ގާޒީ ބާރީ
13 ޖުލައި 2020 - 23:08
ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެއްދެވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވިޔަފާރި ކުރުމުގައި ގާޒީ ބާރީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމާއި އެ ވިޔަފާރިން މަންފާ ލިބިވަޑައިގެންނެވި ނަމަވެސް މާލީ ބަޔާނުގައި އެކަން ހާމަކުރައްވާފައި ނުވާ މައްސަލައެއް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ޖޭއެސްސީން ނިންމީ ބަޔާނުގައިވާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ބައްދަލުވުމުގަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ގާޒީ ބާރީގެ މައްޗަށް ތުހުމަތު ކުރެވޭތީ، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ން ފެށިގެން އޭނާ ވަނީ ގާޒީ ކަމުން ސަސްޕެންޑު ކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރާތީ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރިން ކުރެއްވި ގާޒީ ބާރީއަކީ އެ ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ބޭފުޅެކެވެ. އޭރު އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކެއް ވެސް އޭނާ ބެއްލެވި އެވެ.
އޭނާ ޖުވެނައިލް ކޯޓަށް ކުއްލި ގޮތަކަށް ބަދަލުކުރީ 2017 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންސު
14 July 2020
(ގާޒީ ބާރީ، މާލީ) ވަރަށް ވަޒަނަށް ބަނޑުވަށް އަކުރާއި ކާފިޔާ ވަރަށް ދިމާވޭ. އެހެންވީމާ ތިބޭފުޅާއާއި ތިކަންތަކާއި ވެސް ގުޅުން އޮވެދާނެހެން ހީވޭ.
އަލި ނޫރު
14 July 2020
ޖޭއެއްސީ އަދި ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުންވެސް މަގާމާ ހަވާލުވާންވީމަ އާއިލާ މީހަކަށް ޝެއަރ ބަދަލުކޮއްލީ! ދެން ދަތް ހުރި ދުވަހު ކާށިކެވޭނީ! ބާރު އޮތް ދުވަހު ހަތުރުން ދުއްވާލެވޭނީ! ހައްގުތަކާ އިންސާފުގެ ވާހަކަ ދައްކާނީ އަނެއްކާވެސް ވެރިކަން ވެއްޓުނީމަ! ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށް!
ބަދޫރާއްތަ
14 July 2020
އަންމަ ކާރިބުނާތި އަދިވެސް އިބޫދާއިރައް މާފަތި އަޅުވަން ނުކުންނައްޗޭ
ޕަރސަން
14 July 2020
އަދީބު މައްސަލަ ނުބަލަންޏާ ވަކި ބާރީގެ މައްސަލަވެސް ބަލަނީ ކީތްކުރަންށޯ
ފަހުދު
14 July 2020
މިދިޔަ ހަފްތާގައި އެއްޣާޒީ ދުއްވާލައިފި. މި ހަފްތާގައި އަނެއް ޣާޒީ ފަހަތުން. ކުޅިބައި މި އަތުރަނީ ކޮންފަދަ ބޮޑު ޖަރީމާއެއް ހިންގަން ބާ
ވިޔަފާރި
14 July 2020
ވިޔަފާރި ނުކުރަނީ މަދު ގާޒީ އަކު. ތިމާ ނަމުގަ ރަޖިސްޓްރީ ނެތީމަ އެނިމުނީ. ސަޅި
ދުރުމި
14 July 2020
މާލިއްޔަތު ގާނޫނާ ހިލާފަށް މަޖިލި ހުން އަމިއްލަ ބޭނުމަށް ފައިސާނެގި ބޭފުޅާގެ މައްސަލަ ބަލަން މާތާ ހިރުވާނެ.
އައްޔު
14 July 2020
އެކިއެކި ފަރާތްތަކުން މިހާ ހިސާބަށް ހުށަހެޅި މާލީ ބަޔާންތަކަކީ ހަމަ ނަމެއްގައި ކަމެއްކޮށްލުން، "ބޮކްސް ޓިކް" ކޮށްލުން، ޔާމީނަކީ ހަމައެކަނި ރެންޓަލް އިންކަމް ލިބޭ މީހެކޯ، އެކަމަކު އެކައުންޓްގައި އެންމެ ބޮޑު ވިޔާފާރިކުރާ މީހާއަށްވުރެ ފައިސާގިނަ 100މ ރ. ނަހުލާގެ މާލީބަޔާނުން އެނގުނީ 2000ރ އޮތްކަމަށްބުނި، އެކަމަކު ރިސޯރޓް އޯނަރަކަށްވެސް ވި. މިއީ ފަށްކާ ޤައުމެއް، މިޤައުމުގެ މުގުލުގައި އަބަދުވެސް ތިބެނީ ބޭސިކް އެތިކަލް މިންގަޑެއްވެސް ނެތް ބައެއް.
ފަރުހާދު
14 July 2020
އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ އެހެން ކަމަކު. އެކަން ބަލާފައެއްނުވޭ. ދެން އެތައް ދުވަހެއް ފަހުން، ހާވަހާވައިގެން ކަމެއް އޮތްތޯ ބަލައިގެން ފިޔަވަޅު އަޅަނީ އެހެން ކަމެއްގަ. ދީ ސީދާ ވަކި ބަޔަކު ސިލެކްޓިވް ކޮށް ނިޒާމުން ގެއްލުވާލަން ކުރާ ކަމެއް. ކުރިޔެކޭ މިހާރެކޭ ޖޭއެސްސީގައި އޮތީ ކޮން ތަފާތެއް.
ގަހަނާނި
14 July 2020
ފަނޑިޔާރުން އިންސާފުން އެއްކިބާވެ ދުނިޔަވީ ކަންކަމާ ދަހިވެތިވީމަ އެމީހަކު އިސާހިތަކު ހަލާކުވެ ހިނގައިދާނެ