ކުރީގެ ރައީސް ވަހީދުގެ ދެކަނބަލުން ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު
14 ޖޫން 2020 - 09:39
ކުރީގެ ރައީސް މުހައްމަދު ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، މީހަކު ދިމާކޮށް، ހުތުރު އެއްޗެހި ގޮވައިފި އެވެ.
ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނބިކަނބަލުންނާ އެކު ކަސްރަތުގައި އުޅުއްވަނިކޮށް އުސްފަސްގަނޑު ކައިރިން އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ގޮވީ އެމްޑީޕީގެ އެކްޓިވިސްޓަކު ކަމަށެވެ. އެ ތަން އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންނަށް ވެސް ފެންނާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
Strongly condemn the attack on me and my wife Ilham this morning by MDP activist Joarey. People excercising this morning in Male’ Usfasgadu area witnessed this ugly attack. @PoliceMv @ibusolih @hrw @MNDF_Official @PresRajapaksa @narendramodi @MvCrisis
— Mohamed Waheed (@DrWaheedH) June 14, 2020
ވަހީދުގެ ޓުވީޓް
ވަހީދު ވަނީ އެ މަނިކުފާނާ ދިމާކުރި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސޭ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި ފުލުހުން ޓެގްކޮށް ޓުވީޓު ކުރައްވައިފަ އެވެ.
ވަހީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔަމުން، އެކްޓިވިސްޓު އޭނާގެ ފަހަތުގައި އުޅުނެވެ. ކަސްރަތު ނިންމަވާފައި ގެ އަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު އަނބިކަނބަލުންނާ ވެސް ދިމާކޮށް، ހުތުރު އެއްޗެހި ކިޔަމުން ފަހަތުން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަން ވަހީދުގެ އަރިހުގައި ތިބި އެމްއެންޑީއެފްގެ ސެކިއުރިޓީން ފުލުހުންނަށް ވެސް އެންގި ކަމަށް ވިދާޅުވި އެވެ.
"ނަސީބަކުން އަޅުގަނޑު ގަޔަކު އަތެއް ނުލައި. ހުތުރު އެއްޗެހި ކިޔަމުން ފަހަތުން އުޅުނީ،" ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަހީދު ވިދާޅުވި އެވެ.
ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވިއިރު، އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ވަހީދު ފަހުން ރައީސްކަމާ ހަވާލުވެވަޑައިގަތުން އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން އަދިވެސް އަމާޒުވެފައި ވެ އެވެ.
ފެބްރުއަރީ 7، 2012 ން ނޮވެމްބަރު 17، 2013 އާ ހަމައަށް ވެރިކަން ކުރެއްވި ރާއްޖޭގެ ފަސްވަނަ ރައީސް ވަހީދު ދެކެ އެމްޑީޕީގެ މެމްބަރުން އެންމެ ބޮޑަށް ހިތްހަމަނުޖެހޭ އެއް ސަބަބަކީ ނަޝީދާ އެކު އިސްތިއުފާ ނުދެއްވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟެށޯފް
16 June 2020
ވެރިކަމުގައި 5 އަހަރުގެ ދައުރެއް ފުރިހަމަ ނުކުރިޔަސް ހުރިހާ އިނާޔަތްތަކާ ފައިސާތައް ދިނުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯ؟ ހެޔޮދޯ ބަޣާވަތްކޮށްގެން ގަދަކަމުން ހޯދި ކަމަކަށްވިޔަސް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
16 June 2020
2008 ގެ ނައިބުރައީސް ކަމުގެ ޒިންމާ ތަކަކީ ކޮބާ ؟ އޭރުގެ ރައިސް ވިދާޅުވި ކަން ކަން ކުރެެއްވުމުުަގައި ތޯ އުޅުއްވީ ؟ މަދެން ހީ ހީ .
