ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ވައްކަމުގެ ތުހުމަތު ކުރެވޭ ފުލުހުން ސަސްޕެންޑް ކުރަންޖެހޭ: ނަޝީދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަ ތިބި ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވޭނީ އެ ފުލުހުން ސަސްޕެންޑް ކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް، ހުށަހަޅުއްވައިފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ފާޑު ވިދާޅުވެފަ އެވެ.

މެމްބަރުންގެ ބަހުސްގެ ތެރެއިން އެކަމާ ގުޅޭގޮތުން، ނަޝީދު ވިދާޅުވީ އެ ބިލަށް މެމްބަރުން ބަހުސް ކުރައްވައި، ފުލުހުންގެ ވެރިން ކަނޑައަޅާ ގޮތާއި ޕްރޮމޯޝަންތައް ލިބޭ ގޮތާއި އެތެރޭގެ އިންތިޒާމުތައް ހުރި ގޮތް ބަލައި އެކަންކަމަށް ބަދަލު ގެނައުމާ ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ގެންދަނީ ފުލުހުންގެ ބައެއް ތަހުގީގު ބަލަމުން ކަމަށާއި އެއިން ފާހަގިވި އެއްކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް އަދިވެސް މަގާމުގައި ތިބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިމާވާ އެއްކަމެއް ކަމަށް މިވަނީ ފުލުސް އޮފީހުގައި އެބަތިބި މި ދެންނެވި ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން. އެ އޮފީހުގައި އެ ކުދިން ތިބެމެ، ދެން ވަރަށް އުނދަގޫވާނެ އެ ބޭފުޅުން މެދުވެރި ކޮށްގެން ތަހުގީގެއް ކޮށް ކަންތައްތައް ނިންމަން،" ނަޝީދު ވިދާޅުވި އެވެ.

"ވަރަށް ބޭނުންތެރި ފުލުސް އޮފީހުގައި ވައްކަމަށް ތުހުމަތު ކުރެވިފައި ތިއްބެވި ކުދިން މިހާރުން މިހާރަށް ވެސް ސަސްޕެންޑް ކުރުން. [ސަސްޕެންޑް] ކޮށްފައި ނޫނިއްޔާ ވަރަށް އުނދަގޫވާނެ ފުލުހުންގެ ތެރޭގައި ތަހުގީގެއް ރަނގަޅަށް ކުރިއަށް ގެންދިއުން."

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ލަސްވެގެން ނަޝީދުގެ އިތުރުން އެމްޑީޕީގެ އެހެން މަޖިލިސް މެމްބަރުން ވެސް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. އެ މައްސަލައިގައި 260 އެއްހާ މީހުންނަށް ތުހުމަތު ކުރެވޭއިރު ކޮވިޑް-19 އަށް ލުޔެއް ލިބުމާއެކު އެ މީހުންގެ މައްޗަށް ދައުވާ އުފުލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަރަށް ފަހުން ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންނަށް އެހެން ތުހުމަތުތަކެއްވެ ސް ކުރެއްވި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ފުލުހުންގެ ގުޅުންތައް މެމްބަރުން ބެއްލެވުން ވަރަށް މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ރަޔަޓް ފުލުހުންނާއި ގޭންގުތަކާ ދެމެދު އޮންނަ ގުޅުން ދެނެގަތުން ވެސް މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ފުލުހުންގެ ތެރޭގައި "އަޑީ ދައުލަތެއް" އޮތް ކަމަށް ފާހަގަ ކުރެއްވޭ ކަމަށެވެ. އޭގެ ތެރެއިން، ތަހުގީގުތައް އެ މީހުން އަނބުރާލާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

"އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް އެއްގޮތަކަށް ވެސް ނޭނގި. މިސާލަކަށް [ނޫސްވެރިޔާ އަހުމަދު ރިލްވާން] ރިލްވާން މަރާލި މައްސަލައިގައި ފާރަލީ ފުލުހެއް. ހަމަ އެއާއެކީގައި ޑރ. އަފްރާޝީމް އަލީގެ ގާތިލް ވެސް އަދި އަޅުގަނޑުމެންނަށް ފަހުން އައިސް މި ފެނުނު ގިނަ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ މުއައްސަސާ އޭގެ ދެ ފަރާތުގައި ވާ މިންވަރު އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން އިއްޒަތްތެރި މެމްބަރުން މިކަމަށް ޝައުގު ހުންނާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

"ދިމާވާ އެއްކަމެއް ކަމަށް މިވަނީ ފުލުސް އޮފީހުގައި އެބަތިބި މި ދެންނެވި ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން. އެ އޮފީހުގައި އެ ކުދިން ތިބެމެ، ދެން ވަރަށް އުނދަގޫވާނެ އެ ބޭފުޅުން މެދުވެރި ކޮށްގެން ތަހުގީގެއް ކޮށް ކަންތައްތައް ނިންމަން،" -- ނަޝީދު

ފުލުހުންނާއި ސިފައިން މުޒާހަރާކޮށް އެ މަނިކުފާންގެ ވެރިކަން 2012 ވަނަ އަހަރުގައި ބަދަލު ކުރި ދުވަހު ކަން ހިނގި ގޮތަށް ވެސް ނަޝީދު މިއަދު ނުސީދާކޮށް ފާޑުވިދާޅުވި އެވެ.

"އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަ ކުރައްވާ ފުލުހުންގެ ހުވަޔަކީ ބަޣާވާތެއްގެ ޒިންދާބާދަކަށް ވެގެން ނުވާނެ ކަމަށް. އަދި ފުލުހުންގެ ހުވާ ބާރަށް އަޑު ހަރުކޮށް ކިޔައި އެއް ޖަމާއަތަކަށް ތިބެފައި ދެން ނުކުމެ ދުއްވައިގަނެގެން ގޮސް ބަނޑޭރި ގެއަށް ވަދެގެން ނުވާނެ. އެއީ ފުލުހުންގެ ހުވާއަށް ހުރުމަތްތެރިކޮށް ނުހިތުން. މިއީ ހަމަ ގައިމު ވެސް އަޅުގަނޑުގެ ސީދާ ލޮލުން ދުށް މަންޒަރު،" ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ފުލުހުންގެ މުއައްސަސާގެ ދެ ފަރާތް ވަރަށް ރަނގަޅަށް އެ މަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ. ދިވެހިން އެމްޑީޕީއަށް މިވަގުތު ދީފައިވާ ފުރުސަތަކީ އެކަންކަން އިސްލާހު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

58 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 1%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިޔާލު

10 June 2020

ރާއްޖޭގެ ބިން ވިއްކުމާއި ވަކި މީހަކު ނައިބު ރައީސްކަމަށް ގެންނަން އުމުރު ބަދަލުކުރަން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކަށް އެމްޑީޕީގެ މެންބަރުން މަޖިލިސްގައި ވޯޓުދިނީ ރިޝްވަތު ހިފައިގެންކަމަށް ބެލެވޭތީ އެކަންވެސް ތަހުގީގުކުރަންވާނެ. އަދި އެމްޑީޕީ މެންބަރުން އެކަން ކުރީ އެމީހުންގެ ރޫހާނީ ލީޑަރު މިނިވަންކުރަން ކަމަށްވާތީ މިކަމުގައި ހިގާފައިހުރި ނެގޯސިއޭޝަންތައް ތަހުގީގުކުރަންވާނެ. ޔާމީންގެ ވެރިކަމުގައި ފަނިއެޅުވިގޮތް ވެސް ތަހުގީގުކުރަންވާނެ.

The name is already taken The name is available. Register?

ކަންނާޑި

09 June 2020

ފުލެޓް ދޮމްބެ ! ގޯތި ބޭބެ !

The name is already taken The name is available. Register?

ރަދުން999

09 June 2020

ބަލަ ސަސްޕެންޑް ކޮށްބަލަ. މާލަސްވެއްޖެ. ނަމަނަމަ ވަޅިއެއް ބަޑިއެއް ދޭން ފާސްނުކުރާތި، ތިތަނުގައި އެބަތިބި ސިކުނޑީގެ އުނިކަން ހުރި މީހުންވެސް. މީހުންނަށް އަނިޔާ ކުރާހިތުން ލޮލަށް ނިދި ނާންނަ މީހުންވެސް.

The name is already taken The name is available. Register?

Abdulla

09 June 2020

މިހާރު ސަރުކާރު ހިންގަންޖެހޭގޮތާއި ސަރުކާރުންކަންކަމާއި ގުޅޭގޮތުން އަމަލުކުރަންޖެހޭެގޮތްވެސް ނިންމަނީ މަޖްލިހުންތޯ؟

The name is already taken The name is available. Register?

ރަމިރޭޒް

09 June 2020

ފުލުހުންގެ މުއައްސަސާ ހަލާކުވަނީ ސިޔާސީ މީހުންނާއި ހެދި..ފުލުހުންނަށް ސިޔާސީ ފިއްތުން އިންތިހާއަށް އޮވޭ..މީގެ ހެއްކަކަށް ވާނެ ނިކަން ފުލުހުން މަޖިލިސް ގައި އިހަށް ދުވަހު މެންބަރ ޝިހާމް އަށް ދިމާވި ކަންތައްގަނޑުގެ މައްސަލަ ބަލަން ފަށާބަލަ..ގައިމު އެމައްސަލަ އެއޮތީ ޝިހާމް ހުށަހަޅާފައި..ދެން މި ކީކޭބާ މިކިޔަނީ.

