ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ހިޔާ ފްލެޓްތަކަށް ރައީސް އަނެއްކާ ވެސް ހޫނު ރައްދެއް

ރައީސް، މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

23 ޖޫން 2020 - 16:45

114 comments
23 ޖޫން 17:51

ރައީސް: މަރު ކޮމިޝަނެއް އުފައްދައި ވަރަށް ހެޔޮ ނިޔަތުގައި އެކަން ކުރަމުން ދިޔައީ. އޭގެ ތެރެއިން ދެ މައްސަލައެއް މުޅިން ނިންމާލެވުނު ކަމަށް ކޮމިޝަނުން އަޅުގަނޑަށް ވަނީ މައުލޫމާތު ދީފައި. ޑރ. އަފްރާޝީމްގެ މައްސަލައިގެ ފުރަތަމަ ރިޕޯޓް ވަނީ ތައްޔާރުކޮށް ދައުވާ ކުރާ މީހުންގެ ނަންތަކެއް ޕީޖީ އަށް ވަނީ ފޮނުވާފައި. އެކަމަކު ޕީޖީ ބޭނުންވަނީ އިތުރަށް ތަހުގީގު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައި. އެހެންވެ ތަހުގީގު ކުރަމުން އެބަދޭ. ރިލްވާންގެ މައްސަލައިގެ ޑްރާފްޓް ރިޕޯޓެއް ވަނީ ލިބިފައި. މި މަރުތަކުގައި ޝާމިލްވާ މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންދިއުން އެއީ އަޅުގަނޑު ބޭނުންވާ ގޮތަކީ.

23 ޖޫން 17:42

ރައީސް: ކޮވިޑާ ގުޅިގެން ރާއްޖެ އަށް އެންމެ ބޮޑު އެހީއެއް ވެފައި ވަނީ އިންޑިޔާ އިން. އެއީ ފައިސާގެ ގޮތުން ވިޔަސް، ކާބޯތަކެތީގެ ގޮތުން ވިޔަސް، ބޭހުގެ ގޮތުން ވިޔަސް އެންމެ ބޮޑު، އެންމެ ބޮޑު އެހީއެއް ވެފައި ވަނީ އިންޑިޔާއިން. އަދިވެސް ކުރިއަށް އޮތްތާނގައި އިންޑިޔާ އިން އިތުރު އެހީތައް ވާނެ.

23 ޖޫން 17:39

ރައީސް: ހިޔާގެ 7000 ފްލެޓް އަޅުގަނޑު އަދިވެސް މި ދަންނަވަނީ މީހުން އުޅޭ ވަރުގެ ތަނެއް ނޫނޭ. އެތަނަށް ވަނުމަށް ފަހު އެތަނުން ނުކުންނާނެ. ހަމައެކަނި ލިފްޓްތަކަށް އެކަނި ބަލާލިޔަސް ކިހިނެއްތޯ އެއިން އަރާ ފައިބައިގެން އޮފީހަށް ދާނީ. ލާހިކެއް ނޫން ގަޑިނުޖެހި ދާން. ބޭރަށް އެތަން ވަރަށް ރީތި. އެކަމަކު އެއީ ދިރިއުޅެން ރަނގަޅެއް ނޫން. އެއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކޮށްފައި ހުރި. އަދިވެސް މި ދަންނަވަނީ އެއީ ދެކޮޅު ޖެހޭ ކަމެއް ނޫނޭ. އަޅުގަނޑުމެން އެތަނަށް ތިބޭފުޅުން ގެންދާނަން.

23 ޖޫން 17:37

ރައީސް: ޓޫރިޒަމް އަލުންް ފަށާއިރު ދިވެހިންނަށް އިސްކަން ދިނުމާ މެދު އެ ދާއިރާގެ ބޭފުޅުންނާ އަޅުގަނޑުމެން އެބަ މަޝްވަރާ ކުރަން. އަލުން ފަށާއިރު ދިވެހިންނަށް އިސްކަން ދޭނެ. އޭގެ ތައްޔާރީތައް ވެސް ވަމުން އެބަ ގެންދޭ.

