ފިހާރައަކުން މީހެއްގެ ހުން ބަލަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
30 މެއި 2020 - 01:58
ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 92 އަހަރުގެ މީހަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އެޖެންސީ ކުރި ޓްވީޓެއްގައި ބުނީ ރޭ 9:00 އާ ހަމައަށް އިތުރު 34 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 92 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހުނު އެންމެ ދުވަސްވީ މީހާ އެވެ.
ރާއްޖެ އިން މީގެ ކުރިން ކޮވިޑް-19 ޖެހުނު އެންމެ ދުވަސްވީ މީހާއަކީ އުމުރަކީ 89 އަހަރުގެ އަންހެނެކެވެ.
އެންމެ ފަހުން ބަލި ޖެހުނު މީހުންގެ ތެރޭގައި ހަތް މަހުގެ ދިވެހި ފިރިހެން ކުއްޖެއް ވެސް ހިމެނެ އެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާއަކީ 11 ދުވަހުގެ ފިރިހެން ކުއްޖެކެވެ.
އެޗްޕީއޭއިން ބުނީ އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،547 އަށް އަރާފައިވާއިރު އެ ބަލި އެންމެ ގިނައިން ޖެހިފައިވަނީ 31-40 އަހަރާ ދެމެދުގެ މީހުންނަށެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.
ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ 17 މީހަކަށް ބަލިޖެހިފައި ވެ އެވެ. އެއީ 71 އަހަރުން މަތީގެ މީހުންނެވެ. އެ ބަލީގައި ރާއްޖެއިން މަރުވި ފަސް މީހުންގެ ތެރެއިން ތިން މީހުންނަކީ 80 އަހަރުން މަތީގެ ތިން ދިވެހިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްލޭ އަލީމް
30 May 2020
ދެންކަން ކުރަންވީ ގޮތް އެބަ އެނގޭ ދެއްތޯ؟ ޕާސްވަރޑް ތައް އަންހެނުންނައް ބުނެދީ އަވަހައް!
ނަތީޖާ
30 May 2020
ލޮކްޑައުން ލުއިކުރަން ފަށާ މަރުހަލާގައި ވަރަށް ކުދި ލުއިތަކެއް ދޭން ނިންމާފައިވާނީ ކީއްވެގެންކަން އެބަ ވިސްނޭތަ؟ ރަނގަޅު. ނުވިސްނެންޏާ މި ނަތީޖާތަށް ބަލަމުންދޭ.
ފައިނާ
30 May 2020
އުއްމީދުގެ ކުރި ވަރުގެ ލުޔެއް ނުލިބިގެން ގާ އުކި މީހުންނަށް އެއްޗެއް އެބަ ވިސްނޭތަ؟ ތިމާގެ އަމިއްލަ އެދުމަށްވުރެ ދުރަށް ދުނިޔެ ނުފެންނަ މީހުންނަށް އެއްޗެއް އެބަ ވިސްނޭތަ؟ ދެންވެސް އަމިއްލަ ފައިދާއާއި އަމިއްލަ ހިތްފަސޭހަކަމަށްވުރެ މުޖްތަމަޢުއާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރާ ބަޔަކު ކަމުގައިވަމާ. އަދި އެޗްޕީއޭއިން ނިންމާ ނިންމުންތަކަށް އެއްބާރުލުން ދެމާ!
ހަރީރާފުޅު
30 May 2020
އިޓަލީން 109 އަހަރު ގެ މީހަކު ބަލިން ރަގަޅުވި. ތިމީހާ ރަގަޅުކުރެވޭނެ. އިރާދަކުރެއްވިއްޔާ.
ހެޔޮ ދުޢާ
30 May 2020
ޔާ ﷲ ! މި ބަލި މަޑުކަމުން އަޅަމެން ސަލާމަތް ކުރައްވާން ދޭވެ. އަޅަމެންގެ ރާއްޖެގެ އަމާން ކުރައްވައި ބަލި މަޑު ކަމާއި ތަދުމަޑު ކަން އަޅަމެންގެ ރާއްޖެ އިން ފިއްލަވައި އަމާން ކުރައްވާން ދޭވެއެވެ. އާމީން.
ހިތް ދަތި
30 May 2020
ހުރިހާ ކާފަ މާމަ މެން ދޯ ؟
125432
30 May 2020
ތި ހަދާ ޓެސްޓް ތަކަކައް އަހަރެމެންނަކައް އިތުބާރެއް ނުކުރެވޭ، އެެއްގަޑި އިރު ފަހުން ބުނާނެ ، މިހާރު ނެގަޓިވް އޭ، ދެން ކޮންޔަގީން ކަމެއް އޮތީ
އިސްރޯ
30 May 2020
شفاه الله عاجلا
ސްކިޕަރ
30 May 2020
ބައެއްމީހުންނަށް ހީވަނީ ބޭރުތެރޭ އުޅޭ މީހުންނަށް އެކަނިކަމަށް ކޮވިޑް-19 ޖެހެނީ. ހަގީގަތަކީ ގޭގައުޅޭ ބޭރަށްދާ މީހެއްގެ ސަބަބުން ގޭގައި ތިބޭ އުމުރުން ދޮށީމީހުންނާއި، ކުޑަކުދިންނާއި، ބަލި މީހުންނަށް ބަލި ފެތުރި މުޅިގޭތެރެ ބަލީގެ ހާއްޔަކަށް ވެދާކަން. މިހާލަތުގައި ކެތްނުކުރެވިގެން ލޮކްޑައުން ލުއިކޮށް ސްކޫލް/ކޮލެޖް/ޔުނިވާސިޓީތަކާއި މީހުން ގިނައިން ޖަމާވާ ތަންތަން ހުޅުވައިގަތުމުން އަވަސް މުސްތަގުބަލެއްގައި ރާއްޖެއަށް މިކާރިސާއަކުން އަރައިނުގަނެވޭނެ
ލުއި
30 May 2020
ގޭގައި އޮތީމަ ލާރިއެއް ނުލިބޭ ބުނާ މީހުން، ގެއިން ނިކުތީމަ މި އޮތީ މަރު ކުރިމަތީ؟ ކޯއްޗެއްގައިތޯ މިވަގުތު ބޮޑު ބުރަދަނެއް ހުރީ؟ ދެންވެސް ލޮކްޑައުން ލުއިތަށް ކުޑަވެގެން އުޅޭ މީހުންނަށް އެއްޗެއް ވިސްނޭނެބާ؟
Ali Gasim
30 May 2020
ޢަވަސް ޝިފާއެއް މާތް ﷲ ދެއްވާށި