12 ޖުލައި 2020 - 08:20
ޔުނެސްކޯ އިން އާސާރީ ބިނާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދި ކުރިން ވެސް ތުރުކީގައި މިސްކިތެއްގައި ގޮތުގައި ބޭނުންކޮށް ފަހުން ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަޔާ ސޫފިޔާ (ހަޔާ ސޯފިއާ) އެތައް އަހަރެއް ފަހުން އަނެއްކާ ވެސް މިސްކިތަކަށް ބަދަލުކުރުމާ އެކު ފާޑުކިޔުންތައް ބޮޑުވެއްޖެ އެވެ.
އެ ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވެސް އެންމެ މަގުބޫލު ބިނާތަކުގެ ތެރޭގައި ހިމެނޭ ހަޔާ ސޯފިއާ މިސްކިތަކަށް އަލުން ބަދަލުކޮށް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާން ވަނީ އެތަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ރިލިޖަސް އެފެއާޒް ޕްރެޒިޑެންސީއާ މަތިކޮށްފަ އެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހަޔާ ސޯފިއާގައި ނަމާދު ވެސް ކުރަން ފަށާނެ އެވެ.
މި ނިންމުމާ ގުޅިގެން ގްރީސް ފަދަ ބައެއް ގައުމުތަކުން ވަނީ ތުރުކީގެ ނިންމުމަށް ފާޑު ކިޔައިފަ އެވެ. އެ ގައުމުން ބުނެފައިވާ ގޮތުގައި ތުރުކީގެ އެ ނިންމުމަކީ ދެ ގައުމުގެ ގުޅުމުގެ އިތުރުން އީޔޫ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުމަށް ވެސް ބުރޫއަރައިފާނެ ކަމެކެވެ.
އެކަމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ދޮޅު ހާހެއްހާ ކުރީގެ ތާރީހީ ބިނާ އަލުން މިސްކިތަކަށް ބަދަލުކުކުރުމަކީ އެ ގައުމަށް ލިބިގެންވާ އަމިއްލަ ހައްގެއް ކަމަށާއި އެ ނިންމުމަށް ފާޑުކިޔުމަކީ ތުރުކީގެ ދާހިލީ ކަންކަމާ ބެހުން ކަމަށެވެ.
Hagia Sophia: UNESCO deeply regrets the decision of the Turkish authorities, made without prior discussion, and calls for the universal value of #WorldHeritage to be preserved.
— UNESCO (@UNESCO) July 10, 2020
Full statement: https://t.co/WiZpjyagqF pic.twitter.com/klcMR9pmxC
ރައީސް ވިދާޅުވި ގޮތުގައި ހަޔާ ސޯފިއާ މުސްލިމުން އަޅުކަންކުރާ މިސްކިތަކަށް އަލުން ބަދަލުކުރި ނަމަވެސް އެތަނަށް ޒިޔާރަތްކޮށް، ތަން ބަލައިލުމުގެ ފުރުސަތު ކުރިއެކޭ ވެސް އެއްގޮތަށް އެހެން ދީންތަކުގެ މީހުންނަށް އޮންނާނެ އެވެ.
ޔުނެސްކޯގެ ވޯލްޑް ހެރިޓޭގް ކޮމިޓީން ހުކުރު ދުވަހު ބުނީ ތުރުކީގެ ނިންމުން އަލުން ރިވިއުކޮށް، މިސްކިތަށް ކުރިން ދީފައިވާ ދަރަޖައާ ދޭތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.
ހަޔާ ސޯފިއާ އަކީ 1931 އާ ޖެހެންދެން މިސްކިތެއްގެ ގޮތުގައި ބޭނުން ކުރި ތަނެކެވެ. އެތަނަކީ މިއުޒިއުމެއް ކަމަށް ނިންމައި، މިއުޒިއަމެއްގެ ގޮތުގައި ހުޅުވީ 1935 ގަ އެވެ.
އާބާދީގައި 82 މިލިއަން މީހުން ދިރިއުޅޭ ތުރުކީގެ މުސްލިމުމުންގެ ނިސްބަތް 99.8 ޕަސަންޓަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމްދޫހާ ޢަބްދުﷲ
12 July 2020
ﷲ އަކުބަރު! ސާބަސް އުރުދުޣާން! މަނިކުފާނަކީ މި ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔޭގެ ލީޑަރުންނަށްހުރި ނަމޫނާ ބޭފުޅެއް. އެއްވެސް ޤައުމެއްގެ ދާޚިލީ ކަންކަމަށް އުދުޅިބޭނުމުގެ ޙައްޤެއް އެހެން އެއްވެސް ޤައުމަކަށް ލިބިގެންނުވާނެ. ކިޔާނެ އެއްޗެއް ކިޔަކިޔަ ތިއްބަދީ.
