01 ޖޫން 2020 - 09:35
މޫނު ރީތިކޮށް ބަހަންޓަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. ލޯކައިރި ކަޅުވެފައި ހުރުމާއި ނޭފަތުގައި ބްލެކްހެޑްސް ނުވަތަ ކަޅުތިކިތަކެއް ހުރުމަކީ ހަމަ މޫނުމަތީގެ ރީތިކަމާއި އުޖާލާކަން ގެއްލުވައިލާނެ ކަމެކެވެ.
ލޯ ކައިރި ކަޅުވާނަމަ ކިއުކަމްބާ އިން ހައްލު ހޯދިދާނެ އެވެ. ހަމަ އެގޮތަށް ނޭފަތް މަތީގައި ހުންނަ ކަޅުތިކިތަކުން ވެސް ސަލާމަތްވާން ވެސް ފަސޭހަ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ކޮފީ އަކީ މިކަމަށް ބޭނުން ކުރެވިދާނެ މުހިއްމު އެއްޗެކެވެ. މާ ބޮޑު މަސައްކަތަކާ ނުލައި ތައްޔާރުކުރާ ޕޭސްޓަކުން ބްލެޑްހެޑްސް ނައްތައިލެވިދާނެ އެވެ.
2 ސައިސަމުސާ ކޮފީ
ލުނބޯ ފަޅިއެއްގެ ހުތް
1 ސައިސަމުސާ ކާށިތެޔޮ
1/2 ތަށީގެ ޔޯގަޓް
ހުރިހާ އެއްޗެއް ޖޯޑަކަށް ނުވަތަ ބޯތައްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ނޭފަތުގައި އުނގުޅާށެވެ. އުނގުޅާފައި 10 ވަރަކަށް މިނިޓް ވަންދެން ބަހައްޓަން ވާނެ އެވެ. އަދި އެ ވަގުތުކޮޅުގެ ތެރޭގައި ޕޭސްޓްގަނޑު ހިކެން ފެށުމުން މަޑުމަޑުން އިނގިލިކުރިން ވަށްބުރު ބައްޓަމަށް އުނގުޅަން ވާނެ އެވެ. ދެން 10 މިނިޓް ހަމަވުމުން ރަނގަޅަށް ދޮވެލާފައި ނޭފަތުގައި މޮއިސްޗަރައިޒާކޮޅެއް އުނގުޅައިލާށެވެ.
މި ކިޔައިދިން ގޮތަށް ހެދުމުން، ނޭފަތް މަތީގައި މަރުވެފައި ހުންނަ ހަމުގެ އެތިކޮޅުތައް ނެއްޓި، ނޭފަތުގެ ހަންގަނޑު ތާޒާވެ، މުޅި މޫނަށް ރީތިކަން ގެނުވައިދޭނެ އެވެ. ކޮފީ އާއި ލުނބޯހުތް އެކުވުމަކީ ހަންގަނޑު މަތީ ފަށަލައިގެ ވިދުމާއި ފަރިކަން ގެނެސްދޭނެ ކަމެކެވެ. އަދި މީގައި މި ބޭނުންކުރާ ކާށިތެލާއި ޔޯގަޓްގެ ސަބަބުން، ހަންގަނޑުގައި ހިކިފައި ހުންނަ ތަންތަން މަޑުކޮށްދޭނެ އެވެ.
މިއީ ބްލެޑްހެޑްސް ނައްތައިލުމުގެ އިތުރަށް ހަށިގަނޑުގެ އެހެން ތަންތަނުގައި ވެސް ބޭނުންކޮށްލެވިދާނެ ޕޭސްޓެކެވެ. އޭރުން ހަމުގެ ރީތިކަން އިތުރުކޮށްދޭނެ އެވެެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާބުލެކްހެޑް
03 June 2020
މީގަ ނެއް ބުލެކްހެޑް ނެތޭނެ ވާހަކަ
ކަރުކެހި
03 June 2020
ތިހުރިހާއެއްޗެއް އުގުޅާއުގުޅާ މަވަރުބަލިވެއްޖެ ނުވޭ އެއްގޮތެއްވެސް...މާދަމާ ބުނާނެ ތެޔޮކޮޅަކާ ރީދޫކޮޅަކުން މޫނުގެހަންގަޑު ރީތިކޮއްދެޔޭ މިކަހަލަ ކޮސްހަބަރު ވަކި ބަޔަކައްތީގައިންވެސް އަސަރުކުރާނީ ބައެއްމީހުންގެ ހަންގަޑަކާ ތިއެއްވެސްނުގުޅޭނެ މީ ދެރަކަމަކީ
ރަދީފްް
02 June 2020
މޫނު އުޖާލާކުރާގޮތަ ސާފްވިއިރު އަދި އެއްވެސް ބަޔަކަށް ބޮލުން އިސްށިފޭބުން ހުއްޓުވޭ މޮޅު އެއްޗެއް އެނގިފަކާނެތް. އހަރެން އެއްހާސް ޕަސެންޓް ޔަގީނަކަންދެން ފިޔާޖޫސް ބޭނުންކޮށްގެން ހަމަ ކޮންމެބޮލެއްގެ ހަންފޮޅުމާއި އިސްތަށިފޭބުން ހުއްޓުވޭނެކަން. މިކްޗަރަށް އަޅާ ގިރާލުމަށްފަހު ބޮޅުގަ އުޏގުޅާފ އަނެއްދުވަހު ދޮވެލާ ހަަމަ ކޮންމެ ދުވހަކު ބޭނުނކުރިއަސް ރަނގަޅުވާނެ