އެމްއެންޔޫ އިން މިދިޔަ އަހަރު ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ދަރިވަރުންތަކެއް.---ފޮޓޯތައް: ރައީސް އޮފީސް
20 ޖުލައި 2020 - 11:22
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 6،250 ދަރިވަރުންގެ ކިޔެވުމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރަން ދޫކުރާ ލޯނު އެހީގެ ދަށުން މިހާރު ވެސް 24 ގައުމެއްގައި 1،480 ދަރިވަރަކު ކިޔަވަމުން އަންނައިރު، ރައީސްގެ ސްކޮލަޝިޕްގައި ތަފާތު ހަތް ގައުމެއްގައި 54 ދަރިވަރަކު ކިޔަވަ އެވެ. ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން މިހާރު ވެސް 117 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށް ރައީސް އިއްޔެ ވިދާޅުވި އެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން، 100 ޕަސެންޓް ހިލޭ ކިޔަވައިދެނީ ހަމައެކަނި ސަރުކާރުގެ ދެ ޔުނިވާސިޓީގަ އެވެ. އަމިއްލަ ކޮލެޖުތަކުގައި ހިންގާ ކޯސްތަކުގެ ޓިއުޝަން ފީ ވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ކަވަރު ކުރެ އެވެ.
ދަރިވަރުންނަށް ހިލޭ ޑިގްރީ ކިޔަވައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ އެހީ ދިނުން، ލާޒިމްކޮށް ގާނޫނުގައި ހިމަނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބާރުއަޅާ ކަމަށް އެ ކޮމިޓީން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމާ ބެހޭ ބިލް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ތައުލީމީ ދާއިރާ އަށް ދެން އަންނަ ބަދަލާ އެކު ހިލޭ ޑިގްރީ ކިޔަވައިދިނުމަކީ ނެތް އެއްޗަކަށް ވެދާނެތީ ބައިވަރު ދަރިވަރުންތަކެއް މަގުމަތި ވެދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
20 July 2020
ޓެކުސް ނަގާފަ ހިލޭ ކަންކަން ކޮއްދެންޏާ، ހިލޭ ކޮފީ ބޮވޭ ގޮތް ހަމޖެއްސިދާނެތޯ.
1828
20 July 2020
ކިޔެވުމާއި ކޮފީ ބުއިމާއި އެއްވަރެއް ނުކުރެވޭނެ.
އުމަރުބެ
20 July 2020
ތިޔައިން ބޮޑުބައި ދީފައިވަނީ ސަރުކާރުގެ 2 ޔުނިވަސިޓީއަށް، އެހެންވެ އެވާހަކަ ދަންނަވާލީ
ހުސް ދޮގު
20 July 2020
ފައިސާ ޖަ މާ ނުކުރޭ! އާދޭސް ދަންނަވަން ޖެހެނީ! ކޮލެޖު ފަހަތުން ދުވަނީ!
ހަސަބު
20 July 2020
ތިހޭދަ ކޮށްގެން ކިޔަވާ ކުދިން ގެ ފަރާތުން މުޖްތަމައަށް ފައިދާހުރިކަންތައް ނުކުރެވެންޏާ ތިއީ ބޭކާރު ޚަރަދެއް. ރަނގަޅު ޖީލެއް ބިނާ ވަންޏާ ޚަރަދަކަށް ބަލާކަށް ނުޖެހޭ. ލޯ މަރާލާފަ ޚަރަދުކުރަންވީ.