދި ނެތް. އެކަމަކު ހިދުމަތް ދެވޭ ވަރަށް އޮފީސްތައް ފަންކްޝަންތައް ކުރެވޭ ގޮތް ވާނެ.

27 މެއި 21:23

އަމީން: ފުރަތަމަ ލުއި ދޭނީ ދެ ހަފުތާ އަށް. މީގެތެރޭގައި މީހުންނަށް ބޭރަށް ނުކުމެވޭ ގޮތް އިތުރަށް ފަހިވެގެންދާނެ.

ކޮވިޑްގެ ރާޅު ބޮޑުނުވީ ފިޔަވަޅުތައް ހަރުދަނާ ވެގެން ކަމަށާއި މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއވިއްޖެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެންމެ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން ޓެގް ޓީމުގެ ލީޑަރު ޑރ. އަލީ ލަތީފާއި ޑރ. ޝީނާ މޫސާ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

75 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 5%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައުންސެލަރު

28 May 2020

"އެހެންވެ ފުރަތަމަ ކަމަކީ އަތް ދޮވުމާއި ސާފުތާހިރު ކަން ހިފެހެއްޓުމާއި ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުން." އަޖައިބު! މިކިޔާ އެއްޗެއް މަށަކަށް ހަމަނޭނގުނު. މިކަން ރާއްޖޭގައި ފެށުނުދުވަސްވަރު މީހުން މާސްކު އަޅާވާހަކަ ދެއްކީމާ ބުނީ މާސްކް އަޅާކަށް ނުޖެހެއޭ. މިހާރު މިކިޔާއެއްޗަކީ އޭގެ ދިމާއިދިކޮޅު. ލުއިތަކެއް ދިނަސް މާސްކް އަޅާކަށް ނުޖެހޭތާދޯ ކޮންމެހެން އޭގެ ބޭނުމެއް ނެތިއްޔާ. އެކަމަކު ބުނެބަލަ! މިހާރު ކޮންމެހެން މާސްކް އަޅަން ޖެހެނީ ކީއްވެޔޯ؟

The name is already taken The name is available. Register?

5662

28 May 2020

ތިޔަ މީހުން ތިޔަ ހަދާ ގްރާފްތަކެއް ދުވަހަކުދިމަލެއްނުވޭ..އެކަކު ކޮންފަރަންސަށް އަރައިފިއްޔާ އަހަރެމެން ތިބެންޖެހެނީ ހީކަރުވައިގަނެފަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 May 2020

ކޮޅުމަޑުލުން އައްޑުއަށް ކޮވިޑްބަލިމީހެއް، ކޮމިއުނިޓީ ސްޕްރެޑެއްވެސް ނެތް. ކީއްވެގެންތޯ މިސަރަހައްދު އާންމުޙާލަތަށް ބަދަލުނުކުރާންވީ؟ # މާލޭއެއަރޕޯޓް ނުހުޅުވާއޮތީ މާލެއަކީ ސްލަމްއަކަށްވެފައި ރަށުތެރޭގައިބަލިމަޑުކަން އާންމުވެފައިވާތީ. އެކަމަކު ގޭންއެއަރޕޯޓް ނުހުޅުވާ ބަންދުގައިބާއްވަންޖެހޭ އެއްވެސްސަބަބެއްނެތް. # ރާއްޖެއަންނާން ބޭނުންފަތުރުވެރިންނަށް ކޮވިޑް ނެތްކަމުގެ ސެޓިފިކެޓާއި އަދި 20000 ޑޮލަލުގެ މެޑިކަލް އިންޝްއަރެންސާއިއެކު ގޭންއެއަރޕޯޓް ހުޅުވާލަންޖެހޭ.

The name is already taken The name is available. Register?

ސިއްކަސަނާ

28 May 2020

މިހާރުދެން ކުރެވުނު މޮޔަ ހިތަށް އަރާފަ އާނ ރައްޔިތުން ވަރުގެ ބައެއް ނުތިބޭނެ. ގުބޯ ހެއްޖަސް ބޮޑުވަރު.

The name is already taken The name is available. Register?

