ރިޕޯޓް / މިނިވަން މުއައްސަސާތައް

މިނިވަން މުއައްސަސާތައް މިނިވަންކުރާ ގޮތް ގޯސް!

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ބައްދަލުވުމެއްގައި: މިނިވަން މުއައްސަސާތަކުގެ ގިނަ މެމްބަރުންނަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި.

މިނިވަން މުއައްސަސާތަކުގެ މިނިވަންކަމެއް ނެތެވެ. ގާނޫނީ ޒިންމާ އަދާކުރާ ކަމުގެ އިތުބާރެއް ވެސް ނެތެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އަދިވެސް ފެންނަނީ މި ޝަކުވާތަކުގައި ތާށިވެފައި ތިބި ތަނެވެ. ސިޔާސީ ނުފޫޒު ވަދެ، ގާނޫނާ ޚިލާފު އަމަލުތައް ހިންގި ކަމުގެ ތުހުމަތު ކުރާ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ފިޔަވަޅު އަޅައި، އެ މުއައްސަސާތައް ގާނޫނީ އިމަށް ވެއްދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަކު، ވެރިކަން ލިބި، ރައްޔިތުން ދިން މަޖިލީހުގެ ސާފު އަޣުލަބިއްޔަތާ އެކު ވެސް މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރެއް ނުކޮށްދެވެ އެވެ.

ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގައި މިނިވަން މުއައްސަސާތަކުގެ ދައުރު ބޮޑެވެ. އެކަމަކު ވެރިކަމަށް ދެ އަަހަރު ފުރެން ކައިރިވެފައިވާ އިރު ހިންގުން ބަދަލުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަން ފަދަ މަދު މުއައްސަސާއެއްގަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ތަންތަނުގައި އަދިވެސް ތިއްބެވީ ޒިންމާ އަދާނުކުރެއްވި ކަމުގެ ތުހުމަތު އެޅުވި ބޭފުޅުންނެވެ. މަގާމުގައި ބައިތިއްބައިގެން އިތުބާރެއް ނެތް ކަމަށް އެތައް ތުހުމަތަކާ އެކު އަދިވެސް ދަނީ ފާޑުކިޔަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ހުރިހާ ވަޒީރުން އެއް އަޑަކުން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންނާ އެކު މަސައްކަތް ކުރެއްވުމަށް ގޮންޖެހުން ބޮޑު ކަމަށެވެ. އެ ކޮމިޝަންގެ ނާގާބިލްކަމުން، ވަޒީރުންގެ މަސައްކަތް ލަސްވެ، ހިންގަން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ވަޒީރުންގެ ޝަކުވާ ނިންމާލެއްވީ، ކޮމިޝަންގެ މެމްބަރުން ބޭއިންސާފުން ގިނަ ކަންކަން ކުރައްވާފައިވާ ކަމުގެ ތުހުމަތާ އެކު އިތުބާރެއް ނެތް ކަމަށް ވެސް ވިދާޅުވަމުންނެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި އެޗްއާރުސީއެމްގެ މެމްބަރުން: މި މެމްބަރުންނާ މެދު ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކިކުރަން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެޗްއާރުސީއެމް އޮތީ ނުކުޅެދިފަ އެވެ. ކުރީގެ ސަރުކާރުގައި ހައްގުތަކެއް ނިގުޅައިގަތް އިރު އެ ކޮމިޝަނުން އަޅާނުލައި ދޫކޮށްލި މައްސަލަތައް ހުރީ ފެންނާށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވަނީ އެ މައްސަލަތަކުގެ ބޮޑު ލިސްޓެއް ވެސް އެކުލަވާލައިފަ އެވެ. އެއީ އެ މެމްބަރުން މަގާމުގައި ބައިތިއްބައިގެން ނުވާނެ ސަބަބުތަކެއް ކަން ފާހަގަކޮށް، މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވައިފަ އެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުންނަށް ވެސް މިފަދަ ބޮޑެތި ތުހުމަތުތަކެވެ. އެ ކޮމިޝަނުން ގާނޫނީ ޒިންމާ އަދާނުކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުސީދާކޮށް ވިދާޅުވެފައިވާއިރު، މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.

