ޚަބަރު

ފިރިހެން ދަރިވަރުންތަކަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ގުރުއާން ޓީޗަރު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ޕޯސްޓަރެއް. އުތުރުގެ ރަށެއްގައި ފިރިހެން ކުދިންތަކަކާ ބެހުނުކަމަަށް ތުހުމަތުވާ ގުރުއާން ޓީޗަރު ވަނީ ހައްޔަރުކޮށްފައި.

09 ޖޫން 2020 - 21:40

5 comments

އުތުރުގެ ރަށެއްގައި ހިންގާ ގުރުއާން ކްލާހެއްގައި ކިޔަވާ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ގުރުއާން ޓީޗަރު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އުމުރުން 28 އަހަރުގެ އެ ފިރިހެން މީހާ ޖިންސީ ގޯނާކުރި ކަމަށް ރިޕޯޓު ކޮށްފައިވަނީ އުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށެވެ. އެއީ އެ ގުރުއާން ކްލާސް ހިންގާ މީހާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

އެ މައްސަލައިގައި ފުލުހުން ބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ ޝިކާރައަކަށް ވީ ކިތައް ކުދިން ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ވެސް ފުލުހުން އަދިއެއް ނުދެ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިދިޔަ މަހުގެ ކުރީކޮޅު ވެސް ވަނީ އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ ތިން މަސް ކުރިން، ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް އެއް ސްކޫލެއްގެ ތިން ޓީޗަރަކު ސަސްޕެންޑް ކޮށްފައިވެ އެވެ.

5 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 27%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިހި ރާންބާގަސް

10 June 2020

ޤުރުއާންޓީޗަރުންގެ ފުށުން މިފަދަކަންކަން ފެނުމަކީ ވަރަށްވެސް ނުރައްކާތެރިކަމެއް؟ ދީންވެރިކަމުގެ ސިފަބޭރުން ދައްކާފަހުރެ އެތެރޭގަ މިސުންޕާކަން ފޮރުވައިގެން ޒިންމާދާރުވަޒީފާއަށް ނުކުމެގެން އުޅޭމީހުންގެ ނުރައްކާ ވަރަށްބޮޑުވާނެ! މިފަދަމީހުން ލޭބަލްކުރަންޖެހޭ!

The name is already taken The name is available. Register?

ވަގުބުޅާ

10 June 2020

ބޮޑުވެއްޖެ ކަމެއްމީ. ހައްޔަރުން ދޫވެގެން އަނެއްކާވެސް ގުރުއާން ކުލާސްތަކާ ޓިއުޝަން ކުލާސްތައް ހަމަ މިމީހުން ހިންގާނެ. މީގަ މޮޅުކަމަކީ ބެލެނިވެރިންވެސް ކުދިން އަނެއްކާވެސް ފޮނުވާނެ މިކުލާސްތަކަށް.

The name is already taken The name is available. Register?

ވަހީދު

09 June 2020

ތިފަދަ ޒިއްމާދާރު މަގާމްތަކުގައި ތިބޭމީހުން ތިކހަލަ ކަމެއް ހިންގައިފިއްޔާ މުޅިއުމުރަށް ބަންދުކުރޭ.

The name is already taken The name is available. Register?

އަމިން.

09 June 2020

ކިހިނެއް.?

The name is already taken The name is available. Register?

ސުލްޙަ

10 June 2020

ކޯއްޗެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454