އިއްޒުއްދީން ސްކޫލު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ މިނިސްޓްރީގެ ވެރިންނާއެކު އާތިޔާ (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
21 ޖޫން 2020 - 16:34
ގޭގޭގެ ސިޓިން ރޫމްތަކުގައި ޕްރީ ސްކޫލު ހަދައިގެން ހިންގާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމާ ބެހޭ ބިލް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ، ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރާއިރު، އެކަމަށް ޝަރުތުތަކެއް ކަނޑައަޅާފައި އޮތް ކަމަށް ވިޔަސް އެއާ ޚިލާފަށް ބައެއް ކަންކަން ކުރިއަށް ދާ ކަމަށެވެ. އޭގެ މިސާލަކަށް އޭނާ ނެންގެވީ، މާލޭގައި ހިންގާ ބައެއް ޕްރީ ސްކޫލުތަކެވެ.
އާތިޔާ ވިދާޅުވީ، ވިދާޅުވީ "ކުދިކުދި ތަންތަންކޮޅު" ގައި ޕްރީ ސްކޫލު ހިންގަމުންދާ ކަމަށެވެ.
"ޕްރީ ސްކޫލެއް ވިއްޔާ ޕްލޭ އޭރިޔާއެއް އޮންނަން ޖެހޭ. ކޯނާތަކެއް ވެސް ހުންނަން ޖެހޭ. އެ ކަހަލަ ބައިވަރު ކަންތައްތަކެއް އޮވެގެން ޕްރީ ސްކޫލު ފުރިހަމަ ވަނީ. އެހެން ނަމަވެސް ސިޓިން ރޫމެއްގައި ރަޖިސްޓަރީ ކޮށްލައިގެން އެބަ ހިންގާ ޕްރީ ސްކޫލެއް،" ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އާތިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕްރީ ސްކޫލެއް ނުވަތަ ޕްރައިމަރީ ސްކޫލެއް ހިންގި ނަމަވެސް އެތަނުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ.
ތައުލީމާ ބެހޭ ބިލް، ގާނޫނަކަށް ވެ، އެ ގެޒެޓުކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި، ސްކޫލުތައް ފިޔަވައި އެހެން ތަންތަން ރަޖިސްޓަރީ ކުރަން ޖެހެ އެވެ. އޭގައި ހިމެނެނީ، ޑޭކެއާ، ޗައިލްޑް ކެއާ، ބޭބީ ނާސަރީ، ނާސަރީ އަދި ޕްރީ ސްކޫލު ފަދަ ތަންތަނެވެ.
ޕްރީ ސްކޫލެއް ވިއްޔާ ޕްލޭ އޭރިޔާ އެއް އޮންނަން ޖެހޭ. ކޯނާތަކެއް ވެސް ހުންނަން ޖެހޭ. އެ ކަހަލަ ބައިވަރު ކަންތައްތަކެއް އޮވެގެން ޕްރީ ސްކޫލު ފުރިހަމަ ވަނީ. އެހެން ނަމަވެސް ސިޓިން ރޫމެއްގައި ރަޖިސްޓަރީ ކޮށްލައިގެން އެބަ ހިންގާ ޕްރީ ސްކޫލެއް.-- އާތިޔާ
ތައުލީމާ ބެހޭ ބިލް، ގާނޫނަކަށް ވުމުގެ ކުރިން ހިންގަމުން އަންނަ ތަންތަން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރަން ޖެހެ އެވެ. ރަޖިސްޓަރީ ނުކޮށް ހިންގަމުން ދިޔަ ޕްރީ ސްކޫލުތައް، ތައުލީމާ ބެހޭ ބިލަށް އަމަލުކުރާތާ ހަ މަސް ތެރޭގައި ރަޖިސްޓަރީކުރަން ޖެހެ އެވެ.
އާތިޔާ ވިދާޅުވީ ތައުލީމާ ބެހޭ ބިލް ގެޒެޓުކުރާތާ ވަކި ދުވަހެއްގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރާއިރު، އެޑިއުކޭޝަން މިނިސްޓްރީ އަށް އެ ބާރު ދިނުމުން ހުރިހާ ޝަރުތުތަކެއް ހުންނަ ތަންތަނަށް އޭރަށް ފުރުސަތު ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
22 June 2020
ޕްރީ ސްކޫލު ތައް ނިޒާމުން ބޭރުކޮށްފަ، ސިޓީ ކައުންސިލް / އައިލަންޑް ކައުންސިލް ތަކާ ހަވާލުކޮށްފަ މިހާރު މި ދއަްކަނީ ކޮން ވާހަކައެއްތޯ؟
ދެރަވަރު
22 June 2020
މާލޭ ސަރަހައްދުގައި ކިތައް ލައްކަ އަމިއްލަ ޕްރީސްކޫލް ހުރެގެންބާ ނުބެލެހެއްޓިގެން އެވާހަކަ މިދައްކަނީ؟
ފިޔަވަޅު
22 June 2020
މިހާރުވެސް ޕްރީސްކޫލްތައް ހިންގަނީ ގޭގައި ..އޮންލައިންކޮއް. މަހިތައް އަރާ 3 އަހަރު ކުޑަ ކުދިންނައް އޮންލައިން ކޮށް ކިޔަވައި ދޭނީ ކިހިނެއް ކޯއްޗެއްބާއޭ . ޢެކަމް ހޭކަނޑާލާފަ ކިޔަވާދެނީ ފީނަގަންވެގެން .
އަބްދުﷲ
22 June 2020
ސިޓިންގް ރޫމް ގައި ޕްރީސްކޫލް ހިންގާތީ ޑާޓާ ހުސްވެ ފޯނުބިލް އިންތިހާއަށް ބޮޑުވެއްޖެ. ހުރިހާ ފައިދާއެއް ދިރާގާއި އުރީދޫ އަށް. ޖީބަށް ބުރަވީ.