23 ޖޫން 17:31

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

23 ޖޫން 17:26

ރައީސް: އިގްތިސާދު ބަރޯސާ ވެފައި އޮތީ ޓޫރިޒަމަށް. ޓޫރިޒަމްގެ ރެވެނިއު އޮތީ ސުމެއްގައި. ޓޫރިސްޓުންނެއް ނާދޭ. އެހެންވީމަ އެއިން ލިބެން އޮތް އާމްދަނީއެއް ނުލިބޭނެ. އަޅުގަނޑުގެ އަމާޒަކީ މި އަހަރު އިތުރަށް ފަސް ލައްކަ ޓޫރިސްޓުން އަންނާނެ ކަމަށް. މިހާރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މި އުޅެނީ ތިން ލައްކަ ކޮންމެވެސް ވަރެއްގައި. އަހަރުގެ ފަހުކޮޅު ޓޫރިޒަމް ބޮޑުތަނުން ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް އަންދާޒާ ކުރެވޭ. އެކަމަކު އޭގެ ރެވެނިއު ލިބެން ފަށާނީ އަންނަ އަހަރު ނުވަތަ އަހަރުގެ ފަހުކޮޅު.

23 ޖޫން 17:20

ރައީސް: ބޯޑަރު ހުޅުވާލާއިރު އަޅުގަނޑުމެން މި ހުޅުވާލަނީ ހުރިހާ ގައުމަކަށް. އެކަމަކު ބައެއް ގައުމުތަކުގައި އެބައުޅޭ އެ ގައުމުތަކުގެ އުސޫލުތަކެއް. މިސާލަކަށް ޗައިނާ. ޗައިނާ އިން ވަނީ ރާއްޖެ އަށް މީހުން ފޮނުވާނެ ކަމަށް ބުނެފައި. އެކަމަކު އެ މީހުންގެ އަތުގައި އޮންނަން ޖެހޭ 4 ދުވަހުގެ ޕީސީއާރު ޓެސްޓެއް އެ މީހުން ފުރާއިރު. އެގޮތަށްް އެ ހިދުމަތް އަޅުގަނޑުމެން ދޭނަން. ދުވާލަކު 1000 ޓެސްޓް ހެދޭ ވަރުގެ ކެޕޭސިޓީއެއް އަޅުގަނޑުމެން އެއާޕޯޓްގައި ގާއިމް ކުރާނަން.

23 ޖޫން 17:17

ރައީސް: ކޮވިޑާ ގުޅިގެން ހަ މަސް ދުވަސް ގެއްލިއްޖެ. އަދި ކުރިއަށް އޮތީ ވެސް ދަތި ދުވަސްވަރެއް. އެހެންވެ އަޅުގަނޑުމެން ވެފައިވާ ވައުދުތައް ފުއްދުމަށް ޓަކައި ތަރުތީބަށް ވަނީ ބަދަލުތައް ގެންނަން ޖެހިފައި. އަޅުގަނޑު ވެފައިވާ އެންމެ މުހިންމު ވައުދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ހަމަޖެއްސުން. އަޅުގަނޑުގެ ފަސް އަހަރުގެ ދައުރުގައި އިރާދަކުރެއްވިއްޔާ އެކަން ނިމެނޭ. ދެން އޮތީ ބޯހިޔާވަހިކަމުގެ މަޝްރޫއު. މާލޭ ސަރަހައްދަށް ބޭނުންވާ 10،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ.

23 ޖޫން 17:13

ރައީސް؛ އަޅުގަނޑު މި މަގާމުގައި މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން. ބަރުލަމާނީ/ ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިމިފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންްގެ ކަންކަން.

23 ޖޫން 17:11

ރައީސް: އަޅުގަނޑު އެއްވެސް އިރެއްގައި ގަބޫލެއް ނުކުރަން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭރަށް ދާނެ ކަމަކަށް. ސަރުކާރުން ކުރާ ކަންކަން މަޖިލީހުން ބަލަން ޖެހޭނެ. އަޅުގަނޑުމެން އެއަށް ޖަވާބުދާރީ ވެސް ވާން ޖެހޭނެ. އަޅުގަނޑަށް ފެންނަނީ މި އިމުގެ ތެރޭގައި ހުރިހާ ބާރުތަކެއް، އެއީ ޖުޑީޝަރީ ވެސް މަޖިލިސް ވެސް ސަރުކާރު ހިނގަމުންދާތަން.