ގާނޫނާ ޚިލާފު އަމަލުތައް ހިންގެވި ކަމުގެ މި ތުހުމަތުތަކާ އެކު ފެންނަނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުން މަގާމުން ވަކިކޮށް ނިންމާލާ ތަނެވެ. ތުހުމަތު ކުރި ކުށަށް ޖަވާބުދާރީ ކުރުވުމެއް، ފިޔަވަޅު އެޅުމެއް ނެތި އެވެ. ހަމައެކަނި ތުހުމަތެއް އަޅުވައި ނިންމާލުމަކުން ނުފުދެ އެވެ.

"ގާނޫނާ ޚިލާފު އަމަލުތައް ބެލެން ޖެހޭ"

މިނިވަން މުއައްސަސާތަކުގައި ތިއްބެވި ކުރީގެ ސަރުކާރުން އައްޔަންކުރި މެމްބަރުން ތުހުމަތުތަކަކާ އެކު މަގާމުން ވަކިކޮށް މި ސަރުކާރުން ބޭނުންވާ ބަޔަކު އެ މަގާމްތަކަށް ހަމަޖެއްސުމަކީ ވައުދުވި ގޮތް ހެއްޔެވެ؟ ހިންގުމުގެ ނިޒާމަށް ބަދަލު ނުގެނެސް އެއީ މިނިވަން މުއައްސަސާތައް އިސްލާހުކުރުން ހެއްޔެވެ؟

ކުރީގެ ސަރުކާރުގައި އެޗްއާރުސީއެމުން ގާނޫނީ ޒިންމާ އަދާނުކުރާ ކަމުގެ ޝަކުވާ ހިފައިގެން މި ސަރުކާރުގެ އިސް ބައެއް ބޭފުޅުންތަކެއް ކޮމިޝަންގެ އިދާރާ ކުރިމަތީގައި. --ފޮޓޯ/މިހާރު

އިންތިޚާބުގައި ވައުދުވީ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގި ނަމަ މައްސަލަތައް ބަލައި ރައްޔިތުންނަށް އިންސާފު ވެސް ހޯދައި ދޭނެ ކަމަށެވެ. މުއައްސަސާތަކަށް އިތުބާރު ހޯދައިދީ، ކުރީގެ މިސްރާބަށް ކަންކަން ނުހިނގާނެ ކަން ކަށަވަރުކޮށް ދިނުމެވެ. އެކަމަކު ކަން ހިނގަނީ މި އުސޫލުންތޯ ސުވާލު އުފެދެ އެވެ.

މި ސަރުކާރުގައި މިހާރު ތިއްބެވި އިސް ބޭފުޅުން އެންމެ ބޮޑު ތުހުމަތެއް ކުރެއްވި އެއް ބޭފުޅަކީ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމެވެ. ވެރިކަން ބަދަލުވުމާ އެކު ބިޝާމްގެ "ގޯސްތައް ރަނގަޅުވީ" އެވެ. ބޮޑެތި ތުހުމަތުތަކެއްކޮށް، މަޖިލީހުގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު ބިޝާމަށް ފިޔަވަޅު އަޅާނެ ވަރުގެ ގާނޫނާ ޚިލާފު އަމަލެއް ނުފެނުނެވެ.

ކޮމިޓީ އަށް ގޮންޖައްސަވައި، އާއްމުންނަށް އެ ޔަގީންކަން ދެއްވަމުން، ބިޝާމް މަގާމުން އިސްތިއުފާ ދެއްވީ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް މަނީ ލޯންޑްރިންގެ ތުހުމަތާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޚިޔާނާތް ހިންގެވުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތު ވެސް ކުރި އެވެ. އެކަމަކު މި ތުހުމަތާއި ކޮމިޝަންގެ ދެން ތިއްބެވި މެމްބަރުންނަށް ކުރި ތުހުމަތުތައް ވެސް ކަމާ ބެހޭ އިދާރާތަކުން ބަލައި ފިޔަވަޅު އަޅާ ތަނެއް ނުފެނެ އެވެ.