The name is already taken The name is available. Register?

މަޖލސް ބަފާ

09 June 2020

ކަލޭ ކުއްވެރިވާނެ ކޮންމެ ބަޔަކު މައްސަލަ ބެއްޔަސް، ހުރިހާ ކަމެއް ހުންނަނ ގަވައިިދުން ބޭރުން ކޮއްފަ. ޕޮލިހޭ ކިޔާނެކަމެއް ނެތް މާ ގިނަ ދުވަހެއް ދެން އރާދަކުރެއްވއްޔާ ނެތް، ތައްޔާރުވެގެންbހުރޭ ދަބަސް ޕެކުކޮއްލައިގެން.

The name is already taken The name is available. Register?

މަހުޖަނު

09 June 2020

ފުރަތަ މަ 8 ފެބުރުއަރީގަ ހުޅުޖެހި މީހުން ހައްޔަރުކުރޭ.

The name is already taken The name is available. Register?

ކޮތަރު

09 June 2020

ދެން 7 ފެބްރުއަރީ ބަގާވަތް ކުރިމީހުނޯ؟!

The name is already taken The name is available. Register?

1828

10 June 2020

ކޮތަރު. 2012 ފެބްރުއަރީ 07 ވަނަ ދުވަހު ވަރަށް ރީތިކޮށް އޭރުގެ ރައީސް އިސްތިއުފާ ދެއްވީ. އަމިއްލަ ފުޅަށް އިސްތިއުފާ ދިނުމަކީ ބަޣާ ވާތެއް ތޯ؟ ކޮން ޤާނޫނެއްގައި ތޯ އެހެން އެކަންލިޔެފައި އޮތީ؟

The name is already taken The name is available. Register?

1828

09 June 2020

2012 ފެބްރުއަރީ 07ވަނަދުވަހު ފުލުހުން ހިންގި ލާއިންސާނީ އަމަލުތައް ބަލާ ފިޔަވަޅު އަޅަންޖެހޭ ވަކިވަކިފުލުހުންނަށް.އަދި ސަރުކާރުގެ މުދަލަށް ގެއްލުން ދިން ފުލުހުންގެ މައްސަލަ ބަލާވަކިވަކި ފިޔަވަޅުއަޅަންޖެހޭ. އެކަންވެސް އެމްޑީޕީގެ ވެރިކަމެއްގައި ބަލާ ފިޔަވަޅެއް ނޭޅޭނެ. އެޤާބިލްކަމެއް ނެތް. ސުޕަރމެޖޯރިޓީ ދީގެން ރައްޔިތުންނަށް ވީކަމެއް 'ހަތްހަރާމުން ހަރާން.' ތިޔައީ ހުސް އަނގަތަޅާ ބައިގަނޑެއް. އެމް.ސީ ހަމީދު ސީޕީ ކަމަށް އަރުވައިގެންވެސް ވީކަމެއް ނެތް.

The name is already taken The name is available. Register?

1828

09 June 2020

އެމް.ޑީ.ޕީއަކަށް އެއްކަމެވެސް އިސްލާހެއް ނުކުރެވޭނެ. އިސްލާހްކުރުމުގެ ޤާބިލަކަން އެބަހުރި އެމް.ޑީ.ޕީގައި. ނަަމަވެސް އެމް.ޑީ.ޕީގައި އިހްލާސްތެރިކަމެއް ނެތީ. އަމިއްލަ އެދުން ބޮޑީ. މުއައްސަސާތައް އެމް.ޑީ.ޕީގެ ބަނޑުދަށު ލާން އަބަދުވެސް މަސައްކަތް ކުރަނީ. އެކަންކަން އެއްފަރާކޮށްފައި މަސައްކަތްކޮށްފި 'ނަމަ' ކާމިޔާބު ވާނެ. މުއައްސަސާތައް އެކްޓިވޭޓް ކުރަންވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި. ވަކި ޕާޓީއަކަށް ޚިދުމަތް ކުރުމަކަށް ނޫން.

The name is already taken The name is available. Register?

ޙަސަން12

09 June 2020

ބަލަ ފުލުހުން ފަހަތުން ނުދުވެ ގައުމު ތަރައްޤީ ކޮށްބަލަ..މިއޮށް ބަލިމަޑުކަމުގައި ގޭގައި މެންބަރުން ތިބި އިރު ގިނަ ފުލުހުންތިބީ މަގުމަތީގައި.

The name is already taken The name is available. Register?

އަލީ!

10 June 2020

ތަރައްގީއަކީ ފުލުހުން ވެސް އިސްލާުުހުވުން. ތަރައްގީ އަކީ ހަމައެނަކީ ކޮންކުރީޓެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454