23 ޖޫން 17:09

ރައީސް: ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ އެބަ އަރާ 1.6 ބިލިއަން ޑޮލަރު. މީގެ ތެރޭގައި ސަރުކާރަށާއި ކުންފުނިތަކަށް ނަގާފައިވާ ލޯނުތައް ހިމެނޭ. ޗައިނާ ސަރުކާރުން މިހާރު އަޅުގަނޑުމެންނަށް ޔަގީންކަން ދީފައިވަނީ ސަރުކާރުން ސަރުކާރަށް ނަގާފައިވާ ލޯނުތައް، އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަތަރު އަހަރަށް ވަނީ ލަސްކޮށްފައި. މި އަހަރުގެ ތެރޭގައި ދައްކަން އޮތީ 100 މިލިއަން ޑޮލަރު. އޭގެ ތެރެއިން 25 މިލިއަން ޑޮލަރުގެ ވޭއޮފްއެއް އެބައާދޭ. ބާކީ އޮތް ފައިސާ ވެސް ދެއްކުމާ މެދު ޗައިނާ ސަރުކާރުން އޮތީ މަޝްވަރާ ކުރަން ތައްޔާރަށް. މީގެ ކުރިން ވެސް ޗައިނާ ސަރުކާރުން ވަނީ ވަރަށް ބޮޑެތި އެކަހަލަ އެހީތައް ވެފައި. ސުނާމީ އާ ގުޅިގެން ވެސް ޗައިނާ ސަރުކާރުން ރާއްޖެ އަށް ހުރިހާ ލޯނެއް މާފުކޮށްދިން.

23 ޖޫން 17:05

ރައީސް: ކުރަން އޮތް ކަމަކީ ފައިސާ ހޯދުން. އެކި ތަންތަނުން ފައިސާ ހޯދުން. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މިކަމުން އަރައިގަނެވޭނީ މަދުވެގެން 900 މިލިއަން ޑޮޮލަރު ނުވަތަ އެއް ބިލިއަން ޑޮލަރު ލިބިގެން.

23 ޖޫން 17:04

ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

23 ޖޫން 17:01

ރައީސް: ކުރިއަށް އޮތް ހަ މަސް ދުވަހަކީ ވަރަށް ބޮޑަށް ދަތިވެގެންދާނެ ހަ މަސް. އެއީ ވިޔަފާރިތަކާއި އެހެންް ދާއިރާތަކަށް ވެސް އެކަން ކުރިމަތިވާނެ. އެހެންވެ އަޅުގަނޑުމެން ވީހާ އަވަހަކަށް އިގްތިސާދީ މަސައްކަތްތައް ފަށައިގަންނަން އެބަ ޖެހޭ.

23 ޖޫން 17:00

ރައީސް: ބަޖެޓްގައި ހިމަނައިގެން އަޅުގަނޑުމެން ޖަޕާނުން ހޯދަން އުޅުނު ސަމުރާއީ ބޮންޑުގެ މަސައްކަތް މިހާރަކު ކުރިއަކަށް ނުދޭ. އޭގެ ބަދަލުގައި އަޅުގަނޑުމެން 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމުގެ މަަސައްކަތް ކުރެވެމުން އެބަދޭ. ދުނިޔޭގެ ހުރިހާ ގައުމެއްގެ ވެސް ފައިނޭންޝަލް ރޭޓްތައް ދަށްވަމުން އެބަދޭ. އެ ގޮތުން ރާއްޖެ ވެސް އޮތީ ދަށަށް ވެއްޓިފައި. އަޅުގަނޑަށް ޔަގީންކަން އެބައޮތް މި ދަންނަވާ 300 މިލިއަން ޑޮލަރު ލިބިއްޖިއްޔާ ކުރިއަށް އޮތް ހަ މަސް ހިފަހައްޓާލެވޭނެ ކަމަށް.