މިނިވަން މުއައްސަސާތައް އިސްލާހް ކުރުމުގެ ނަމުގައި މި އުސޫލުން އަމަލުކުރަމުން ދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަން ކުރުމާ ގުޅޭ ކޮމިޓީގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި އަދިވެސް އެ ތިއްބެވީ މަގާމުގެ ޒިންމާ އަދާނުކޮށްގެން ކަންބޮޑުވުން ފާޅުކުރި މެމްބަރުން ކަމަށެވެ. އެ މެމްބަރުން އޭރު އަމަލު ކުރެއްވި ގޮތުން އެތައް ރައްޔިތުންނަކަށް އެކަމުގެ ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ގޯސް ހެއްދެވި ކަމަށް ބުނާ މެމްބަރުން ވަކިކޮށް ނިންމާލުމުން އިންސާފާއި އިތުބާރު ކަށަވަރެއް ނުވެ އެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރަކަށް ލުތުފީ ހުންނެވި އިރު އަޅުގަނޑުމެން ވަރަށް ގިނަ ވާހަކަ ދެއްކިން. ލުތުފީ ކަންކޮށްފައި ހުރި ގޮތާއި ކޮރަޕްޝަން މައްސަލަތައް ބެލިއިރު އެ މައްސަލަތައް ކުރިއަށް ނުގެންދަން ވެގެން ނުފޫޒު ބޭނުން ކުރި ކަމަށް ވެސް. އެކަމަކު މިއަދު ލުތުފީ ކޮބައިތޯ؟" ވިސާމް ސުވާލު އުފެއްދެވި އެވެ.

"މަގާމުން މީހާ ވަކިކުރުމާ އެކު މި މަޖިލީހުން އެބަ ޖެހޭ އޭރު މަގާމުގައި ހުރެގެން ކުރި ކަންތައްތައް ބަލަން."

ތުހުމަތުތަކަކާ އެކު މަގާމުން ވަކިކުރުމާ އެކު އެ މީހަކު "ހުދު ފޮތިކޮޅަކަށް" ވުން ބަލައެއް ނުގަނެވޭ ކަމަށާއި އެ ތުހުމަތުތައް އިންސާފުވެރިކަމާ އެކު ބެލެން ޖެހޭނެ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުގެ މެމްބަރުން މަގާމުގައި ތިއްބަވައިގެން ހިންގެވި ކަމަށް ތުހުމަތުކުރާ އަމަލުތައް ބެލޭނެ ނިޒާމެއް އެކުލަވާލަން ޖެހެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވިސާމް ވާހަކަ ދައްކަވަނީ: ތުހުމަތު ކުރާ މެމްބަރުން ޒިންމާދާރު ނުކުރުވައި މަގާމުން ވަކިކުރުމަކީ އޭނާގެ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް. --ފޮޓޯ/މިހާރު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިން ބުނެފައިވާ ގޮތުގައި އެ ކޮމިޓީގެ ވިސްނުމަކީ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމާ އެކު މައްސަލަތައް ބަލައި މަގާމުން ވަކިކުރުމެވެ. މުއައްސަސާތަކުގެ މެމްބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އެ ކޮމިޓީން ދެ އެވެ. އެކަމަކު، މަގާމުން ވަކިކުރުމާ ހިސާބުން ކޮމިޓީތަކުން ކުރާ ތުހުމަތުތަކަށް ވާ ގޮތެއް ނޭނގެ އެވެ.

މިއީ، މިނިވަން މުއައްސަސާތަކަށް މި ސަރުކާރުން އައްޔަންކުރާ މެމްބަރުން ވެސް ގާނޫނާ ޚިލާފު އަމަލުތައް ހިންގަވަން ދެވޭ ފުރުސަތެކެވެ. މައްސަލަތައް ބަލައި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަން ނޯންނަ ނަމަ މިނިވަން މުއައްސަސާތަކުގެ ހިންގުން ވެސް އިސްލާހެއް ނުކުރެވޭނެ އެވެ. ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ވެސް އިޔާދައެއް ނުކުރެވޭނެ އެވެ.