ރިތި މޫސަ
16 June 2020
އެއީބަޣާވާތެއްނޫންކަމަށް އޭރުގެރައީސްވަނީ މުޅިދުނިޔޭގެ މީޑިޔާކުރިމަތީއެއްބަސްވެފަ އަދި ކޯނީގެ ރިޕޯޓްވެސްވަނީ ރަނގަޅުކަމަށް އެއްބަސްވެފަ
ހަކީމް
15 June 2020
މޯދީ އަށް ޓެގްކުރީމަ ޖޯރޭ ހަތްޔަރު ކުރަން އިންޑިޔާގެ މަނަވަރެއް އެބަފޮނުވާ. ކޮބާ ރީތި ވެއްޖެއެންނު.
އެމްސް
15 June 2020
ވަޙީދު އަށް: "ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގާ، ގިސްލަމުން ހިތިކަރުނަ އޮއްސަން ޖެހިދެއޭ ޢުމުރަށް މުޅިން"
ރަންރީދޫ ޓުވިޓަރޭ
15 June 2020
ބަގާވާތެއް ވާނީ ބަގާވާތަކައް.
ކަނބިލި
15 June 2020
މީހުންގެ އަބުރުކަތިލު މަކީ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަ މެއް ނޫން. އެއީ ވަރަށް ދަށު ދަރަޖައިގެ ކަ މެއް. ރައީސް ވަހީދަކީ ހިކު މަތްތެރި ގާބިލު ކުޅަދާނަ ލީޑަރެއް
ކަކުނިބޯ
15 June 2020
ވަހީދު ވަނީ އެ މަނިކުފާނާ ދިމާކުރި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސޭ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި ފުލުހުން ޓެގްކޮށް ޓުވީޓު ކުރައްވައިފަ އެވެ. ކީއްވެ މަށަށް ޓެގް ނުކުރީ އިންޑިޔާ ލަންކާގެ މީހުންނަށް ކުރިއިރު އެއީ ވާރުތަވެރިންތަ
މުދިމު ކަތީބު
14 June 2020
ގެއްލިޖެ އަބުރަކީ ފުލުސް އޮފީހަކުން ކޯޓަކުން ހޯދައިދެވޭނެ އެއްޗެއްނޫ . ބަގާވާތް ކުރީމަ އެވާހަކަ ގޮވާނެ!
ޢަބުރުބޭ
15 June 2020
ވަހީދު ރަނގަޅެކޭ ގޯހެކޭ ބުނަނީކީ ނޫން، އެކަމަކު މިއީ މިހާރު ގައުމުގެ ހާލަތު، ތިމާމެން ނުރުހޭމީހާ ގެ އަބުރައް އަރައިގަނެ ހިތުހުރި އެއްޗެއް ތުއްތު ކުދިން ކުރިމަތީގަ ގޮވުންވެސް ބަލައިގަނެފަ އެބަހުރި، ހަމައެކަނި އެމީހާގެ ޕާޓީގެ ކުލަޔައްބަލާފަ، އެކި މީޑިޔާގަ ފޮށުންވެސް އެބައޯކޭވޭ. އެކަމަކު ތިމާ ހިތް އެދޭމީހާގެ އަބުރަކީ މާތް އެއްޗަކައްވެދޭ. ހާލަތު.
ވަޙިދުހެ9
14 June 2020
ވަހީދު ކުރި ބަޣާވާތް ބަލައި ފިޔަވަޅު އަޅާނި ކޮން އިރަކުން. އެހެން މީހެއްގެ ހިޔަނީގައި އައިސް ބަޣާވާތަކުން ވެރިކަން ހޯދާ ކުޑަދުވަސްކޮޅަކު ވެރިކަން ކުރިއަސް ދައުލަތުން މިހުރިހާ އިނާޔަތެއް ދޭން ޖެހޭތަ. ނުޖެހޭނެ ދޭކަށް، ތިމިހާރު ގައުމަށް އެއްވެސް ހިދުމަތެއް ކުރާ މީހެއް ނޫން. ސައުދީގަ ބޮޑު މުސާރަގަ އުޅެނީ