23 ޖޫން 16:57

ރައީސް: ޓެރަރިޒަމްގެ އަމަލުތައް ހިންގާ ބަޔަކު ރާއްޖޭގައި އެބައުޅޭ. ބޭރުގެ މިފަދަ ޖަމާއަތްތަކާ ގުޅިފައިވާ މީހުން އެބައުޅޭ. ދީނުގެ ނަމުގައި ހައްދުފަހަނައަޅައިގެން އެފަދަ އަމަލުތައް ހިންގާ މީހުން ވެސް އެބައުޅޭ. އެފަދަ މީހުން ހަމައެކަނި ތިބީ މަޑުއްވަރީގައި އެކަންޏެއް ނޫން. މިކަމުގައި ވަކި ރަށެއް، ވަކި އަތޮޅެއް އަޅުގަނޑުމެން ނުބަލާނަން. ދެން އޮތީ އަނެއްކޮޅުން ވެސް ހައްދުފަހަނައަޅައިފައި ތިބި މީހުންގެ ވާހަކަ. ދެ ކޮޅުން ވެސް އަޅުގަނޑުމެން މައްސަލަތައް ބަލާނަން.

23 ޖޫން 16:53

ރައީސް: ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ބައެއް. އެ މީހުން ކުރަމުން އެ ގެންދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް. ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބަން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އެތަންތަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަކަށް އަޅުގަނޑު ނުދެކެން. ކޮންމެ ތަނެއްގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންކަން ހުންނާނެ.

23 ޖޫން 16:48

ރައީސް: މިކަންކަން ކުރުމަށް ޓަކައި މިހާރު ވާނީ ޓާސްކް ފޯސްއެއް އެކުލަވާލައިފައި

23 ޖޫން 16:47

ރައީސް: ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތަކަށްހުޅުވާލެވޭނެ. އޭގެ އިތުރުން ރިސޯޓްތައް ވެސް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޮގަސްޓްގެ ތެރޭގައި ގެސްޓް ހައުސްތައް ހުޅުވާލެވޭތޯ މި އަންނަނީ މަސައްކަތް ކުރަމުން.

ކޮވިޑް 19 އާ ގުޅިގެން އެތައް ބަޔަކު 42 ދުވަސް ވަންދެން ގެއިން ނުނުކުމެ ތިބެއްޖެ ކަމަށާއި އެއީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއީ މުޖުތަމައުގެ ރައްކަލަކަށް ޓަކައި އެންމެން ވެސް ވެފައިވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ.

(ތަފުސީލު އަންނަނީ)

114 ކޮމެންޓް, 220 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 2%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޯބެ

25 June 2020

ބަގާވަތް ނުކުރިނަމަ މިހާރު ރާއްޖޭގަތިބި ބޯހިޔާވަހިކަން ނެތް އެންމެން ތިބީހީ އަމިއްލަ ފުލެޓުގަ ނޫނީ ގޭގަ އުފަލުން.. ވަހީދަށް ދުވަހަކުވެސް މާފުކުރުމެއް ނެތް.. އޭނަގެ މައްސަލަ ވީހާވެސް އަވަހަ ތަހުގީގުކުރަން ގޮވާލަން..

The name is already taken The name is available. Register?

ކަޑަބައި

25 June 2020

އާދޭސް ކޮށްފާ ދަންނަވަމެވެ. އިންސާނުން ދިރިއުޅެން ކަމުނުދާތަންތަން އިންސާނުން ދިރިއުޅެން ދޫނުކޮށް އިންސާނުން އުޅެން ކަމުދާގޮތަށް ތިތަން ބަދަލު ކުރާށެވެ.

The name is already taken The name is available. Register?

ޓެކްސްޕާޔަރު2020

24 June 2020

ހޅުމާލޭ ފުލެޓް މަޝްރޫ އަކީ މާލޭގެ ބިންވެރިންނަށް އޮތް ވަރަށްބޮޑު ނުރައްކެލެއް.. ވީމާ 7000 ފުލެޓަށް މީހުންވަންނައިރަށް މާލޭގެ ބިމުކުލިވެއްޓޭން.. ވީމާ މިކަން ނުކުރަން ޖައްސާ ގޭސްމީ.. ރީއަލްއެސްޓޭޓައް އިންވެސްޓްކޮށްގެންތިބި ފައިސާވެރިންގެ ބަސްމީ... މިދެންމީހުންގެ އަމާޒު އެއީ މާލޭގެ ބިމުގެ އަގު ނުވެއްޓޭވަރަށް ކޮންމެ 5 އަހަރަކުން 400 ސަތޭކަ ފުލެޓް އަޅާ 25000 މީހުންލަްވާ ފޯމުލުން..

The name is already taken The name is available. Register?