އަންޑާޕޫލްމާ
12 July 2020
އެހެންބަޔަކާ ކޮންބެހޭކަމެއް.
ރަދީފްއޮފިޝިއަލް
12 July 2020
ސާބަހޭ ރައީސް ރަޖަބް ތައްޔިބް އުރުދުއާން.ޔުނެސްކޯ ދޭބަލަ މަހަށް.ކޮން އާސާރީއެއް ކިޔާކަށް.
ޝިޔާމް
12 July 2020
މުސްލިމް ބިމެއްގައި އެތާނގެ އަހުލުވެރިންނަށް އިސްލާމްދީނާއި ހިލާފް ނުވަންޔާ ކޮންމެ ކަމެއްވެސް ކުރެވޭނެ. އެއީ ބަޔަކާއި ބެހޭ ކަމެއް ނޫން.
ސަމީ
12 July 2020
މާގިނަ ވާހަކަ ދައްކާނެ ކަމެއް ނެތް އިސްލާމީ އުންމަތުގެ މިހާރުގެ ލީޑަރަކީ އުރުދުޣާން، ކުރިއަށް ވަޑްައިގަންނަވާ އަހަރުމެންގެ ދުޢާ މަނިކުފާނާ އެކު އަބަދުވެސް ވަން
ޖީހާން ބިންތު އަބްދުލް އަޒީޒް އަލް ސައުދު
12 July 2020
ކިހިނެއްތޯ އެބޭފުޅާ މުސްލިމުންގެ ލީޑަރަކަށްވީ؟ ޓުރުކީގައި 18 އަހަރުން މަތި ރާބުއިން ހުއްދަ. ސަރުކާރުން ލައިސަންސް ދީފަ ތިބޭ އެތަށްހާސް ސެކްސް ވޯކާސް ނުވަތަ ޕްރޮސްޓިޓިއުޓުން އުޅޭ. ސީދާ ސަރުކާރުގެ ބެލުމުގެ ދށުން ހިނގާ ނާސިގެތަށް ހުރޭ. ޢެއްޖިންސުން ގުޅުން ހިންގުން ތުރުކީގައި ހުއްދަ. ދެން މިނޫނަސް އިސްލާމް ދީނާއި ވަރަށް ދުރު އަދި ބީރައްޓެހި ގާނޫން ހުރި ތަކެއްް ތުރުކީ އަކީ މިއަދުވެސް. ޣަބޫލު ނުކިރެވެންޔާ ގޫގުލް ގައި ޖަހާލަބަލަ މި ބުނި ވާހަކަތަށް
ޜަދީފް ބިން ރަދީފް
12 July 2020
ސޯމާލިއާއިންވެސް ގަބޫލު ނުކުރޭ އިޒްރޭލަކީ ދައުލަތެއްކަމަށް އެކަމަކު އިރުދުގާންގެ ތުރުކީ ގަބޫލުކުރޭ އިޒްރޭލް އަކީ ދައުލަތެއްކަމަށް އަދި ވިޔަފާރީގެ ގިނަ ގުޅުންތަށް އޮވޭ އެހެން ކަންތަށް އޮއްވަ އުރުދުގާން އަކީ މުސްލިމުންގެ ލީޑަރޭ ނުބުނެވޭނެ
ހަސަބު
12 July 2020
އަޔާ ސޫފިޔާ އަކީ މީލާދީން 6 ވަނަ ގަރުނުގައި އެޅި ޗާރޗެއް. ޗާރޗެއްގެ ގޮތުގައި ހުއްޓާ އުސްމާނީ ޚިލާފަތުގައި މީލާދީން 15 ވަނަ ގަރުނުގެ މެދެއްހާތާ މިސްކިތަކަށް ބަދަކުރީ އޭރުގެ ސަރުކާރުން. އަތާތުރުގެ ލާދީނީ ސަރުކާރުން 1935 ގައި މިއުޒިއަމަކަށްހެދި. 2020 ގެ ސަރުކާރުން އެނިންމީ މިސްކިތަކަށް ހަދަން. ގަރުނަކާ ކާރިއަށް ޗާޗެއް. 5 ގަރުނު މިސްކިތް ގަރުނަކާ ކައިރިއަށް މިއުޒިއަމެއް. ތުރުކީގެ އެތެރޭގެ ކަމެއް. އޭގެތެރެއަށް އެކަކުވެސް ވަންނާކަށް ނުޖެހޭ.