ކުރީގެ ސަރުކާރުގައި މިނިވަން މުއައްސަސާތަކުން ޒިންމާ އަށް އިހުމާލުވުމުގެ ނަތީޖާއަކަށް ވީ މުޅި ނިޒާމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބުމެވެ. ރައްޔިތުންގެ ކުރިމަތީގައި މުއައްސަސާތަކުގެ ގަދަރު ގެއްލުމެވެ. އެހެންކަމުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް އިހުމާލުވި އެންމެން ޖަވާބުދާރީ ކުރުވަން ޖެހެ އެވެ. މުޅި ނިޒާމް ރަނގަޅު ކުރެވޭނީ މަގާމުން ވަކިކޮށްލުމުން އެކަންޏެއް ނޫނެވެ. ތުހުމަތެއް ކުރާ ނަމަ އިންސާފުވެރިކަމާ އެކު ބަލައި ފިޔަވަޅު ވެސް އަޅައިގެންނެވެ.

32 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 22%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮބުރީ

10 June 2020

މިނިވަން މުއައްސަސާތައް މަޖިލީހުގެ ސުޕަމެޖޯރިޓީގެ ފޭވަރިޓްސް... މިއޮތީ ބޯކޮށް މިނިވަންވެފަ.. ދެންވެސް އަތްޖަހާ

The name is already taken The name is available. Register?

އެމްސް

10 June 2020

ހުރިހާކަމެއްވެސް ގޯސް، އެކަމަކު އެކަންކަން ރަގަނޅުކުރަން ބަންގްލަދޭޝްއިން ބަޔަކުއުޅޭނެބާ؟

The name is already taken The name is available. Register?

ކަނބިލި

10 June 2020

ތިޔަ މިނިވަން މުއައްސަސާތަކަކީ އެސްޓެބްލިޝްޑް ޑިމޮކްރަސީތަކުގައި ހުންނަ ތަންތަން. ޑިމޮކްރަޓިކް ވެރިކަން ކުރުމުގެ ގާބިލުކަން އޮންނަ އެފަދަ ލީޑަރުން އުޅޭ އެފަދަ ތަސައްރަފު ފުދޭ ރައްޔިތުން ތިބޭ ތަންތަންތާގައި ފައިދާ ކުރާނެ ތަންތަން.ރާއްޖޭގައި މިއަދަކު ފައިދާއެއް ނެތް. ވެރިންނަށް ތިބީ މަޖިސްގައި ތިބީ ގަބަލީ ވިސްނުމުގެ މީހުން. ޒަމާނީކޮށް ފެނުނަސް އެމީހުންނަކީ ބޯދާ ފިކުރުގެ ބައެއް. އެހެން ތިޔަ މުއައްސަސާތައްވެސް ހިނގާނީ ބޯދާކޮށް.

The name is already taken The name is available. Register?

ބޮޑުމީހާ

10 June 2020

ކުރީގެ ތިބި ޔާމީނުގެ ފިކުރުގެ މީހުން ވަކިކޮށް މިހާރު އެމްޑީޕީ ފިކުރުގެ މީހުން ލަނީ. އެހާވަރަކަށް މިނިވަންވާނީ

The name is already taken The name is available. Register?

Juhaa

10 June 2020

އެމް.ޑީ.ޕީގެ މީހުން ބުނާގޮތް އެކަނިދޯ އިންސާފަކީ؟ ޤާޟީއަކު ރަހީނުކުރި މީހާ ޖަލަށްލާން ހުކުމްކުރީމާ ކުށްވެރިވާންޖެހެނީ ޖަލަށްލާން ހުކުމްކުރި މީހާދޯ؟ ޤާޟީ ރަހީނުކޮށް، ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި، ޔާމީނުގެ ނުރުހުމުގައި ގެންގޮސް އާރަށުގައި ހައްޔަރުކޮށް ހެދުމަކީ އެއީ ކުށެއް ނޫންދޯ؟

The name is already taken The name is available. Register?

އެމްސް

10 June 2020

ސްޕްރީމްކޯރޓް ފުރާޅުން ޓިނުނަގައިގެން އުއްތަމަފަނޑިޔާރަކު ދަމާކޫއްތާފަ ގެންދިއުންވެސް ތިލިސްޓުގަ ހިމަނުއްވާލާ!

The name is already taken The name is available. Register?