ޖާބެ

24 June 2020

ހެއްހެއްހެއް

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

24 June 2020

މިހާތަނަށް ރައީސުލް ޖުމްހޫރިޔާއަށް ކުރި ޤަދަރު އެދިޔައީ ތޮޅިޔަށް. 7،000 ފުލެޓްގެ ސުވާލުގެ ޖަވާބު ދެއްވަމުން ރައީސު ބޭނުންކުރެއްވި އިބާރާތާއި އަޑު އަދި މޫނުމަތިން ގެއްލުނު "ކޫލް ކުލަވަރު" އެއީ ރައީސް ސާލިޙްގެ ފަރާތުން ދެކެން ބޭނުންވި "ޕާޓީ އެކްޓްވިސްޓް" ސްޓައިލެއްނޫން. ހިތަށް އަރަނީ 2 އެއްޗެއް. ބަޔަކު ޤައުމުގެ ރައީސަށް ވަރަށް ބޮޑަށް އޮޅުވާލީތޯ ނޫނީ އާއްމު ދިވެހިން މާލޭގައި ބޮޑުކުލި ދީގެން ދިރިއުޅޭ ދަތިޙާލު "އެންމެންގެ" ރައީސަށް ހަމަ ރޭކާނުލަނީތޯ؟

The name is already taken The name is available. Register?

ޙުސްނާ

24 June 2020

ތިވަރުވެސް ކަލޯއަކައްނުވޭނުން ފަސްއަހަރުނިމެނީ ރަތްޔަތުންގެ ފައިސާއިން މުސާރަކާލަކާލާ ތިހުންނަނީ،

The name is already taken The name is available. Register?

ޙަލީމު

24 June 2020

ސިޔާސީ ގޮތުން ބުނަންޏާ ރައީސް ބައިކޮޅަށް ގޯލެއް މިއަދު އެޖެހީ. އެންމެނަށް ވެސް އެނގޭ ފްލެޓްތަކުން ރައީސް ޔާމީނަށް ކޮންމެވެސް ވަރެއްގެ ތާއީދެއް ލިބޭނެކަން. ރައީސް ބޭނުންވަނީ އިނދިކޮޅަށް އެލިބޭ ތާއީދު ކުޑަކުރަން. އެކަމަކު މީހުންނަށް ޤަބޫލު ކުރެވޭ ގޮތަށްދޯ ވާހަކަ ދައްކަންވާނީ.

The name is already taken The name is available. Register?

ޓޮޓީ

23 June 2020

ދަތިވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގެ ރައްތިރުންނަށް ކިތަން މެ ހާލުގެ އުޅެން ޖެހުނުކަ މުގައި ވިނަ މަވެސް މިސަރުކާރުގެވެސް ވިސްނު މަކީ ގައުު މުގައި ފައިސާ ފޮއްޗެއް އޮތިއްޔާ ނޫނީ ނެތެސް ލޯނު ނަގައިގެން ނަ މަވެސް ގުޅީފަޅު ކަނޑަށް ބިލިޔަނުން ފައިސާ އަޅު މާއި މާލޭ ކިޔާ ރަށު ދޭތެރެ ބުރިޖު އެޅުން. އަނދިރި ސަރުކާރު ތަކަށް ހިކިފަސް ރަށްރަށެއް ނުފެންނާނެ ފެންނާނީ މާލެ ސަރަހައްދު ކަނޑު.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

24 June 2020

ކަރު ބުޑަށް ރާޙަތު ކުރާނީ ބޮޑުޚަރަދު ކުރިވަރަކުން. ބޭނުންތެރި ކަމެއްވިޔަސް ބޭނުންނޫން ކަމަކަށްވިޔަސް ޚަރަދުކުރަން އެބަޖެހޭ ޖީބު ފުރާލަން ބޭނުންވިއްޔާ.

The name is already taken The name is available. Register?

ނާސިރު ބޭނުމީ މިނިވަންކަން.

23 June 2020

މަކަރުވެރި ހިޅުންވެސް އެޅޭ މިވަރެއްނުން؟

The name is already taken The name is available. Register?

އެމްޑީޕީމީހާ

23 June 2020

ޤައުމު ބަޔަކައް ވިއްކާލާފަ ކަމެއް ނުކުރެވޭއިރު. ފާޑު ކިޔޭތޯ ތިބަލަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454