މަޒް
22 June 2020
ސިޓިން ރޫމެއްގައި ސްކޫލް ހިންގިޔަސް ދަރިން އެތަންތަނަށް ފޮނުވަނީ އެތަންތަނާއި ދޭތެރޭ އޮންނަ އިތުބާރު ބޮޑުވީމާ. ޅަ އުމުރުގައި ދޭ ތައުލީމް އެހެން ތަންތަނާ ހާސްބައި ތަފާތުވީމާ.. ސަރުކާރު ސްކޫލެއްގެ ފެންވަރު ނިކަން ދެކިބަލަ.. ސްކޫލުގައި ލާ ކުލަކޮޅުވެސް ލާންޖެހެނީ ބެލެނި ވެރިން.. ސަރުކާރު ސްކޫލް ކިޔާކަން އެކަނި.. ބެލެނިވެރިން ފެލައިލަނީ
ދަރަނި ދަންތުރަ
21 June 2020
މިކަމަނާ ޒިންމާޔަކީ ކޮބައިބާ ؟
ކެކެ
21 June 2020
ހުޅުމާލޭގަ އިންނާނެ ތީގެ ޕްރީސޮކޫލެއް ކޮރަލް 8 ކުރިމަތީގަ.. 2 ކޮޓަރި.. މިހާރު ހުރީ ތަރުކާރީ 2 ގޮޅިއައް ބަދަލުވެފަ.މިކަމުން ސަލާމަތްވާއިރއް ހުޅުވާނެ.. 10ފޫޓް 10ފޫޓް ގެ ދެ ގޮޅި އެއީ.
ކެކެ
21 June 2020
950 ރުފިޔާ ދީގެން ޕްރީސްކޫލައް ފޮނުވީމަ ެސް ގޭގަ ކިޔާދޭ އެއްޗެއް ފިޔަވާ އިތުރު އެއްޗެއް ދަހެއްނުވޭ..ގޭގަ ލޮކްޑައުންގަ 3 މަސް ތެރޭގަ 3 އަހަރުގެ ކުއްޖަކައް ލިޔަންކިޔަން ދަސްވީމަ ޓީޗަރު ހުރީ ކޮސްވެފަ.މީހަގީގަތް.ސްކޫލްގަ ޔޫޓިއުބް ވީޑިއޯ ދެއްކުން ނޫންކަމެއް ނުވޭ. 20 ކުދިން ލައިގެން 2 ޓީޗަރުންނައް ކިޔާވާ ދެވޭނެބާ..
ބޮޑުތެދެއް
22 June 2020
ސްކޫލްގަ ދަސްވާވަރަށްވުރެ ރަގަަޅަށް އެބަ ދަސްވޭ ގޭގަ. ސްކޫލުން ފަރުވާ ނުބަހައްޓާ އެއްގޮތަކަށްވެސް ފިލާވަޅު ނުހަދާން އުޅޭ ކުދިންނާމެދު. ސްކޫލްގެ ފަރުވާކުޑަކަން އެނގެނީ މިކަހަލަ ދުވަހެއް އައިމަ.
ބޮޑުމީހާ
21 June 2020
ހުރިހާ ކަމެއްގަވެސް ކުށްވެރިވަނީ ރައްޔިތު މީހާ. ބަލަ ބޮޑު މުސާރަ ދީފަ ރެގިއުލޭޓުކުރަން މީހުން ތިބޭ. އެ ބޭފުޅުން ޒިންމާކުރުވުމަކީ ތިބޭފުޅުންގެ ކަމެެއް. ގަރާޖު ސިޓީ 80000 ވިއްކައިގެން ކާރު މަގުމަތީ އޮންނަކަން އިއްޔެ މިނިސްޓަރަށް އެގުނީ. ޒިންމާއަދާކުރަންޖެހޭ ފަރާތްތައް ޒިންމާ އަދާނުކުރެވެންޏާ ފިޔަވަޅު އެޅުމަކީ ތިބޭފުޅުންގެ ކަމެއް. ވަގު ރަޖިސްޓްރީ ހަދައިގެން އެއްވެސް ބަޔަކު ޕްރީސްކޫލް ނުހިންގާ، ތިތާގެ ޑިރެކްޓަރަކު ސޮއިކޮށް ސެޓިފިކެޓް ދެނީ
މަޒް
22 June 2020
ސަރުކާރަކަށް ބޮޑެއް ނުވޭ ކުދި ކުދި ކޮޓަރިތަކުގައި ބާންގާޅީން ކައްކައިގެން އެބަހަމުން މަގުތަކުގައި ދުއްވާއިރު.. އެތައް މިލިއަން ރުފިޔާގެ ބޮޑު ވިޔަފާރިއެއް އެއްވެސް ޓެކްސްއެއް ދެއްކުމެއްނެތި އެހާމެ ސާފުތާހިރުކަން ކުޑަކޮށް އެކަން ކުރަމުންދާތާ 20 އަހަރުވަރުވެދާނެ.. ހަމަ ބަލާލާނެ އެކަކުވެސް ނެތީތަ؟ ޕްރީ ސްކޫލް ދޯ މައްސަލައަކީ
ކޮމެންޓު
21 June 2020
ވަރަށް ގަބޫލު ނުކުރެވޭ ވާހަކައެއް ތިއޮތީ ބުނެފަ. މިސާލެކޭ ކިޔާފަ ކޮންމެވެސް މޮޅު ވާހަކައެއް ބުނެލެވުނީ ކަމަށްވެސް ވެދާނެއްނު.