ނުވާނެ ނުވާނެ

09 June 2020

ތިޔަ ކިޔާ ނަމުން މިނިވަން މުއައްސަސާތައް ހަގީގަަތަށް މިނިވަން ކުރަން ބޭނުންނަމަ، މަޖިލިހުގެ ދައުރެއް، ސިޔާސީ ވެރިއެއްގެ ދައުރެއް ނެތި، ޢާއްމުކޮށް އިއުލާނު ކޮށްގެން، މެރިޓް އުސޫލުން ހޮވާ ގޮތަށް ހަދާށެވެ. އަދި ޝަރުޠުތަކުގެ ތެރޭގައި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި އަދި އެފަދަ ޙަރަކާތެއްގައި އެކްޓިވްކޮށް އުޅެފައި ނުވުން ހިމަނާށެވެ. އެކަމަކު މިހުންނަނީ ތިޔަ އުޅޭ ޕާޓީތަކުން ކުރާނެ ކަންކަމެއް ނޫން.

The name is already taken The name is available. Register?

އަހަންމާދީ

10 June 2020

އަދި ވަކިކުރުންވެސް މަޖިލިސް ނުވަތަ ސަރުކާރަށް ނުދީ، އެހެން ރަނގަޅު އުސޫލެއް ހަމަޖައްސަންޖެހޭ. މިހެން މިބުނީ، ކޮންމެ ސަރުކާރެއް އައިސް ކުރިން ތިބި އެންމެން އެއްވެސް ހަމައެއްނެތި، ކުރީ ސަރުކާރުން ލީބައެއްވީމަ ވަކިކުރާ އުސޫލަކީވެސް ރަނގަޅުގޮތެއް ނޫންވީމަ.

The name is already taken The name is available. Register?

ރައްޔިތުމީހު

09 June 2020

މޮހޮނަށް އޮޑި ދޭ އުޞޫލުން މިނިވަން މުއައްސަސާތައް މިނިވަނެއް ނޫންތޯ؟؟؟ އެހާވަރުން ރާއްޖެއަށް ފުދޭނެ!

The name is already taken The name is available. Register?

މިނިވަންދިވެހިރާއްޖެ

09 June 2020

މިނިވަން މުވައްސަސާތައް ހަރުގެއަށާއި ވަކަރުގެއަށް ބަދަލުވަނީ.

The name is already taken The name is available. Register?

ނެތުނީހޭ

09 June 2020

ގަލޮޅު އުތުރު ދާއިރާއަށް އީވާ ނޫން މީހަކު ހޮވޭނެހެއްޔެެވެ؟ ފާފު ނިލަންދުއަށް މުހުސިނާ ޚަލީލާއި ދެބެން ނޫން މީހަކު ހޮވޭނެހެއްޔެވެ؟ މިހުންނަނީ ބަދަލު ނުވާ ކަންކަމެވެ. މިއީ ދިވެހިން ބޭނުންވާ ގޮތް ފެންނަ މަންޒަރެކެވެ. މިނިވަންކަން ކިރާ ވަޒަންކުރާ ގޮތުގެ ކުޑަ ނަމޫނާއެކެވެ.

The name is already taken The name is available. Register?

ކޯވިޑުއޮނަވިހި

09 June 2020

ދިވެހިންގެ ހާލަކީ، އެއްބަޔަަކަށް ރައީސަކު ހިތަށްއެރި ކޮންމެ މީހަކު ޖަލަށް ލަމުން ދިޔަޔަސް އެއީ ގޯހެއްނޫނެވެ. އެމީހުންނަށް ފެންނަނީ ދަރުމަވަންތަ ހަސްފަތާލާއި ބުރިޖާ ހުޅުމާލޭގައި އެޅިފުލެޓްތަކެވެ. އަނެއް ބަޔަކަށް ރަސޫލާގެ ސުންނަތްނުން އެހެން ގޮތެއް ހޯދިޔަސް ޗާޓުން ބޭރުގައި އުޅުނަސް އެތަނެއް ނުފެނެއެވެ. އެމީހުންނަށް ފެންނަނީ އާސަންދަޔާއި ދަތުރުފަތުރުގެ ނިޒާމާއި ޒިބުރާކްރޮސްގައި ލަމުންދާ ރީދޫކުލައެވެ. މުއައްސަސާތަކުގައިވެސް މަޖިލީހުގައި ވެސް އޮތި މިގޮތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454