ސީދާ ރައީސް

28 May 2020

ތިކަމެއް ނޭނގޭ. އައްޑޫގަ ހީވަނީ މީއަދި އެހެން ސަރުކާރެއްހެން މިތާ އޮތީ. އެހެންތާ ވާނީ ރައްޔިތުން ފޭލިކޮށްލާފަ ތިބި ބަޔަކަށް ދައުރު ނުދެންމިގެން ވިއްޔާ ބަޔަކު ތެޅި ފޮޅެނީ.

The name is already taken The name is available. Register?

ގަރުފް

28 May 2020

ކުޑަކުދިން އެކަނި ބޭރަށް ނުދާނެ..65އަހަރު ނުވިޔަސް ބަލިތަކަށް ބޭސްކުރާ މީހުން ނުކުމެލަންޖެހޭ ކަސްރަތަށް ފަތިހު ވިޔަސް..ކުދި ތަންތަކޮލުގައި ތިބޭމީހުން މަދެއްނޫން...އިރުގެ އަލިކަން ނުލިބޭއިރު ވައިކޮޅެއްވެސް ޖެހެނީއެއްނޫން..

The name is already taken The name is available. Register?

ރަދުން999

28 May 2020

އަމާބުނީމަ ފަރައްދާގޮތަށް ލޮކްޑާއުންގެ ލުއި ؛ލިބުނީ. އަދިވެސް ތިބަލަނީ ސާރޖްއެއް އަރާތޯ؟ ސާރޖްއަރާފަ މިހާރުނިމިއްޖެ. ތިބޭފުންތިބީ އޭރު ނިދާފަ. އެހެންވެ 2 މާބަނޑުއަންހެނުންގެ ބަނޑަށް ކުދިންތައް މަރުވެގެން ދިޔައ، މިނިސްޓަރ އިސްތިއުފާ.

The name is already taken The name is available. Register?

ކަޓޭ

27 May 2020

ލޯކަލްމާރކެޓް ނުހުޅުވުން އެއީ ރާއްޖެތެރެއިން ގެންނަ ތަރުކާރީ ފަދަ ތަކެތި ވިއްކުމަށް ޑެލިވަރީކުރާ މީހުނަށް ދިން ވަރަށް ރަނގަޅު ފުރުސަތެއް. އެތަކެތި ވިއްކަނީ ޑަބަލް ބޮޑު އަގުގަ. ބައެއް އެއްޗެހި ގެންނައިރު ހަލާކުވެފަ ވެސް ހުރޭ. މިފަދަ އަތްމަތި ދަތިދުވަސްވަރެއްގަ ބޮޑު އަގުގަ އެއްޗެހި ވިއްކާ މީހުނަށް ފުރުސަތު ބޮޑުވާގޮތަށް ކަންކަން ނިންމުމަކީ އެހާ ރަންގަޅު ކަމެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 May 2020

މިމީހުން މިއީ ބޮޑު ކުޅިވަރަކަށް ހަދައިފި. އައްޑޫސިޓީ ފަދަ ބަލީގެ އެއްވެސް އަސަރެއްނެތް ބޮޑެތި އާބާދީ ބަންދުކޮށް ވިޔަފާރިތަކަށް ހުރަސްއަޅާ ސްކޫލްތައް ބަންދު ކުރާންޖެހޭ ސަބަބެއްނެތް. # މާލޭ އެއަރޕޯޓް ބަންދުކޮށްފައިއޮތީ މާލެސަރަހައްދުގައި ކޮވިޑް ފެތުރިފައިވާތީ. ގޭންއެއަރޕޯޓް ބައިނަލް އަޤުވާމީ ދަތުރު ތަކަށް ހުޅުވާލާ ފިޔަވަޅުތަކާއިއެކު ޓްއަރިސްޓުންނަށް އާދެވޭގޮތް ހަދާންޖެހޭ.

The name is already taken The name is available. Register?

ަކޮއިމަލާ0

27 May 2020

އަސްލު ފޯކަސް ކުރަން ޖެހޭ ދިމާލައް ފޯކަސް ކުރާކައް ނުވޭތޯ، ރާއްޖޭގަ ޖޮބު ގެއްލުނީ އެންމެ 69 މީހުންކަމަށް މިވަނީ ، މީއަޅެ އަޖައިބެއްތަ؟ 69 މީހުން އެކަނި ކުފޫ ހަމަވީ އިނާޔަތައް، މީގަ ގޯހެއް އެބައުޅޭ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454