އައިޖިއެމްއެޗުން ބަޔަކު ޚިދުމަތް ހޯދަނީ: އެ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ގަތުމުގައި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމުގެ ތުހުމަތު ހޮސްޕިޓަލުން ވަނީ ދޮގުކޮށްފައި. --ފޮޓޯ/މިހާރު
15 ޖޫން 2020 - 13:00
އައިޖީއެމްއެޗަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓްސް ގަތުމުގައި މުވައްޒަފުން މެދުވެރިވެ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް ބަރޯސާވެފައިވާ ސަރުކާރުގެ މައި ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި އެ ހޮސްޕިޓަލުގެ އިސް މުވައްޒަފެއް މެދުވެރިވެ ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތުތަކެއްކޮށް، ފޮޓޯއާ އެކު އިއްޔެ ވަނީ ސޯޝަލްމީޑިއާގައ އާއްމުކޮށްފަ އެވެ. މިކަން ކުށްވެރިކޮށް، ނެރުނު ބަޔާނުގައި އައިޖީއެމްއެޗުން ބުނީ މުވައްޒަފުންގެ ފޮޓޯ ޖަހައި ފަތުރަމުންދާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
އެއީ، ވަރަށް ހިތާމަވެރި އަދި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި މެޑިކަލް އިކުއިޕްމެންޓްސް އާއި ކޮންސިއުމަބްލްސް ހޯދުމުގައި އަމަލުކުރަމުން އަންނަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށެވެ. މި ނޫން ގޮތަކަށް ކަމެއް ހިނގާ ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ކޮރަޕްޝަން ހުއްޓުވާ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ވީމާ މި ހޮސްޕިޓަލްގައި ވެސް ހިނގާ އެއްވެސް މަޝްރޫއެއް ނުވަތަ ހޮސްޕިޓަލަށް ގަންނަ އެއްޗެއް ގަތުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ނަމަ އެ މައްސަލައެއް އޭސީސީ އަށް ހުށަހެޅުމަކީ މި ހޮސްޕިޓަލުން އަބަދުވެސް މަރުހަބާ ކިޔާ ކަމެއް ކަމުގައި ދެންނެވީމެވެ،" އައިޖީއެމްއެޗުގެ ބަޔާނުގައިވެ އެވެ.
ހޮސްޕިޓަލްގެ ބަހެއް ނެތި، ކޮރަޕްޝަންގެ ތުހުމަތުކޮށް ނޫސްތަކުން ޚަބަރު ރިޕޯޓް ކުރަމުންދާ ކަމުގެ ކަންބޮޑުވުން ވެސް އައިޖީއެމްއެޗުން ފާޅުކޮށްފައިވެ އެވެ.
އައިޖީއެމްއެޗަށް ބޭނުންވާ ސާމާނު ގިނައިން ހޯދަނީ އެސްޓީއޯ މެދުވެރިކޮށެވެ. ބައެއް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ވެސް ބައެއް ސާމާނު ހޯދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒާ
15 June 2020
ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، އޭސީސީ، ދެން އައިޖީއެމްއެޗް ގުޅިގެން ހުރިހާ މީހުންނަށް ބައިއަޅާގޮތަށް ވިއްޔާ ކޮރަޕްޝަން ކީއްކުރަން ކަރަޕްޝަނެއްވެސް ނޯންނާނެ.
ކަންނާޑި
15 June 2020
ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދު އޮންނަނީ އޮންނަތަނެއްގައި ދައުލަތައް މުދަލާ ތަކެތި ހޯދުމުގައި އަމަލު ކުރަމުންދަނީ ކުރިންވެސް އަމަލު ކުރަމުންދިޔަ އުސޫލުން . ބަދަލުވީ މަތީ ފަށަލަ . ވެރިކަންތައް ބަދަލުވައިރު ތުހުމަތު ކުރެވޭ އަޑީގެ ފަށަލަ ބަދަލު ނުކުރާނަ ނިޒާމަކަށް އިތުބަރެއް ނުލިބޭނެ ރައްޔިތުން އަބަދުވެސް އިނގިލި ދިއްކުރާނެ
ކަލޯ
15 June 2020
ސިއްހީ ނިޒާމުގެ ކަންކަމުގެ ވާހަކަ ދައްކަން އުޅެފިއްޔާ ފާފަވެެރި ވެދާނެ
ޝާޑު
15 June 2020
އަސްލުވެސް.
ބޮޑުމީހާ
15 June 2020
އެމްއެމްޕީއާރުސީގެ ވެސް ހިޔާނާތެއް، ކޮރަޕްޝަނެއް ނުހިގާ
ނަޝީދު.
15 June 2020
ޖޯކް އޮފް ދަ ސެންޗަރީ!
މިވަރެއްނެތް
15 June 2020
ކަލޯގެޔާ ވާހަކައެއް ބުނަންތަ! އައިޖީއެމްއެޗް ގަ ދިވެހިން އުޅެންޏާ ކޮރަޕްޝަން އިންތިހާއަށް އޮތްނާނެ. އެއީ އައިޖީއެމްޗް ވީމައެއް ނޫން. އެއީ ދިވެހިންނަށްވީތީވެ! ކޮރަޕްޝަނަކީ މިހާރު ދިވެހިންގެ ކަށީގައި ހިފާފައިވާ ދިވެހިންގެ ޑީއެންއޭ ގެ ބައެއް. ދިވެއްސަކު ކޮރަޕްޓް ނޫނިއްޔާ އެއީ މައްސަލައެއް. ކޮންމެ ގޮތަކަށްވެސް މުއްސަނދި ވަންޏާ ނުވަތަ ފައިސާ ފޮއްޗެއް ލިބެންޏާ އަހަރެމެން ދިވެހިންނަށް އޯކޭވާނެ. ޔާނު ބުނިހެން އަންހެނުންވެސް ނައަހާނެ ފައިސާ ދިނީ ކާކުހޭ!
އެންދެރި
15 June 2020
ވެންޓިލޭތަރ އެއް ނާދެއެވެ. ވީމާ ފައިސާ ކޮޅު ދޭން ވީ އެވެ. މާގިނަ ދުވަސް ވެއް ޖެ އެވެ.
މޯޑްް
15 June 2020
އެސްޓީއޯ މެދުވެރިކޮށް؟ ތި ބުނަނީ އެސްޓީއޯ އެމްޑީ އަމްރުއަކީ ހުުދު ފޮތިކޮޅެކޭ؟ ޖޯކެއްތަ؟ ނިކަން އެސްޓީއޯ ކުދިން ގާތު އަހާލަބަލަ.. ތިޔައީ ކިހާ ވަރެއްގެ އެމްޑީއެއްތޯ..